ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: މިނިވަން އިންތިހާބެއް ބާއްވަން އިލެކްޝަންސް ކޮމިޝަން މިނިވަން ކުރަން އިދިކޮޅުން އަންނަނީ ބާރުއަޅަމުން. --ފޮޓޯ/މިހާރު
23 އެޕްރީލް 2018 - 11:39
މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ ރުހުމާއި އިތުބާރު އޮތް އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލަން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވާހަކަ ދެއްކެވި، މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަކީ ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިފައިވާ، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މުއައްސަސާއެއް ކަމަށެވެ. ގާނޫނުއަސާސީގައި، އެއީ މިނިވަން މުއައްސަސާއެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އެތަނުން ހިމާޔަތް ކުރަނީ ވެރިކަން ކުރާ ޕީޕީއެމްގެ މަސްލަހަތު އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނަށް އަހްމަދު ޝަރީފް އައްޔަން ކުރެއްވީ ވެސް ސިޔާސީގޮތުން އެ ކޮމިޝަނަށް ނުފޫޒު ފޯރުވަން ކަމަށް ތުހުމަތު ކުރައްވައި، އޭނާ އަކީ ފާޅުގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ އަދި އެ މަނިކުފާނުގެ ކެމްޕޭނާއި ސިޔާސީ މަސައްކަތްޕުޅުގައި އެހީތެރިވެ ދެއްވަމުން އަންނަ ބޭފުޅެއް ކަމަށް އިންތި ވިދާޅުވި އެވެ.
"މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިންސާފުވެރި އިންތިހާބެއް ކަށަވަރު ކޮށްދެވޭނެ އިލެކްޝަންސް ކޮމިޝަނެއް ނޫން. އެހެންވެ، ޖޮއިންޓް އިލެކްޝަންސް ކޮމިޝަނެއް އުފައްދަން ޖެހޭ،" އިންތި ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން: ރިޔާސީ އިންތިހާބު މިނިވަންވާނެ ކަމަށް މި މެމްބަރުން ވިދާޅުވާ ވާހަކަ އިދިކޮޅު ޕާޓީތަކުން ގަބޫލެއް ނުކުރޭ. --ފޮޓޯ/މިހާރު
އޭނާ ވިދާޅުވި ގޮތުގައި އެއީ ހުރިހާ ޕާޓީއެއްގެ ވެސް ރުހުން ލިބިފައިވާ އަދި އިތުބާރު އޮތް ކޮމިޝަނަކަށް ވާން ޖެހެ އެވެ. ރިޔާސީ އިންތިޚާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން މިނިވަންކުރުމުގެ މަސައްކަތް، އިދިކޮޅު ޕާޓީތަކުން ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ވިދާޅުވީ ޖޮއިންޓް އިލެކްޝަންސް ކޮމިޝަނެއް އުފައްދަން ރަސްމީކޮށް ޕާޓީތަކުން ސަރުކާރަށް ހުށަހަޅާނެ ކަމަށެވެ.
ސިޔާސީ ވަކި ޕާޓީ އަކަށް ފަހިވާ ގޮތަށް މަސައްކަތް ކުރާ އިލެކްޝަންސް ކޮމިޝަނަކުން، އިންތިޚާބުގެ އެއްވެސް ކަމެއް ހަމަހަމަކާއި އިންސާފުވެރިކަމާ އެކު ކުރިއަށް ނުގެންދެވޭނެ ކަމަށް އިންތި ވިދާޅުވި އެވެ.
އީސީން ނިންމާފައި ވަނީ އިންތިޚާބުގެ ފުރަތަމަ ބުރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށެވެ. އަދި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އެ ކޮމިޝަނުން ބުނެފައި ވަނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެކޭ އެއްގޮތަށް ރިޔާސީ އިންތިޚާބު ވެސް މިނިވަން ވާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން، ރާއްޖޭގައި ބާއްވާފައިވާ އެހެން އިންތިޚާބުތަކާ ޚިލާފަށް، މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނީ އާންމުން ވީހާ ވެސް ބޮޑަށް ބައިވެރި ކޮށްގެން، އުފާވެރި އިންތިޚާބެއްގެ ގޮތަށެވެ. އަދި އެއްވެސް ކަމެއްގައި ވަކި ޕާޓީއަކަށް ތަފާތުކުރުމެއް އެ ކޮމިޝަނުން ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ. އަދި ޕާޓީތަކުން އިންތިޚާބުގައި ވާދަކުރަނީ ވަކިވަކިންތޯ ނުވަތަ ނެރޭނީ ކޯލިޝަން ކެންޑިޑޭޓެއްތޯ ވެސް އަދި ނުނިންމަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަސްމީ
23 April 2018
ތިބައި މީހުންނަށް ކަމުދާ އިލެކްޝަން ކޮމިޝަނަކަށްވާނީ އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުން ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިބޭ ދުވަހަކުން
ހަސަނު
23 April 2018
މި ރާއްޖޭގާ އަދުލް އިންސާފާ، މިނިވަންކަމާ އިސްލާމް ދީން އޮންނަނީ ހަމަ އެކަނި ލިޔެފައި އޮންނަ ލިޔުމެއްގާ...
ސޮކްތެރެޕީ
23 April 2018
ބަލަ އެމްމެންގެ ކުރިމަތީ ވޯޓުފޮށި ބަންދުުކުރަނީ ވޯޓުގުނަނީ އެމްމެންގެކުރިމަތީ މީ ވޯޓުފޮށީގަ ބަނޑުއެޅިޒަމާނެއްނުން.
މަންނާނު
23 April 2018
ވޯޓް ފޮށީގަ ބަޑެއްނާޅާ އެކަމު ކޮންމެމީހެއް އަތު ތިން ހަތަރު އައިޑީކާޑް އޮވޭ
އާދަނު
23 April 2018
ޔާމީނުގެ ކެމްޕެއިން މެނޭޖަރު ޝަރީފު ލައިގެން ތިކަންވާނެގޮތް ސާފު!
ސަރީފް
23 April 2018
ޢިތުބާރު ކުރެވޭނީ ފުއާދު ލައިގެން.
އަހުމަދު ސަލީމް
23 April 2018
ރަނގަޅުވާހަކައެއް ހަމަ އެގޮތަށް އިތުބާރު ހުރި ޕާޓިއަކަށް އެމްޑީޕީ ހަދަން ބޭނުންވޭ! ކެނެރީގޭ ނަޝީދަށް ވެރިކަން ހޯދަދޭ ޕާޓިއަކަށް އެމްޑީޕީވީމަ ކަޑަ... ޖުމްހޫރީ ޕާޓީގެ ވާހަކަ ދެން ދައްކާނެވެސް ކަމެއްނެތް އެއީ ސޭޓުގެ ސިޔާސީ އެންޖީއޯ.... އެމްޑީޕީއަށް އިދިކޮޅު ޕާޓީއަކަށް އޮވެގެން ކުރެވުނީ ކޮންކަމެއް އަންނިމެން ސަލާމަތް ކުރުމުގެ ވާހަކަ ދެއްކުން ނޫނީ... އޭނަ ވެރިކަމަށް ގެންނަވާހަކަ ދެއްކުން ނޫނީ... ބަލަގަ އިދިކޮޅު ޕާޓީ އެބަ ޖެހެޔޭ ސަރުކާރު ކުރާ ކަންތައް ވަކި އުސޫލެއްގެ މަތީން ބަލާ ޖަވާބުދާރީ ކުރުވަން... ކޮބާތަ ސެޑޯ ކެބިނެޓް ކޮބާތަ ޕާޓީގެ ކޮންފަރެންސް.... އިންތިމެންވެސް ދެން މާބޮޑަށް ކަލްޓު ގަބޫލުކޮށްގެ ތިއުޅެނީ... ތީތި ހަމަ ވަރަށް ބޮޑަށް ކަޑަ... އެހެންވެގެން ފިޔާތޮށި ގުރޫޕަށް ބޭނުންހާ އެއްޗެއް އެހެދެނީ... ކަލޭމެން ބަޔާންތައް ނެރެނެރެ ޖަގަހަތަކުގައި ބޭކާރު ކަންކަން ތިކުރަނީ... ޑިމޮކްރަސީ ފުރިހަމަވާނީ ރަނގަޅު އިދިކޮޅު ޕާޓީއެއްވެސް އޮވެގެން... ހީވަނީ އެމްޑީޕީ މީ އަންނިގެ ތަރިކަ މުދާގަނޑެއްހެން....
ސާދާސީދާ
23 April 2018
ބޭފުޅާއި އާއި އަޅުގަނޑެއް ނޫން އިނގޭ ތޯ އެމްޑީޕީ ކެންޑިޑޭޓް ކަނޑައަޅާނީ. އެކަން ނިންމާނީ އެޕާރޓީގެ މެމްބަރުން. އެޕާރޓީ މެމްބަރުން ކެނެރީގޭ ނަޝީދުއަށް ޓިކެޓް ދީފިނަމަ އެެއީ އެ ޕާރޓީގެ ނިންމުން. ރައީސް ޔާމީނު އަށް ޔަޤީންވާކަހަލަ، ކެނެރީގޭ ނަޝީދު އަތުން ބޮޑުބައްޔަކުން ބަލިވާނޭ!
އަހުމަދު ސަލީމް
23 April 2018
ސާދާ ސީދާ ބަލަގަ ކޮން ޓިކެޓެއް ދޭ ވާހަކައެއް! ޓިކެޓު ހުސްވެފަ! ޕާޓި ނުހިންގާ ޓިކެޓް ފޮރުވައިގެން އަންނި އެއުޅެނީ... ބަލަގަ ބޮލުރޮދި ކެނޑިފަތަ ތިބާ ތިހުރީ! ދެއްކި ހުރިހާ ވާހަކައަކަށް ޖަވާބުދީބަލަ! ބޭފުޅާ މަވެސް މީ ހަމަ އެންޑީޕީއޭ! ޔާމީނަށް އޮޅިގެންވެސް ވޯޓެއްނުދޭނަން.. މަގޭ އާއިލާވެސް ނުދޭނެ! ދެފުއްކެހެރި ރައްޓެހިން ފަހަރުގަ ދީފާނެ! އެމްޑީޕީއަށް ހެޔޮ އެދޭނަމަ މަމިދައްކަނީ ރަނގަޅުވާހަކަ ކަން ގަބޫލުކުރާނެ... 2013 ގެ އިންތިޚާބުން ފެށިގެން އަދިވެސް ތިޔަ ޓިކެޓު ހިފައިގެން އޭނަ އެއުޅެނީ... ކޮން މެންބަރުންނެއްގެ ވާހަކަ ތިޔަ ދައްކަނީ ސީދާމެން؟ ބުނެބަލަ؟
ޝަރީފާ
23 April 2018
އީލެކުޝަން ކޮމީޝަންގެ އެތެރޭގައީ އޮތީ ސީފައީންނާއީ ފުލުހުންގެ ތެރޭގައީ އޮތްގޮތައް ޖަގުލަރީގަޑެއް އަނބުރާލާފަ.. މީހާރު ދެން އެތާގަ ހީނގާނީ އެކީ ބާވަތު ގޭސްގަނޑުތައް..
އީބީފިލި
23 April 2018
އެމްޑީޕީ ވެރީކަމުގައީ ފުއާދުއާ ސޯބެ ބަހައްޓައީގެން ފުއާދުގެ އަންހެނުން ކޮންމެ ދުވަހަކު މުޒާހަރާއަށް ނިކުތް އީރު ހާދަހާ މީނީވަނޭ.
ފުންއަސަރު
23 April 2018
އެއްވެސް ބަޔަކަށް ހުރިހާކަމެއް އެންމެ ރަނގަޅަކަށް ނުގެންދެވޭނެ. އެކަމަކު ވިސްނަންޖެހޭ ތަންކޮޅަކީ ނުރުހޭ ލޮލަކަށް ކިހިނެތްހޭ ރަނގަޅުކަމެއް ފެންނާނީ.
ރަހުމަ
23 April 2018
ޔާމިނު ކިތޭ ވަރައްސަލާންކުރަމުން ދުވިޔަސް ރައީސް މައުމޫން އަށް މިޤައުމުގަ އޮތް ތާއީދު ޔާމިނަކަސްނުލިބޭނެ.
ޔަޒީން
23 April 2018
ޔާމީނުގެ މޫނު ފެނުނަސް ހީތައް އަންނަނީ މީ ސަރުކާރުން ހީންގާ ކަރަޕްޝަނާއީ ވައްކަން.
އަދުހަމޫ
23 April 2018
ޔާމީން އުޅެނީ މައުމޫން ނަޝީދު ހެދިގެން ތިއްތި ދައްކާ މާރަނގަޅު މީހެއްކަން ދައްކާކަށްނޫން...ޔާމީން ބޭނުންވީ ތަރައްގީ އެކަން އެދަނީ ފެންނަމުން.. ރަސްފަންނު ބްރިޖް އާހޮސްޕިޓަލް އަލަށްހަދާ މަގުތައް މިހެންގޮސް ކިތައްމެ ކަމެއް ހަމައެކަނި މާލޭން ފެންނަމުން އެދަނީ..
ރަށްދު
23 April 2018
އިތުބާރު ނުކުރަންޔަ ވާދަނުކުރޭ ތީބޮޑްވެގެންވާ މުސީބާތެއް
މުޒްނާ
23 April 2018
ގައުމީ މުއައްސަސަތަކަކީ ކަލޭމެން ގައީންތާކީހީރުވާން ދޫކޮއްލާކައް އޮތް ޓޮއީލެޓުޕޭޕަރެއް ނޫން.. ރައްޔީތުންގެ ރައްދު ވަރައް ވަރުގަދަވާނެ..