ކްރިމިނަލް ކޯޓުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމަކަށް ވަޑައިގަތުމަށްޓަކައި ފާރިސް ފުލުހުންގެ ލޯންޗުން ފައިބާވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
16 މާޗް 2018 - 00:32
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޫނިދޫ ޖަލުގައި ބަހައްޓާފައި ވަނީ އިންސާނުންނަށް ފުރިހަމަވާން ޖެހޭ އެންމެ އަސާސީ މިންގަނޑަށް ވެސް ނުފެތޭ ގޮޅިއެއް ގައި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާ ހަވާލާދީ، އޭނާގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާޝް އާއި އިތުރު ދެ މެމްބަރަކު ފާރިސްއާ އެކު ދޫނިދޫގައި މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ފާރިސްގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ ގޮޅީގެ މައްސަލަ ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން ރައީސް އޮފީހަށް އެ ކޮމިޝަނުން ހުށަހަޅާފައި ވާނެ ކަމަށް އެޗްއާރުސީއެމުން ބުނާ ކަމަށެވެ. އަދި ގޮޅީގައި ކެމެރާ ހަރުކޮށްގެން، 24 ގަޑިއިރު އެތަން ބަލަމުން ގެންދިއުމަކީ ޓޯޗާގެ އަމަލެއް ކަމަށާއި އެހެންވެ، އެކަން ނުކުރުމަށް ފުލުހުން ގާތު އެދިފައިވާނެ ކަމަށް އެޗްއާރުސީއެމާ ހަވާލާދީ، ފާރިސްގެ ވަކީލުން ބުންޏެވެ.
އަދި ދޫނިދޫގައި ތިން ބުރިއަށް ހަދާފައި ހުންނަ އިމާރާތުގެ ގޮޅިތަކަށް އެއްވެސް ވަރަކަށް އިރުގެ އަލިކަން ނުވަންނަ މައްސަލަ ވެސް އެޗްއާރުސީއެމްގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސްގެ ވަކީލުންގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. ގޮޅިތަކަށް އެއްވެސް ވަރަކަށް އިރުގެ އަލިކަމެއް ނުވަނުމުގެ ނަތީޖާ އަކީ އެ ތަންތަނުގައި ތިބޭ މީހުންނަށް ހަމުގެ ބައްޔެއް ޖެހުން ކަމަށް ވެސް ވަކީލުން ބުންޏެވެ. މީގެ އިތުރުން، ގޮޅިތަކުގެ ފާހާނާގައި ހުންނަ އިސްކޫރަކުން، ބުއިމަށް ފެން ބޭނުން ކުރާ މައްސަލަ ވެސް ފުލުހުންގެ ސަމާލުކަމަށް އެޗްއާރުސީއެމުން ގެނެސްފައިވާ ކަމަށް، އެ ކޮމިޝަންގެ މެމްބަރުންނާ ހަވާލާ ދެއްވައި ފާރިސްގެ ވަކީލުން ވިދާޅުވި އެވެ.
ފާރިސް ވަނީ ޖަލާ ގުޅޭ ގޮތުން އޭނާ އެންމެ ކުރިއްސުރެ އެޗްއާރުސީއެމްގައި ފާހަގަކުރި މައްސަލަތަކަށް އެއްވެސް ހައްލެއް އައިސްފައި ނުވާތީ އެކަމުގެ ކަންބޮޑުން ވެސް ފާޅުކުރައްވައިފަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 38 ދުވަހު ޖަލުގައި ހުންނެވި އިރު، ފާރިސް ޒިންމާވާން ޖެހޭ އާއިލާއެއް އެބައޮތް ކަމާއި އެކަމަކު ހާލަތުގެ ގޮތުން އެ ޒިންމާ އަދާ ނުކުރެއްވޭ ކަމަށް ވެސް އެޗްއާރުސީއެމްގެ މެމްބަރުންގެ އަރިހުގައި ފާރިސް ވިދާޅުވި ކަމަށް ވަކީލުންގެ ބަޔާނުގައި ވެ އެވެ. އޭގެ ސަބަބުން ގެއްލިގެން ދަނީ ބަންދުގައި ހުންނަ މީހާގެ ހައްގުތައް އެކަނި ނޫން ކަމާއި މުޅި އާއިލާ އަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ވެސް ފާރިސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
"އެހެންވެ، މި ކަންތައްތައް އެހާ ލުއިކޮށް ނުނެންގެވުމަށް މެމްބަރުން ގާތު ފާރިސް ވަނީ އެދިވަޑައިގެންފަ އެވެ." ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި ބުނިގޮތުގައި، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސައްހަ ކަމާމެދު އެޗްއާރުސީއެމުން ދެކޭ ގޮތް ވެސް ސާފުކޮށް ދެއްވުމަށް އެ ކޮމިޝަންގެ މެމްބަރުންގެ އަރިހުން ފާރިސް އެދިވަޑައިގެންނެވި އެވެ. އަދި ޖަވާބެއްގެ ގޮތުން މެމްބަރުން ވިދާޅުވީ "ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ އެތަނުން ދިރާސާ ކުރަމުން އަންނަ ކަމަށާއި އެ ދިރާސާ ނިމުމުން ޖަވާބު ދެއްވާނެ ކަމަށް" ކަމަށް ވަކީލުންގެ ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ ި
16 March 2018
ނިކަމެތި ރައްޔިތުންގެ ގޮޅިކިހިނެއްތޯ އޮތީބަލާބަލަ
ޖިންނިބޭ
17 March 2018
ނުބަލާނެ
ޢިންތި
16 March 2018
އަވަހަށް ފައިވްސްޓާރ ތަނަކަށް ބަދަލުކޮށްލާ
އިހުސާނު
16 March 2018
ކަމަކު ނުދެޔޭ ބުނާލާފަ ނިންމާލީދޯ؟ ވިސްނަންވާނެ ކަމަކީ ގައުމު މިހާލަތަށް ވައްޓާލުމުގަ ތިޔަ މުއައްސަސާގެ ވެރިންގެ ޝާމިލުވުންވެސް އޮތްކަން. އެކަމުގެ ޒިންމާ ނަގަން ޖެހޭނެ. ޙައްގު އަދަބު ލިބެން ޖެހޭނެ. އެދުވަހަކުން ގޮޅީގެ ހާލަތު ކިޔާދޭންފެށީމަ އެހެންމީހުންނަކަށް ނީވޭނެ.
ޙަލީމު
16 March 2018
އިހުސާނުގެ ނަމުގައި ކޮމެންޓްކޮށްފައިވާ ފަރާތަށް ދަންނަވާލަން. އެކޮމިޝަނަކަށް އެކަންތައް ބަދަލެއް ނުކުރެވޭނެ. އެކަން ކުރަން ޖެހޭ އިދާރާތަކަށް އެކަން ކުރަން އެންގީމަ އެއިދާރާތަކުން ޖެހޭނީ އެކަން ކުރަން. ދެން ތިކިޔާގޮތަށް އިސްތިއުފާ ދީފަ ދިޔާމަ އެކަން ބަދަލުވާނެބާ ؟ ވިއްޔާ ވާނީ ގޯސް. ވީމާ އެކޮމިޝަނުން އެކުރަނީ ރަނގަޅު މަސައްކަތްތަކެއް ކަމަށް ބަލަން އެބަޖެހޭ.
ސަމް
16 March 2018
ޖަލުގެ ގޮޅިތަށް ނުޖެހޭދޯ ފަސްތަރީގެ ހޮޓާފެންވަރަށް ހުންނާކަށް...
ނިސާ
16 March 2018
ހުކުމެއް ނާންނަ ހިނދު އެއީ ކުއްވެރީންނެއް ނޫން. ގޮޅި ހުންނަން ޖެހޭނީ އިންސާނުން ނަށް އުޅެވޭ ހާލަތުގަ.
ވިސްނާ1
16 March 2018
ކޮމިޝަން މެންބަރުންވެސް ވިސްނަވަންވާނެ މިއަދު ތިމަންނާމެން މިކަމަށް ހަރުކަށު ފިޔަވަޅު ނާޅައިފިނަމަ މާދަމާ ތިމަންމެން އެގޮޅިގައި ތިބޭއިރު ޝަކުވާ ނުކުރެވޭނެކަން!
މޫސާ
16 March 2018
ނޫނޭ ރަސްގެފާނު ނުރުހޭ އެންމެން ކުޑަގޮޅިއަށް ލައިގެން ގެންގުޅެންޖެހޭނީ ކޮންމެހެން ހުކުމެއް ކުރާކަށް ނުޖެހޭ މީ މޯޑިސްދޯ ތި މުއައްސަސާތަކުގައ ރަނގަޅަށް ފުއްޖައްސާފަ ބައިތިއްބާ
ސަބްނަމް
16 March 2018
ތިޔަހެން ބުންޏަކަސް އަޑު އަހަނީ ކާކުތަ؟ އެއްވެސް މުވައްސަސާއެއްނެތް ކަހަލަ