މޯލްޑިވް ގޭސް ޕްލާންޓުގައި، ފުޅިއަސް ގޭސް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ.
30 މެއި 2018 - 23:28
ކައްކަން ބޭނުން ކުރާ ގޭހުގެ ސްޓޮކް ވަރަށް ބޮޑަށް ދަށްވެ، ގޭސް ވިއްކުން ކޮންޓްރޯލް ކުރުމުން ބައެއް ރަށްރަށުން އެއްކޮށް ގޭސް ހުސްވެއްޖެ އެވެ.
ރާއްޖޭގަައި ކައްކާ ގޭހުގެ ވިޔަފާރި ކުރާ ދެ ކުންފުނި ކަމަށްވާ މޯލްޑިވް ގޭހާއި ވިލާ ހަކަތައިގެ ސްޓޮކް ވެސް ވަނީ ވަރަށް ބޮޑަށް ދަށް ވެފައިވާ ކަމަށް އެނގިފައި ވެ އެވެ.
އެ ދެ ކުންފުންޏަށް ވެސް ބޭރުން ގޭސް ގެންނަނީ އެއް ބޯޓަކުން ކަމަށާއި ސްޓޮކް ދަށްވީ އެ ބޯޓު ރާއްޖެ އައުން ޑިލޭވުމުން ކަމަށް އެ ކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިނެވެ. އޭނާ ބުނިގޮތުގައި، މިހާރު ހަމަޖެހިފައި އޮތް ގޮތުން، ރާއްޖެ އަށް ބޯޓު އަންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ގޭހުގެ ދަތިކަން އޭގެ ކުރިން ހައްލު ނުވާނެ ކަމަށް ވެ އެވެ.
ގޭސް ވިއްކާ އެއްވެސް ކުންފުންޏެއްގެ ރަސްމީ ބަހެއް މި މައްސަލާގައި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ގޭސް ވިއްކުން ކޮންޓްރޯލް ކުރުމުން، ރަށްރަށަށް ގޭސް ފޮނުވުން ވެސް ވަނީ ގާތްގަނޑަކަށް އެއްކޮށް ހުއްޓުމަކަށް އައިސްފަ އެވެ.
ތިލަފުށީގައި ހުންނަ ވިލާ ގޭސް ޕްލާންޓް.
”އަޅުގަނޑުމެން މާލެ އައީ 100 އަށް ވުރެ ގިނަ ހުސް ފުޅި ހިފައިގެން. ތިލަފުއްޓަށް އެ ފުޅިތައް ގެންގޮސް ގޭސް ނުލިބިގެން އަނެއްކާ އެ ފުޅިތައް އަނބުރާ ގެނައީމާ ހުސް ފުޅިތައް ހިފައިގެން އަންނަން މި ޖެހުނީ،“ ބ. ކެންދޫ ފްލާވާ ބޯޓުގެ ވެރިޔާ އަދި ކައްޕި ފަތުހުﷲ އަލީ ކިޔައިދިނެވެ.
ކެންދޫ ކައުންސިލް މެމްބަރު އިބްރާހިމް އަބްދުއްރަހުމާން ވިދާޅުވީ، އެ ރަށް ގޭހަށް ޖެހިފައިވާ ކަމަށާއި މިއަދު ބައެއް ގެތަކުގައި ދަރުން ކައްކަން ފަށާފައިވާ ކަމަށެވެ.
ބ. ކުޑަރިކިލު ކައުންސިލްގެ ނައިބު ރައީސް އަލީ މުސްތަފާ ވިދާޅުވީ، އެ ރަށުން ވެސް ގޭސް ހުސްވެފައިވާ ކަމަށެވެ. އަދި ކައިރި ރަށްރަށުން ގޭސް ލިބޭތޯ ބެލި ކަމަށާއި އެ ރަށްރަށުން ވެސް ގޭސް ހުސްވެފައިވާ ކަމަށެވެ.
މޯލްޑިވްސް ގޭހުގެ ދަރަވަންދޫ އެޖެންޓް އަބްދުލް ހަންނާން ޔޫސުފް ބުނީިގޮތުގައި، ގޭސް ނުލިބޭތާ ދެ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ. އެހެންކަމުން، މިހާރު އެ ރަށުން ވެސް އެއްކޮށް ގޭސް ހުސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.
”މާލެ އަށް ހަމަ ގުޅާލާއިރަށް ބުނަނީ [ގޭސް] އެބަ ލިބެއޭ. އެކަމަކު، އަޅުގަނޑުމެންނަށް [ރަށްރަށުގެ މީހުންނަށް] ވީމަ ނުވިއްކާ. މިއީ ވަރަށް ދެރަ ކަމެއް،“ ޔޫސުފްގެ ހިތްހަމަނުޖެހުންތައް ބަންޑުން ކޮށްލަމުން ބުންޏެވެ.
ބ. އަތޮޅުގެ އިތުރުން އެހެން ގިނަ ރަށްރަށަށް ވެސް ވަނީ ގޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ޒ
01 June 2018
ހއ.ބާރަށަށް ވެސް ގޭސް ނުލިބި 2 ހަފްތާ.މިހާރު ގެނެސްފައި ހުރި ގޭސްކޮޅު ވިއްކަނީ ފުޅިއެއް 800 އަށް.
މޫމިނާ
31 May 2018
އެސްޓީއޯއަށް ތިކަމެއް ނުވިއެއްނު.
ޝަނީފް
31 May 2018
އެސްޓީއޯއިން މިކަން ކުރަންޏާ އެބަޖެހޭ ސްޓޯރޭޖް ބޮޑުކުރަން. ވިލާއިން ހުހެއް ނުވޭ. ހުސްވީ އެސްޓީއޯއިން އެކަނި. މާލެތެރެއަށްވެސް ގޭސް ލިބުމުގެ ދަތިކަން އޮތީ ފޯރާފަ. ގޭސް ފުޅުއަކަށް ގުޅައިގެން ބަރާބަރު 24 ގަޑިއިރުފަހުން ގޭސްފުޅި ލިބުނީ.
ނަރުސް
31 May 2018
ބުރިޖުން ހުރިހާ ކަމެއް ހައްލުވާނެ. ބުރިޖު ކައިގެންތިބޭ ފިންކީސް
ާައައްލޯ ބެ ރުބިކަން
31 May 2018
ދަރު ގަ ކައްކަ ބަލަ
މީހަކު
31 May 2018
ދަރުގަ ކައްކާށޭ ބުނާއިރު ބަދިގެއެއް ގިނަ ގޭގެއަކު ނުހުރޭ މިހާރު، ދަރުވެސް ނުގެން ގުޅޭ، ވާރޭ ވެހެއްޖެއްޔާ ކޮންތާކު ކައްކަނީ؟ މިއަކީ ރޯދަމަހޭ ކިހާ އުނދަގޫވާނެ
ރުކުރުކު
31 May 2018
މާބޮޑައް ކުރި އެރީމަ ގޭސް ބޭނުން ނުކުރޭ މިހާރު، އެމެރިކާގަވެސް މިހާރު ކައްކަނީ ދަރުއުނދުނުން. ?
ޤައުމު
31 May 2018
ގޭސް ނުލިބުނަސް ރަށްރަށު މީހުނަށް ދަރުންވެސް ކެއްކޭނެގޮތް އެބައޮތް. އެކަމަކު މާލޭ މީހުނައް ގޭސް ނުލިބެންޔާ ދަތިތަކާ ކުރިމަތިވާނެ. މާލޭ މީހުނައް ދަރުން ކެއްކޭނެ ގޮތެއް ނޯންނާނެ.
ވާލުސޮރު
31 May 2018
ކޮއިފުޅާ މާލެއާ ބައެއް ރަށްރަށުގަވެސް އެއްގޮތަކަށްވެސް ގޭސްފުޅިއެއް ނުވައްދާ ގޭގެ އެބަހުރި. ކަރަންޓް އުދުނަކީވެސް އާންމުކޮށް މީހުން ބޭނުންކުރާ އެއްޗެއް. ދަރު އުނދުން، ކުނޑި އުނދުން، ތެޔޮ އުނދުން، ދޫކުރިހެން ގޭސް އުދުން ދޫކުރާ ދުވަސްވެސް އަންނާނެ. ކަރަންޓް އަގުހެޔޮނަމަ މިހާރުވެސް ގިނަބަޔަކު ބޭނުންކުރީހީ ކަރަންޓް އުދުން. އެއީ ސާފުތާހިރުވެފަ ގޭސް އުނދުނަށްވުރެ ރައްކާތެރިވެސް ވީމަ.
ޜޯނުއެދުރު
31 May 2018
ޢެއްޗެއް އެގޭމީހަކު ނޫޅެ ކޮންމެމީހަކުވެސް އެއްޗެއް ކިޔަނީ
އިލާ
31 May 2018
ޖަޒީރާ ރަށްތަކުގައި ކައްކާނީ ދަރުން...ކީކުރާ ގޭހެއް...ނަޝީދު ވެރިކަމުގަ ގޭސްހޮޅި އަޅަން ވައުދުވެފަ އެކަން ނުކޮށް ރައްޔިތުންނަށް ނުލަފާކަން ދެއްކީމަ ވާނީ މިހެން.
ޕަޕެޓް މޭން
31 May 2018
ސާބަހޭ.. ހުރިހާ ކަމެއް ނަޝީދު ބޮލަށް ކެންޑީމަ ނިމުނީ؟ ބޮޑު ބިޔަ ސަރުކާރެއްގެ ޒިންމާ އެއް ނެތް ދޯ ވެރިކަން ދިފާއުކުރުން ނޫނީ..
ޞލުތ
31 May 2018
ލިޓްލް ޓޯކިޢޯ