ދަ ކެޔޮޅު ރެސްޓޯރަންޓް: މި ތަނުގެ ކެއުންތައް ވަރަށް ތަފާތު.-- ފޮޓޯ: އިސްމާއިލް ނާޖިތު އަހުމަދު/ގޫގުލް ލޯކަލް ގައިޑް
17 މެއި 2018 - 14:23
ކެޔޮޅޭ ބުނުމުން އެއީ ދިވެހިންނަށް އާ ބަހަކަށް ނުވާނެ އެވެ. ނަމަވެސް "ދަ ކެޔޮޅު" ރެސްޓޯރަންޓަކީ އަދި ދިވެހިންނަށް އާ ތަނެކެވެ. އެ ތަނުގެ މީރު ކެއުންތަކަކީ ވެސް ދިވެހިންނަށް އާ ރަހަތަކަކަށް ވާނެކަން ޔަގީނެވެ. އަދި އެއީ ގިނަ ބަޔަކަށް ވަރަށް ކަމުދާނެ ރަހަތަކަކަށް ވާނެކަން ކަށަވަރެވެ.
ހުޅުމާލޭގެ ދިރާގު އޮފީހާ ދިމާލުން އަތިރިމައްޗަށް ވާ ގޮތަށް ހުންނަ ދަ އަކޫޒް ގެސްޓުހައުސްގެ އެންމެ ތިރީ ބައިގައި، މީގެ ހަތަރު ވަރަކަށް މަސް ކުރިން ހުޅުވި ރެސްޓޯރެންޓަށް ކާން ދިޔަ މީހުންގެ ތެރެއިން މިހާތަނަށް އެތަނުގެ ކާ އެއްޗިއްސާ މެދު ހިތްހަމަ ނުޖެހިގެން ދިޔަ އެކަކު ވެސް ނެތެވެ. އެތަނުން އެއް ފަހަރު ވެސް ކައިފި ނަމަ، ގިނަ މީހުން އެތަނަށް ދެ ވަނަ ފަހަރު ދަނީ ކޮންމެ ވެސް ސަބަބެއް އޮތީމަ އެވެ.
މި ރެސްޓޯރަންޓުގެ އިންޓީރިއާ ޑިޒައިނަށް ބަލާލިއަސް މިއީ ދެ ވަނަ އެއް ނެތް، ތަފާތު ތަނެއްކަން އެނގެ އެވެ. މަސް ހިފާ ދާ ބޭނުންކޮށްގެން ހަދާފައިވާ ރީތި ޑިޒައިނެކެވެ.
"ކެޔޮޅު" ގައި ހަތަރު ކައްކާއެއް މަސައްކަތް ކުރާއިރު، އެ އެންމެންނަކީ ވެސް ޔޫރަޕްގެ މީހުންނެވެ. ބަދިގެ ހަދާފައި ވަނީ ޔޫރަޕް ފެންވަރަށް، ސާފުތާހިރު ކަމަށް ޚާއްސަ ސަމާލުކަމެއް ދީގެންނެވެ. ދެން އޮތީ އަދި މާ ޚާއްސަ ވާހަކަ އެކެވެ.
ކެޔޮޅުގެ ޕިއްޒާ ފޮއްޗެއް، މިތާގެ ޕިއްޒާ ވަރަށް ތަފާތު.-- ފޮޓޯ: އިސްމާއިލް ނާޖިތު އަހުމަދު/ގޫގުލް ލޯކަލް ގައިޑް
މިއީ އިންގްރީޑިއަންޓްސް ގެނެސްގެން ހުރިހާ އެއްޗެއް ވެސް އަމިއްލަ އަށް ތައްޔާރުކުރާ ތަނެކެވެ. މާނަ އަކީ މިތަނުން ލިބޭ ސޯސް އަކީ ވެސް އަދި މިތަނުގައި ހުންނަ ޕާނަކީ ވެސް އެ މީހުންގެ ބަދިގޭގައި އަމިއްލަ އަށް އުފައްދާފައި ހުންނަ އެއްޗެހި ކަމެކެވެ.
"ކެޔޮޅު" އަކީ އެ ތަނުގެ ކަސްޓަމަރުންގެ ސިއްހަތަށް ވަރަށް އިސްކަން ދޭ ތަނެކެވެ. އެ ތަނުގައި ސޮފްޓް ޑްރިންކެއް އަދި ޖަންކް ފުޑެއް ނުހުންނާނެ އެވެ. ހުންނާނީ މުޅިން ވެސް ސިއްހަތަށް ފައިދާ ކުރާ ގޮތަށް ތައްޔާރުކޮށްފައި ހުންނަ އެއްޗިއްސެވެ.
މިސާލަކަށް އެ ތަނުގެ ޕިއްޒާ އަށް ބަލަމާ ހިނގާށެވެ. އާންމުކޮށް އެހެން ރެސްޓޯރަންޓްތަކުން ތައްޔާރުކުރާ ޕިއްޒާ އާ އެތައް ގޮތަކުން ތަފާތެވެ. ޕިއްޒާ ފުއްގަނޑު ވެސް ތަފާތެވެ. އަދި އަޅާފައި ހުންނަނީ ތަފާތު ޗީޒެކެވެ. މަހުގެ ބަދަލުގައި ހުންނަނީ ތަފާތު މޭވާގެ ބާވަތްތަކެވެ.
ކެޔޮޅުގެ ޕަޕާޔާ ސޫޕް، މިތަނުގެ ހުރިހާ ޑިޝްތަކެއް ވެސް ވަރަށް ތަފާތު.
މޭވާ އަޅާފައިވާ ޕިއްޒާއެކޭ ބުނުމުން މޭ ނުބައިކުރާ ގޮތް ވެދާނެ އެވެ. އަހަންނަށް ވެސް ފުރަތަމަ ވީ ވެސް އެހެންނެވެ. ނަމަވެސް އިތުބާރު ކޮށްލާފައި އެއް ބައިޓު ނަމަވެސް ކާލާށެވެ. ދެން ހުއްޓާލާނީ ބަނޑު ފުރުމުން ކަން ޔަގީނެވެ. ކެޔޮޅު ޕިއްޒާ އަކީ މިހާރު އަހަރެންގެ ފޭވަރިޓް ޕިއްޒާ އެވެ.
އެތަނުގެ ޑްރިންކް ތަކަކީ ވެސް މޭވާ ކައްކައިގެން ތައްޔާރުކޮށްފައި ހުންނަ ޔޫކްރޭން އަދި ރަޝިޔާ ހިސާބުގައި މަޝްހޫރު ކަމްޕޫތު ފަދަ އެއްޗެއްސެވެ. މިއީ ވެސް ސިއްހަތާ ރައްޓެހި، ވަރަށް ރަހަ މީރު ބުއިމެކެވެ.
މި ވާހަކަތަކުގެ "މީރު ރަހަ" އެންމެ ރަނގަޅަށް އެނގޭނީ އެއް ފަހަރު ނަމަވެސް އެތަނަށް ގޮސް، ކާއެއްޗެއްގެ ރަހަ ބަލާލުމުންނެވެ. ދެ ވަނަ ފަހަރަށް އެތަނަށް ދާނެ ކަން ޔަގީނެވެ.
ރޯދަ މަހާ ދިމާކޮށް، ރޯދަ ވީއްލުމަށް ވެސް އެ ތަނުން ވަނީ ތަފާތު ކެއުންތަކެއް ތައްޔާރުކޮށްފަ އެވެ. މި ތަފާތު ރެސްޓޯރަންޓުގެ، މީރު ކެއުންތަކާ އެކު ރޯދަ ވީއްލަން ބޭނުންވާ ފަރާތްތަކުން 7371225 އަށް ގުޅައި އަވަހަށް ރިޒަވޭޝަން ހައްދާށެވެ. އެހެން އެއްވެސް ރެސްޓޯރަންޓަކުން ނުލިބޭހާ މީރު އަދި ތަފާތު ކެއުންތައް އެތަނުން ލިބޭނެކަން ޔަގީނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަގު
18 May 2018
ރަހަ މީރުވާނެކަން ޔަޤީނެވެ. އަގުވެސް އިންތިހާއަށް ބޮޑުވާނެކަން ޔަޤީނެވެ.
އަގު
18 May 2018
އާންމުކޮށް ރެސްޓޯރެންޓުތަކުގެ އަގުތަކާ އަޅާ ބަލާއިރު ބޮޑެއްނޫން.
ބޮސާޑް
18 May 2018
ތިތަނުގެ އަޖުމައަދި މަނުބަލަން. ނަން އަޑުއިވިފަ ހީކުރީ ވަރަށްދިވެހިވަންތަ ކާއެއްޗެހި ވިއްކާތަނެއްކަމަށް. އެކަމު ލިޔުންކިޔާލީމަ ހީވަނީ ތިތަނުން ލިބެން ހުންނަ ކާއެއްޗެއްސާ ތިތަނުގެ ދިވެހިވަންތަ ނަމާ އެއްގޮތަކަށްވެސް ދިމާނުވާހެން.