މެޔަށް ތޮޅިއެއް ހެރުނު ޒުވާނާ (މ) ލޯންޗުގައި. އޭނާ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން.
19 އެޕްރީލް 2018 - 23:20
ހދ. ކޭލަކުނު ކައިރީގައި ލަނޑާ ނަގަން އުޅުނު ދޯންޏެއްގައި ހުރި ދިވެހި ޒުވާނެއްގެ މެޔަށް މިރޭ ފަރު ތޮޅިއެއް ހެރިގެން ޒަހަމްވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ޒުވާނާގެ މެޔަށް ތޮޅިއެއް ހެރިގެން ނޭވާ ނުލެވި ހާލު ސީރިއަސްވާ ކަމަށް ރިޕޯޓްކުރުމުން، ކޯސްޓުގާޑުގެ އުޅަނދެއް ގޮސް އޭނާ ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ އަށް މިހާރު އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އަނިޔާވި މީހާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ދެފެން ދޭތެރެ އާއި ފެންމަތީގައި އުޅޭ ފަރުތޮޅިއަކީ ތުންދިގު، އަނގައިގައި ވަރަށް ގިނައިން ދަތް ހުންނަ، ހިމަދިގު މަހެކެވެ. މަހަށް ނިކުމެ އުޅޭ ބައެއް މީހުންންގެ ގަޔަށް މީގެ ކުރިން ވެސް ފަރުތޮޅި ހެރިފައިވެ އެވެ. މިފަދަ ބައެއް ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަ އަށް ނުރައްކާ ވެފައި ވެސް އެބަ ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނގފހތހރތ
21 April 2018
މީހަކު މަރުވެސް ވި ކަރަށް ތޮޅިއެއްގެ ތުންގަޑު ހެރިގެން. އެމީހާ ދޯންޏަށް ނަގައިގެން ފަރުވާ ދޭން ގެނައި މަގުމަތީ
ފަރުތޮޅި
20 April 2018
ފަރުތޮޅި އަކީ ކޮބާކަން ލިޔުންތެރިޔާއަށް އެނގޭބާ؟
ގަމާރުބެ
20 April 2018
ނޭނގެނީ ހަމަ
ފަރުތޮޅި
21 April 2018
ފަރުތޮޅި އެއީ ބަރަކޫޑާ