ރޭ އައިޑޮލް އިން ކެޓީ ޝަހުދާން: އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ލަވަ ކިޔާނެ ކަމަށް.
22 އެޕްރީލް 2018 - 11:24
މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގައި އައްޑޫ ލަވަކިޔުންތެރިންގެ ނުފޫޒު ގަދަ އެވެ. މި ޝޯގެ ގަދަ 6 އާ ހަމައަށް ދިޔަ އިރު، މީގެ ތެރެއިން ތިން ބައިވެރިން ނިސްބަތްވަނީ އައްޑު އަށެވެ. އެއީ އައިޝަތު އަޒަލް އާއި ހަސަން ޝަހުދާނާއި ސައިނާ މުހައްމަދު ރަޝީދެވެ. އެކަމަކު ރޭގެ ޝޯގައި ޝަހުދާން ވަނީ ޝޯއާ ވަކިވާން ޖެހިފަ އެވެ.
އައިޑޮލްގައި މިހާތަނަށް އޭނާ ދައްކަމުން އައި ހުނަރަށް ބަލާއިރު، ޝަހުދާންއަކީ އެންމެ ވަރުގަދަ އެކެކެވެ. ގާލާ ރައުންޑާ ހަމައަށް ވެސް އޭނާ ދަތުރު ކުރީ ގޯލްޑެން މައިކާ ވެސް އެކުގަ އެވެ.
މިހާ ހިސާބުން ވަކިވާން ޖެހުނަސް، ޝަހުދާންގެ މިހާރު މާ ބޮޑު ހާސް ކަމެއް ނެތެވެ. އޭނާ ސިފަ ކުރަނީ އައިޑޮލްގެ މި ހިސާބުން ވަކިވާ ކޮންމެ ބައިވެރިއަކީ ހަމަ މުބާރާތް ކާމިޔާބުކޮށްގެން ދާ ބައިވެރިއެއް ކަމަށެވެ. އަައިޑޮލް ތިން ވަނަ ސީޒަނުން ޝަހުދާން ހުނަރު ދައްކައިލަން ފުރުސަތު ލިބުމުގެ ކުރިން އޭނާ ވަނީ މި ޝޯގެ ފުރަތަމަ ސީޒަންގެ އޮޑިޝަންގައި ވެސް ބައިވެރިވެފަ އެވެ. އެކަމަކު 2015 ގައި ބޭއްވި ޝޯ އިން ފުރުސަތު ނުލިބުނީ އެވެ.
މި ސީޒަނުގެ ތަޖުރިބާއާ އެކު އޭނާ މިހާރު ނުކުންނަނީ ކުރިއަށް އޮތް ތަނުގައި މިއުޒިކީ ދާއިރާ އަށް ހިދުމަތް ކުރުމުގެ އަޒުމާ އެކުގަ އެވެ.
ރޭގެ ވަކިވުމަށް ފަހު ޓީވީއެމްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމްގައި ޝަހުދާން ފަހުރުވެރިކަމާ އެކު ބުނީ ބޭނުން ވަނީ މިއުޒިކީ ރޮނގުން އައްޑޫ ފަހުރުވެރި ވާނެ ކަހަލަ މީހަކަށްވާން ކަމަށެވެ. އަދި އައިޑޮލްގެ ދަތުރުގައި އައްޑޫ ރައްޔިތުން ދިން ތަރުހީބަށް ހިތުގެ އަޑިން ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.
"ބޭނުން ވަނީ އައްޑޫ ފަހުރުވެރިވާ ވަރުގެ މީހަކަށް ވާން. ކުރިއަށް އޮތް ތަނުގައި ޝަހުދާންގެ ސްޓައިލްގެ، ޝަހުދާންވަންތަ އަމިއްލަ ރާގުގެ ލަވަތަކެއް ގެނެސް ދޭނަން،" އަބަދު ވެސް އަމިއްލަ ރާގުތަކަށް ވަރަށް ލޯބި ކުރާކަން ފާހަގަކޮށް ޝަހުދާން ބުންޏެވެ.
ލަވަކިޔަން ފެށުމުގެ ކުރިން ވެސް ގިޓާ ވެސް ކުޅެމުން އަންނަ ޒުވާން ހުނަރުވެރިޔާ ބުނި ގޮތުގައި އައިޑޮލް ޕްލެޓްފޯމަކީ ކުރިއަށް ދާން ލިބުނު ތަޖުރިބާއެކެވެ. އަދި އެއިން ދަސްވި އެއްޗެހި ކެރިއަރުގައި ބޭނުން ކުރާނެ ކަމަށް ބުންޏެވެ.
ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު (ޝައްމު) ޝައްމޫނާއި މޫޝަން (މުއްމު) މުބާރިކް އަދި އައިޑޮލްގެ ޖަޖުންގެ ތެރޭގައި ހިމެނޭ އިސްމާއީލް އައްފާންގެ ލަވަތައް އަބަދު ވެސް ފޮލޯކުރަމުން އަންނަ ޝަހުދާން ބުނީ ޝޯ އިން ވަކިވާން ޖެހުމުން އޭނާ އަށް އޮތް ބޮޑު މާޔޫސްއަކީ ލަވަ ކޯޗް މުހައްމަދު (ތޭރަވާ) އަބްދުލްޢަނީއާ ވަކިވާން ޖެހުން ކަމަށެވެ.
"އެއީ އެންމެ ބޮޑަށް މިސްވާނެ ކަމަކީ. ރޭ ސްޓޭޖްމަތީގައި ރޮވުނީ ވެސް ތޭރަ ސާ އައިސް ބައްދާލީމަ. ވަރަށް މިސްވާނެ. ދެން އައިޑޮލްގެ ބޭންޑްގެ ކުދިންނާއި ޝޯގެ ބައިވެރިންގެ މަތިން ވަރަށް ހަނދާން ވާނެ،" ޝަހުދާން ބުންޏެވެ.
ރޭގެ ޝޯގައި ޝަހުދާން، އިންޝާއާ އެކު ލަވަ ކިޔަނީ.
ގަދަ 6 އާ ހަމައުން އައިޑޮލްގެ ދަތުރު ރޭ ޝަހުދާނަށް ކުރުކޮށްލަން ޖެހުމާ އެކު، ބައިވެރިންގެ އަދަދު މިހާރު ވަނީ 5 އަށް ތިރިވެފަ އެވެ. އެންމެ ފާހަގަކޮށްލެވެ ކަމަކީ މެޖޯރިޓީ މި ފަހަރު އަންހެން ބައިވެރިންކޮޅަށް ބުރަވުމެވެ. އެއީ ތިން އަންހެން ބައިވެރިންނާއި ދެ ފިރިހެން ބައިވެރިންނެވެ.
* ސައިނާ މުހައްމަދު ރަޝީދު
* ތަލްސީމް އަބްދުލް ކަރީމް
* މަރިޔަމް މައީޝާ
* ނައުޝާދު އަބްދުއްލަތީފް
* އައިޝަތު އަޒަލް ޒާހިރު
މޯލްޑިވިއަން އައިޑޮލް ތިނެއްގެ ރޭގެ ޝޯ ހާއްސަކުރީ ރާއްޖޭގެ ކުރީގެ މަޝްހޫރު ބައެއް ފަންނާނުންގެ ލަވަތަކަށެވެ. އޭގެ ތެރޭގައި ޖަމީލާ ހަސަން، ނައިފަރު ދޮހޮއްކޮ، މުހައްމަދު ރަޝާދު، މަސްއޮޑި ހުސެންފުޅު، ހައްވާ ފަރީދާ އަދި ޖޭމް ދޮންކަމަނަ ހިމެނެ އެވެ.
Tonight we present tribute night with these talented singers. 😁 #MaldivianIdol pic.twitter.com/XQBlLdqcCt
— Maldivian Idol (@Maldivian_Idol) April 21, 2018
ރޭގެ ޝޯގައި ބައިވެރިންނާ އެކު ލަވަކީ ފަންނާނުން އައިޑޮލްހެ ހޯސްޓުންނާ އެކު.
އިއްޔެ ފާހަގަކުރި ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޝޯގައި ގެސްޓް ޖަޖެއްގެ ގޮތުގައި ސިފައިންގެ ބޭންޑްގެ އަކްރަމް ބައިވެރިވި އެވެ. އަދި މިދިޔަ އަހަރު އަވަހާރަވި ކުރީގެ ލަވަކިޔުންތެރިޔާ އަހުމަދު އާތިފްގެ ހަނދާނުގައި ހާއްސަ ޓްރިބިއުޓެއް ދިނެވެވެ. ބައިވެރިން ރޭ ލަވަތައް ހުށަހަޅައިދިނީ މިހާރުގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިންނާ އެކުގަ އެވެ. އޭގެ ތެރޭގައި މަރިޔަމް އަޝްފާ، ޑިމްބެ، ސަމާ، އިންޝާ، ޔާމީން އަދި ފުބޫ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާނާ
23 April 2018
ނައުޝާދު އާއި ޝައިނާ ކަޓަން މާ ލަސްވެއްޖެ. ނައުޝާދު ހީވަނީ ހުސް ބޮޑުވެރުލަަވަ ކިޔަން އުޅޭހެން އެއްވެސް ރީޗެއް ނުން
އެކްސް ހަލީލް
22 April 2018
މައިޝާ ރާޅުމަރިޔަނބަށް ދޭން ނިމިފަ އޮތީ، ވަރަށް ސަލާމް، އައްޑުއަކަށް ނުދޭނެ
އެހެންތޭ
22 April 2018
ބޭރު ދަތުރު ކުރާ މީހެއްތޭ. މަމެން ހީކުރީ އެހެންތޭ އިނގޭތޭ.
މީހެއް11
22 April 2018
އަޒަލް ކަޓަން ޖެހިފަ ހުންނަތާ ކޮން ދުވަހެއް..ގިނަ ވޯޓު ލިބުނަކަސް ރީއްޗެއް ނޫން ލަވަ ކިޔާލެއް.އަޒަލް އަށް ވުރެން މާ ރީތިކޮށް ކިޔާ ކުދިންތަކެއް ކަޓައިފި..ޝަހުދާން،ޝަމީލް..ޝާން.. މިއީ ހުސް އަޒަލް އަށް ވުރެން ރީތި ކޮށް ކިޔާ ކުދިން..ހުނަރަށް ވުރެން ވޯޓު ވިއްޔަ މުހިއްމީ
ރަދީފް
22 April 2018
ހެލޯ ބާޑްބާ، ތިޔަ ކިޔަނީ ކޯޗެކޭ؟؟؟
ރިއަލް ޓޯކްޔޯ
22 April 2018
ތެދެއް ތިބުނީ މަންދިޔެގެ ޝަމީލު ލަވަ ކިޔާލެއް ވަރަށް ރީތި.
ގެދާނޯމޮސް
22 April 2018
ޖަޖުން ޚިޔާލަށް ދެއްވާ ލަވަތަކަށް މިކުދިން ލަވަކިޔުމަކީ އެދެވޭ ކަމަކަށް ނުވާނެއެވެ. ޖަޖުން ދެއްވާފަ ހުރި ލަވަތަކަށް ބަލާނަމަ ކުދިންނަށް އުނދަގޫ ނުކިޔޭ ލަވަތަށް ވެސް އެބަހުއްޓެވެ. ކުދިންނަށް ދޭންޖެހޭނީ ރީތިރާގުތަކަށް އެކުދިންނަށް އިވި ދަސްވެފައި ހުންނަ ލަވަތަކެވެ. ކޮށާމަށާފައި ހުންނަ ލަވަތަކުން ވަރައްޤާބިލް ކުދިން ސްޓޭޖާ ވަކިވާން ޖެހުނީތީ ހިތާމަ ކުރަމެވެ.
ކަލޯ ޕިސްޓަނާ
22 April 2018
ހައިރާންވެއްޖެ އައްޑޫގެ މިހާގިނަ ކުދިން ޝޯގެ މިހިސާބަށް އާދެވުނީމަ. މާލެ މީހުން މިފަހަރު ނުބަލަނީ ކަންނޭގެ. އެމީހުން ބޭނުން ނުވާނެ އައްޑޫ މިހަކު މީތި ވިންވާން. ވަރަށް ކުރީއްސުރެ ޖެހިފަ އޮންނަނީ. އައްޑޫ މީހަކު މާލެ މީހަކާ އިނަސް ބުނާނޭ އެއީ ކޮންމެވެސް އެހެން ބޭނުމެއްގައޭ ގޯތިން ތަންކޮޅެއް ހޯދަންވެގެންނޭ. އެކަމަކު ބުނެވޭނީ އައްޑޫ މިހުންނަކީ ވަރަށް އެންބިޝަސް ބައެކޭ. މަޖީދީ މަގުގަ ހުރި ފިހާރަތަކަކުންވެސް އެކަން އެނގޭނެ.
ބޮސާޑް
22 April 2018
ރާއްޖެ ފަހުރުވެރިވާވަރަށް މަސައްކަތްކުރަނަމޭ ނުބުނީ ކީއްވެ. ހަމައެކަނި އައްޑޫއޭ ބުނީމަ އެހެނއގޮތެއްހީވަނީ. އެހާއެއްބައިވަންތަހެނެއް ހިއެއްނުވޭ.
ހުޔާ
22 April 2018
ކަލޯ މީ ސައިނާ އައިޑޮލް .....
ހަސަންފުތު
22 April 2018
ޝަހުދާން މާމޮޅު ޒަރޭ އަދި ތަސް އައް ވުރެ .. ނަމަވެސް ކަޓައިގެން މިދިޔައީ ޝަހުދާން !! މިހެންވެދާނެ އެސްއެމްއެސް ކުރާ މީހުން މަދުވީމަ ކަމައް ނޫނީ ކޮންމެވެސް ޖަޖަކު ނޫނީ ޖަޖުންތަކެއް މަދުން ޕޮއިންޓް ދިނީމަ ކަމައްވެސް .. އެކަމަކު ޝަހުދާން އަދި ކަޓައިގެން ދާ ވަރެއް ނުވޭ .. ހީޑިޒާވް އަ ޕްލޭސް އިން ޓޮޕް 3 ..
ޝާނާ
22 April 2018
ޝަހުދާންއަށް ލިބުނުވޯޓް މަދުވީ އިއްޔެ އައްޑޫގައި ދިމާވި ހިތާމަވެރި ހާދިސާގައި ގެއްލުނީ ޝަހުދާންގެ އަވައްޓެރި ދެކުދިން. އެހެންވީމާ ވޯޓް މަދުވީ. ޝަހުދާންއަކީ ހުނަރުވެރި ކުއްޖެއް. ޝޯއާއި ވަކިވިޔަސް ފިޔަޖަހާނެ، އައްޑޫ ފަޙުރުވެރިވާނެފަދަ އައްޑޫ ދަރިއެއް.
ރަދީފް
22 April 2018
ސާބަހޭ ޝަހުދާން.ޔޫ ރިމައިންޑް އަސް އެބައުޓް ދަ ގްރޭޓް މޫސާފުޅު ބެއްޔާ.އެއީ ވަރުގަދަ ލެޖެންޑެއް.ގުޑް ލަކް. #މޫސާފުޅުބެއްޔާ #މަޑިނެގުންވާހަކަ