އެމްޕީއެލް އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ސީއީއޯ ރާބިހު (ކ)، ކާގޯ ކްލިއަރެންސް ހެޑް އިނާން (މ)، ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ ހެޑް އަފްޒަލް (ވ) އަދި ހާބާ މާސްޓާ ރަޝީދު (ވ-3).-- ފޮޓޯ: މިހާރު
19 މެއި 2018 - 01:34
މި ރޯދަ މަހަށް ރާއްޖެ އަށް މުދާ ގެންނަ މިންވަރު އިތުރުވި ނަމަވެސް، މާލޭގެ ވިޔަފާރި ބަނދަރުން މުދާ ބޭރުކުރުމުގައި އެއްވެސް ދައްޗަކާ ކުރިމަތި ނުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިރޭ ބުނެފި އެވެ.
މާލޭގެ ވިޔަފާރި ބަނދަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްގެ އެސިސްޓެންޓް ސީއީއޯ އަދި ކާގޯ އޮޕަރޭޝަން ޑިވިޝަންގެ ހެޑް ރާބިހް މުހައްމަދު ވިދާޅުވީ، މިދިޔަ އަހަރުގެ ރޯދަ މަހުގެ މިހާތަނަށް ކްލިއާކުރި މުދަލަށް ވުރެ ގިނަ މުދާ މި އަހަރުގެ މިހާތަނަށް ކްލިއާ ކޮށްފައި ވާނެ ކަމަށެވެ. އަދި އެމްޕީއެލް އިން މުދާ ނެރުން ލަސް ވެގެން، ބާޒާރުގައި މުދާ އަގު ބޮޑުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް ރާބިހް ވިދާޅުވި އެވެ.
"މިދިޔަ އަހަރުގެ ރޯދަ މަސް ފެށުމުގެ 10 ދުވަސް ކުރިން ޖުމްލަަ 2،306 ޕްރައިޓް ޓަނުގެ ޕެރިޝަބަލް ކާގޯ އަޅުގަނޑުމެން ކްލިއާ ކުރިން. މި އަހަރު އެ އަދަދު މިވަނީ 6،563 ފްރައިޓް ޓަނަށް އިތުރު ވެގެން ގޮސްފައި،" އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ހެޑް އޮފް ކާގޯ ކްލިއަރެންސް އަހުމަދު އިނާން ވިދާޅުވި ގޮތުގައި، ރޯދަ މަހަށް ގެންނަ މުދަލުގެ ބޮޑު ބައި، ރޯދަ މަސް ފެށުމުގެ ކުރިން ރާއްޖެ ގެނެ އެވެ. އޭނާ ވިދާޅުވީ، އެމްޕީއެލް އިން ރޯދަ މަހުގެ ތެރޭގައި 24 ގަޑިއިރު ޚިދުމަތް ދޭ ކަމަށާއި މުދާ ނެރުމަށް އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރު ވަރަށް ބޮޑަށް ފަސޭހަ ވާނެ ކަމަށެވެ.
ރޯދަ މަހާ ދިމާކޮށް މުދާ ނެރުން ފަސޭހަވުމާ ގުޅިގެން މިހާރު ކޮންމެ ދުވަހަކު 20 ފޫޓުގެ 200 ކޮންޓެއިނަރުގެ މުދާ އެމްޕީއެލް ސަރަހައްދުން ނެރޭ ކަމަށް އިނާން ވިދާޅުވި އެވެ. އަދި 388 ލޮރީގެ މުދާ ކޮންމެ ދުވަހަކު ވެސް މާލެތެރެ އަށް އެމްޕީއެލް އިން ނެރޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، ކޮންމެ ދުވަހަކަށް 28 ދޯނީގެ މުދާ ގެންދާ ކަމަށް އިނާން ވިދާޅުވި އެވެ.
އެމްޕީއެލް އިން މިރޭ ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރޯދަ މަސް ފެށުމުގެ 30 ދުވަސް ކުރިން، ވަނީ ހަތް ބޯޓަކުން 20 ފޫޓުގެ 4،546 ކޮންޓެއިނާގެ މުދާ ރާއްޖެ ގެނެސް ކްލިއާ ކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ކްލިއާ ކޮށްފައި ވަނީ 4،224 ކޮންޓެއިނަރެވެ.
އެމްޕީއެލްގެ ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ ހެޑް އިބްރާހިމް އަފްޒަލް ވިދާޅުވީ، މުދާ ކްލިއާ ކުރަން ބޭނުންކުރާ ވެހިކަލްތަކުގެ ދަތިކަމެއް ވެސް ނެތް ކަމަށެވެ. އަދި މުދާ ކްލިއާ ކުރުމުގައި އެމްޕީއެލް އިން ލަސްވެގެން ދިމާވާ ކަމަކާ ގުޅިގެން މުދާ ގެންނަ ފަރާތުން އެއްވެސް ފީ އެއް ދައްކަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިޔަފާރި ބަނދަރުގެ ހާބާ މާސްޓާ އަހުމަދު ރަޝީދު ވިދާޅުވީ، ބޯޓުތަކުން މުދާ ބާލަން އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އެގޮތުން ބަނދަރަށް ބޯޓުތައް ކައިރި ކުރުމާއި މުދާ ބޭލުން ވެސް ކުރިއަށް ވުރެ އަވަސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލް އިން ބުނީ އެ ކުންފުނިން ބަލަހައްޓާ ޓީޖެޓީ ސަރަަހައްދާއި ނޯތު ހާބަރުގެ އޮޕަރޭޝަންތައް ވެސް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ބެލެހެއްޓިގެން ކަމަށެވެ. އެ ތަންތަނުގައި ވެސް ދަތިތައް ކުރިމަތި ނުވާނެ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގުނުހަދާ
19 May 2018
ވެސެލް: އާރޓީ އޮޑިން އީޓީއޭ: 1 މެއި ކޮންޓެއިނަރ ބޭލުނީ: 11 މެއި އެހެންވީމަ އެއްގޮތަކަށްވެސް ލަހެއް ނުވޭ ދެއްތޯ؟ މުޅިންވެސް އޮޅުވާލުން. ނުވަންޏާ ގޭގަ ތިއްބަވާ!
ހައިކަލް
19 May 2018
ތި ފޮޓޯ ބަލާލީމަ އިގޭ ވެރިންގެ ހާލަތު...... ކޮބާ ކިޔަަވައިގެން ތިބި ކުދިން... އާނ އެހެލާފަދޯ ހަލީމް ހިތްޕުޅާ ނުވާތީ...
ޖަޒީރާ ޕޯރޓް
19 May 2018
ހުސް ދޮގު. މިމަހު 1 އައި ބޯޓް ހުސްކުރެވުނީ 16 ގައި. ލަހެއްވާ ނުވިޔެއްނު. ތިތަނުގެ ވެރިންގެ އާއިލާމީހުންގެ އެއްޗެއް ހުރިއްޔާ ނެރެވޭނެ. ޢެކަން އެނގޭ އެންމެނަށް ވެސް.
ރިފާއު
19 May 2018
އެބޯޓުގެ މުދާ ނުބޭލުނީ އެބޯޓުގެ ކެރޭނު މައްސަލަޖެހިފައޮތީމަ، އެމައްސަލަ ހައްލުކުރިތާ އެއްދުވަސް ތެރޭ ބޯޓުހުސްކޮށް ބޯޓުވަނީ ފުރާފައި.
އަލިބެއްޔާ
19 May 2018
މުދާބޭލުން ލަސްވެގެން ނުވާނެއެއްނުން އެމް.ޕީއެލް މުވައްޒަފުންނަކީ ރޮބަޓުން ތަކެއްވިއްޔާ... ރޯދަމަހެއް ހުކުރެއް ހައްޖެއް ޢީދެއްނެތި މުވައްޒަފުންގެ ދިޔަ ފެލާލައިގެން މިއޮށްފަދަ ރޯދަމަހުވެސް ކަޅުފަތިހާ މަސައްކަތައް ނެރޭ ގޮތަށް ރޯދަ ވީއްލަދެން މަސައްކަތު ގަޑި ހަމަޖެއްސީމަ މުދާ ނުނެރެވިގެން އުޅޭކަށް ނުޖެހޭނެ. ކުންފުނީގެ ވެރިން ބޮޑު މުސާރަ ކައިގެން ނިކަމެތި މުވައްޒަފުން ރެއާދުވާލު ގާނާއިރު ނޭނގޭ ނިކަމެތި މުވައްޒަފުވެސް ކައިގެން ބޮއެގެންކަން ދިރި ހުންނާނީ..... ނިކަމެތި މުވައްޒަފަކަސް އާއިލާއެއް އޮންނާނެކަމާއި ވަގުތުވެސް ދޭން ބޭނުންވާނެކަން. މަތީފަޑިއަށް އެކަނި ހާއްސަ ކަމެއްތަ މީ އާއިލާ އާއި އަނބިދަރިންނަށް ވަގުތު ދިނުމާ ހަމަޖެހިގެން އަޅުކަން ކުރެވުމާއި އެކަށީގެންވާ އާމްދަނީއެއް ލިބުމާއި އޮފީސްގަޑި ފަސޭހަވަގުތަކަށް ބަދަލުކުރުން؟އެވަރުން ނުވެގެން އޭ ގްރޭޑް ކުންފުނިން މުވައްޒަފުންނަށް ދޭން ކެރެނީ 1/2 ކޭސްމަސް ރޯދަހަދިޔާއޭ ކިޔާފަ..... ޕްރައިވެޓް ތަންތަނަށް ވުރެ އޭ ގްރޭޑް ކުންފުނީގެ ބަޚީލުކަން ބޮޑު
ޢަހުސަނު
19 May 2018
ޠިގޮަޠަށް މާލޭގެ ގޭގެކުލިވެސް ކުޑަކުރަން އަގު ކޮންޓްރޯލް ކުރަންފެނޭ
ބަތޭލި
19 May 2018
މާލޭ ގޭގެ ކުލި ކުޑަކުރެވޭނީ ތަކެތި ގަންނަން ލިބޭ އަގު ކުޑަވެގެން. އަދި ފަސޭހަ ގޮތުގައި ލޯނު ލިބިގެން. 60 ، 80 މިލިޔަން ޚަރަދު ކޮށްގެން ހަދާގެއިން 2 ރުފިޔާއަށް ފްލެޓެއް ނުދޭނެ.
ވ ރަނގަޅު
19 May 2018
ވ ރަނގަޅު
ނަސީމު
19 May 2018
އެހެންވީމަދޯ މިރޯދަމަހު ބާޒާރުން އެއްވެސްއެއްޗެ ގަންނަން ނުލިބެނެނީ؟
އަހުމަދު ސާހު
19 May 2018
ގެނައި 8 ސައިކަލް ބޯރޓް ވަނީ 1 މެއި ގައި ބޭލުނީ ބަނދަރަށް 9 އެއް ގައި ވަރަށް އަވަސްދޯ އަނގަނުތަޅާ ނުބުނެ ހުރިއްޔާ މާ ރަނގަޅުވާނެ.
ބަޑުފުރޭ
19 May 2018
އެއްވެސް ކަމެއް ވެގެނެއްނުން އަގުބޮޑުކުރަނީ. ހަމަ ހުންނަ ބަޚީލުކަމެއްގެ ބޮޑުކަމުން. ބަލާބަލަ މިސާލަކަށް އަނބު. ހައްދަން ކޮން މަސައްކަތެއް ކުރަން ޖެހޭ އެއްޗެއް އެއީ. އެކަމަކު ރޯދަޔަށް އޭގެ އަގުވެސް 20 ރުފިޔާ އަށް އަރައިފި. ދޮންކެޔޮވަކެއްވެސް 10 ރުފިޔާއަށް. މިއީ އިންޑިޔާއިން ގެންނަ ތަކެތި. މިގޮތަށް އަގުބޮޑުކުރާ ތަކެތި ނުގަތުން އެންމެ ރަނގަޅީ. މަށެއް ހަމަގައިމު ނުއަގުގައި ތަކެތި ނުގަންނާނަން. ވަރިހަމަ ފައިސާ ފުނިވަރެއް އަތުގައި ހުއްޓަސް.
ވާލުސޮރު
19 May 2018
ފުރުސަތެއްވާ ނެތްތާ!! އަވަށްޓެރި އިންޑިއާގަ ކިލޯއެއް 10ރ. ޢާ 20ރ ގެ އަގެއްގަ ހުރި ދޮންކެޔޮ ރާއްޖޭގަ ހުރީ 80ރ އިން މަތީގަ. ލަންކާގަ ކިލޯ އެއް 120ރ އާ 200ރ ގެ އަގެއްގަ ކިލޯއެއްދޭ ދޮންކޭލުގެ ހެޔޮވަރު ވަކެއްގެ އަގު 12ރ އަށްވުރެ ބޮޑު. ޢިންޑިއާގަ ޑޮލަރަކަށް 65ރ ލިބޭއިރު ލަންކާގަ ޑޮލަރަކަށް 150ރ ލިބޭ. ރާއްޖޭގެ ކަޅުބާޒާރުގަވެސް 16ރ އަށް ޑޮލަރެއްލިބޭ. މިވަރުވީމަ އަގުބޮޑު ނުވަންނާ ދެން ދުވަހަކުވެސް އެއްޗެއް އަގުބޮޑެއްނުވާނެ.