އާމިރް ހާން: އޭނާ ބުނީ "ތަގްސް" އައިމެކްސްގެ ރިލީޒް ކުރުމަކީ ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށް.
12 މެއި 2018 - 06:38
މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމް ކަމަށްވާ، އާމިރް ހާނާއި އަމީތާބްގެ ބައްޗަންގެ "ތަގްސް އޮފް ހިންދުސްތާން" ރިލީޒްކުރާނީ އައިމެކްސް ފޯމެޓްގައި ކަމަށް އިއުލާންކޮށްފި އެވެ.
އެކަން އެ ފިލްމް ޕްރޮޑިއުސް ކުރާ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އާއި އައިމެކްސްގެ ޓްވިޓާގައި ވަނީ އާމިރްގެ ވީޑިއޯގެ މެސެޖަކުން ކަށަވަރުކޮށް ދީފަ އެވެ. އައިމެކްސްއަކީ މި ޒަމާނުގެ އެންމެ ހައި ކޮލިޓީ ރިޒޮލިއުޝަންގައި ބޮޑު ސްކްރީން ފިލްމްތައް ބަލައިލެވޭ ސިސްޓަމެކެވެ.
ނޮވެމްބަރު 7 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ތަގްސް އޮފް ހިންދުސްތާން" އައިމެކްސް ތިއޭޓަރުތަކުގައި ދައްކަން ހަމަޖެހުމާ ގުޅިގެން އާމިރް ބުނީ އެ ފިލްމް އައިމެކްސް ފޯމެޓްގައި ބަލައިލަން އޭނާ ވެސް ކެތްމަދުވެފައިވާ ކަމަށެވެ. އަދި އައިމެކްސް ތައާރަފުވެގެން އައި ދުވަސްވަރު އޮސްޓްރޭލިއާގެ ސިޑްނީގައި އައިމެކްސް ފޯމެޓްގައި ފިލްމެއް ބަލައިލަން ލިބުމުން އޭގެ ޖާދޫގައި ވަރަށް ބޮޑަށް ޖެހުނު ކަމަށް ކާމިޔާބު އެކްޓަރު ބުންޏެވެ.
THIS JUST IN! @aamir_khan reveals #ThugsofHindostan from @yrf is coming to IMAX this November. pic.twitter.com/H72cXizoR7
— IMAX (@IMAX) May 11, 2018
އައިމެކްސްގެ ޓްވީޓް.
"އަހަރެން ބުނާނީ ތަގްސް އޮފް ހިންދުސްތާން ކަހަލަ ފިލްމެއް އައިމެކްސް ފޯމެޓްގައި ބަލައިލަން ލިބުމަކީ ވަރަށް ވެސް ތަފާތު އަދި ފުރިހަމަ ތަޖުރިބާއަކަށް ވާނޭ،" އާމިރް ބުންޏެވެ. "އަހަރެން ވެސް މި ހުންނަނީ އައިމެކްސްގައި ފިލްމް ބަލާލާ ހިތުން ކެތްމަދުވެފައި."
"ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗަރިއާ ޑައިރެކްޓް ކުރާ "ތަގްސް އޮފް ހިންދުސްތާން" އަކީ ޕީރިއަޑް އެކްޝަން/އެޑްވެންޗަ ފިލްމެކެވެ. މި ފިލްމްގައި އާމިރާއި އަމީތާބާ އެކު ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ ފާތިމާ ސަނާ ޝެއިހާއި ކެޓްރީނާ ކެއިފް އެވެ.
"Thugs of Hindostan" ge mai thari aky Fatima: Aamir Khan
The most trusted news source in the Maldives
Mihaaru
"ތަގްސް އޮފް ހިންދުސްތާން" ގެ އެންމެ ބޮޑު ރޯލެއް ކުޅެނީ ފާތިމާ.
މީގައި ދައްކުވައި ދޭނީ އިނގިރޭސީންގެ އަޅުވެތިކަމުގައި އިންޑިއާ އަށް ދުވަސްވަރުގެ ކަންތައްތަކެކެވެ. ފިލްމްގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ ފިލިޕް މެޑޯ ޓޭލާ 1839 ގައި ނެރުނު ހިޔާލީ ވާހަކަ "ކޮންފެޝަންސް އޮފް އަ ތަގް" އަށެވެ.
ވައިއާރްއެފްގެ މި ފިލްމަކީ 210 ކްރޯޑް ރުޕީސް (31.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައުކަމް
12 May 2018
އިންޑިއާގައި ވެސް މިހާރު ފިލްމް ތައް އުފައްދާ ބަޖެޓްސް ތައް ބޮޑުވެގެން އެދަނީ އިންޑިއާގައި 1 ލައްކަ މީހުންގެ އާބާދީ އަށް ފެން ފޯރުކޮށް ދޭން ނުދާނެ ޚަރަދެވެ. މިއިން ބޮޑު ބަޔެއް އެބަދޭން ޖެހޭ އެކްޓަރުންގެ ފީސް އަށް ވެސް. ކަން މިހެން ހުރުމުން މިހާރު ބޮލީ ވުޑް ވެސް އެދަނީ ކޮންޓްރޯލް އިން ނެއްޓިގެން ކަމަށްވާތީވެ ގާނޫނަކުން އެބަޖެހޭ ބޮލީ ވުޑްގެ ފިލްމްސް ތައް އެކްޓަރުންނާއި އަދި އެކްޓްރެސް އިން ކުޅެދޭ އަގު ކޮންޓްރޯލް ކުރަން. 30 މިލިއަން ޑޮލަރަށް ރާއްޖޭގައި މާލެ ސަރަހައްދުން ކޭވީ ސައިޒުގެ ރަށެއް ފަޅު ހިއްކައިގެން 100 ވިލާސް އަޅާ ރިސޯރޓް ނިންމާލާ ހުޅުވާލެވޭނެއެވެ. މީ އިންޑިއާ ފަދަ ފަގީރު ގައުމަކަށް ބަލާއިރު ފިލްމެއް ކުޅެން ޚަރަދު ކުރުން މާ ބޮޑު ބަޖެޓް އެކެވެ. މިކަން އެބަޖެހޭ ކޮންޓްރޯލް ކުރަން. މިދަނީ ވަރަށް ނުރައްކާ ފައްތަރަކަށް ބޮލީ ވުޑް މިހާރު. މިކަން ޖެހޭނެ އިންޑިއާ ގެ ސަރުކާރުން ބަލާ ކޮންޓްރޯލް ކުރަން. މާ ތަފާތު ބޮޑު ފިލްމްސް ތަކެއް އިންޑިއާ ގައި އަދި ވެސް ނުކުޅެއޭ...
އަހޫ
12 May 2018
ކޯޑިނޭޓަރޫ. ލިބިފަވާ ލައިކްތަކުންވެސް އެބައިނގޭދޯ މީހާގެ ފެންވަރު. ކޮންމެކަމަކާ އަތްނުބާނާ، މެޑަމް ފަހަތުގަ އުޅެބަލަ.