ދޫނިދޫ: މި ތަނުގައި ބައިތިއްބަނީ އެކި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން.-- ފޮޓޯ: ޕެނޮރާމިއާ.ކޮމް
15 މާޗް 2018 - 14:25
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ދޫނިދޫގައި ބަންދުކޮށްފައިވާ ގިނަ ބަޔަކު ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް މިއަދު ފަށާފައިވާ ކަމަށް ބައެއް ވަކީލުންނާއި އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.
އެކަމަކު އޭގެ ތެރޭގައި، ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހިމެނިވަޑައިގަންނަވާ ކަން އަދި ޔަގީނެއް ނޫނެވެ. ނަމަވެސް، ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމުން ހިމެނޭ ގޮތަށް ހަޅުތާލު ފެށީ މިއަދު މެންދުރުން ފެށިގެން ކަމަށް އިދިކޮޅު ހަރަކާތުގައި އުޅުއްވާ ބައެއް ވަކީލުން ވިދާޅުވި އެވެ.
ވަކީލުން ވިދާޅުވީ ބަންދުގައި ތިބި 50 އަށް ވުރެ ގިނަ މީހުން ހަޅުތާލެއް ފެށީ، އެކްޓިން ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ބައްދަލުކުރަން އެދުމުން ވެސް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާތީ އާއި ޖަލުގެ ހާލަތާ ގުޅިގެން ކަމަށެވެ. ގޮޅިތަކަކީ އިންސާނުން ތިބެން އެކަށީގެންވާ ތަންތަން ނޫން ކަމަށް ޝަކުވާ ހުށަހަޅާފައިވާއިރު ވެސް މިހާތަނަށް އަޅާލާފައި ނުވާތީ ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.
Acting CP Nawaz aa bahdhalukurumah edhumun mihaatanah ves javaabeh nulibeythee aa golheege haalathaa medhu kurevifaiva shakuvaatakah halleh aisfai nuvaatee miadhu mendhurun feshigen SoE ge dashun hayyaru kurevifaiva 50 ehhaa beyfulhun Banduhai hoonukamuge halhutaalu fashaifi.
— Mahfooz Saeed (@MahfuzSayd) March 15, 2018
ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހު އެކެއްގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، 100 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރިއިރު ފުލުހުންގެ ބަންދުގައި 60 އަށް ވުރެ ގިނަ މީހުން އަދިވެސް އެބަތިބި ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ.
އެކަމަކު ފުލުހުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ފުލުހުންނާއި ސިފައިން ހިމެނޭ ގޮތަށް މިހާތަނަށް ހައްޔަރުކުރީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާނީ
16 March 2018
ތިމާގެ ހަށިގަނޑަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުުރުމަކީ އިސްލާމްދީނުގަ ހުއްދަ ކަމެއްނޫން ކުދީންނޭ ހޭއަރާ ހާލުގަ ތިއްބެއް ކަމަކު ދީނުގަ ހުއްދަ ނޫން ކަންތަކުން ދުރުގަ ތިބެވޭތޯ ބައްލަވާ
ހާސަރު
15 March 2018
އަނިޔާގެ އިންތިހާ، ފުލުހުންގެ ގޮތެއްނެތްކަން ހުރިހާ ދިމާލަކުންވެސް ފެންނަމުންދަނީ. ހަމަ އެއްވެސް ހެއްކެތް ނެތި ބޭނުންމީހަކު ބަންދުކޮށްފަ އެސްއޯއީ ބުނީމަ ބަލަ ފަރަކުނުޖެހޭނޭ! ގާނޫނާއި ޚިލާފުއަމަލްތައް ކުރާ ހުރިހާ ފުލުހުން އަދި ކުޑަގޮޅިއަށް ވަންނަންޖެހޭނެކަންޔަގީން. މާތް ﷲ ވާގިފުޅާއެކު އަނިޔާވެރިންބަލިކޮށް ހައްގަށް ނަސްރުލިބި މިގައުމު ހަމަމަގަށް އެޅޭނެ.
ދަތްނެތްކުއްޖާ
15 March 2018
މިވެސް ޙަބަރެއްތަ! 1 މިލިއަން ޑޮލަރުގެ ވާހަކަ އާއި ރޮހިންޖާ ފަންޑަށް ވީގޮތުގެ ތާޒާ ޙަބަރު ތައް ގެނެސް ދީބަލަ! ދެންވެސް މަމެން އެހީ ވީ ފަންޑު ފޮށި ތަކަށް ވީ ގޮތުގެ ޙަބަރު ތައް ގެނެސް ދީ ބަލަ!
އަހުމަދުބެ
15 March 2018
މިސަރުކާރު ނަމޫނާ އަކަށް ބަލަނީ ޗައިނާއެވެ. އެކަމު ރައްޔިތުންގެ ބާރު ގަދަވާނެއެވެ.
1234
15 March 2018
ރައިސް ނަޝީދު ކީއްވެބާ މިހާ ބިރުން މިޅެނީ މާލެއަރަން! އެހެން ހުރިހާ އެންމެން ޖަލުގަ އިހްތިޖާޖު ކުރާއިރު އެރައިސް އެހުންނެވީ ކައިގެން އަރާމު ފިނި ކޮޓަރީގަ...
ހަޑިގިއްލާ
15 March 2018
ނޭނގޭތީތަ ތިއަހަނީ؟ ބަލަ ނަޝީދު އެހުރިތާކު ހުރެގެން ކުރާމަސައްކަތުން އަރާހޫނުން ނަޝީދު ނަޝީދުނޫން އެއްޗެތް ނުކިޔެއެއްނު! ޓީވީއެމް ބަލާކުދިންނަކަށް ނޭންގެނެ އައިޑޮލް ނޫންއެއްޗެތް!
ހެހެހެހެހެ
15 March 2018
އެމަނިކުފާނަށް އަދިވެސް މިކުރާކަންތަކެއް ގެޓެއް ނުވޭ! 4 ކަނުން ބެދުނީމާ ވާނީ އެހެން. ހެހެހެެހެ. ރެއާ މިއަދަކީ ޚާއްސަ ދުވަހެއް ކުދިންނޭ. މިއަދަށް ބޭނުންވާ ހެޑް.ލައިންތައް އެބަ ލިބޭ. ޝުކުރިއްޔާ ރައީސް
ޤާދިރު
15 March 2018
ބަނޑުހައިވީމާ ނުކައި ނުހުރެވޭނެ. "ބޮޑުކަމު" ، "ކުޑަކަމު" ދާންވީމާ ނުގޮހެއް ނުހުރެވޭ. ބައިތިއްބާ..
އަންމަޑޭ
15 March 2018
އެބުނި ބަހުގެ މާނަ ނޭނގުނީ މަހިތާމަ ކުރަމެވެ.
އުމަރު ނަސީރު
15 March 2018
އަޅުގަނޑުވެސް 2008 ގައި ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރިން. އެކަމަކު ބައެއްފަހަރު ސިއްރުން ޗޮކްލެޓް ކާ ހެދިން. އެހެންވީމާ، މިހާރު ޖަލުގައި ތިބި މީހުންވެސް އުޅޭނީ އެގޮތަށް، ސިއްރުން ކައިގެން އުޅޭނީ. ކޮބައިތަ ކުރިން ހަޅުތާލު ފެށި މިހާ؟ އޭނާ ފާޚާނާގެ ފެން ބޮއިގެން އުޅުނު ކަމަށް ނޫހެއްގައި އޮއްވާ ދުށިން. އޭނާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ހުއްޓާލީތަ؟
ސުޖާ
15 March 2018
އަހަރެން ހުންނާނީ ކައިގެން. ބަނޑު ފުރާލައިގެން. ނުކާމީހަކު ނުކައި ހުރޭ. ކިތައްމެ ވަރަކަށް ބަނޑުހައި ވިޔަސް ކާންގެންދިޔަޢީމަ ނުކަންޏާ ފަހަކުން ނުގެންދެވޭނެ. އިރުއިރުކޮޅަށް ތަށިތަށް ދޮންނާކަށް ފަސޭހައެއްނޫން.
މުރާސިލް
15 March 2018
އަވަހަށް ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކުރާ ފަރާތްކަތަށް ހިތްވަރުދިނުމަށްޓަކައި އަތްޖަހަމާ ހިނގާށެވެ. އޭރުން ގައިމު ދައުލަތުގެ ބަޖެޓުން އެމީހުނަށް ކާންދޭން ކުރަންޖެހޭ ހޭދަ ކުޑަވާނެއެވެ. ޖަލުގައި ތިބޭ އެންމެވެސް ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކުރާނަމަ އަދި މާރަނގަޅެވެ. އޭރުން ދުވާލަކަށް އެތައް ހާސްރުފިޔާއެއް ދަޢުލަތުގެ ބަޖެޓުން ސަލާމަތްކުރެވޭނެއެވެ، އެގޮތަށް ސަލާމަތްކުރެވޭ ފައިސާއިން ގައިމުވެސް މިސަރުކާރުން ހަނދާނީ ކޮންމެވެސް ރަށެއްގެ ބަދަރެވެ.، ނުވަތަ ކުލާސްރޫމެކެވެ. ނޫނީ ކުރާނީ އެނޫންވެސް ރައްޔިތުންނަށް ލާބަ ހުރި ކަމެކެވެ.
ބޯހަލާކުންހަލާކު
15 March 2018
އެމީހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރިއަސް، ކާން ތައްޔާުރު ކުރަނީ އެމީހުންނާއި ލައިގެން. ދެންކޮބާ ދައުލަތުގެ ޙަރަދު ކުޑަވެފައި. އިސްރާފް ދޯ އެގިނަވަނީ.