އިދިކޮޅު ފަރާތްތަކުން މިދިޔަ މަހު މާލޭގައި ބޭއްވި އެއްވުމެއްގައި އިންތި ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
19 މާޗް 2018 - 23:11
ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވި ކަމަށް ބުނެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާކުރައްވާ އިންތި ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރު 1:30 އަށް ކަމަށެވެ.
އިންތި ފުލުސް އޮފީހަށް ހާޒިރުވާން އެންގިއިރު، މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަ ފަހު، ތަފާތު ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ގިނަ މެމްބަރުންތަކެއް ދަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަމުންނެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ރޭވުމާއި އެކަމަށްޓަކައި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ތުހުމަތުގައި ވެސް އިދިކޮޅު ބައެއް މެމްބަރުން ވަނީ ހައްޔަރުކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު ފުލުހުން މިހާރު ހައްޔަރުކޮށްފައި ވަނީ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އަދި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަބްދުﷲ ރިޔާޒެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
22 March 2018
ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ގާނޫނޫ އިމުގެތެރެއިން މުޒާހަރާކުރުމަކީ ގާނޫނު އަސާސީން އެންމެ ފުޅާކޮށް އެންމެނަށް ލިބިދޭ ހައްގެކެވެ. އެހަގުގެ ބޭނުން ހިފުމަކީ އެވެސް މައްސަލައެނޫންނެވެ.
ނެޝަނަލިސްޓް
21 March 2018
މުޒާހިރާ ކުރުމަކީ ދިވެހި ރާއްޖޭގައި ލިޔެވިފައި ހުރި ގާނޫންތައް ހުއްދަކުރާ ކަމެއް!
ހަސަނު.
20 March 2018
މުޒާހަރާ ކުރުމަކީ ކުށެއްކަމަށް ޤާނޫނު އަސާސީގައި ބުނެފައެއް ނެތް. އަދި އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލައިގެން ނުވާނެކަމަށް އިސްލާމް ދީނުގައިވެސް އަންގާފައި ނެތް. މުޅި ޤައުމު ޙިޞާރުކޮށްގެން ހިތުހުރި ގޮތެއް ހަދަމުންދާއިރު މީ ހުރިހާ ދިވެހީންގެވެސް ޤައުމު. މި އަނިޔާވެރިކަމުން މިންޖު ކޮށްދެއްވާތޯ ގިނަގިނައިން ދުޢާކުރުން އަހަރެމެންނަށް އޮތީ.
ފަސީ
20 March 2018
މުޒާހަރާއަށް ހިތްވަރު ނުދޭ މީހަކު ދައްކަބަލަ، މިއީ ހަމަ ވަކިބަޔަކަށް އަމާޒުކޮށްގެން ހިންގާ ބޮޑު ޖަރީމާއެއް
އަލީ އާޒިމް
20 March 2018
އިންތީ! ނުވިސްނެތީ ހަމަ ހައިރަންވަން! މި ގައުމު ގެ ވެރިން ދެކެނީ ސައޫދީ އާއި ޗައިނާ އަކީ އެދުރުން ކަމުގައޭ! އެހެން ކަމުން ނޫން ގޮތަކައް ވައި ބޭރުވިޔަސް ޖަލު ހުކުމެއް، ނުވަތަ ހަ ފޫޓް ބިމު އަޑީގައި ވަޅުލަން ޖެހޭ ކަހަލަ ހުކުން އިއްވާނެ!
ދެރަވަރު
20 March 2018
މުޒާހިރާއަށް ހިތްވަރު ދިނުމަކީ ކުށެއްތަ؟ ރައްޔިތުންގެ އަޑު ދެން އިއްވާނީ ކޮންގަތަކުން. މި މީހުން ސަރުކާރާ އެއްކޮޅަށް މުޒާހިރާއާއި ސައިކަލް ބުރާއި ކާރުބުރާއި އެއްވުންތައް ބާއްވާ އިދިކޮޅު މީހުންނަށް ހިތަށް އެރިއެއްޗެއްގޮވާ އެއީ ކުށެއްނޫންތަ؟
ބަޔެއްތޭ
20 March 2018
ރާއްޖެތެރޭ ރަށްރަށުން މާލެ އަށް އަރާ މާލޭގައި މުޒާހަރާ ކުރުމަކީ އެއީ ރާއްޖެތެރޭ މީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެމެން މުޒާހަރާ ކުރޭ އެމެން ރަށުގައި ތިބެގެން. އެމެން މާލެ އަށް އަރާ މުޒާހަރާ ކުރާނަމަ އެމެންނާއި މެދު ފިޔަވަޅު އެޅޭނެ ގާނޫނުގައި ވާ ގޮތަށް. އަދި އޭގެ އިތުރުން އެކަމަށް އޯޕަން ކޮށް ފާޅު ކަން ބޮޑުގޮތެއްގައި ގޮވުމާއި ގާނޫނީ ގޮތުން ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ސަރުކާރެއް ވައްޓާލަން އާންމު ޓީވީ ސްޓޭޝަން އަކަށް އަރާ އިނދެ ވެރިކަން މިރޭ ވެއްޓޭނެއޭ ވެއްޓޭނެއޭ ކިޔާ މީޙުންނަށް ގާނޫނީ ވެރިކަމެއް ވައްޓާލަން ހިތްވަރު ދިނުމަކީ ރާއްޖޭގައި ހެދިފައިވާ ރިލޭޓެޑް ހުރިހާ ގާނޫނު ތަކަށް ބަލާއިރު ބޮޑު ވެގެން ވާ ކުށެކެވެ. މިކުށް ރާއްޖޭގައި ތަކުރާރު ވިޔަދީގެން ނުވާނެ އަދި މިކަން ކުރި މީހަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދެވެން ޖެހޭނެ އެފަދަ މީހުންނަކީ އެއީ ގާނޫނު ހަދާ މަޖްލީހުގައި ވެސް ބައިތިއްބަން ކުފޫ ހަމަވާ ވަރަށް ވުރެން ސަރުކާރުގެ މާލިއްޔާ އަށް ދަހިވެތިވާ ބަޔެއްތޭ.
މުޙަންމަދު
20 March 2018
ބޯން އުޅުނު ބޮނޑި ތިއޮތީ ބޮވިފައި.
ޅޮސްކުރި
20 March 2018
މީހުން ހައްޔަރުކުރުމާ، މިފައިސާ އެފައިސާ، މިވަރުގެ ކަމެއް ނުދެކެން.
ހެހެ
20 March 2018
މުޒާހަރާއަށް ހިތްވަރު ދިނުން އެކަންޏެއް ނޫން. ލޯޔަރެކޭ ކިޔާފަ ތީނަ ދައްކާފަ ހުރި އެހެން ވާހަކަތަކަށްވެސް ތީނައަށް އަދަބު ދޭން ޖެހޭ އެބަ؟ ތީނައަށް ކިޔަވާ ދިން ބަޔަކުވެސް ލަދު ގަންނާނެ.