ޖަމާލުއްދީން ސްކޫލުގައި ބޭއްވި ހަރަކާތެއްގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ: ހުމާއި ގުޅިގެން ބައެއް ސްކޫލުތަކުގެ ކިޔެވުން ބަންދުކުރަން ވަނީ ނިންމާފައި.--ފޮޓޯ: ނިޝާން އަލީ/ މިހާރު
24 މެއި 2018 - 20:12
މި އަހަރުގެ އެކަޑެމިކް ކަލަންޑަރުގައި ކަނަޑައަޅާފައިވާ ގޮތާ ޚިލާފަށް ބައެއް ސްކޫލްތަކުގެ ކިޔެވުން ފުރަތަމަ ޓާމަށް ފަހު މިއަދުން ފެށިގެން ބަންދުކުރަން ނިންމައިފި އެވެ.
މި އަހަރުގެ ފުރަތަމަ ޓާމް ޓެސްޓު ނިމި، އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަފުތާއަކަށް ސްކޫލްތައް ބަންދުކުރާ ގޮތަށް އެކަޑެމިކް ކަލަންޑަރުގައި ކަނޑައަޅާފައިވީ ނަމަވެސް، އެ ތާރީޚަށް ވުރެ ކުރިން ސްކޫލްތަކުގެ ކިޔެވުން ބަންދުކުރުމާ މެދު ގޮތެއް ކަނޑައެޅުން އެޑިއުކޭޝަން މިނިސްޓްރީން މި ފަހަރު ދޫކޮށްލީ އެ ސްކޫލަކަށެވެ. އެހެންވެ، މާލޭގެ ބައެއް ސްކޫލުތަކުން ވަނީ، ފުރަތަމަ ޓާމް ޓެސްޓް ހަދަމުންދާ ދަރިވަރުންނާއި ސްކޫލް އެސެސްމެންޓް ނުނިމޭ ދަރިވަރުން ފިޔަވައި އެހެން ކުދިން މި ދުވަސްވަރު ސްކޫލްތަކަށް ނުދިއުމަށް އަންގައިފަ އެވެ.
ބައެެއް ސްކޫލްތަކުގެ މި ނިންމުމާ ގުޅިގެން، ފުރަތަމަ ޓާމް ޓެސްޓު ހަދަމުންދާ ދަރިވަރުންނާއި ސްކޫލް އެސެސްމަންޓް ނުނިމޭ ކުދިން ފިޔަވައި އެހެން ދަރިވަރުން ދެން ސްކޫލަށް ދާން ޖެހޭނީ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ބަލަ އެވެ. އެއީ އަންނަ މަހުގެ ހަތެއްގަ އެވެ. އެކަން ބައެއް ސްކޫލްތަކުން މިހާރު ވަނީ ބެލެނިވެރިންނަށް ވެސް އަންގައިފަ އެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ޓާމު ޓެސްޓު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ނިމި، ރިޕޯޓް ފޮތް ދޫކުރާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ.
އަންނަ ހަފުތާ އިން ފެށިގެން ސްކޫލުތައް ބަންދުކުރި، މާލޭގެ ސްކޫލްތަކުގެ ތެރޭގައި ޖަމާލުއްދީނާއި އަމީނިއްޔާ އާއި އިސްކަންދަރު އަދި ތާޖުއްދީން ސްކޫލް ހިމެނެ އެވެ.
މާލޭގެ ސްކޫލަކުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ، ކިޔެވުން ބަންދު ކުރި ނަމަވެސް އެސެސްމަންޓް ނުނިމޭ ދަރިވަރުން ސްކޫލަށް ދާން ޖެހޭ އެވެ.
"އެސެސްމަންޓް ނިންމާފައިވާ ދަރިވަރުން ދެން ސްކޫލަށް އަންނަން ޖެހޭނީ ރިޕޯޓް ފޮތް ބަލައި،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ފުރަތަމަ ޓާމް އަންނަ މަހުގެ ހަތްވަނަ ދުވަހު ނިންމައި، ކުދިންނަށް ދޭ އެއް ހަފުތާގެ ބަންދަށް ފަހު ދެން ކިޔެވުން ފެށޭނީ ޖޫން 18 ގަ އެވެ.
ފުރަތަމަ ޓާމަށް ފަހު، ސްކޫލްތަކުގެ ކިޔެވުން ބަންދުކުރުމުގެ ޝެޑިއުލް އަވަސް ކުރިއިރު، ރާއްޖޭގައި މިހާރު ދަނީ ހަލުއިކަމާ އެކު ހުމުގެ ރޯގާއެއް ފެތުރެމުންނެވެ. އަދި މި ދުވަސްވަރު ސްކޫލްތަކުގައި ކިޔަވައިދޭތީ ވެސް ބައެއް ބެލެނިވެރިން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
rެަަރަމަޟާން
26 May 2018
އާއްމު ސާފުތާހިރުކަން ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާތީއެއް ނުފެނޭ އޭގެ އެކަންތައްތައް ނުކޮށް ބަދަލްގަ ސްކޫލްތައް ބަންދުކުރީމަ ޙައްލެއް ނެތް
މިމީހާގެ ގޯތި
26 May 2018
މިހާރު އަޅުގަނޑު މެންގެ މުސްތަގުބަލުގެ ކުދިންތަކަށް ކިއެވޭކަށް ނެތޭ. ސުކޫލުތަށް ބަންދު ކުރަނީ ކުރާކަމަކަށް ނޫން. ކުދިން ކިއެވުމުގެ ވަގުތުތަށް އެކޮއްލަނީ ހަމަ ބޭކާރު . މިމީހުންނަށް ފަސޭހައެއްނު. ކިއަވައިދޭކަށް ނުޖެހޭނެ ވިއްޔަ. މިކަހަލަ ކަންކަމާ ދޭތެރޭ ވިސްނާ ކަންކަން ހައްލު ކުރެވޭތޯ މަސައްކަތް ކޮއްބަލަ. ތިޔަހެން މަޑުން ތިއްބަކަސް ނުވާނެޔޭ.
ފާރިޝް ހަބީބު
25 May 2018
އަދިވެސް މުޅި ސަރުކާރުގެ ހުރިހައި މިނިސްޓަރުން ފުރަފުރައިގެން ރާއްޖޭގެ އެކި ދިމަދިމާލަށް ދަތުރުކުރޭ ރައީސް ޔާމީނުއަށް ކެމްޕޭންކޮށްދޭން، މުޅި ގައުމު މިދަނީ އޮޔާ، މާލިމީއެއްނެތި
އަސޭލާ
25 May 2018
ވެރިކަން ބޭނުން
މަރީ
25 May 2018
އަންނަ ޓަރމްގަ ސްކޫލް ފެށޭ ދުވަހު ރިޕޯޓް ދެމާ
ޖިންސް މަނިކް
25 May 2018
ދިވެހިންނަށް ރަގަޅު އެއްކަމެއްވެސް ގޯސްކަމެއްވެސް ނޯވޭ. މަނިކުބެ އަނެދާ ހާފް ބުނީ ބަންދުވެއްޖޭ ވެއްޓެނީއޭ މަނިކުބެ އައީ ހޯސްލޭފަރުޅި އައި ކުރު ރުޅީގަ ބުނިން ނިދިގެންނޭ ވެއްޓޭނީ ލާހިކު ނުވެއްޓޭނެއޭ ހަމަ ބަންދުވެސްކޮށްފައޭ އިޔޮތީ.
މަހަށްދޭދޭ
24 May 2018
ބައެއް ސްކޫލް ތައް ބަންދު ކުރުން އެއީ މަމެން އުފާކުރާ ކަމެކޭ. ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ ދެން.
ުމުދިބެ
24 May 2018
ކަލޭ މަހަށްދޭބަލަ
މަަސްނުކާ
25 May 2018
ކަލޯ މަސްނުކާތި އޮޅިގެންވެސް
ދަރީ
24 May 2018
އަދިވެސް ހުމެއްނޫނޭ ކިޔައިގެން އޮޅުވާލާ
ހާދިސާ
24 May 2018
ސަރުކާރޭ ކިޔައިގެން ވައްތަރު ނުޖައްސާ ބައްޔަކީ ފެތުރޭ އެއްޗެއް ބަލިފެތުރެން ނުޖެހޭނަމަ ބައްޔަޔަކީ ލައްވާފަވާއެއްޗަކަށް ނުވާނެ ވެރިކަން ބޭނުންވެގެން ކޮންމެގޮތަކަށް ވެސް ވާހަކަ ދެއްކިދާނެ رمضان މަހު ސްކޫލްތަކުގަ ކިޔަވައިދިނަސް ބެލެނިވެރިންނަކަށް ކަމަކުނުދެ رمضانމަހު ކިޔަވައި ނުދިނަސް ކަމަކުނުދެ ހުމުގެރޯގާއެއް އުޅޭތި ސްކޫލްތަށް ބަންދު ކުރިޔަސް ކަމަކުނުދެ ހުމުގެ ރޯގާ އުޅޭތި ސްކޫލްތަކުގަ ކިޔަވައިދިނަސް ކަމަކުނުދެ
ުމުދިބެ
24 May 2018
ތިދައްކަނީ އަމިއްލަ މީހާގެ ވާހަކަ
ރަށްދު
24 May 2018
ކޮންމެމީހަކަށް ގޮތެއް ނުހެދޭނެ ހުމުގެ ރޯގާއެއް އުޅޭއިރު ދަރިވަރުންނަށް ގެއްލުން ނުވާގޮތަށް ކުރިޔަށް ގެންދިޔައީމަ ރަގަޅުވާނެ