ޚަބަރު / ކުއްލި ނުރައްކަލުގެ ހާލަތު

ފަނޑިޔާރުންނާއި މައުމޫނާއި ފާރިސް އަދި ކުރީގެ ސީޕީއަށް ޓެރަރިޒަމްގެ ދައުވާ

ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު ފުލުހުން ކުރާ ހަތަރު ބޭފުޅުން (ކ-ވ) އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު، ކުރީގެ ރައީސް މައުމޫން އަދި ފަނޑިޔާރު އަލީ ހަމީދު.

20 މާޗް 2018 - 19:35

67 comments

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަލުން ޔުމްނާގެ ފިރިކަލުން އަހްމަދު ނަދީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި މެންބަރު ސިނާނާއި މެންބަރު އަބްދުﷲ ރިޔާޒް އަދި މެންބަރު އިލްހާމް އަހްމަދުގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާކުރަން ކޯޓަށް ފޮނުވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރި ތަހުގީގުން، ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތުން ނުވަ މީހަކު މިނިވަންކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ނުފޫޒުން އެ މީހުން ބޭނުންވާ ގޮތަށް ދުރާލައި ރޭވިގެން ކޮށްފައިވާ އަމުރެއްކަން އެނގޭ ކަމަށެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ ކޮށްފައި ވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

މައްސަލައާ ގުޅުން ހުރި ހެކި ހުރި ކަމަށް ބެލެވިގެން ކުރީގެ ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ ފޯނު ދިނުމަށް އެންގުމުން ފޯނު ދީފައި ނުވާތީ އެ ބޭފުޅުންގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާކޮށްފަ އެވެ.

ފާރިސް މައުމޫން

މީގެ އިތުރުން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ސުޕްރީމް ކޯޓަށް ފޮނުވާ ލިޔެކިޔުންތަކަށް އެކްސެސް ވިޔަ ނުދިނުމަށް ކޯޓުގެ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް ކަނޑާލާފައި ބެހެއްޓުމަށް ކޯޓުގެ މުވައްޒަފުންނަށް އަންގާފައި ވާތީ އުއްތަމަ ފަނޑިޔާރަށް ވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފަ އެވެ.

މި ދައުވާތައް ކުރުމުގައި ބަލާފައިވާ ކަންކަމުގެ ގޮތުގައި ޕީޖީ އޮފީހުން، ފުލުހުންގެ ތަހުގީގާ ހަވާލާދީ ސީރިއަސް ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ހަސަން ސައީދުގެ ގެ ބަލައި ފާސްކުރި އިރު އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުން 350،000ރ. އާއި އެ ކޮޓަރީގައި ހުރި ދަބަހެއްގެ ތެރެއިން 3،300 އެމެރިކާ ޑޮލަރާއި ވިލާ ޝިޕިންގެ އެންޑް ޓްރޭޑިން ކޮމްޕެނީގެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ސޮއިކުރައްވާފައިވާ ސިޓީއެއް ފެނުނު ކަމަށް ބުނެފައިވެ އެވެ. އެއީ މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާއި އެ މީހުންނާ ގުޅުން ހުރި ފަރާތްތަކުން ބޭރު ގައުމުތަކުން ގަނެފައިވާ "ޕްރޮޕަޓީތަކަށް" ފައިސާ ދައްކަން 2.4 މިލިއަން ޑޮލަރު ދިންކަން އެނގޭ ސިޓީއެއް ކަމަށްވެ އެވެ. މި ލިޔުމުގައި ބުނާ ގޮތުން ފައިސާގެ މަންފާ ލިބޭ މީހުންނަކީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލެއް ކަމަށްވާ އަހްމަދު މިސްފިރު އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ ކުރީގެ އަނބިކަނބަލުން އާއިޝަތު ހަނާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ހައްޔަރުކުރުމަށް ފަހު ކޯޓުން ދޫކޮށްލުމުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ކޯޓު ބޭރުގައި.-- ފައިލް ފޮޓޯ: ހުސެން ވަހީދު /މިހާރު

ސިޓީގައިވާ ސޮޔަކީ ސިޔާދުގެ ސޮއި ކަމާއި އެ ސިޓީން ސިޔާދުގެ އިނގިލީގެ ނިޝާން ވެސް ފޮރެންސިކް ތަހުލީލުން އެނގިފައިވާ ކަމަށް ޕީޖީގައި ބަޔާނުގައިވެ އެވެ. މީގެ އިތުރުން މި ލިޔުމުގެ ފޮޓޯއަކާއި އޭގައި ހުރި މައުލޫމާތު ހިމެނޭ ނޯޓެއްގެ ފޮޓޯ ވެސް ސިޔާދުގެ ފޯނުން ފެނުނު ކަމަށް ބުންޏެވެ.

ޕީޖީން ބުނި ގޮތުގައި، މައްސަލާގައި ތުހުމަތުކުރެވޭ މީހުން ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި މައްސަލަތައް ވަކި ގޮތަކަށް ނިންމަން މަސައްކަތްކޮށްފައިވާ ކަމުގެ ހެކި ވަނީ ލިބިފަ އެވެ. އަދި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ފައިސާ ދީ އެ ފައިސާގައި ހިފާފައިވާކަން އެނގެ އެވެ.

ތަހުގީގަށް އެނގިފައިވާ ކަންކަމަށް ބަލާއިރު، ޕީޖީން ބުނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަންކަން އެނގޭ ކަމަށާއި އެއީ ދުރާލައި ރޭވި ޕްލޭނެއްގެ ދަށުން ފައިސާގެ ބަދަލުގައި ނެރެނު އަމުރެއްކަން އެނގޭ ކަމަށެވެ.

"މިހެންކަމުން، 1 ފެބްރުއަރީ 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން، ބޮޑެތި ކުށްވެރިންތަކެއް ދޫކޮށްލައި، އެ ކުށްވެރިންގެ މައްސަލަތައް އަލުން ބެލުމަށް އަންގައި، ނެރުނު އަމުރަކީ ދުރާލައި ރޭވިގެން، މީގައި ހިމެނޭ ފަރާތްތަކުގެ އެނގުމުގެ ތެރެއިން، ޝަރީއަތުގެ އުސޫލުތަކުގެ ބޭރުން ނެރެފައިވާ އަމުރެއްކަން އެނގެން އޮވެ އެވެ."

މި މައްސަލާގައި ހިމެނޭ ފަރާތްތަކުން ވަނީ އޭރުގެ ޕޮލިސް ކޮމިޝަނަރު އަރީފް މެދުވެރިކޮށް، ކޯޓުން އަމުރު ނެރުމުގެ ކުރިން، ފުލުހުންގެ އުސޫލުތަކާ ޚިލާފަށް އޮޕަރޭޝަންތަކަށް ބޮޑެތި ބަދަލުތައް ގެނެސް އަރީފް ބޭނުންވާ ބަޔަކު ހޮވައި އެކި ތަންތަނުގައި ތިބި މީހުން އެއްތަނަކަށް ގެނުވައި ޑިއުޓީގައި ތިބި ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށްފައި ކަމަށް މިހާތަނަށް ތަހުގީގަށް އެނގިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ހައްޔަރުކޮށްގެން ގެންދަނީ. -- ފޮޓޯ: މިހާރު

ޕީޖީން މި ބޭފުޅުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވިކަން ހާމަކޮށްފައި މި ވަނީ އެ ބޭފުޅުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދާއި މިރޭ ކޯޓަށް ހާޒިރުކުރަމުން އަންނަނިކޮށެވެ. ބަންދުގެ މުއްދަތު އިތުރުކުރަން ފެށި އިރު، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް ރައީސް އަބްދުﷲ ޔާމީން އިއުލާނުކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ބުރާސްފަތި ދުވަހު ހަމަވާނެ އެވެ. މި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ކޯޓުގެ އަމުރާ ގުޅިގެން އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

67 ކޮމެންޓް, 221 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 5%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗޯޓް

21 March 2018

މިއީ ކޮން ކޯޑިނޭޓަރެއް ލިޔާ ކޮމެންޓެއްތަ? 2013 ގައި ލިބުނީ 51 ޕަސެންޓް. ލަދު

The name is already taken The name is available. Register?

މުޙުއްމާ

21 March 2018

މިއީ ހާދަ ބިރުވެރި ޤައުމެކޭ ދޯ؟ މި ޤައުމުގަ މިތިބީ %100 ޓެރަރިސްޓްން. %97 މީހުންނަކީ ވެރިމީހާ އާއި ދެކޮޅަށް ބަސް ބުނާތީ އޭނާގެނަޒަރުގައި ޓެރެރިސްޓްން. ސަރުކާރުން ނާޖާއިޒް ފައިދާލިބޭތީ ތާއިދުކޮށްގެންތިބި %3 މީހުނަކީ އަނެއް %97 މީހުނަށް ބިރުދައްކާ ޓެރެރިސްޓްން.

The name is already taken The name is available. Register?

އަޑި ގުޑަން

21 March 2018

މާތް ﷲ އަށް ޙަމްދުކުރަން. ގައުމު ސަލާމަތް ވުމުގެ ކޮޅުމަތި ފެންނަން ފެށީ.

The name is already taken The name is available. Register?

ޢަބްދު

21 March 2018

މިވަގުތު ރާއްޖޭގަ ވެރިކަން ކުރަން ތިބި މީހުންގެ މައްޗަށް ހަގީގަތުގައި ޓެރަރިޒްމްގެ ދައުވާ ކުރެވޭނެ... ހެއްދެވި ފަރާތަށް ބިރުވެތިވުމެއްނެތި އަނިޔާވެރިކަމާއި މަކަރާއި ހީލަތުން ވެރިކަމުގައި ދެމިތިބެނިކޮށް އެންމެންގެ މައްޗަށް އައިސްފާނެ ކޯފާއަކަށް ރައްޔިތުންވެސް ވިސްނަން އެބަޖެހޭ!

The name is already taken The name is available. Register?

ދިސްވޭހޭ

21 March 2018

ރާއްޖޭގައި މިހާރު ހިނގަމުން މިދާ ވެރިކަމަކީ އެއީ 2013 ގައި ވޯޓް ލީ ރައްޔިތުންގެ %85 އިން މަމެން ޕިންކީން ނާއި ހަވާލު ކުރި ވެރިކަމެއް ރައްޔިތުން މަމެން ގާތު ބުނީ މިގައުމު ރޮޓެން ކަންޓްރީ އަކުން ލިޓިލް ސިންގަޕޯރ އަށް ހަދާށޭ. އެކަން ކުރަމުން މަމެން އަންނަނި ކޮށް އިދިކޮޅު ރަންރީނދޫ ބޮޑޭ އާއި އަދި ބޮޑު ސޭޓް މެން އެންމެ ބޮޑު ކޯޓްގެ ބޮޑު ދެ ހުކުމޭ މެންނަށް ކަޓް ދީގެން އެމެން ރާއްޖޭގެ ޖުޑިޝަރީ މެދުވެރިކޮށް ރައްޔިތުން ހޮވާފައިވާ ވެރިކަމެއް ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބަަދަލު ކުރާ އުސޫލުން ބަދަލު ކޮށްލާނެ ކަމަށް އެމެން ޕާކިސްތާނުން ކިޔަވައިގެން އައުމުން ހީކޮށްގެން އެގޮތަށް އަމަލު ކުރުން އަދި އެމެން ނެރުނު ގާނޫނީ އެއްވެސް ކޮންޓެންޓެއް ނެތި އެމްޑީޕީން ނެރޭ ބަޔާނަކާއި އެއްގޮތް އަމުރެއް ނެރުން އަދި ފުރަތަމަ އަމުރު ނެރުނު އިރު އެއަމުރު ކުރީ އެއީ ސްޕްރީމް ކޯޓުގެ ކިތައް ފަނޑިޔާރުން އެއްބަސްވެގެންތޯ ނެތް ކަން އެގުމުން ފަހުން ސޮއި ކޮށްފައި އެ އަމުރު ނެރުން އެއީ ހަމަ ގައުމު ހަލާކު ކުރުން ނޫންތޭ.

The name is already taken The name is available. Register?

އުދުހޭ

21 March 2018

5 ފަނޑިޔާރުން ނެރުނު ހުކުމާކާ ގުޅިގެން އެތަނުން 2 ފަނޑިޔާރަކަށް ދައުވާކުރާނީ ކީއްވެބާ؟ އަނެއް 3 ފަނޑިޔާރުން އިސްތިސްނާވަނީ ކޮން އުސޫލަކުންބާ؟

The name is already taken The name is available. Register?

ފެނޭރޭ

21 March 2018

ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ޖުޑިޝަލް ކޫ އެއް ގެނެސްގެން މަމެންގެ ވެރިކަން ވެއްޓުނު ތޭ ނުވެއްޓުނު ދޯ. ތަމެންނަށް ފެނޭތޭ މިހާރު ވަމުންދާ އަދި ހިނގަމުން މިދާ އާރފްޓރ މާރތް އޮފް ކޫ ވަރަށް ރީއްޗަށް. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

The name is already taken The name is available. Register?

ލުކްވެލް

21 March 2018

ފަނޑިޔާރުންނަށް ދައުވާ ކުރަން ޖެހޭނެ ކަން އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ. އެކަން އިނގެއެއް ނޫންތޭ އެމެންގެ ބޮޑު ދެ ފަނޑިޔާރަކު އެންމެ މަތީ ކޯޓް ގައި ތިބެގެން ނެރުނު ދަ ނަަހަލާލު ކޯޓް އަމުރުގެ ސަބަބުން ވަރަށް ރީއްޗަށް. ދުނިޔޭގެ އެއްވެސް ސްޕްރީމް ކޯޓަކުން ނުނެރޭނެ ފެންވަރުގެ ގާނޫނީ އެއްވެސް ބުރަދަނެއް ނެތް ކުށްވެރިން ތަކެއް އެއީ ސިޔާސީ ގޮތުން ހުކުމް ކޮށްފައިވާ މީހުންނޭ ކިޔާ ދޫކޮށްލަން ސްޕްރީމް ކޯޓުން ހުކުމް ކުރުމާއި ވަކި މުއްދަތެއް ނެތް ގޮތަށް އެންޓިޑިފެކްޝަން ގާނޫނު ފާސް ކުރަން ސްޕްރީމް ކޯޓުގެ ގަޒިއްޔާ އަކުން ނިންމާފައިވަނި ކޮށް ސަރުކާރުން އެފދަ ގާނޫނެއް ނެހެދުން އެއީ އުޒުރެއް ކަމަށް ދައްކާ ކުރިން ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެއް ބާތިލް ކުރުމާއި މިހުރިހާ ކަންކަމުން ވަރަށް ބޮޑަށް ދޭހަވެގެން ދޭ އެއީ އަމިއްލަ އެދުމުން ފުރިގެންވާ އަމުރެއް ކަން ސްޕްރީމް ކޯޓުން ފެބް އެކެއްގައި ނެތުނީ. ރައްޔިތުން ސްޕްރީމް ކޯޓާއި ވެރިކަން ހަވާލު ނުކުރޭ އެމެންނަށް ވެރިކަން ބަދަލު ނުކުރެވޭނެއޭ.

The name is already taken The name is available. Register?

ފެނެއޭ

21 March 2018

ފަނޑިޔާރުންނާއި މައުމޫނާއި ފާރިސް އަދި ކުރީގެ ސީޕީއަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ އެއީ އެމެންނަށް ޓެރެރިޒަމް ގެ ކަންކަމަށް ހިތްވަރު ލިބޭނެ އުސޫލުން އެމެންނަށް ކަންކަން ކުރެވުމުން ނޫންތޭ. މިކަން ފެނިގެން ދެއޭ ކުރީގެ ޕޮލިސް ކަމިޝަނަރު ވެސް މަގާމް ގައި ހުރެމެ ކޮމާރންޑަރ އިން ޗީފް ގެ އަމުރު ތަކަށް ތަބާނުވުން އަދި ބޮޑެތި ކުށްވެރިން ޖަލުން ދޫކޮށްލާ ލޯންޗަށް އެރުވުން މީ ބޮޑެތި މައްސަލަ ތައް ނޫންތޭ މިހުންނަނީ. މީ ކިހާ ބޮޑު ގައްދާރެއް ނޫންތޭ އެމެން ގައުމަށް ވީ. ގައުމަށް ގައްދާރުވުމަކީ ވެސް އެއީ ޓެރެރިޒަމް އަށް ވާގިވެރި ވުން ނޫންތޭ މަމެން ޔަގީން ކަން ދެން ފެބް އެކެއްގައި މަމެން ޕިންކީންގެ ވެރިކަން ދަ ނަހަލާލު ކޯޓް އަމުރު ނެރެގެން އެގޮތަށް ކުރި ނަމަ މިހާރު މިގައުމު އޮންނާނީ ޔަމަން އަށް މިހާރު ދިމާވެގެން އުޅޭ ގޮތަށް ވެފައި ކަން. ޔަމަންގެ ކުރީގެ ރައީސް ކޮރަޕްޝަނޭ ކިޔާ ދެއްކި ވާހަކަ ތަކަށް ވުރެން ބޮޑު ގެއްލުން ނޫންތޭ މިހާރު ޔަމަން އަށް ވަމުން ދަނީ. ހޫތީން އެއީ އިރާނު ބަޔެއް ދޯ އައިސް ވެރިވެގަތީ.

The name is already taken The name is available. Register?

ދަރަނިބޯ

21 March 2018

ފަނޑިޔާރުންނަށްވެސް ޕީޖީއަށްވެސް އެނގޭނެ މަނުރުހޭގޮތަކަށްހުކުމެއް ކޮށްފިއްޔާ ފުރާޅުން ޓިނުނަގައިގެންވެސް ޖަލަށްލާނެކަން އެހެންވީމާ އަނެއްހެން މީ ޕީޖީގެ މައްސަލައެއްނޫންދޯ ހަހަހަހަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454