އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް: އޭނާ ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް.
19 މާޗް 2018 - 16:18
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ދޫނިދޫގައި ބަންދުކޮށްފައިވާ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުން ލަސްވަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގައި މިއަދު ޝަކުވާ ހުށަހަޅައިފި އެވެ.
އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވަޑައިގެން އެޗްއާރުސީއެމަށް ހުށަހެޅީ، ޝިފާޒަށް ބޭސް ނުދިނުމުގެ އިތުރުން ޑޮކްޓަރަށް ނުދައްކާ ލަސްކުރާ މައްސަލަ އެވެ.
Fuluhunge Bandhugai Dhoonidhoo gai huri MDP ge Naib Raees @mdpshippe Doctor ah dhekkumaai beys dhinun lasvaathee ekamaa kanboduvun faalhu kurumah @hrcmv ah pic.twitter.com/7IhA1CJNVp
— MDP Secretariat (@MDPSecretariat) March 19, 2018
ޝިފާޒްގެ ފަރުވާ ލަސްވާ މައްސަލާގައި އެޗްއާރުސީއެމަށް ޝަކުވާ ހުށަހަޅަން ވަޑައިގަތް އެމްޑީޕީގެ އިސް ބޭފުޅުން.
ޝިފާޒްގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވެފައި ވަނީ، މާލެ ތެރޭގައި ހަމަނުޖެހުން ހިންގަން ރާވައި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި މީގެ މަހެއްހާ ދުވަސްކުރިން ޝިފާޒް ހައްޔަރުކޮށް، ބަޔާން ނެގި ފަހުން އެ މައްސަލައިގައި "ވާނުވާއެއް ނޭނގެ" އެވެ. އޭނާ ހައްޔަރުކޮށް، ފުލުހުން އަމަލުކުރަމުން ދަނީ ގާނޫނާ ޚިލާފަށް ކަމަށާއި ޝިފާޒުގެ ސިއްހީ މައްސަލަތަކަށް ވެސް ފަރުވާކުޑަކޮށްފައިވާ ކަމަށް ޝާއިރު ވިދާޅުވި އެވެ.
ކަސްރަތު ކުރަން އެދުމުން ގޮޅިން ބޭރަށް ނެރެދެނީ އަތުން ބިޑި ނުނައްޓައި ކަމަށާއި މަދިރީގެ އުނދަގޫ އެހާމެ ބޮޑު ދޫނިދޫގައި އެ ގޮތަށް ކަސްރަތު ކުރަނީ ކިހިނެއްތޯ ޝާއިރު ސުވާލު އުފެއްދެވި އެވެ.
ޝާއިރު ވިދާޅުވި ގޮތުގައި ޝިފާޒަކީ ކުއްލި ހާލަތުގެ ތެރެއަށް ފެތޭ ބޭފުޅެއް ނޫނެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުން ހިންގަމުން ދަނީ ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ޝިފާޒް ހައްޔަރުކުރީ އިދިކޮޅުގެ މުޒާހަރާއެއް ކުރަމުން ދަނިކޮށް، އެމްޑީޕީގެ ހަރުގެ ތެރޭގައި ހުންނަވަނިކޮށެވެ.
ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އެ މުޒާހަރާތަކުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރުމަށް ފަހު ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބުލޮ
20 March 2018
ހަމަ ލާތަނުން ބަލިވާނެދޯ. ބޯންދެނީ ނުސާފު ފެން ކާންދެނީ ތާޒާކަން ކެނޑި ކުނިވާން ފަށާފަ ހުންނަ ކާތަކެތި. އަޅެ އެތަކެތީގެ ބޭނުންކޮށްލާ އަޖުމަ ބަލާލަން އެތާ ދެދުވަހަކު ޗުއްޓީ އެއް ހަދާލަންވީނު. ހުސްއަނގަ ތަކެއް ނުތަޅާ. ދެން ޗުއްޓީ ނިންމާފަ އައިސް ކޮމެންޓ ކޮށްލާ
ޒާތީ ނުވާށެވެ
19 March 2018
އިދިކޮޅު ފްރާތުގެ މީހުން ދެކެ ފުލުހުން ތިހާ ރުޅިއެއް އަރަނީ ކީއްވެ ބާއެވެ ތިހެން އުޅޭކަށް ނުޖެހޭ ދޯއެވެ؟
ހޭބަލި
19 March 2018
މީ އަޖައިބެއް. މި މީހުން ހަމަ ކުޑަ ގޮޅިޔަށް ލާއިރަށް ޑޮކްޓަރަށް ނުދެއްކިގެން މޮޔަވަނީ. މަގުމަތީ ދުވަންވީމަ ބައްޔެއްނޫން. މިވަރުގެ ބަލި މާނު ތަކެއްދޯ މާ ފުއްޕާފަ މިއުޅެނީ.
އެނޮން
19 March 2018
ހާދަ ބަލި ކުދިންނޭ ސިޔާސީ ކަންކަމުގަ މިއުޅެނީ. ތަންކޮޅެއް ޞިއްހަތު ރަނގަޅު ކުދިން މިކަމާ އުޅެންވެއްޖެއެއްނު. މިހެންވެ މި ކޮޅެއްގަ ނުޖެހިގެން މިއުޅެނީ
ފެނޭށޭ
19 March 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ޑާޑާޑާޑާޑާ
19 March 2018
މީ ދަރުބާރު ފެކްޝަނުގެ ފަރިހިބޭތަ!؟
ވެބް ޝިފާޒް
19 March 2018
ވެބްކެމުން ވެސް މިހާރު ފަރުވާ ކޮށްލވެވޭނެ. ކޮން ކަމަކާ ހާސްވަނީ؟