ިކްރިމިނަލް ކޯޓުން މިއަދު ބޭއްވި ޝަރީއަތުގެ އަޑު އެހުމަށް ފާރިސް ވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
12 މާޗް 2018 - 21:12
"މި ނިމެނީ، މި ނިމެނީ" ކަމަށް ވިދާޅުވެ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ސަރުކާރާ އިދިކޮޅު ފަރާތްތަކަށް މިއަދު ހިތްވަރު ދެއްވައިފި އެވެ.
ސޯޝަލްމީޑިއާގައި ވައިރަލްވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި، ފާރިސް މިގޮތަށް ހިތްވަރު ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް އޭނާ ރިޝްވަތު ހުށަހެޅުއްވި ކަމަށް އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ފަހު، އެނބުރި ދޫނިދު އަަށް ވަޑައިގަތުމަށް ފުލުހުންނާ އެކު ލޯންޗުގައި ހުންނަވައިގެންނެވެ.
ޕީޕީއެމްގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުގެ ނައިބު ރައީސް އާމިނަތު ނާދިރާ، ފާރިސްއާ އެކު ލޯންޗާ ހަމައަށް ވަޑައިގަތުމަށް ފަހު އެއްސެވީ ރައްޔިތުންނަށް އޮތް މެސެޖަކީ ކޮބައިތޯ އެވެ. ފާރިސް އަތްޕުޅުގެ އިޝާރާތުން ވަރަށް ޖޯޝާއެކު ވިދާޅުވީ "ނިމެނީ، ނިމެނީ" ކަމަށެވެ. އެއާއެކު، އެތަނުގައި ތިބި އިދިކޮޅުގެ ސަޕޯޓަރުން އުފާފާޅުކުރާ އަޑު ވެސް ވީޑިއޯ އިން އިވެ އެވެ.
@afarismaumoon ge message Dhivehi Lobuvethi Rayyithunnah “Mi Nimenee Mi Nimeee Hiyvaru kohllahvva” #MaldivesInCrisis #YameenMustFall pic.twitter.com/KLQigRuK14
— aminath nadira🎈 (@a_nadraa) March 12, 2018
ފާރިސްގެ ވީޑިއޯ
ބޮޑުބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އިޝާރާތްކުރައްވައި "ނިމެނީ" ކަމަށް ފާރިސް މި ވިދާޅުވީ، "މި ވެރިކަމަށް ދެން މާގިނަ ދުވަހެއް ނެތް ކަމަށް" ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ފަތުރަމުން ދަނިކޮށެވެ. އެއް ބަޔަކު މިހާރު ވަނީ ވަގުތު ވެސް ގުނަން ފަށައިފަ އެވެ.
އެކަމަކު ޕީޕީއެމުން ބުނެފައި ވަނީ، ރައީސް ޔާމީނާ ދެކޮޅަށް އިދިކޮޅުން ހިންގާ "ބަޣާވާތްތަކަށް އެ ޕާޓީ އޮތީ ފިސާރި ތައްޔާރަށް" ކަމަށެވެ. ދައުރު ހަމަވުމުގެ ކުރިން ރައީސް ޔާމީން މަގާމުން ދުރުކުރުމަކީ އިދިކޮޅު ފަރާތްތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް: އޭނާގެ މައްޗަށް އުފުލާފައި ވަނީ މެމްބަރަކަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ދައުވާ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދު ބޭއްވި ޝަރީއަތުގައި، އޭނާއާ ދެކޮޅަށް ހެކި ބަސް ދޭން ދައުލަތުން ހުށަހެޅި، މެމްބަރު ވަނީ ފާރިސް ރިޝްވަތު ހުށަނާޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.
ކޯޓުގައި ހެކިބަސް ދެމުން އެ މެމްބަރު ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވީ ފާރިސްގެ ފަރާތުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ހޯދައިގެން ނޫން ކަމަށާއި އެފަދަ ގޮތަކަށް ފައިސާއެއް ހޯދަން އެދިފައި ވެސް ނުވާނެ ކަމަށެވެ. އެ މައްސަލާގައި އޭނާ ސޮއިކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމަކަށް ކަމަށާއި އެ ލިޔުމުގައި ސޮއިކުރީ ފާރިސްގެ ހާޒިރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި އެ މައްސަލަ ބިނާކޮށްފައި ވަނީ އެ މެމްބަރު ވިދާޅުވާ ވިދާޅުވުމެއްގެ މައްޗަށް ކަމަށްވާއިރު، އެއީ ހަގީގަތެއް ނޫންކަން މިހާރު ހާމަވެފައިވާތީ އެ މައްސަލަ ބާތިލްކޮށްދޭން ފާރިސްގެ ވަކީލުން ތަކުރާރުކޮށް ވަނީ އެދިފަ އެވެ. ރިޝްވަތުގެ މައްސަލައިގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ވަނީ މިދިޔަ ޖުލައި މަހުން ފެށިގެންނެވެ.
އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ އިތުރުން ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ޕްރެޝަރު މި ސަރުކާރަށް އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
13 March 2018
ހުސޭނުބެ އަށް ވަރަށް ވެދުން.
ހުސައިން
13 March 2018
ވެރިކަން ނިންމާނީ 30 އަހަރުގެ ތަޖްރިބާގެ އެހީގައި. ރައީސް ޔާމީން އަށް ޖެހިވަޑައިގަންނަވާނީ , ޖަރީމާތަކުގެ ޝަރީއަތާއި ކުރިމަތިލާން. ސަޕޯޓަރުންވެސް ޔާމީން ދޫކޮށްފަ ފިލާނެ. އެކަމަކު އެއިންމީހަކުވެސް ދެން ސަލާމަތެއްނުވާނެ.
ހަސަނު
13 March 2018
ރައީސް ޔާމީނު ވެރިކަމުން ބާލަން ކުރާ މަސައްކަތް ކުވާނެ ބަޣާވާތަކަށް.. އަސްލު ބަޣާވާތަކީ ސައްހަ ވެރިއަކު ވެރިކަމުން ބޭލުމަށް ސައްހަ ނޫން ގޮތުގާ ކުރާ ކަންކަން..
ހުސޭނުބެ
13 March 2018
ކަލޭ ކިހިނެތް ޔާމީންގެ ވެރިކަން ސައްޙަނޫންކަމަށް ތިބެލީ!! އެމިންގަނޑު ކަލޭ ނިކަން ބުނެދީބަލަ!!
ޕާރޕްސް
13 March 2018
ހުސޭނުބެ ކަލޭ ދޭބަލަ މަހަށް.
ރަދީފް
13 March 2018
ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނާނެ.ޔާމީން ޖަލުގަ އޮންނަތަން ދެކެން ވަރަށް ބޭނުން.ނިހާން އަދި އަދުރޭ ޖަލުގެ އިސްކުރުން ފެންބޮއެގެން ތިބޭ ދުވަސް އެއީ މަމެން ހަވާ އަރުވާނެ ދުވަހެއް.
ހުސޭނުބެ
13 March 2018
ދެން އެންމެ އަވަހަށް ޖަލަށްދާނީ ރަދީޕް އޭ މިކިޔާ ކަލޭގެ!! ރީނދޫ ޖޫސް ބޮޔެގެން އުޅޭ ތާކުންތާކުނުޖެހޭ މީހެއް!!
ރަދީފް
13 March 2018
ހުސޭނުބެއަށް .ހުސޭނުބެ މިހެން ޖަހާފަ އިނީމަ މަދެކެނީ ތިޔައީ ހަމަ ބޭބެއެއްގެ ގޮތުގަ.އިހްތިރާމްވެސް އަދި ކުރަން.ނަމަވެސް ފަހުން އިހްތިރާމް އަނބުރާ ނަގަންޖެހިދާނެ ވާހަކަ ދަންނަވަން.''ރަދީފް'' މިއީ ދުވަހުުވެސް އެއްވެސް ޕާޓީއެއްގެ މެމްބަރެއްނޫން.ސަރުކާރުންވެސް ރަނގަޅު ކަމެއް ކޮއްފިނަމަ ރަދީފް އެކަމެއް ފާހަގަކޮށް ކޮމެންޓްކުރަން ، އަދި ހަމަ އެގޮތަށް ގޯސްކަމެއް ކޮއްފިނަމަ އެވާހަކައެއްވެސް ދައްކާނަން.ރަދީފްގެ ވޯޓުން ޔާމީން ހޮވުނީ ، ނަމަވެސް ދެން މަގޭ ވޯތް ހަރާމް ވާނެ ޔާމީނަށް ދިނުން.ހުސޭނުބޭ ހުރޭ މަދަހަ ސަނާ ކިޔަން.
ޕާރޕްސް
13 March 2018
ސާބަހޭ ރަދީފް ބްރޯ.ހުސޭނުބެ ގިއްގަޅުވާފަ ބަހައްޓާތި.
މިހާދު
13 March 2018
ވާއޮ ސަޅިއޭ... ....
މާރިޔާ
13 March 2018
ނިމެނީ ބައްޕާފުޅުކަން ތައްތޯ ޔާމިން 2018
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
12 March 2018
އެޕާޓީ (ޤާނޫނީ ގޮތުން ޕީޕީއެމް އޮތްކަމާއި މެދު ޕާޓީގެ މުއައްސިސް ވެސް ސުވާލު އުފައްދާތީ ޕީޕީއެމް އޭ ނުކިޔަނީ) ގެ ފަރާތުން ނެރުނު ބަޔާނުގައި ވަނީ “ދައުރު ހަމަވުމުގެ ކުރިން ރައީސް ޔާމީން މަގާމުން ދުރުކުރުމަކީ އިދިކޮޅު ފަރާތްތަކަށް ކުރެވޭނެ ކަމެއް ނޫން” ކަމަށް. ، . މި ބަޔާނުން ގައިމު އެއްކަމެއް ޔަޤީން ކުރެވޭ. އެއީ “2018 ވަނަ އަހަރުގެ އިންތިހާބް ޔާމިން އަބުދުލް ޤައްޔޫމް އަށް ކާމިޔާބު ކުރެވުމާއި މެދު އޭނާގެ މަދަދުވެރިންގެ ތެރޭގައިވެސް ވަހުމް އުފެދިއްޖެ” ކަން. . . .. .. މީގެ ކުރިން 2023 ގެ ކުރިން ވެރިކަމާއި ގެން ނޫޅުމަށާއި “އެއްލަކިން” ނާއި “ކިހިލި ޖަހައިގެން” އަދި ފާތުމަ ކިޔާ އަންހެނަކު އެކަނި ނިކުމެ ހޯދާ ވޯޓުންވެސް ހޮވޭނެ “ޔަޤީން” ގޮވަމުން “އަތް ޖަހަމުން” އުޅުނު މީހުންގެ ބަސްމަގު ބަދަލުވީ ކީއްވެ؟! . . . އެމަރިކާ އިޤިރޭސިން ޔޯރަޕް އިއްތިހާދާއި އދ ގެ ބަޔާންތައް “ދިވެހި ބަހުން” ނެރެ އާންމު ކުރާން ފެށުމުން އައި “ހެޔޮބަދަލެއް” ކަން ނޭގެ. ޤާނޫނީ އިމަށް ރުޖޫއަވުން ނޫންގޮތެއް ނޯންނާނެ.
ޔާރާ
12 March 2018
ރަގަޅުވާހަކައެއް ބާކީއޮތީއަށެއްކަމަސް
ހަސަނު
13 March 2018
ނޫނެކޭ.. ދެތިން ހަފުތާ.. ނޫނީ ދެ ދުވަސް....
ޔާރާ
12 March 2018
ފާރިޝްގެފޮޓޯއިން ވަރަށްބިރުވެރިނުރައްކާތެރިމީހެއްކަމަށްސިފަވޭ
ޔާރާ
13 March 2018
ޔާރާ ލޮލައް ހުންނަނީ މިރުސްދުން އެޅިފަތަ
ސަރަންދީބު
13 March 2018
ބިރުވެރި ނުރައްކާ މީހަކު ފެނުނިއްޔާ ޔާރާއަށް އެނގޭނެތަ؟ އެކަހަލަ މީހަކު ފެންނަންދެން ރައީސް އޮފީސް ކުރިމަތިން ދެކޮޅަށް ހިނގާލަހިނގާލަ ހުންނަންފެނޭ.
ޙަދީޖާ
13 March 2018
އިރު އިރުކޮޅާހެން ޕްރެސް ކޮންފަރެންސް ބާއްވާނެ ތިބުނާ ވައްތަރު ޖަހާމީހެއް.. އަޅެ ދޮގެއްތަ!
މަނިކު
12 March 2018
ފާރިޝްގެބައްޕާފުޅުވެސްހީކުރެއްވީ ނުނިމޭނެކަމަށް އެކަމަކުނިމިއްޖެ