މާލޭ ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި އަނބުތަކެއް. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
04 މެއި 2018 - 07:45
މޭވާތަކުގެ ރަސްގެފާނުގެ ގޮތުގައި ލޭބަލް ކުރެވޭ އަނބަކީ ރާއްޖޭގައި ވެސް ވަރަށް އާންމު އެއްޗެކެވެ. މީރު މި މޭވާ އަކީ ސިއްހީ ގޮތުން ވެސް ވަރަށް ގިނަ ފައިދާތައް އެކުލެވޭ އެއްޗެކެވެ.
މީގެ ބައެއް ފައިދާތަކަށް ބަލާ އިރު، އަނބަކީ ކޮލޯނާއި އުރަމަތީގެ އަދި ޕްރޮސްޓޭޓް ކެންސަރު ފަދަ ބަލިތަކުން ދުރުކޮށްދޭން އެހީތެރިވެދޭ މޭވާއެކެވެ. ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ ތަފާތު ގިނަ އެންޓި އޮކްސިޑަންޓްތަކުން މުއްސަނދިވެފައިވާ އަނބު އާންމުކޮށް ކާ ނަމަ، ނުރައްކާތެރި ކެންސަރުގެ ބާވަތްތަކުން މީހާ ރައްކާތެރިކޮށް ދޭނެ އެވެ.
ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ދުވާލަކު އަނބެއް ކާ ނަމަ، އެ ދުވަހަކަށް ބޭނުންވާ ވިޓަމިންގެ 25 ޕަސެންޓް ހަށިގަނޑަށް ލިބުނީ އެވެ. މިކަމުގެ ސަބަބުން ލޮލުގެ ފެނުން ވަރުގަދަކޮށްދެ އެވެ. ހަމަމިއާ އެކު އަނބަކީ ކޮލެސްޓްރޯލް ލެވެލް ވެސް ދަށްކޮށްލާ އެއްޗެކެވެ. މީގައި އެކުލެވޭ ފައިބަރާއި ޕެކްޓިން އާއި ވިޓަމިން ސީ ފަދަ މާއްދާތަކީ ނުރަނގަޅު ކޮލެސްޓްރޯލްތައް ކޮންޓްރޯލްކޮށްދޭ މާއްދާތެކެވެ.
އަނބަކީ ހަންގަނޑު ވެސް ރީތިކޮށް ދީ، މޫނުގައި ނަގާ ބިހި ފަދަ އެއްޗެހިން ވެސް ސަލާމަތްކޮށްދޭ އެއްޗެކެވެ. އެހެންވެ އާދަކޮށް އަނބު ކެއުމަށް ސިއްހީ ތަޖުރިބާކާރުން އިރުޝާދު އެވެ. ވަކިން ހާއްސަކޮށް ހޫނު ދުވަހެއްގައި ތާޒާ އަނބަކުން ފަނި ގިރާލައިގެން ބޯލުމަކީ ވެސް ހަށިގަނޑު ފިނިކޮށްލަދީ، ތާޒާކޮށް ދޭނެ ކަމެކެވެ. އަދި މިއީ މޫޑު ރަނގަޅުކޮށްލަދޭ މޭވާއެއް ވެސް މެ އެވެ.
އަނބުގެ އިތުރު ފައިދާތަކަށް ބަލާ އިރު، މިއީ ހަޖަމު ކުރުމުގެ ނިޒާމަށް ވެސް ފަސޭހަކޮށްދޭ އެއްޗެކެވެ. އާންމުކޮށް ބޭނުން ކުރާ ނަމަ، ބަނޑު ހަރުވުން ފަދަ އުނދަގޫތަކުން ވެސް ދުރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޯންވޮނާ
04 May 2018
އަނބުގެ ފައިދާތައް ގިނަ ގުނަ ކަން ދިރާސާ ތަކުން ދައްކާނަމަ މަމެން ނަށް ފެނިގެން ދަނީ ނޭޗަރ އިން މަމެން އިންސާނުން ނަށް ޓަކައި މިދުނިޔޭގައި ލައްވާފައި ނެތީ ކޯއްޗެއްތޭ ހުރިހާ ނިއުމަތެއް ވެސް އެބަހުއްޓޭ އިންސާނާގެ މިޝަން އަކީ އޭނާ މިކަން ކަން ބަލާ ދިރާސާ ކޮށް ބުރަ މަސައްކަތުން މިކަން ކަން ހޯދާ އޭގެ ފައިދާ ލިބިގަތުމޭ. އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް..