ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި: އެމަނިކުފާނު މިހާރު ހުންނެވީ ލަންކާގައި. --ފޮޓޯ: ސޯޝަލް މީޑިއާ
12 މާޗް 2018 - 21:21
އެމްޑީޕީ އާއި އެ މަނިކުފާނު އެއްވެސް ކަމެއް ކުރައްވާ ނަމަ، އެކަމެއް ކުރައްވަނީ ގުޅިފައިވާ ޕާޓީތަކަށް އެނގިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމާ ގުޅޭ ގޮތުން ސަރުކާރުން، ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ. "ފުންނާބު އުސް ބޭފުޅަކު" މެދުވެރިކޮށް، ނަޝީދާ އެކު ސަރުކާރުން ކުރި މަޝްވަރާތަކުން އެޖެންޑާއެއް އެކުލަވާލެވުނު ކަމަށް ޝައިނީ ވިދާޅުވި އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީން އެހެން ޕާޓީތަކާއެކު އިއްތިހާދުވި ފަހުން، އެމްޑީޕީން ވެސް އަދި އެ މަނިކުފާނު ވެސް ދައްކާ ވާހަކަ އާއި ކަންކަން ހިނގާނީ އިއްތިހާދުގެ ޕާޓީތަކާ މަޝްވަރާކޮށްގެން ކަމަށެވެ. އަދި ސިޔާސީ ޕާޓީތައް އެދޭ މިންވަރާއި އެދޭ ގޮތަށް ކުރިމަގުގައި ވެސް ކަންކަން ހިނގާނެ ކަމަށް އެމަނިކުފާނުގެ ޓުވީޓުގައި ވިދާޅުވި އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި، ޝައިނީ ވިދާޅުވީ ނަޝީދާ އެކު ސަރުކާރުން ކުރި މަޝްވަރާތަކުގައި ޑޮކިއުމެންޓުތައް ބަދަލުކޮށް، ވާހަކަ ދެއްކި ޗެޓް ލޮގްތައް ވެސް އެބަހުރި ކަމަށެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ، ޝައިނީ ވިދާޅުވި ގޮތުގައި، އިދިކޮޅު އެހެން ޕާޓީތަކުގެ ވެސް ރުހުމާ އެކުގަ އެވެ.
މަޝްވަރާ ފެށުމަށް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި އެއް ކަމަކީ، މިހާރު ބަންދުކޮށްފައިވާ ފަނޑިޔާރުން ބެއިލްއެއްގެ ދަށުން ނަމަވެސް ދޫކޮށްލުމަށް ކަމަށް ޝައިނީ ވިދާޅުވި އެވެ. އެއީ، ސިޔާސީ ލީޑަރުން ދޫކޮށްލަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މި މިދިޔަ މަހުގެ 5 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން އެ މަޝްވަރާތައް ބޭއްވިއިރު، އިދިކޮޅު ލީޑަރުންނަށް ވެސް އެނގިވަޑައިގެންނެވި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ޕާޓީތަކުން އެއްބަސްވާ ކަމެއް ނޫނީ، ޕާޓީތަކުގެ ލީޑަރުން ނުކުރައްވާނެ އެވެ.
އިދިކޮޅުން މިހާތަނަށް ކޮށްފައިވާ ޝަރުތުތަކަކީ ޣައިރު ގާނޫނީ ޝަރުތުތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ. އެ ޝަރުތުތަކަކީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއި މިދިޔަ މަހު 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ސިޔާސީ ލީޑަރުން ދޫކޮށްލުމާއި އދ.ގެ ބައިވެރިވުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. އެކަމަކު، މަޝްވަރާތައް ނުފެށި އޮތީ، މިކަމުގައި ސަރުކާރާއި އިދިކޮޅު ފަރާތްތައް އެއްގަލަކަށް ނޭރިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީދު
14 March 2018
އަހަރުމްންނަށް އަންގާނެކަމެއްނެތް.
ލޮލްސް
12 March 2018
ތާއަބަދު އިއްތިހާދު ފަނިވޭތޯ ކޮންމެވެސް ދޮގެއް ހަދާނެ. ސަރުކާރުންވެސް ދެން އުންމީދު ކަނޑާލަން ވެއްޖެ ދޯ ފަނި ނުވާނެ އިއްތިހާދެއް ދެނެއް.
ފަނި
13 March 2018
ފަނި ނުވާ ކަމެއް ނޭގެ. ވޯޓުލާ ދުވަސް އައިސް ޖެހުނީ އަދިވެސް ނެރޭނެ މީހެއް ނޭގޭ ތި ބުނާ ގޮރޫޕަކަށް.
އެމްސް
12 March 2018
ސަރުކާރުން މިހާރަށްވުރެ ތަސައްރަފު ފުދެން ވެއްޖެ
ތަސްރާ
13 March 2018
ތިޔަ އުޅޭ އިދިކޮޅޭމެން ގޮތަށް ސަރުކާރު ތަސައްރަފު ނުފުދުނިއްޔާ މާރަގަޅު