އެމްޑީއޭގެ އިސް ބޭފުޅުންތަކެއް:
19 އެޕްރީލް 2018 - 23:52
އިސްލާމްދީނަށް ނިކަމެތިވާ ގޮތަށް ކަންކަން ކުރަން ގޮވާލާ ޖަމާއަތްތަކުން ވަކިވާން ޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން މިއަދު ބުނެފި އެވެ.
މުސްލިމަކަށް ނުވިޔަސް ދިވެހި ރައްޔިތުކަން ލިބޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސަރުކާރަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން އެކަން ކުށްވެރިކޮށް އެމްޑީއޭ އިން ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބުނީ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނާ ޚިލާފް އެއްވެސް ގާނޫނެއް ރާއްޖޭގައި ނެހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު އިސްލާމްދީނަށް ނިކަމެތިވާ ގޮތަށް ގޮވާލާ ކަންކަން ކުރުމުގެ ހައްގު އެއްވެސް ޖަމާއަތަކަށް ނުވަތަ ގައުމަކަށް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ޖަމާއަތްތަކާ އެކު ވެފައިވާ މުއާހަދާތައް ބާތިލްކޮށް، އެ ޖަމާއަތްތަކުން ނުވަތަ ވަކިވާން ޖެހޭނެ ކަަމަށް އެ ބަޔާނުގައިވެ އެވެ.
އީޔޫގައި ހިމެނެނީ، ޔޫރަޕްގެ 28 ގައުމެވެ.
"ދިވެހިރާއްޖެއަކީ ޣައިރު މުސްލިމުންނަށް ވެސް އިހްތިރާމް ކުރާ ގައުމަކަށް ވީހިނދު ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ސައްތައިން ސައްތަ މުސްލިމް ބައެއް ކަމުގައި ދެކި، ދިވެހިންގެ ދީނަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ބަލައިގަނެ، އެ ދީނަށް އިހްތިރާމް ކުރުމަށް ދުނިޔޭގެ އެންމެހައި ގައުމުތަކަށް މި ފުރުސަތުގައި ގޮވާލަމެވެ،" އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އީޔޫގެ ހުށަހެޅުން ކުށްވެރި ކުރުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އީޔޫގެ އެ ހުށަހެޅުމާ ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމާއި ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. ޕީޕީއެމުން ބުނެފައިވާ ގޮތުން އެހެން ދީނަކަށް އުޅުމުގެ މިނިވަންކަން ރާއްޖޭގައި އެއްވެސް ގޮތަކަށް ދޭން އެ ޕާޓީން ފުރުސަތެއް ނުދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒނމާ
20 April 2018
އެހެންކަމަށް ވާނަމަ މަ ވެސް އެންމެ ފުރަތަމަ ވަކިވާނީ ޕީޕީއެމުން.
ތުރާ
20 April 2018
ސާފެއްނުވޭ އީޔޫގެ މެމްބަރަކަށް ރާއްޖެ ނުވާއިރު އީޔޫއިން ރާއްޖެއާ އެވަރަށް މި ބެހެނީ ކީއްކުރަންތޯއާ އީޔޫއިން ގޮވާލާ ކަންކަން ރާއްޖެއިން ބަލައިގަންނަންވީ ނުވަތަ ބަލައިނުގަންނަންވީ ކީއްވެތޯ. އީޔޫ ގައުމުތަކުން މިގައުމަށް އަންނަ ފަތުރުވެރިންނަށް ވާ އުނދަގުލެއް އޮވޭތޯ މި ގައުމުގެ ސިޔާސީ އަދި ދީނީ ކަންކަން ހިނގާ ގޮތުން.. މިގައުމުގެ ވަކި ބަޔަކު ކަންތައްތަކެއް ބޭނުންވެގެން ފަތުރުވެރިން ނާންނަން ގޮވާލިއަސް މި ގައުމުގައި ފަތުރުވެރިންނަށް ތަފާތުކޮށް ކުރެވޭ އެއްވެސް ކަމެއް ނޯވޭ މިގައުމުގައި ކޮންމެ ސިޔާސީ ހާލަތެއް އޮތަސް، އިސްލާމްދީން އޮތަސް.
ޒެވޭ
20 April 2018
ތިޔަ ބުނި ގޮތަށް ހަދާ ތަނަކަށް ވާތީ ޕީޕީއެމުން ވަކިވާން ނިންމައިފިން.
ސަބްނަމް
20 April 2018
ދީނޭ. ކިޔައިގެން ތިޔަ އުޅޭ މަޤްސަދަކީ ވޯޓް ހޯދުން. ހިޔެއް ނުވޭ ފޮޓޯ އިން ތިޔަ ފެންނަ މީހުނވެސް ދެން ހޮވޭނެހެން،
ޢެސޮރު
20 April 2018
މި ލިޔުމުންވެސް އަދި އެ ނޫސްބަޔާނުންވެސް އީ ޔޫ އިން ވަކިވާން ޖެހޭނެކަމަށް ލިޔެފަ އޮތްތަނެއް ނުފެނޭ އިސްލާމްދީނަށް ނިކަނެތިވާ ގޮތަށް ކަންކުރާ ފަރާތް ތަކާ އެކު ވެފައިވާ މުއާހަދާ ތައް އުވަލާ އެފަދަ ފަރާތް ތަކުން ވަކިވާން ގޮވާލާފަ އޮތީ މީގެން ދޭހަވަނީ ގުޅުން ގާއިމު ކޮށްފައިވާ ޖަމާއަތަކުން އަދި ގައުމަކުން ވިޔަސް އިސްލާމްދީނަށް އިހާނެތިކޮށް ހިތާނަމަ އެފަދަ ފަރާތް ތަކުންވެސް ވަކިވާން ޖެހޭނެ ކަމަށް އެ ނޫސްބަޔާނުން ދޭހަވަނީ ކައިވެނި ނުކުރާމީހަކު ވަރި ކުރާނެ ގޮތެއް ނޯންނާނެކަން ކޮމެންޓު ކުރެއްވި ބައެއްބޭފޅުންނަށް އެގި ނުލެއވީމަ ހިތާމަކުރަން
ވަކިވޭ
20 April 2018
ރާއްޖެ އީޔޫ މެންބަރަކަށްވީ ކޮން އިރަކު. މިދުނިޔެއިންވެސް ރާއްޖެ ވަކިވާންވީނޫންތަ؟ ބގމރ
ހަަސަނުގޯތީ އާދަނު
20 April 2018
އީޔޫ އިން ނިންމާ ކަންކަމަށް ދިވެހިރާއްޖެއިން ޢަމަލުކުރާކަށް ނުޖެހޭނެ. ވަރަށް ސާފު. އެބަހުސް ކުރުމުގެ މާނައެއް ނެތް.
އަޖީތު
20 April 2018
އީޔޫ އިން ވަކިވާންވީ ދޯ؟ އެތަނެއް ވަދެވުނީ ކޮން އިރަކުބާ؟ މިވަރު މީހުން ސިޔާސީ ޕާޓީ ހަދައިގެން އެމްޕީއިންނަށް ވެގެން މިއުޅެނީ؟
ޑީއީއެފް
20 April 2018
ވަކި ބަޔަކު ނިކުމެ ބައިނަލް އަގްވާމީ ހަމަތަކާ އުސޫލުތަކާ އިންސާނީ ހައްގު ތަކަށް ހުރުމަތް ތެރި ވުމާ ދެކޮޅަ ހަޅޭލަވާކަށް ނުޖެހޭ. އަދި ގާނޫނަކުން އެއްވެސް މީހެއްގެ ހަައްގަ އެރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ވާހަކަ ދެއްކުމަށް ވަކި މީހަކަށް އަދި ޕާޓީއަކަށް ބާރު ލިބެން ނުޖެހޭ. ސިޔާސީގޮތުން ބުނެވިދާނެ. ދިވެހިން ގެ އެންމެންނަކީ މުސްލިމުން ކަމަށް ވާތީ އެއްވެސް ދިވެއްސަކު އިސްލާމް ދީން ނުން ދީނަކަށް އުޅުމަށް ބޭނުންވެގެން ނުއުޅޭކަމަށް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
20 April 2018
ބޮލުގެ ނާށިނުބެދޭ މީހުން މިޒާތުގެ ވާހަކަ ދައްކާނެ. ކޮމިއުނިސްޓް ޗައިނާގެ ފިޔަގަނޑު ދަށަށް މުސްލިމް ދައުލަތެއް ދެންދާން އުޅޭމީހުންނަށް ރަނގަޅަށް އިގޭނެ އެ ޤައުމުގެ މުސްލިމުން ރޯދަ ހިފުންމަނާކޮށް ކާކީ ހެދުމުގައި ތިބޭ ސިފައިން ނިކުމެ މުސްލިމުންގެ ކަރަށް ފެންއަޅާ ގަދަކަމުން ކާންދޭކަން. . . . . މިއީ އެމަރިކާ އަދި ޔޯރަޕް އެއްވެސް ޤައުމެއްގައި ނުހިންގާފަދަ ބޮޑު ޖަރީމާއެއް. ޢަދި އިޒްރާއިލް ފުލުހުންވެސް މިވަރު ނުކުރޭ. . . . ދެން އޮތީ މި ތާނިޔާ ގަނޑު ކިޔާމީހުންނަށް ނޭގުނު ކަމުގައި ވިޔަސް އިސްލާމްދީން ބާވައިލެއްވީ އަދުލު އިންސާފް ޤާއިމް ކުރުމަށާއި އަނިޔާވެރިކަން ހުއްޓުވަން. . . . . ހާކިމާ ގެ ހުކުމް ބޮލާލާ ޖަހާލާފައި މުސްލިމް ދައުލަތެއްގެ ހަޒާނާއަތް އަތްބާނާ ހިސާބުން މުއުމިނުން އެބަޔަކާއި ދެކޮޅުވެރިވެ ދުރުވެގަންނާން ޖެހޭ. އެއަށްވުރެ ބޮޑު އަނިޔާއެއް މުސްލިމް ދައުލަތެއްގެ ރައްޔިތުންނަކަށް ނުދެވޭނެ.
އަޖައިބު
20 April 2018
ދައުލަތުގެ ޚަޒާނާތަ މުހިއްމީ ނުވަތަ ދީން ގެއްލޭނެ ގޮތަށް ޖާގަދީ ވާހަކަ ދައްކާ މީހުންނާ ދުރުވުންތަ މުހިއްމީ. ކޮންމެ ކަމެއް ސިޔާސީ ކުރަން ހަދައިގެން އަސްލު ދީން ގެއްލޭ ހިސާބަށް ދާއިރުވެސް ނޭގޭނެ.