މިދިޔަ މާޗް 20 ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތަކަށް މައުމޫން ހާޒިރު ކޮށްފައިވާއިރު، އަނބިކަނބަލުން ނަސްރީނާ (ވ) އަދި ދަރިކަނބަލުން ޔުމްނާ ކޯޓުން ބޭރުގައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
06 މެއި 2018 - 20:01
ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި އޭނާ އަށް ޗިޓް ފޮނުވައިފި އެވެ.
މާދަމާ ހަވީރު 4:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޔުމްނާ އަށް ފޮނުވި ޗިޓުގައިވާ ގޮތުން އޭނާ އަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނީ ސަރުކާރު ބަޔަކު ރާވައިގެން ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.
ޔުމްނާ ފުލުސް އޮފީހަށް ކުރާއިރު، އޭނާގެ ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ހުންނެވީ، އެ ބޭފުޅުންގެ މައްޗަށް ކުރާ ތުހުމަތާ ގުޅޭ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ. މައުމޫނާއި ނަދީމް ބަންދުކުރިތާ މިއަދަށް ތިން މަސް ވެއްޖެ އެވެ. އަދި ފާރިސް ބަންދުކޮށްފައި ހުންނަތާ ނުވަ މަސް ވެއްޖެ އެވެ.
މައުމޫނާއި ފާރިސް އަދި ނަދީމްގެ މައްޗަށް ވެސް ކުރަނީ ރައީސް ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ. އެ ތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮޔާޒް
08 May 2018
ޔުމްނާ ޖަލަށް ލީމަ ބައްޕަ ބެލޭނެ އެންނު.
ޝޮކްތެރަޕީ
07 May 2018
ނަޝީދުގެ ވެރިކަން ވެއްޑުނަން ޔާމިން އެފުރުސަތެއްނުދޭނެ.
ބޮކި ބޮކި
07 May 2018
މީއެއްކަލަ ގަޓު ރައީސް ! މިހާރުމިއީ އެއްކަލަ ފިޑި ރައީސްދޯ !
ހެޔޮއެދޭ
07 May 2018
ރައީސް މައުމޫނުގެބަދަލުގަ އަޅުގަނޑުވެސް އެގޮޅިފަޅުފިލުވާދީފާނަން .. ވީމާ ރައީސް މައުމޫނު ގޭބަންދަށްބަދަލުކޮށްދެއްވުންއެދެން ..
ފޫހި
07 May 2018
މިހާރު ޔުމްނާއަކީ ބޮޑު ޓެރަރިސްޓެްއް. މި ގައުމުގައި އޮތީ އެންމެ ގާނޫނެއް. އެއީ ޓެރަރިޒަމްގެ ގާނޫނު
ނިއުޒިލޭންޑް
07 May 2018
ރޯދަމަސްފެށުމުގެކުރިން ޓެރެރިޒަމްރޯގާއަށް ވެކްސިންއެއްހޯދޭތޯ ގަދައަޅާމަސައްކަތްކުރަމާތޯ !
އަހުމަދުބެ
07 May 2018
ބޭނުމަކީ މައުމޫން އާއިލާ މީހަކުވެސް ވެރިކަމާ ކުރިމަތި ނުލާވަރު ކޮށްލުމެވެ. ނޫނީ ކުރިމަތި ނުލެވޭގޮތް ހެދުމެވެ. މިއީ ބިރުދައްކައިގެން ކަންކަން ހާސިލް ވާނޭ ޒަމާނެއް ނޫނެވެ.
ހުރަސް
07 May 2018
ގަޓު ހުރިކަން ދައްކާލަނީ
ހަސަނު
07 May 2018
މުޅި އާއިލާ ޖަލަށް ލާ.. މި ކަން ނިމޭނީ މެޑަމް ވެސް ޖަލަށް ލައިގެނ ްހެން މަށަށް ހީވަނީ....
ފޮނިކަލޯ
07 May 2018
ޔުމުނާ ބަންދު ކުރާނަމަ އޭނާގެ ބަދަލުގައި އަޅުގަނޑު ހިނގައިދާނަން މިގޮތް ކިހިނެއްވާނެތޯ.؟