އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޝާހިދު (ކ) އަދި ރިޔާޒް ބައިވެރިވެވަޑައިގަންނަވަނީ: ރިޔާޒް ހައްޔަރުކުރީ މި އެއްވުމުގައި ހުންނަވަނިކޮށް.
07 މާޗް 2018 - 20:57
އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ހައްޔަރު ކުރި ސަބަބާ ގުޅޭ ގޮތުން މިހާތަނަށް ވެސް ފުލުހުން އެއްޗެއް ބުނެފައި ނުވާ ކަމަށް ރިޔާޒާ ހަވާލާ ދީ، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިރޭ ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލް އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައްޔަރުކުރުމަށް ފަހު މިހާތަނަށް ފުލުހުން އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވާ ކަމަށެވެ. އަދި ތުހުމަތު ކުރާ ކުށެއް ވެސް ރިޔާޒަށް އެނގިވަޑައިނުގަންނަވާ ކަމަށް އަލީ ވިދާޅުވި އެވެ.
ދޫނިދޫގައި ރިޔާޒް ހުންނެވީ ވަރަށް ގަދަކޮށް ކަމަށާއި ބޭނުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުން ރައްޔިތުން ސަލާމަތް ކުރަން ކަމަށް ވިދާޅުވި ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
MP. Raiyaz vidhaalhuvee "Alhugandu hayyaru kurumah fahu miadhaai jehendhenves evves suvaaleh nukurey. Thuhumathu kurevey kusheh nubunedhey. Ehenas mi huree varah gadhakoh. Beynunvanee Yameenuge khudhumukhthaaru aniyaaverikamun rayyithun salaamai kuran."
— Ali Hussain (@AleeVoice) March 7, 2018
އަލީ ހުސެއިން ކުރެއްވި ޓުވީޓް.
ރިޔާޒަށް ކުރަނީ ސީދާ ކޮން ތުހުމަތެއް ކަން ނުބުންޏަސް އޭނާ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އިދިކޮޅު ޕާޓީތަކުން ބުނެފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރިއިރު، ފުލުހުންގެ ބެލުމުގެ ދަށުގައި އަދިވެސް 36 މީހަކު އެބަ ތިއްބެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދައުލަތް ހިންގަން އޮޅުންބޮޅުންވެ ގާނޫނުއަސާސީގެ ބާރު ކެނޑިދާނެތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ހާލަތުގެ ދަށުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ އިތުރުން ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހިމެނޭ އެ ބައި، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަހުން ވަނީ ބާތިލް ކޮށްފަ އެވެ. އެހެންވެ، ދެން އެ އަމުރަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮކި
30 March 2018
ތުހުމަތު ތައްޔާރު ކުރަނީ ނޫނޭވާ މޮޅު މީގުނބޯތަކެއްތާ؟
ފަސީ
08 March 2018
އެ އޮތީ އަދި ތައްޔާރު ކުރުމުގެ މަރުހަލާގަ، ތަންކޮޅެއް އަވަހަށް ބަންދުކުރަންޖެހުނީމަ އަދި ތުހުމަތާ ބެހޭ ޑޮކިއުމެންޓްތައް ލިބެންދެން މަޑުކޮށްލަނީއޭ. ހާސްކަނޑާލާ
ޖަހާޕަނާ ޝަރީފް
08 March 2018
ރިޔާޒަށް ކުރެވޭ ތުހުމަތަކީ، 2012 ގެ ފެބްރުއަރީ 7 ގައި ޕޮލިސް މިއުޓަނީއެއްގައި، އޭރު ހޮވާފައި ހުންނެވި ވެރިޔާ މުހައްމަދު ނަޝީދު މަގާމުން ވަކިކުރުން. އެކަން ރާވާ ހިންގާ ފުލުހުންނާ ސިފައިންނާ ދެމެދު ޖަގަޑާ ހައްދާ އެމްއެންޑީއެފް ތެރެއަށްވަދެ ރައީސް ނަޝީދު ލައްވާ ގަދަކަމުން ސިޓީއެއް ލިޔުއްވާ ސޮއިކުރުވައިގެން އައިސް އިސްތިއުފާ ދެއްވުމަށް މަޖްބޫރު ކުރެއްވި މައްސަލައެވެ. މިމައްސަލާއިގައި ދައުލަތުން ދައުވާކުރާއިރު، ރިޔާޒުގެ ދިފާއުގައި އެމްޑީޕީ ގެ ވަކީލުން ނެރެން ވަނީ ނިންމާފައި.
ޢޙަމީދު
08 March 2018
ހެކި ނައްތާލާފައި ވާތީ
ވައްޓަލަ
07 March 2018
ތުހުމަތެއް ފެބްރިކޭޓް ކުރަން ވިސްނާތީ ލަސްވަނީ
ޖުހާ
07 March 2018
ޜިޔާޒު އެޢީވެސް އެއީ ބަގާވާތުގެ އަހުލުވެރިއެއް. ޢެކަން ދައްކަވާފަ ގެންދަވާނީ