ޚަބަރު / ލޯކަލް ކައުންސިލްތައް

ކައުންސިލަރުން ސަސްޕެންޑް، ހިދުމަތްތަކަށް ހުރަސް!

އެލްޖީއޭ ބޯޑު މީޓިން: ގިނަ ރަށްތަކެއްގެ ކައުންސިލަރުން ސަސްޕެންޑް ކުރުމާއެކު ހިދުމަތްތަކަށް ވަނީ ބުރޫ އަރާފަ--

ގިނަ ރަށްތަކެއްގެ ކައުންސިލަރުން ސަސްޕެންޑް ކުރުމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރަސްތައް ދިމާވެއްޖެ އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ވަނީ، އައްޑޫ ސިޓީ ކައުންސިލް ތިން މެމްބަރުންނާ އެކު އެހެން ފަސް ރަށަކުން ޖުމްލަ 13 ކައުންސިލަރަކު ސަސްޕެންޑް ކޮށްފަ އެވެ.

ކައުންސިލަރުން ސަސްޕެންޑްކުރުމަކީ އެލްޖީއޭ އިން ވަރަށް ފަސޭހަކަމާ އެކު އަޅަމުން ދާ ފިޔަވަޅެކެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ގއ. އަތޮޅު ކައުންސިލްގެ ތިން މެމްބަރަކު ތިން މަހަށް ސަސްޕެންޑްކުރި އެވެ. އޭގެ ފަހުން ހއ. އިހަވަންދޫ ކައުންސިލްގެ ހުރިހާ މެމްބަރުން ވެސް ސަސްޕެންޑްކުރި އެވެ. އަދި އެނޫން ބައެއް ރަށްރަށުގެ ކައުންސިލްތައް ވެސް ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.

Ithuru 5 rashakun 13 councilor eh suspend koffi

Ithuru 5 rashakun 13 councilor eh suspend koffi

The most trusted news source in the Maldives

Mihaaru

13 ކައުންސިލަރަކު އިއްޔެ ސަސްޕެންޑް ކުރުން--

ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުގެ އިތުރުން ރަށްރަށުގައި ކުރާ އިޖުތިމާއީ އެކި މަސައްކަތްތަކުގައި ވެސް ކައުންސިލަރުން އަމަލީ ގޮތުން ބައިވެރިވެ އެވެ.

ތިން ހާސް މީހުންގެ އާބާދީއެއް އޮންނަ އަދި މަސްވެރިކަމާއި މަސައްކަތްތެރިކަމުގެ ގޮތުން ވެސް ކުރީގައި އުޅޭ އިހަވަންދޫ ކައުންސިލްގެ މެމްބަރު އަހުމަދު ރިލްވާން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި 11 މުވައްޒަފުންނާ އެކު ފަސް ކައުންސިލަރުންގެ ބޮޑު ހިއްސާއެއް އޮންނަ ކަމަށެވެ. އެކަމަކު ހުރިހާ ކަައުންސިލަރުން ސަސްޕެންޑްކުރުމުން ހިދުމަތްތައް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށުތެރެ ސާފެއް ނުކުރެވޭ. އެ މަސައްކަތް ބަޔަކާ ހަވާލުކުރަން މަސައްކަތް ކުރަން އުޅެނިކޮށް ސަސްޕެންޑް ކުރީ. އެހެންވެ ރަށުތެރެ ވަނީ ކުނިވެފައި،" ރަށުގެ ބައެއް ކަންކަމަށް އައި ހުއްޓުން ދައްކަވަން މިސާލެއް ނަންގަވަމުން ރިލްވާން ވިދާޅުވި އެވެ.

"ކައުންސިލަރުން ދެމުން ދިޔަ އައިޑީ ކާޑު ހިދުމަތަށް ވަނީ ބުރޫއަރާފައި."

އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑްކުރީ މަސްވެރިންގެ ދުވަސް ފާހަގަކުރަން އެއްބާރުލުން ނުދިން ކަމަށް ބުނެ އެވެ.

ބ. ތުޅާދޫގެ ތިން ކައުންސިލަރުންގެ ތެރެއިން ކައުންސިލްގެ ރައީސާއި ނައިބު ރައީސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ސަސްޕެންޑް ނުކުރާ ކައުންސިލަރު މުހައްމަދު ތައުރީފް ވިދާޅުވީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ދެ ކައުންސިލަރުންނާ ނުލައި އެކައުންސިލް ހިންގުން ކަމަށެވެ. އެގޮތުން ކައުންސިލްގެ ބައްދަލުވުމެއް ނުބޭއްވޭތީ ނިންމަން ޖެހޭ ނިންމުންތައް ނުނިންމޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ލާމަރުކަޒީ ގާނޫނު އޮންނަނީ އާބާދީއަށް ވާވަރަށް ކައުންސިލަރުން އިންތިހާބުކޮށްގެން ހިދުމަތް ދޭ ގޮތަށް. އެހެންވީމަ އެންމެ ކައުންސިލަރެއް ހުރެގެން ހިދުމަތް ދޭން ޖެހުނީމަ ވަރަށް ދަތިތައް ކުރިމަތިވާނެ،" އެމްޑީޕީ ތިން ކައުންސިލަރުން ތިބޭ ތުޅާދޫ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ލ. އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް ވިދާޅުވީ، ތިން ކައުންސިލަރުން ސަސްޕެންޑްކުރުމާ އެކު، ރަށު ކައުންސިލް ހިންގުން ހުއްޓިފައިވާ ކަމަށެވެ.

"ކައުންސިލް އިދާރާއިން ގުޅާ އާދޭސް ކުރަނީ އަންނަން. އެކަމަކު ސަސްޕެންޑް ކުރީ އެ އިދާރާއަށް ރަސްމީ ހައިސިއްޔަތުން ނުވަދެވޭ ގޮތަށް،" އެމްޑީޕީ ކައުންސިލަރުން ތިބޭ އިސްދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އައްޑޫގެ އިތުރުން ފަސް ރަށެއްގެ 13 ކައުންސިލަރަކު އިއްޔެ ސަސްޕެންޑް ކުރީ ހުކުމުގައި ތިއްބެވި ސިޔާސީ އިސް ބޭފުޅުންތަކެއް ދޫކޮށްލުން ވެސް ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި، ބަޔާން ނެރުމުންނެވެ.

ކައުންސިލްތަކަށް އެލްޖީއޭއިން އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދޭ ބާރާއި އިމްތިޔާޒުގެ ބޭރުން އެތަން ތަނުން ނޫސް ބަޔާން ނެރެފައިވާ ކަމަށެވެ. އެހެންވެ، ކައުންސިލްގެ ގާނޫނާ އެ ބޭފުޅުން ހިލާފުވެފައިވާތީ އެއް މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރީ ކަމަށް ބުނެފައިވެ އެވެ.

17 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 30%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

20 March 2018

ދައުލަތުގެ ޤާނޫނު އަސާސީގައި “ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން” ކަމަށްބުނެ އަމުރު ކޮށްފައި ވަނިކޮށް ޔާމިން އަބުދުލް ޤައްޔޫމްގެ ސަރުކާރު އިސްނަގައިގެން “މިސަރުކާރުގެ މަދަދުވެރި މަޖިލިސް މެންބަރުން މެދުވެރިކޮށް ލާމަރުކަޒީ ޤާނޫނު ކޮށާލާފައި” އެންމެފަހުން ރައްޔިތުން އިންތިހާބު ކުރި ސިޓީ ކައުންސިލަރުން އަތޮޅު ކައުންސިލަރުންނާއި ރަށުކައުންސިލަރުން މަޤާމުން ސަސްޕެންޑް ކުރުމަކީ “ޤާނޫނު އަސާސީގައި ބުނެ އަމުރު ކޮށްފައިވާގޮތަށް ދައުލަތް ހިންގުމަށް ހުރަސް އެޅުން” ނުވަތަ މިސަރުކާރުން ކިޔާގޮތަށްނަމަ “ބަޤާވާތް ކުރުން” ކަމުގައި ނުވޭތޯ !!؟؟

The name is already taken The name is available. Register?

ދޯ

19 March 2018

މިއީ ބަގާވާތެއްނޫންބާދ

The name is already taken The name is available. Register?

މަރޭމިތުރާ

19 March 2018

ހިދުމަތަށްވުރެ މިހާރު އެބޭނުމީ ހަމައެކަނި ވެރިކަން ދިފާއުކުރުމަށް،،، އަދުމިވެރިކަން ނެތިމިދާތީ ރަށްޔިތުންނަށް ޖެއްސުމެއްކުރުމަށް!

The name is already taken The name is available. Register?

މޮހޮނާ

19 March 2018

ތި މީހުން ނެތަސް ތިރަށް ރަށުގެ ރައްޔިތުން ތިބޭނީ ކައިގެން ބޮއިގެން އަދި ރަށަށް ހަމަޖެހުމާއި ކުރިއެރުން ލިބިގެންދާނެ ހަގީގަތަށް ދަންނަވަންޏާމުން ތިއަތޮޅަށް ލިބެން އޮތް ތަރައްގީގެ ހުރަހަކީ ތިކައުންސިލަރުން

The name is already taken The name is available. Register?

ޟަރަާރު

19 March 2018

ޚިދުމަތަށް އެއްވެސް ހުރަހެއް ނޯންނާނެ.. މޮޔަނުގޮވާ ...

The name is already taken The name is available. Register?

ކޮކްޓެއިލްރައީސް

19 March 2018

އޮންނާނެ އޮންނާނެ، އެހެން ނޫންނަމަހީ ކީއްކުރަން އުފައްދައިގެން އުޅޭ ކައުންސިލްތަކެއްތޯ، ކޮސްނޮގަވާ.

The name is already taken The name is available. Register?

އައްޑޫ ބަކުރު

19 March 2018

އޭއޯކޭވާނެ ސަބަކީ ސަރުކާރުން ދަތި ކުރަނީ ހަމައެކަނި އެމްޑީޕީ އަށް ތާއީދު މީހުންނަށް މުޅި މުއަސަސާ ބަންދުކިރިނަމަވެސް ޕީޕީއެމް ކުދިން ހަމަ ވަރުލާފަ އައްޖަހާލާނެކަން ޔަޤީންވީއާ...

The name is already taken The name is available. Register?

މިނިވަން

19 March 2018

ހަގީގަތަށް ބުނަންޏާ ކައުންސިލަރުންނަކީ ކައުންސިލްއިދާރާތަށް ހިންގުމަށް މާމުހިމްމު ބަޔެއް ނޫން. ކައުންސިލަރުންނަކީ ސޮއި ކުރުމަށްފަހު ގިނަވަގުތު އޮފީހުން ބޭރުގަ އުޅޭމީހުން،އަމިއްލަ މަސައްކަތުގަ ގިނަވަގުތު އުޅޭނީ. ސަސްޕެންޑް ނުކުރިއަސް ކުރިއަސް ކައުންސިލް ހިންގަން ހުންނަނީ އެއްމެ މެމްބަރެއް.ދެންތިބޭ މެމްބަރުން ރަށުންބޭރުގަ ގިނައިން އުޅޭނީ.އެހެންނޫނަސް ކައުންސިލްތަކުން ކުރާ މާބޮޑު ކަމެއް އޮންނަނީކިނޫން.ޒިންމާދާރު ކަމަކަށްވާ ކަހަލަ ކަމެއްކުރަން ހުރިއްޔާ ކުރާނީ ޒިމްމާދާރުވެރިޔާ.ރައްރަށުގަ އުޅޭ މީހުންނަށް އިނގޭނެ ތިދައްކަވާ ވާހަކަތަކަކީ ހަގީގަތް ނޫންކަން.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

19 March 2018

ތީ ޙަޤީޤަތެއްނަމަހީ ސަސްޕެންޑް ކުރީހީ ހުރިހާ ކައުންސިލަރުންތާ! ތިދައްކަނީ ކަނޑުކޮސް ވާހަކައެއް.

The name is already taken The name is available. Register?

އާނިޔާ އަހުމަދު

19 March 2018

ގައުމު ތަރައްގީ ކުރެވޭނީ މިހާރު ތިއޮތް މާލޭ ސަރުކާރުގެ ރިމޯޓުން ބޭނުންކުރާ ލޯކަލް ގަވަރނިން ގާނަުނު އެއްކޮށް ބާޠިލުކޮށް ރައްތަކާއި އަތޮޅު ތަކުގެ އެއްމެހައި އެސެޓު ތަކާއި އެސަރައްދެއްގައި އޮޕަރޭޓު ރިސޯރޓު ތަކުންނާއި އެހެނިހެން ގޮތްގޮތުން ލިބެމުންގެންދާ ޓެކުސްތައްވެސް އެ އަތޮލަކައް ލިބި އެފައިސާގެ އެއްމެހައި ފައިދާތައް ރައްޔަތުން ކިބައިން ފޭރިގަންނަ މުންގެންދާ ގެންދިއުން ހުއްޓިގެންނެވެ. ގައުމައް ލިބޭ ހުރިހާފައިސާ އެއްކަހައި ލައިގެން މާލޭގައި ވެރިކަން ކުރާމީގަކު ބޭނުން ގޮތައް ހެދެން was ޮތުމުން ރާއްޖެތެރެ ވާވެ މާލެ ކައިރީގައި ވާކަނޑު ތައް ހިއްކައިގެން ވިޔަފާރި އެކުރެވެނީ އެފައިސާ އަކީ ރާއްޖެތެރޭގެ ރައްޔަތުންގެ މިލްކުތައް ގާނޫނު އެއްކޮށް ބަދަލުކޮށްގެން ކަމައްވިޔަސް މިބަދަލު ގެންނަން އެބަޖެހޭ..!! .

The name is already taken The name is available. Register?

މާސްޓަރ

19 March 2018

ކައުންސިލަރުން ސަސްޕެންޑް ކޮށްގެން ހުއްޓޭނެ ޚިދުތެއް ރާއްޖޭގެ އެއްވެސް ރަށެއްގަ ނޯންނާނެ.

The name is already taken The name is available. Register?

ކޮކްޓެއިލްރައީސް

19 March 2018

ދެން ކީއްކުރަން ޤާނޫނަކުން ބާރުލިބިގެން އުފައްދާފަ ހުރި މަޤާމުތަކެއްތޯ!؟ ދީބަލަ ޖަވާބު. ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކުރަންވީނު، ނުކުރެވޭނެ އެއީ ޚިދުމަތްތައް ހުއްޓޭނެތީވެ، ކޮންހާވަހަކައެއް.

The name is already taken The name is available. Register?

ޒިންދަގީ

19 March 2018

އޯކޭއެއްނު.. ވެރިކަން ހިފަހައްޓާ.. ކައުންސިލަރުން ބޭރުކޮށްފަ ދެންވެސް އިންތިޚާބެއް ބާއްވައިފިއްޔާ އިތުރަށް ބޭޒާރުވުން ނޫންކަމެއް ނުވާނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454