އައިޖީއެމްއެޗުގަައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ގާއިމުކޮށްފައިވާ ކެތުލެބުގައި މީހަކަށް ފަރުވާ ދެނީ: ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންތައް މި އަހަރު ފަހުކޮޅު ފަށަން ވަނީ ނިންމާފައި. -- ފޮޓޯ:ނިޝާން އަލީ/މިހާރު
08 އެޕްރީލް 2018 - 12:18
ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންތައް މި އަހަރު ފަހުކޮޅު ރާއްޖޭގައި ފެށުމަށް އައިޖީއެމްއެޗުން ނިންމައިފި އެވެ.
ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ފަރުވާ ހޯދާ އައިޖީއެމްއެޗްގެ ޚިދުމަތްތައް ތަރައްގީ ކުރަމުން އަންނައިރު، ކިޑްނީގެ ބަލިތަކަށް ވެސް މި ސަރަހައްދުގެ އެންމެ ފުރިހަމަ ފަރުވާ އައިޖީއެމްއެޗްގައި ދިނުމަކީ އެ ހޮސްޕިޓަލުގެ އަމާޒެކެވެ. އެހެންވެ، ކިޑްނީ ބަލިތަކުގެ ފަރުވާ ފުޅާކުރަމުން އައިސް، މިހާރު މަސައްކަތް ފަށާފައި ވަނީ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންތައް ފެށުމަށެވެ. ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކުރުމަށް ނިންމާފައި ވަނީ މިހާރު އިމާރާތް ކުރަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ތިއޭޓަރުތަކުގަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ފުރަތަމަ ހަ ފްލޯ މި އަހަރުގެ ޖުލައި 26 އިން ފެށިގެން ބޭނުން ކުރާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ ކިޑްނީ ޓްރާންސްޕްލާންޓް ނުވަތަ ބަދަލު ކުރުމުގެ އޮޕަރޭޝަން ފެށުމަށް ވަސީލަތްތަކުގެ ގޮތުން ތައްޔާރުވެފައިވާ ކަމަށެވެ. އެކަމަކު، ރާއްޖޭގައި އެކަން ފަށާއިރު ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކިޑްނީ ޓްރާންސްޕްލާންޓް ފެށޭތޯ މަސައްކަތް ކުރަނީ. އަޅުގަނޑުމެންގެ [ދިވެހި] ނެފްރޮލޮޖިސްޓާއި ޓީމު ރެޑީ. [އޮޕަރޭޝަން] ތިއޭޓަ ވެސް ރެޑީ،" ރިޝްވާން ވިދާޅުވި އެވެ.
ކިޑްނީގެ ބަލިތަކާ ބެހޭ ސެންޓަރުގެ ޚިދުމަތްތަކާ ގުޅޭ ގޮތުން، ދިވެހި ނެފްރޮލޮޖިސްޓް ޝިހާމް (ކ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ނޮވެމްބަރު، 2016، ގައި އައިޖީއެމްއެޗްގައި ކިޑްނީގެ ބަލިތަކާ ބެހޭ ސެންޓަރެއް ހުޅުވާފައިވާ އިރު، އެ ތަނުގައި އިސްކޮށް ފަރުވާ ދެއްވަނީ، ސުޕަ ސްޕެޝަލިސްޓް، ޑރ. އިބްރާހިމް ޝިހާމެވެ.
ކިޑްނީގެ ބަލިތަކަށް ގިނަ އަދަދެއްގެ ދިވެހިން ފަރުވާ ހޯދަމުން އަންނަ އިރު، ދެ ކިޑްނީ ފެއިލްވެ އޮޕަރޭޝަނެއް ކުރަން ވެއްޖެ ނަމަ، ދާން ޖެހެނީ ރާއްޖޭން ބޭރަށެވެ. އެންމެ އާއްމުކޮށް، ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންތައް ދިވެހިން ކުރަނީ، އަވައްޓެރި ސްރީ ލަންކާ އާއި އިންޑިއާ އިންނެވެ.
އެހެންކަމުން، އެ ގައުމުތަކުގައި މިހާރު އަމަލުކުރަމުން އަންނަ އުސޫލުން ރާއްޖެ އަށް ވެސް އެފަދަ ގާނޫނެއް މުހިއްމު ކަމަށް ރިޝްވާން ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ އައިސީޔޫ ތަރައްގީކޮށް، ބަލި މީހާ އަށް ފަސޭހަ އިން ޚިދުމަތް ދެވޭ ގޮތަށް ބަހައްޓާފައިވާ އެނދެއް ރިޝްވާން ދައްކާލައްވަނީ: އެ ހޮސްޕިޓަލުގެ ގިނަ ޑިޕާޓްމެންޓުތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްފައިވާ ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ކިޑްނީ ބަދަލު ކުރުން ފިޔަވައި ގާތްގަނޑަކަށް ހުރިހާ ފަރުވާތަކެއް އައިޖީއެމްއެޗުން ލިބޭ އިރު، ދާދި ފަހުން ވަނީ ކިޑްނީގައި އުފެދޭ ހިލަ، ލޭޒާ ބޭނުންކޮށްގެން ގޮއްވުމަށް ކުރާ އޮޕަރޭޝަނެއް ވެސް އެ ތަނުގައި ކޮށްފަ އެވެ. މިއީ، ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ފަޅާލައިގެން، ކިޑްނީގައިވާ ހިލަ ލޭޒާ ޓްރީޓްމެންޓުގެ އެހީގައި ގޮއްވާލައި، އެ ނެގުމަށް ކުރާ ކުޑަ އޮޕަރޭޝަނެކެވެ.
އާސަންދައިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ސިއްހީ ޚިދުމަތުގެ އެންމެ ބޮޑު ހޭދައެއް ކުރަން ޖެހޭ ބަލިތަކުގެ ތެރޭގައި ކިޑްނީ ބަލިތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
09 April 2018
ކާކުތަ ބުނީ ނެފްރޮލޮޖިސްޓް އޮޕަރޭޝަން ކުރެޔޭ. ނެފްރޮލިޖިސްޓް ބުނީ އެކަމަށް ތައްޔާރޭ. އޭނަ އެކަންކުރާ ވާހަކައެއްނޫން. ދެން ރިޝްވާން ބުނެފިދޯ ޤާނޫންތައް ހަދަންޖެހެޔޭ. އޭގެ މާނައަކީ އޭނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ހޮވި ދެން ްާނޫންތައްހަދަން ބިލްތައް ވައްދާ ވާހަކައެއްނޫންދޯ؟ ބޯހަލާކު. އެގޭ ކަމެއް ނޭގޭ ކަމެއްނެތް.
މޯލްޑިވިއަން
08 April 2018
ކަލޯ މިއަށްކިޔަނީ ތަރައްޤީއެވެ. އިދިކޮޅު މީހުން ވެރިކަމާގެން ތަޅާފޮޅާ ތިއްބާ ޔާމީން ގޮސް މިއޮންބޮންތީގައި ހިފަނީއެވެ.އަދި ޤައުމުގެ ރައްޔިތުން ހުވަފެނުންވެސް ނުދެކޭފަދަ ތަރައްޤީތައް ގެނެސް ދިވެހި ފަސްގަނޑުގައި ބީއްސާލަނީއެވެ. އެއްބަޔަކު މިޤައުމުގައި ބުރިޖެއް ނޭޅޭނެކަމަށް ބުނެ ޖޮކުޖަހައި އިންޖިނޭރުން ނެތޭ ބުނެ ހިނިގަނޑު ޖަހަޖަހ ހުއްޓާ ބުރިޖުވެސް ގޮސް މިއޮއްނިމެނީއެވެ. މިޤައުމުގެ ފަސްގަނޑު ބަލިވާނޭ ބޮޑެތިބިލްޑިންތައް އަޅާނެ ބަޔަކު ނުވާނޭ ބުނެބުނެ ހުއްޓާ 25 ބުރީގެ އިމާރާތެއް އަޅާ މިޤައުމުގެ ތާރީހު ބަދަލްކޮށްލީއެވެ. މިޔައްކިޔަނި ތަރައްޤީއެވެ. ކެންސަރު ބައްޔާ ، ކިޑުނީ ބައްޔާ ފައިގެ ހުޅުބަދަލި ކުރުމާޢި ، ހިތުގެ އޮޕަރޭޗަންތައް އަމިއްލަގާއުމުގައި ތިބެގެން އިންޑިޔާއަށް އެއްމެ ލާރިއެއްވެސް ނުދީ ކޮށްލަނީއެވެ. އިންޑިޔާއަށް ބަލި މީހަކު ގޮވާޣެނ ްދަންޔާ ބަލިމީހާގެ އިތުރން އާޢިލާގެ އެހެީތެރިންނަށް ވެސް 1000 ހާސް ޑޮލަރު ދެއެެވެ. އެވެސް މިއޮއްއަމިއްލ ޖީބަށް ލެވުނީއެވެ. މިއަށް ކިޔަނީ ތަރައްޤީއެވެ.
ރަބަރު
08 April 2018
މިރާއްޖެއަށް ކޮންމެ ރޮނގަކުންވިއަސް ލިބޭ ކުރިއެރުމަކީ ލިބޭ އުފަލެކެވެ. ތިފަދަ ކަންކަމަކީ ގިނަތަޖްރިބާއާއެކު ކާމިޔާބު ހޯދޭ ކަންކަމެވެ. ގައުމީ ޔުނިވަރސިޓީ އެއްވެސް އެބަހުއްޓެވެ. ތަފާތު އިލްމުތަކުން ދަސްވެނިވާ ކުދިންގެ އަދަދުވެސް މަދެއް ނޫނެވެ. އެކަމަކު ދަސްވެނިވާކުދިންގެ ފެންވަރާމެދު ސުވާލު އުފެދެއެވެ. ދައްކަން ކުރާކަމެއްގެ ނަތީޖާ މާކަ ރަނގަޅެއް ނުވާނެއެވެ. މާދަމާ ޖައްވީކަންކަމުގެ ދިރާސާކުރާތަނަކަށް މިޓިއޮލޮޖިކަލް ސެންޓަރު ބަދަލުކުރެވިދާނެއެވެ. ދިވެހި ޑޮކްޓަރުންނާ ބޭރުގެ ޑޮކްޓަރުން ތިބެގެން ވަސީލަތްތައް ފުރިހަމަކޮށްގެން ދެމިއޮންނަ ގޮތަކަށް ކުރެވިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ.
އެދުރު
08 April 2018
މަރުހަބާ ދިވެހި ސަރުކާރުކާރަށް ، ވަރަށް ގިނަ ބައެއްގެ އުންމީދުތަކެއްގަ ތިކުލަ ޖެހިގެން ދަނީ މަރުހަބާ މަރުހަބާ
ރަދީފް
08 April 2018
ސާބަހޭ ހުދުމުޙްތާރު ސަރުކާރު.ހުދްމުޙްތާރު ވެރިމިހާ އައިފަހުން މާލޭގަ ތިބެގެން ލިބޭ ސިއްހީ ގިނަ ހިދްމަތްތައް ވަރަށް ބޮޑަށް އިމްޕްރޫވްވެފައިވާކަން އެއީ ކަށަވަރުވެ ޔަގީންވާކަމެއް.ވ.ވެދުން
ބަހޫބަލީ
08 April 2018
ތީކަހަަލަ ބޮޑު އޮޕަރޭސަނެއް މީރާއްޖޭގަ އުޅޭވައްތަރު ޑަކުތަރަކު ލައްވާ ކުރާކައް ހެޔޮނުވާނެ.. އެންމެއާދައީގެ ކުޑަ އޮޕަރޭސަންތައް ކޮއްގެން ބަލީން ސަލާމަތް ނުވެގެން ބޭރައްގޮސް އީތުރު އޮޕަރޭޝަން ކުރަން ޖެހުނީ ކީތައް ކީތައް ދީވެހީރައްޔީތުންނެއްކަން ދެނެހުރީންތޯ.. ދެން ބޮޑެތީ އޮޕރޭސަންތައް ތައަރަފުކުރުމުގެ މީހާރު ކުރެވޭ އޮޕަރޭޝަންތަކުގެ ސަކުސެސް ރޭޓު ފުރަތަމަ ރަނގަޅުކޮއް 2 ފަހަރު 3 ފަހަރު ބޭރައް ގޮސަ އެފަދަ އޮޕަރޭޝަންތައް ކުރަން ނުޖެހޭވަރައް ރަނގަޅުކޮއްބަލަ.. ސަރުކާރުގެ އެއްވެސް ވަޒީރަކު މީރާއްޖެއީން ބޮޑު އޮޕަރޭޝަނެއް ނުކުރާނެ.. އަދީ ކުޑަ އޮޕަރޭޝަނެއްވެސް ނުކުރާނެ..
އެދުރު
08 April 2018
ބަލަ ބޮޑެތި އޮޕަރޭޝަންތައް ކުރަން ތިބި ދިވެހި ޑޮކްޓަރުން ވެސް އެ ތިބީ ބޭރު ގައުމުތަކުން ކިޔަވައި ތަމްރީނުތައް ހަދައިގެން. ދިވެހި ޑޮކްޓަރުން ވަކި ދެރައެއް ނުވާނެ
ޙަފްޞާ / މާލެ
08 April 2018
ރާއްޖެއަށް ލިބެމުންމިދާ ، ދިވެހިން އުއްމީދުވެސް ކޮށްފަނެތް ބޮޑަތި ޞިއްޙީ ޚިދުމަތްތައް މިގޮތުގައި ކުރިޔަށް ގެންދާނީތޯ؟ ނުވަތަ އަލުންވެސް ރާއްޖޭގެ ޞިއްޙީ ނިޒާމު ކަފުންކޮށް ވަޅުލާނީތޯ؟ ދިވެހިން ގޮތް ނިންމާ ! އޭގެފަހުން ރޮއިކަރުނައަޅާ ނީތޯ ، ނުވަތަ އުފާކުރާނީތޯ؟! މިއީ ތޯތޯ ނޫން ޙަޤީޤަތް!
ރަށުކަލޯ
08 April 2018
މީތަނައް ސީއްހީ ޚީދުމަތުގެ ކުރީއެރުން އަންނަނީ މެޝީނަރީއާއީ.. ކޮންކުރީޓު އީމާރާތްތަކުން އަންނަ ކުރީއެރުން.. ޑޮކްޓަރުންނާއ ނަރުހުންގެ ފެންވަރެއް ނުއުފުލޭ.. ކާރީ އަވައްޓެރީ ގައުމުތަކުން ރީޖެކްޓުކޮއްފަތީބޭ މީހުން މީއަންނަނީ.. ދީވެހީ ޑޮކްޓަރުންވެސް ވަކީ ހީސާބަކައް ދީޔާމަ ބުނަނީ އަވަައް އީނޑީޔާއައްގޮސަ ދެން ފަރުވާކުރާށޭ.. ކަމުވޮށީގެންވާ ތަޖުރީބާއެއް އީންޓެގުރީޓީއެއް ނުހުރޭ.. ހުސް ލާރީގަޑު ފަަހަތުން ދުވުން އޮންނަނީ.. ތީމާ މީ މާ މޮޅު ޑޮކްޓަރެކޭ ކީޔާފަ ބަލަން ޖެހެނީ ވެސަ ދުވާލަކު 10 ބަލީމީހުން.. މީއީ އެހެންގައުމުތަކުގައީ އުޅޭ ފުންނާބުއުސް ޑޮކްޓަރުން އުޅޭގޮތެއްނޫން.. އެކަމަކު ރާއްޖޭގަ ކަން ހީނގަނީ މީހެން.
އެދުރު
08 April 2018
ކުރިން ޝަކުވާކުރީ މެޝިނަރީ ނެތިގެން ، މިހާރު ޑަކުޓަރުން ކަމުނުދެޔޭ ކިޔާފަ. ކޮންމެ ސަރުކާރެއް އޮތަސް ގައުމަށް އަންނަ ކުރިއެރުން ބަލައިގަންނަން ޖެހޭނެ ،ދިވެހި ޑޮކްޓަރުންނަށް ފުރުޞަތު ދޭންޖެހޭ އެބަ
ކިޑުނީ
08 April 2018
ނެފްރޮލޮޖިސްޓުން ކިޑްނީ ބަދަލު ނުކުރާނެ.
ރޯނުއެދުރު
09 April 2018
ބައެއްމީހުނަށް މިޔޮއް އެނގޭވަރެއް ދޯ!
ނެފްރޯ
08 April 2018
ކިޑްނީ ބަދަލުކުރާނީ ނެފްރޯލޮޖިސްޓްއެއް ނޫން. އެހެންވީމާ ނެފްރޯލޮޖިސްޓްއެއް ހުރުމަކުން ނުފުދޭ. ބޭނުންވަނީ ރަގަޅު ސާޖަނެއް.
މަޒީން
08 April 2018
މީތާގަ ކީޑުނީ ބަދަލުކުރާ އޮޕަރޭޝަން ކޮއްފާނެ ނަރުސް ކުއްޖެއްވެސް..
އެދުރު
08 April 2018
އެވަރު އިނގޭނެދޯ ނެޕްރޮލޮޖިސްޓަށްވެސް.
ފުންއަސަރު
08 April 2018
ތިޔަފައްޓަވަނީވެސް ވަރަށް ރަނގަޅު އަދި ވަރަށް ބޭނުންތެރި ޚިދުމަތެއް. ތިކަންކަން އަހަރެމެން ހެޔޮހިތުން ބަލައިގަންނަން. އެކަމަކު ނާރުގެ ޑޮކްޓަރަކަށް ދައްކަން ނަން ނޯޓުކޮށްގެން ހުންނަތާ ދެމަސް ތިންމަސްވީމަ ކަމަކުނުދޭ. ރާއްޖޭގެ އެންމެ ބޮޑު އަދި އާސަންދަ ޚިދުމަތްލިބޭ ހޮސްޕިޓަލުގާ ނާރުގެ ބަލިތަކަށް ޚާއްސަ ހަމަ އެންމެ ޑޮކްޓަރެއް ހުރުމުން ހައިރާންވެ އަންތަރީސްވޭ. އަތުގާ ފައިސާ މަދުކަމުން އެހެން ތަނަކަށް ދެއްކޭކަށްނެތް. އަތްގުޑުވާނުލެވޭތާ ދެމަހަށްއެޅީ. އަދިއެއް އެޕޮއިންޓްމަންޓް ލިބޭގޮތެއްނުވޭ. ޝަކުވާކުރާކަށް ހަގީގަތުގާ ބޭނުމެއްނުވޭ. އެކަމަކުވެސް އަތުގާ ވޭންއަޅާއިރު، މިކަހަލަ އާޓިކަލްތައް ފެނުމުން އިތުރަށް ރިހުން އާވާތީ ހަމަ ބުނެލެވުނީ. ވަރަށް ބޮޑަށް މާފަށްވެސް އެދެން.
އެދުރު
08 April 2018
ރަގަޅު ވާހަކައެއް ، އައިޖީއެމްއެޗްގެ ނިއުމޯނިއާ ޑިޕާޓްމަންޓް އެބަ ޖެހޭ ވަރަށް ބޮޑަށް ތަރައްޤީ ކުރަން ،