ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫނަށް އެހީތެރިވުމަށް ނަސްރީނާ ޖަލަށް!

ފާރިސް މައުމޫންގެ އާއިލީ ބައްދަލުވުމަށް މާފުށީ ޖަލަށް ވަޑައިގެންނެވުމަށްފަހު ރައީސް މައުމޫނާއި ނަސްރީނާ ޖަލު ބޭރުގައި--

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެ އަމިއްލަފުޅަށް ކަންކަން ނުކުރެއްވޭތީ އެހީތެރިވުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ޖަލަށް ގެންދަވަން ފައްޓަވައިފި އެވެ.

މައުމޫންގެ އާއިލާ އިން ބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މައުމޫނަށް ވަނީ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ޖެހިފައި ކަމަށެވެ. އެ ބަލީގެ ސަބަބުން ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ.

އަދި މިދިޔަ ބުދަ ދުވަހުން ފެށިގެން މައުމޫންގެ ހާލުކޮޅު ސީރިއަސް ކަމަށް އާއިލާ އިން ބުނެ އެވެ.

December in feshigen maumoon ulhuvvanee aburaiganna aalaaskanfulheggai: Aailaa

December in feshigen maumoon ulhuvvanee aburaiganna aalaaskanfulheggai: Aailaa

The most trusted news source in the Maldives

Mihaaru

ޑިސެމްބަރުން ފެށިގެން ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާ: އާއިލާ

މައުމޫންގެ އާއިލާއާ ގާތް ބޭފުޅަކު މިއަދު ވިދާޅުވީ ހުކުރު ދުވަހާއި އިއްޔެ ވެސް މައުމޫނަށް އެހީތެރިވުމަށް ނަސްރީނާ ދޫނިދު އަށް ގެންދެވި ކަމަށެވެ. އެގޮތުން ރޭ 7:45 އިން ފެށިގެން ދެ ގަޑިއިރު ވަންދެން ނަސްރީނާ ހޭދަކުރެއްވީ ފިރިކަލުން މައުމޫންގެ އަރިހުގަ އެވެ.

"ރައީސް މައުމޫން އެނދުން ތެދުވެވަޑައެއް ނުގަންނަވާ. ބެލެންސް ނުކުރެއްވޭ ކޮޅަށް ހުންނަވާކަށް. ނަސްރީނާ އިއްޔެ ވަޑައިގެން ރައީސްގެ ތުނބުޅިފުޅު ބާލައިދީ ކަންކަން ކުރައްވާފަ ވަޑައިގެންނެވީ،" އޭނާ ވިދާޅުވި އެވެ.

އެ މަނިކުފާނުގެ އަރިހުގައި އަބަދުވެސް މީހަކު ބަހައްޓަން ޑޮކްޓަރު ވަނީ ލަފާދީފަ އެވެ.

އެނގިފައިވާ ގޮތުގައި މިހާރު އަބަދުވެސް މައުމޫންގެ އަރިހުގައި ފުލުހަކު ހުރެ އެވެ. ނަމަވެސް އެ ފުލުހުން ގޮވައިގެން ފާޚާނާ އަށް ވަޑައިގަތުން ފަދަ ކަންކަން ކުރައްވަން މައުމޫން ދެކޮޅު ހައްދަވާ ކަމަށް، އާއިލާއާ ގުޅުން އޮންނަ ބޭފުޅާ ވިދާޅުވި އެވެ.

ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، މައުމޫން ހައްޔަރުކުރީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ވަނީ ކްރިމިނަލް ކޯޓުން އަމުރުކޮށްފަ އެވެ.

މައުމޫން ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އާއިލާގެ ފަރާތުން ތަކުރާރުކޮށް އެދިފައިވީ ނަމަވެސް މިހާތަނަށް އަންގާފައިވަނީ އެކަން ކޮށްދެވެން ނެތް ކަމަށެވެ.

85 ކޮމެންޓް, 487 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 89%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެރެޓް

07 May 2018

ކަންތަށް ބޮޑުކުރާނެ ކަމެއްނެތް އެއްވެސް ބައްޔެއްނޫން ފޫހިވޭ މިހާރު ތިމޫނު ފެނުނަސް

The name is already taken The name is available. Register?

ނަންނޭނގޭ

06 May 2018

މައުމޫން ގެއަށް ދޫކޮށްލުމަށް ގޮވާލަން.އެހާ ބަލި އިރު ޖަލު ގައި ހުރުމުން އިތުރަށް ބަލި ބޮޑު ވެދާނެ.

The name is already taken The name is available. Register?

ސަބްނަމް

06 May 2018

ކުށް ސާބިތުނުވަނީސް މީހާ ހަލާކު ކޮށްލަން ބޭނުންވަނީ ދޯ

The name is already taken The name is available. Register?

ނަސޭހަތް

06 May 2018

އަނިޔާ ލިބޭމީހާގެ ދުޢާ އިޖާބަ ކުރައްވާނެ

The name is already taken The name is available. Register?

މީލާން

06 May 2018

ކަންކަމާ އެހާ ދަހިވެތިވެ އުޅުމީ މުސްލިމުންގެ ސިފައެއްނޫން

The name is already taken The name is available. Register?

ބޮންނންބާ

06 May 2018

މައުމޫންގެމަރުގެޒިންމާ ބޮލުގައެޅުނީމަ ނުރޯތި.

The name is already taken The name is available. Register?

މިނިވަން

06 May 2018

މިއަދާހަމައައް އެއްވެސްކޯޓެއްގަނޯންނާނެ ރައީސްމައުމޫންގެމައްޗައް ކުށެއްސާބިތުވެފަ އެހެންވީމާ ރައީސް މައުމޫންއަކީ މިއަދުވެސް ހަމަ މިނިވަނެއް މިޤައުމުގެބާނީ ލާއިންސާނީ އަނިޔާނުދެއްވާ އެމަނިކުފާނުދޫކޮއްދެއްވާ

The name is already taken The name is available. Register?

ކަނުރު

06 May 2018

ޔާމީން ވަރަށް އަދަބު އިހުތިރާމާޢެކު ދަންނަވަން މައުމޫން ދޫކޮށްލައްވާ ތިޔަހެން ހަދާކަށް ނުވާނެ ބޭނުމެއްނޫން މާދަމާ މަނިކުފާނަށްް ވެސް މިހެން ވާކަށް އަނިޔާ ލިބިފައިވާ މީހުންގެ ދުއާޣެ އަސަރުކުރާނެ. އެއް ވެސް މީޙެއްގެ ބަދު ދުއާޢެއް މަނިކުފާނަށް ކުރާތަން ދެކޭ ހިތެއް ނުވޭ ބޭބެއަކީ ވަރަށް ގިނަ ހިދުމަތް ކުރެއްވި ރައީސެއް. ދެން މި ފެނުނީ މަނިކުފާނު އެފަދައިން ހިދުމަތްދެއްވާ ތަން. ހެޔޮ ނުވާނެ އާދޭސްކޮށްފައި ދަންނަވަން ބޭބެ ދޫކޮށްލައްވާ. ތިޔަ ގޮތަށް ހަދާކަށް ނުވާނެ. ބޭނުންފުޅިއްޔާ ބޭރުގައުމަކަށް އެދެމަފިރިކަނބަލުން ފޮނުއްވައިލައްވާ! ނަސްރީނާއަކީ ކުށެއް ނެތް ބޭފުޅެއް. މަނިކުފާނަށް ވެސް ދުވަހަކު ބުުރަބަރު ހިތެއް ނުބާއްވާ. ތިޔަހެން ނަހައްދަވާ މައުމޫނު ގެޔަށް ބަދަލުކޮށްލައްވާ. ކެތްތެރި ރައީސުގެ އަރިހުން ވަރަށް އާދޭހާއެކު ދަންނަވަން. މައުމޫން ދޫކޮށްލައްވާ ގެޔަށް. ހާލުކޮޅުބޮޑުވެގެން ގޮސް އަވަހާރަވެއްޖެއްޔާ އެއީ މަނިކުފާނުގެ އިސްތަށިފުޅުގައި އެޅޭނެ ވަރަށް ހުތުރު ބަދުނާމެއް.

The name is already taken The name is available. Register?

ާާސިޔާސީދީ

06 May 2018

މައުމޫންވެސް ސްރީަލަންކާއިން ލަންޑަނުން ޖަރުމަނަ ދަތުރުކޮށްލާއިރަށް ތި ބަލި ރަނގަޅުވާނެ. ތިއީ ސިޔާސީ ބަލި. ސިޔާސީ މީހަކު ޖަލަށްލީ އޭނަގެ ހާލު ކްރިޓިކަލް ނޫނީ އައިސީޔޫ އަށް ބަދަލުކުރަންޖެހޭވަރު ވާނެ. ޖަލުން ނިކުތީ އެއް ޕެރެސް ކޮންފަރެންސުން، ޕޯޑިއަމްތަކުން އަޑުހަރުކޮށް ވާހަކަ ދެއްކޭނެ. ބަލިވެސް ދާއިމީކޮށް ރަނގަޅުވޭ. ޖަލުގެ އެހެން ގައިދީންނަށް މި ބަލި ނުޖެހޭ.

The name is already taken The name is available. Register?

ފްލާވާރ ފޭސް

07 May 2018

ތެދުފުޅެއް

The name is already taken The name is available. Register?

ފަޅުވެރިން

06 May 2018

މައުމޫން އޮންނަ އަށީގެ އަނެއް ފަރާތުގައި ނަސްރީނާ އޮތުމަކީ ހަމަ ވަރަށް ރަނގަޅު ކަމެއް! ގޭގައި ނިދާ އިރުވެސް ދެމީހުން ތިބޭނީ ހަމަ އެނދުގެ ދެފަރާތުގައެއްނުދޯ؟ މައްސަލައެއް ނޫން ތިޔައީކީ ހަމަ ރަނގަޅު ކަމެއް! ދުވަސްވީ ޤައިދީންގެ އަނބިންނަށްވެސް އެމީހުންނާ އެކުގައި ޖަލުގައި ތިބެވޭ ގޮތަށް ޤަވާޢިދު ބަދަލުކުރަން ފެނޭ!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454