ދުންޔާ އާއި ޔުމްނާ: ދެބެއިންގެ ލޯބި ޝޯޝަލްމީޑިއާގައި މިއަދު ވަނީ އާއްމުކޮށްފައި،
28 މާޗް 2018 - 16:14
އެކި ކަންކަމުގައި ޚިޔާލުތަފާތުވުންތައް ހުއްޓަސް، އޭނާ ދެކެ ދައްތާފުޅު، ދުންޔާ މައުމޫން ވަރަށް ލޯބިވާ ކަމަށް ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޚިޔާލުތަފާތުވުންތަކާ ހެދި ދެބެއިންގެ މެދުގައި ރުޅިވެރިކަން އުފެދިފައިވާ ކަމުގެ އަޑުފެތުރިފައި ވަނިކޮށް، ޔުމްނާ ވަނީ ދައްތާފުޅާ އޮންނަ ގާތް ގުޅުން ޓުވިޓާ މެދުވެރިކޮށް އާއްމުންނާ ހިއްސާކުރައްވައިފަ އެވެ.
އުނދަގޫ ވަގުތުގައި ވެސް އެންމެ ގާތުގައި، ދައްތާފުޅު ހުންނެވި ކަން ފާހަގަކުރައްވައި ޔުމްނާ ވަނީ ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
ޔުމްނާ އެ އިޝާރާތް ކުރެއްވީ، ދަރިފުޅު ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ އެކު ދުންޔާގެ ފަރާތުން ލިބުނު އެހީތެރިކަމަށެވެ. ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށްފައި ޖަލުގައި ހުންނެވި ދަނޑިވަޅެއްގައި ދަރިފުޅު އެޑްމިޓްކުރުމަކީ ވަރަށް އުނދަގޫ ހާލަތެއް ކަމަށް ޔުމްނާ ވަނީ ވިދާޅުވެފަ އެވެ.
Thank you sister @dunyamaumoon for being there for me on this very difficult day. Though we may have very different views on many things I know that you love me. Love you too ❤️
— Yumna Maumoon (@yumna_maumoon) March 28, 2018
ދުންޔާއާ ގުޅޭގޮތުން ޔުމްނާ ކުރެއްވި ޓުވީޓް.
So happy to see her improving and to see our daughters together like sisters ❤️ Masha Allah. @yumna_maumoon https://t.co/u73xMRX54t
— Dunya Maumoon (@dunyamaumoon) March 28, 2018
ޔުމްނާގެ ޓުވީޓަށް ރައްދު ދެއްވައި ދުންޔާ ކުރެއްވި ޓުވީޓް.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ނަދީމް ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. ނަދީމްގެ އިތުރުން ބައްޕާފުޅު، މައުމޫން އަބްދުލްގައްޔޫމާއި ކޮއްކޯފުޅު، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވެސް އެ ތުހުމަތުގައި ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ.
ޕީޕީއެމްގެ ރައީސްގެ މަގާމުން މައުމޫން ވަކިކުރި ފަހުން، އެ ފެކްޝަންގައި މައުމޫންގެ ފަރާތްޕުޅުން އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޔުމްނާ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި، ފާރިސް ހައްޔަރު ކުރުމުން، ވެސް އޭނާ މިނިވަންކުރަން ގޮވާލައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ ޔުމްނާ އެވެ. ފާރިސް ޖަލަށް ލުމުން، އިސްލާހީ މަސައްކަތްތަކުގައި ބައްޕާފުޅު މައުމޫންގެ ފަރާތްޕުޅުން ވެސް އެންމެ ކުރީ ސަފުގައި ހުންނެވީ ޔުމްނާ އެވެ.
ރައީސް ޔާމީނާއި މައުމޫންގެ ހިޔާލު ތަފާތުވުން ބޮޑުވެ އެކަން އާންމުވި ހިސާބުން، ފޮރިން މިނިސްޓަރުގެ މަގާމުން ދުންޔާ އިސްތިއުފާ ދެއްވި އެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވެ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ގޮތުން ސަރުކާރާ އަލުން ގުޅިވަޑައިގަތެވެ.
ޔުމްނާގެ ކޮއްކޯފުޅު، ޣައްސާން މައުމޫން މިހާރު ވެސް ހުންނެވީ ސަރުކާރުގަ އެވެ.
ސަރުކާރުން މި މަހުގެ ތެރޭގައި ދުންޔާ ވަކިވެވަޑައިގަތީ، މައުމޫން ހައްޔަރުކުރީ ނުހައްގުން ކަމަށް ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙުސެން
29 March 2018
މައުމޫންގެ ކިތައްދަރިންކަމެއް ވެރިކަމާއިގެން ތޮޅެނީ ނޭނގުނަސް ފާރިޝް އާ ޣައްސާން ފާޅުގަ އެދަނީ ފައިޓުކުރަމުން. މީގެތެރޭ ދުންޏާގެ އަމަލުތަކުންވެސް ބައްޕަގެތާއީދު ނެތީމަ ހިތްނުރުހޭކަންހާމަވޭ. ޣައްސާން އެހެރީ ބައްޕަގެތާއީދު ނުލިބުމުން ކޮންމެގޮތަކުންވެސް ވެރިކަމަށް އަމާޒުހިފާފަ. ޔުމްނާއާމެދު އެއްޗެކޭ ބުނެވޭނީ އިތުރަށް ދިރާސާކޮށްފަ.
ޢަލީމް
28 March 2018
ތީވަރަށް އޯގާތެރި ފެމެލީއެއް. ތިލޯބީގެ އަސަރުން ގައުމު އަރާނުގަނެގެން މިއުޅެނީ.
ރ-ޔާ-މިނީ
28 March 2018
އަހަރެން ވެސް ވަރަށް ލޯބިވޭ
އިދުރީސް
28 March 2018
ކިތައް ސިކުންތުގެ ތަފާތުތަ މި ދެމީހުން އުފަންވުމުގައި އުޅެނީ!!
މަރޭމިތުރާ
28 March 2018
ލޯބިލޯބިން ދެބެއިންތިބެ ލޯބިލޯބިން ފެނުނީމާ އުފާކުރޭ! ލޯބި ހިނިތުން ދެމޫނުންފެނި ފާލުވާއިރު ލޯބިވާވަރުހާމަވޭ!
Thhhk
28 March 2018
ބައްޕާފުޅު ޖަލުގަ ހަފުސް ވާ އިރުވެސް ލޯބި ވާ ވަރުން ދޯ... ދުވަސްވީ މީހުން އެއީ ބައެއްނަމަ ...ތިހެންތޯ އުޅެނީ
މައްމަނު ލޯބި
28 March 2018
ވަރަށް ލޯބިވޭ
ސިދާ
28 March 2018
ބައްޕާފުޅު ޖަލަށްލީމާ ގައްސާނު ވެސް ވާލޯބިން އެކަމަށް ތާއީދުކޮށް ސަރުކާރު ދިފާއުކުރުމުގައި ގަދަޔަށް މަސައްކަތުގައި. މިއީ ކޮންކަހަލަ ލޯތްބެއްބާ؟؟؟
ޑާޑާޑާޑާޑާ
28 March 2018
ގެރިލޯބިވެސް ތިއަކަށް ނުކިއާނެ.
ާކުރުމަންޖެ
28 March 2018
ދެބެންގެ މެދުގައި ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން! ހާލުގަ ޖެހޭ ވަގުތު އާއިލާ މީހުންނަށް އަޅާލީމަ ނިމުނީ
ނާލީ
29 March 2018
ތެދުފުޅެއް ތީ
ރަދީފް
28 March 2018
ވަރަށް އުފާވެރި މަންޒަރުތަކެއް ، އަދި އެހާ އުފާވެރި ވާހަކަތަކެއް.އެހެން ވީމަ ރަހިމުގެ ގުޅުން އަބަދުވެސް ދަމަހައްޓައި އެކަކު އަނެކަކަށް އެހީތެރިވާންޖެހޭނެ.ބްލަޑް އިޒް ތިކަރ ދޭން ވޯޓަރ.
ލަދުގަނޭ
28 March 2018
ތިމާޔަށް ހުރިހާ ކަމެއް ކޮށްދީ މިހާރު ހުރި މަގާމްވެސް ހޯދައިދިން މީހާ އުމުރުން 90 އަހަރާ ގާތްވެފައިވަނިކޮށް ޖަލުގެ ކުޑަގޮޅީގައި އެބާއްވަނީ (ގައިމު އެކެއްގެ ތިކިޔާ ތިކް ބްލަޑަށް މިދެމީހުން ވީއިރުވެސް) ބްލަޑް ތިކިޔާ ގޮތަށް ތިކަރ ދޭން ވޯޓަރަށް ނުވާތީ ނޫންތަ؟ އެމުސްކުޅިޔާއަށް ގައިމު ޖައްސާފައި އެވަނީ އޭނަގެ އެންމެ ބޮޑު ދުޝްމަނަށް ބާރުލިބުނު ހިނދުވެސް ކުރާންނުކެރެނު ކަމެއްނުން.