ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން. ފޮޓޯ: ވީނިއުސް
20 އެޕްރީލް 2018 - 14:31
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނެރުނު ރިޕޯޓުގެ ފައިދާ ނަގަން ސަރުކާރުން ނޫޅުމަށާއި އިދިކޮޅު ފަރާތްތަކުގެ ބޮލުގައި ލާދީނީ ޓެގް ނޭޅުވޭނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ސަރުކާރަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ 8-11 އަށް އީޔޫން ރާއްޖެ އަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު އިއްޔެ އާންމުކުރި ރިޕޯޓުގައި އިސްލާމް ދީނުގެ އުސޫލާ ހިލާފު ކަންކަން ހިމެނޭތީ ދިވެހި ސަރުކާރާއި ވެރިކަން ކުރާ ޕީޕީއެމުން އަންނަނީ އެ ޖަމާއަތަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މި މައްސަލައިގައި އެންމެ ބޮޑު ފާޑުކިއުމެއް، ޕީޕީއެމުން އަމާޒުކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު އެމްޑީޕީ އަށެވެ.
ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިޚާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން މީގެ ކުރިން މިހާ ފާޅުކަން ބޮޑު ގޮތެއްގައި ބޭރުގެ ޖަމާއަތަކުން ހުށަހެއް ނާޅަ އެވެ. އެކަމަކު ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމާ ގުޅިގެން، އެކަން ހުޅުވާލުމަށް އެކި ސިފަސިފައިގައި އީޔޫ ފަދަ ޖަމާއަތްތަކުން އަބަދު ވެސް ރާއްޖެ އަށް ޕްރެޝަރު ކޮށް ފާޑުކިޔަ އެވެ.
އީޔޫގެ ރިޕޯޓާ ގުޅިގެން، އަމީން ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ "އައުވާނުން ދެބޯގެރި ދުއްވައި" އެ ރިޕޯޓުގެ ފައިދާ ނަގަން ނޫޅުއްވުމަށް ގޮވާލައްވައިފަ އެވެ. އަދި އިސްލާމް ދީނުގެ ހިމާޔަތުގައި ސާބިތުވި ލީޑަރުންނާއި އިލްމުވެރިންގެ ބޮލުގައި ލާދީނީ ޓެގް ނޭޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
YAG aai auvaanun dhebogeri dhuvvai EUge reportge advantage nagan noolhuvvaa! Mihaathanavves dheenuge himaayathugai saabithuvi leaderunnaai ilmuveringe bolugai laadheeny tageh neylhuveyne. E reportaku kurin nudhakkaa aa vaahakaeh neiy. Dhivehinge dheenakee Islaam dheen.1/2
— Ameen Ibrahim (@ameenmaldives) April 20, 2018
އަމީން މިއަދު ކުރެއްވި ޓުވީޓު.
"ރިޕޯޓުގައި ކުރިން ނުދައްކާ އާ ވާހަކައެއް ނެތް. ދިވެހިންގެ ދީނަކީ އިސްލާމް ދީން،" އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ އަމީން ވިދާޅުވި އެވެ.
Fahuge thaareekhgai ehendheenthakah raajjeygai furusathu hulhuvaalee kaakutho? QAge 251vana maadhdhaa badhalkoh faranjeennah bin milkkureveygoiy hadhai emeehun raajjeygai vazanveri vumuge dhoru hulhuvadhinee YAG! Leaders/MPs freezkoh bandhukoh QA badhalkuree kon edhumeggaitho?2/2
— Ameen Ibrahim (@ameenmaldives) April 20, 2018
އަމީން ކުރެއްވި ޓުވީޓު.
އަމީންގެ އެހެން ޓުވީޓެއްގައި ވަނީ ފަހުގެ ތާރީޚެއްގައި އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތު ހުޅުވާލީ ކާކުތޯ ސުވާލު އުފައްދަވައިފަ އެވެ. ގާނޫނުއަސާސީގެ 251 ވަނަ މާއްދާ ބަދަލުކޮށް، ބިދޭސީންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތް ހަދައި، އެ މީހުން ރާއްޖޭގައި ވަޒަން ވެރިވުމުގެ ދޮރު ހުޅުވައިދިނީ ރައީސް ޔާމީން ކަމަށް އަމީން ވިދާޅުވި އެވެ. ސިޔާސީ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން "ފްރީޒްކޮށް" ބަންދުކޮށް، ގާނޫނުއަސާސީ ބަދަލުކުރީ ކޮން އެދުމެއްގައިތޯ ވެސް އަމީން ސުވާލު އުފައްދެވި އެވެ.
އީޔޫގެ ރިޕޯޓުގެ މައިގަނޑު ކަންބޮޑުވުމަކީ މިނިވަން އިންތިޚާބެއް ބާއްވަން ހުރި ގޮންޖެހުންތަކެވެ. އެގޮތުން، ރާއްޖެ އެއްބަސްވެފައިވާ ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް އިންތިޚާބުތައް ބޭއްވުމަށް މިހާރުގެ ހާލަތު ބަދަލުވާން ޖެހޭ ކަމަށާއި އިންތިޚާބުތަކުގައި ވާދަކުރާ ހުރިހާ ބޭފުޅުންނަށް ތަފާތު ކުރުމެއް ނެތި، އެއް ހަމަޔަކުން ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނަ މާހައުލެއް ފަހިކޮށްދީ، މަދަނީ ޖަމިއްޔާތަކާއި މީޑިއާއަށް ހުރަހެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދޭން މަސައްކަތް ކުރަން ހުށަހަޅައިފައިވެ އެވެ.
ނަމަވެސް ރާއްޖޭގައި ދީނީ މިނިވަންކަން ފަހިވާ ގޮތަށް އީޔޫން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުން، ޚާއްސަކޮށް ދިވެހި ސަރުކާރާއި ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ކޯލިޝަންގެ ފާޑުކިޔުން ވަނީ އީޔޫ އާއި އެ ޖަމާއަތާ ގުޅުން ބޮޑު އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާދު
22 April 2018
ހުއި ނޫން ހުތް
އަބްދުއްލާ
21 April 2018
މިގައުމުގާ ބޭރުގައުމުތަކުގެ މީހުނާ އެހެން ދީންތަކުގެ މީހުން އުޅޭކަށް މަނަލެއްނޫން. މިބުނަނީ ދިވެހި ރައްޔިތުކަން ލިބޭނީ މުސްލިމަކަށޭ ވެރިކަމަށް ކުރިމަތިލެވޭނީ މުސްލިމުންކުރެ ސުންނީ އަކަށޭ މީގަ އޮތީ ކޮންމައްސަލަ އެއް.
އަޙްމަދް
21 April 2018
ވެރިކަމުގެ ދަހިވެތިކަމުގައި ލާދީނީ މީހުންގެ ފުށުން ވާތްގަތް އެދި އެމީހުން ނަށް ލޯބިކޮށް އެބައިމީހުންގެ ޤައުމުތަކުގައީ ދިރިއުޅެ އެބައިމީހުންގެ "ތައްޕާހުން" އުޅޭ މީހުންގެ ބޮލުގައު ލާދީނީ ޓެގުއެޅު އެޅުވޭނެ.
ކަޅިރަވަ
21 April 2018
ތިޔަހެން ލަންޑަނުގަ ތިޔަ އުޅެވެނީ މި ރާއްޖެ ތިޔާގިވީމަ. އެހެންނޫންނަމަ އޮންނާނީ އަނބުރާ ފޮނުވާލާފަ.
ސޮކްތެރެޕީ
21 April 2018
އަމީންމެންނަ މިހާރު އިންސާފު ގެއްލިޖެ ތިމާހުންނަކޮޅު މޮޅުކުރުން އޭރުންތާ އަމީންމެންނަ ފައިދާވާނީ.
ޏމނނ
20 April 2018
ޔާމީނުގެ ސަރުކާރަށް ހެޔޮވާނެ ފައިސާ ލިބެނިކޮށް. ހުޅަނގާ އިދިކީލިވެގެން އުޅެނީ ޗައިނާ ފަދަ އިރުމަތިން ފައިސާ ލިބޭތީ. މިހާރުވެސް ޔޫރަޕުން ބޮޑެތި ލޯނު ލިބޭނަމަ އެފަޅިއަށް ޖެހޭނެ. ދީނަށް ބަލާތީކީ ނޫން.
ޓްރެކް ދަނޑު
20 April 2018
ޢޫޕްސް އަމީން. ތި ޓްވީޓް ކުރައްވަން ޖެހުނު ސަބަބާ މެދު ފުންކޮށް ވިސްނަވާ. ޢުމަރުގެފާނުގެ ސީރަތުން ފިލާވަޅު ދަސްކުރައްވާ
ސޯބެ
20 April 2018
އަމީނޫ ބުނަަންތަ ހުއި ނާރާ ލުބޮޔަކުން ހުއި ނުފެލޭނެ،،،،،،،،،،،
ރުޒައިނާ
20 April 2018
ބަލަ އީޔޫން ބައްދަލުކުރީ އިދިކޮޅު ފަރާތްތަކާ އެކަނި ނޫންތަ؟ ސަރުކާރާ ބައްދަލުނުކޮށް ފުރީމާ އެކަމާ އުފާ ފާޅުކޮށް އެކަމުގެ ސިޔާސީ ފައިދާ ނެގީ އިދިކޮޅުން. މިހާރު ރިޕޯރޓް ނެރުނީމާ ކަލޭމެންނާ ވާކަމަކަަށްވެސް ނުވި؟
ޗިއްލޫ
20 April 2018
ލާަދީނީ ޓެގަކީ ނާޅުވަންޖެހޭ އެއްވެސް ސަބަބެއްނެތް، ހުރިހާ ރައްޔިތުންނަށްވެސް އިނގޭ އިދިކޮޅުން މިގައުމަށް އެހެންދީންތައް ފަތުރަން މަސައްކަތްކުރިވަރު! ދުނިޔޭގެ ގައުމުތަކުން ދިވެހިންނަށް ހެވައްނޭދޭނަކަން ރޭވިހެއި ކުޑކުއްޖާއަށްވެސް އިގޭނެ!