ބާޒާރުމަތީ ފިހާރައަކުން މީހަކު އަލުވި ބަސްތާއެއް ގަނެގެން ގެންދަނީ: އަލުވި ހުސްވެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި. ފޮޓޯ: މިހާރު
19 މެއި 2018 - 14:02
ބާޒާރުގައި އަލުވި މަދުވެ، އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އަރައިފި އެވެ.
ރާއްޖެއަށް ގިނަ އަދަދަށް ފިޔާ، އަލުވި އަދި ބިސް އެތެރެކޮށް ވިއްކާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ އަލުވީގެ އަގު ބޮޑުވީ މުދާހިފައިގެން އައި ބޯޓު ހުސްނުކުރެވި ލަސްވެގެން ކަމަށެވެ.
"މިދިޔަ ހަތަރު ދުވަހު ބޯޓުން މުދާ ނުބޭލިގެން އަލުވި ނުނެރެވުނީ. އެންމެ ފަހުން ރޭ ބޯޓުން މުދާ ހުސްކޮށްލެވުނީ،" އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އިތުރު ބޯޓެއް ބަނދަރުގައި އެބަ އޮތް. މިރޭ ބަނދަރުން އަލުވި ބަސްތާތައް ނެރެ މާދަމާ ވިއްކަން ފެށޭނެ."
ނަމަވެސް އެމްޕީއެލް އިން ރޭ ބުނެފައި ވަނީ މާލޭ ވިޔަފާރި ބަނދަރުން މުދާ ނެރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާ ކަމަށާއި މުދާ ނެރުން ލަސް ނުވާ ކަމަށެވެ. އެހެންވެ މުދާ ނެރުން ލަސްވެގެން، ބާޒާރުގައި މުދާ އަގު ބޮޑުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެތަނުން ބުންޏެވެ.
ބާޒާރުގައި އާއްމުކޮށް 190ރ. އާއި 220ރ. އާ ދެމެދު ވިއްކަމުން އައި އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އުފުލުނުއިރު ބާޒާރުގައި އަލުވި ލިބެންހުރީ ވަރަށް މަދު ތަނަކުންނެވެ. އަދި މާލެ ތެރޭގެ ބައެއް ފިހާރަތަކުން ކުރިން 10ރ. އަށް ވިއްކި އަލުވި ކިލޯއެއްގެ އަގު މިހާރު ވަނީ 20ރ. އަށްވުރެ ބޮޑުވެފަ އެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލްކޮށް މުދާ ވިއްކާ ފިހާރަކުން ބުނީ ރޯދަމަސް ފެށުނު ދުވަހުން ފެށިގެން ބާޒާރުން އަލުވި ލިބުންދަތިވެފައިވާ ކަމަށެވެ. އަދި އެކަށީގެންވާ ވަރަށް ވުރެ އަގު ބޮޑުވުމުން އެ ފިހާރައިން ރީޓެއިލްކޮށް ނުވިއްކާ ކަމަށް ވެސް ބުންޏެވެ.
މުދާ އެތެރެކުރާ ފަރާތްތަކުން ބުނީ ތަކެތީގެ އަގު އުފުލުނަ ނުދީ ކޮންޓްރޯލްކުރެވޭނީ ގެންނަ މުދާ ބޭލުން އަވަސްކޮށް ކަސްޓަމްސްގެ ހިދުމަތް ދޭ ވަގުތު އިތުރުކޮށްގެން ކަމަށެވެ.
ބާޒާރުގައި އަލުވީގެ އަގު އުފުލުނުއިރު އެސްޓީއޯ އިން ވަނީ ރޯދައާ ދިމާކޮށް އަލުވި ގެނެސް ބަސްތާއެއް ވިއްކާނީ 200ރ.އަށް ވިއްކަމުންނެވެ. އަދި 50 ބަސްތާ އަށް ވުރެ އިތުރަށް ގަންނަ ނަމަ ބަސްތާއެއް 190ރ. ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުމާފޫޅު
20 May 2018
ވެމްކޯ އިން އަލުވި ވިއްކަން ނުފަށާތަ؟ އެމީހުން ވިއްކަންފެށީމާ އަތްފޯރާފަށަށް ތިރިވާނެ. ކާށީގެ އަގުވެސް މިހާރު އޯކޭކަމަށް ބުނަނީ!
ހހކމތަރަރާރަ
19 May 2018
މިނިޒާމްފޭލިވެ ނިމެއްޖެ!
ތިޖުރީ ބިންތު ޔާމން
19 May 2018
ރަނގަޅުވާނެ ޔާމިނައް ވޯޓުލާފަ ހޮވާ 1000 ރުފިޔާ އައްދިނަސް ކަލޯމެން ޖެހޭނީ ކާން ވޯޓުލާންދާދުވަހު ސިޓީ އުރައެއް ލިބޭނެ އެހިސާބުން ތިކަމެއް ހަނދާނެއް ނުހުންނާނެ ހުސްބުޅީގަ ގަންނަ މަސްކާމީހުން
ހެހެ
19 May 2018
ވިޔަފާރިވެރިން އަގުބޮޑު ކުރިޔަސް ނުކުރިޔަސް ގޭގޭގައި އިސްރާފުވާ ވަރަށް 40 ވައްތަރުން ހެދިކާޔާ 10 ވައްތަރުން ފޮނިކާއެއްޗިއްސާ 4 ވައްތަރުން ފަންޏާ 3 ވައްތަރުން ރިހަޔާ 2 ވައްތަރުން މަސްހުންޏާ ހަދާ އިސްރާފު ކުރުން އޮންނާނީ. ހެންދުނު ނެރޭނެ 1 ޓަނު ކުނި ހުސް ކާއެއްޗެހި.
ހާދިސާ
19 May 2018
ސަރުކާރުން ކަމެއްކުރަންޏާމް ބުނާނެ ރަށްޔިތުންގެ ވިޔަފާރިޔަށްއަތްބާނަނީއެ ވެމްކޯއިން 5 ކާއްޓެއް 10 ރުފިޔާއަށް ކުރުބައެއް ވިއްކީމަ ކުދިވިޔަފާރިވެރިން އެގަނެގެންގޮސް މިވިއްކަނީ 20ކާއްޓެއް 25 ކުރުބައެއް މީއެކަންކުރިގޮތް ވިޔަފާރިވެރިންގެ އަތުގަ މިހާރުވެސް އެއްޗެހި އެބަހުއްޓޭ ވިޔަފާރިގެތަކުގަ ފޮރުވާފަ ނުނެރެނީ އަގުބޮޑުކޮން ވިއްކަންވެގެން رمضان މަހަކީ ވިޔަފާރިވެރިން ފަގީރުންގެ ބަނޑުފަޅާމަހެއް މުއްސަދިމީހާއަގުބޮޑްކޮން ތަކެތި ގަނެލައިގެން ދިޔަޔަކަސް ފަގީރުމީހާދާނީރޯލާފަ އެއީ ވިޔަގާރި ވެރިންނަށް ލިބޭ އުފަލެއއ
ބޭބެ
19 May 2018
ދެން ކީއްވެ އަގުބުޑަކުރަނީ! އަގުހެޔޮކޮށް ލިބިހުރި އަލުވި ތީ! ބާޒާރުގައި އަލުވި މަދުވިޔޭ ކިޔާފަ 150 ރ 200 ރުފިޔާއަށް ބަސްދާއެއް ވިއްކަމުން އައި އެއްޗެއް ބޮޑުކޮށްގެން ނުވާނެ ދޯ!، ވިޔަފާރިވެރިން އަގުބޮޑުކޮށްގެން މިރަމަޟާން މަހުގެ ސަވާބާ ދަރުމަ ލިބިގަންނަނީދޯ؟ ތިހެން ހޯދާ ފައިސާ އާއި މުދަލުގައި ބަރަކާތް ލައްވާނީ ކިހާވަރަކަށް ކަމާ ތިފަދަ ވިޔަފާރިވެރިންނަށް އާޚިރަތުގައި ހުރި ގެއްލުމާ ހަލާކު އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ އަޅަމެއް ހައްދަވާ ގެންގުޅުއްވާ ފަރާތަށް އެކަނި!!! ވިޔާނުދާ ވިޔަފާރިވެރިންނަށް ހެޔޮވިސްނުން ދެއްވާށި!! އާމީން!!!
އަލީ ނަސީރު
19 May 2018
ހަމަ ސަޅިޔޭ ބުނަން ޖެހޭނީ!!!! ގަދަ، ކަލޭމެން!
ޜާއްޖެތެރޭމީހާ
19 May 2018
މާލޭގެ ގޮދޮރުގެ ގެކުލި ކޮންޓްރޯލު ކޮއްބަލަ ބަނބުކެޔޮ އަގުހެހެޔޮނުކުރިޔަސް ރަނގަޅުވާނެ
އާދަނު
19 May 2018
ރޯދަމަހަކީ ވިޔަފާރިވެރިން ރައްޔިތުން ފެލާ މަސް. މައްސަލައަކީ ސަރުކާރުން މިކަމަށް ރައްޔިތުންނަށް ހައްލެއް ހޯދައިނުދޭތީ..
އައްޓަމަސް
19 May 2018
ރާއްޖެއަށް ގިނަ އަދަދަށް ފިޔާ، އަލުވި އަދި ބިސް އެތެރެކޮށް ވިއްކާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ އަލުވީގެ އަގު ބޮޑުވީ މުދާހިފައިގެން އައި ބޯޓު ހުސްނުކުރެވި ލަސްވެގެން ކަމަށެވެ. މުދާނުބޭލިލަސްވީމަ އަގުބޮޑުކުރަންޖެހޭތަ؟! ތީއަބަދުވެސް ވިޔަފާރިވެރިން ޖަހާމަޅިއެއް ތަކެތި ބޮޑުއަގުގައި ވިއްކަންވެގެން 1 ބޯޓްގެ މުދަލަށް 3 ބޯޓްމުދަލުގެ އަގު ޖީބަށް މަޅާލެވުނީނު! އަބަދުވެސް ވިޔަފަރިވެރިން ތިގަނޑގަންނަކަން އެޔީ އެންމެންދަންނަ ސިއްރެއް! މައުމޫނުގެ ދަވްރުގައިވެސް، އަންނީގެ ވެރިކަމުގައިވެސް، އަދިމިހާރުވެސް، ތޮއްޑުކަރާދަނޑުތަކަށް ބައްޔެއްޖެހި ކަރާ މަދުވޭ މިހާރު ކޮންމެ އަހަރަކުވެސް އެސް.ޓީ.އޯއިން ކަރާވެސް އެތެރެ ކުރަންވީ، އޭރުން ތޮއްޑޫމީހުންވެސް ސައިޒްވާނެ ނޫނީ އާއމުން ކަރާގެބަދަލުގައި އެހެން އެއްޗެހި ބޭނުންކުރަންވީ އޭރުން ނުހެދޭން އެހެންނެއް