ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ރައީސް ޔާމީނާއެކު--
07 މެއި 2018 - 21:50
ހައުސިން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ އިސް މަގާމަކަށް މިއަދު ރައީސް އޮފީހުން ބަދަލު ގެންނަވައިފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖެއްސެވިއިރު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނާއިފް ޝައުކަތު ވަނީ ހައުސިންގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސަވާފަ އެވެ.
އެ ބަދަލު ގެންނެވިކަން ޔަގީން ކޮށްދިން ނަމަވެސް ބަދަލު ގެނައި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ހުސައިން ވަހީދު ވަކިކޮށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.
ޖުމްހޫރީ ޕާޓީގައި އިސްކޮށް އުޅުއްވުމަށްފަހު ޕީޕީއެމްއާ ފަހުން ގުޅުނު ނާއިފް މިސަރުކާރު ފެށުނީންސުރެ ހުންނެވީ ޔޫތު މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައުސްއޮފްހޯރު
08 May 2018
ދެން 7000 ފުލެޓުބެހުން ވަރަށް 'އިންސާފުވެރި' ވާނެކަން ޔަގީން. ޔަގީންނުވާނީ ހަމަ އެކަނި ރައްޔިތުންގެ ވޯޓު.
ކަނބި
08 May 2018
ކޮބާހޭ ތަރުޖަމާނު މުއާ،
އުނބުށެން
08 May 2018
ކިރިޔާ ކުންޏެއް ޖެހޭއިރަށް ވަކިކޮށް ނުވިތާކަށް ދައުވާ ކުރަމުންދާއިރު، މީނާ ބަލަދުއަރައިގެން މިއުޅެނީ ކީއްވެބާވައެވެ؟
އައްޑޫ ބެއްޔާ
08 May 2018
ނުކެރޭނެ ގުޑިލަންވެސް. ބެހެއްޓިތަނެއްގަ، ބެހެއްޓިގޮތަކަށް ހުންނަން ޖެހޭނީ. އެނޫނީ ބޮޑު ޙުކުމަކާއެކު ޖަލަށްދާންޖެހިދާނެ. މާތް ﷲ ނެތިދިޔަ ފުރާނަޔަށް ފާފަފުއްސަވައި ރަޙުމަތް ލައްވާށި.
ވައިރޯޅި
08 May 2018
އިޢުތިބާރު ނެތުމުން ފެއަށް ޖައްސާލީ
ޑޭޑް
07 May 2018
ކަމެއް ނެތީމަ ރާޒުވާ ކުޅެލީ. ޑިގު ކުޅޭ ކުދިން ވީ ޗައިނާގަ
ޔާމިން
07 May 2018
ޕާރޓީ ކުދިންނައް ފުލެޓް ދިނުމުގެ ކަންކަން ހަމަޖައްސަން ކައްނޭގެ ދޯ