ޓެލެގްރާމް ރަޝިޔާގައި ބޭނުންކުރުން މަނާކުރަނީ
03 ޖޫން 2018 - 08:16
އެޕަލް އެޕް ސްޓޯރުން ޓެލެގްރާމް ބޭރުކުރުމަށް ރަޝިޔާއިން ވަނީ އެދިފަ އެވެ. އެކަމަކު އެޕަލް އިން އަދި އެކަމެއް ނުކުރެ އެވެ. އެކަމާ ގުޅޭ ގޮތުން ރަސްމީ ޖަވާބެއް ވެސް ނުދެ އެވެ. އެހެނެއް ކަމަކު، ޓެލްގްރާމް އުފައްދާ ކުންފުނިން އެ އެޕްލިކޭޝަނަށް ފޮނުވާ އަޕްޑޭޓްތައް އެޕަލް އިން ގަސްދުގައި ލަސްކުރި އެވެ.
ޓެލެގްރާމަކީ ރަޝިޔާގައި ބޭނުންކުރުން މަނާ އެޕްލިކޭޝަނެކެވެ. ރަޝިޔާގެ ސަލާމަތީ ބާރުތަކުން އެދުނު އެދުމަށް، ޓެލެގްރާމް އުފައްދާ ކުންފުނިން ދެކޮޅުހެދުމުން ލިބުނު އަދަބަކީ އެއީ އެވެ. ނަމަވެސް، ވީޕީއެން ސޮފްޓްވެއާތައް މެދުވެރިކޮށް ޓެލެގްރާމް ބޭނުންކުރުމަށް ހުރަހެއް ނެތެވެ.
ރަޝިޔާއިން އެދުނީ ޓެލެގްރާމް ބޭނުންކުރާ ބައެއް މީހުން އަދި ޗެނަލްތަކުން ކުރާ މުއާމަލާތްތައް އެނގޭނެ ނިޒާމެއް ފޯރުކޮށްދިނުމަށެވެ. ޓެލެގްރާމުން އެކަމެއް ނުކުރި އެވެ. ފަރުދީ މައުލޫމާތު ހާމަކުރުމަކީ ޓެލެގްރާމުން ކުރާނެ ކަމެއް ނޫން ކަމަށް ބުންޏެވެ. ޓެލެގްރާމަށް މިހާރު އަމިއްލަ ގައުމު، ރަޝިޔާގައި އޮތީ ދަތި ދުވަސްތަކެކެވެ.
ރަޝިޔާގައި ޓެލެގްރާމް ބްލޮކްކުރުމަށްޓަކައި އެޕަލް އަދި ގޫގުލް އަށް އެ ގައުމުން ސިޓީ ފޮނުވި އެވެ. އެޕް ސްޓޯރުތަކުން ޓެލެގްރާމް ނެގުމަށް އެންގި އެވެ. ރަޝިޔާ އެދުނު ގޮތަށް އެޕަލް އިން އަމަލުނުކުރުމުން މިހާރު ވަނީ އެއް މަހުގެ މުހުލަތެއް ދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި އެޕް ސްޓޯރުން ޓެލެގްރާމް ނުނަގައިފި ނަމަ، މުޅި ރަޝިޔާގައި އެޕް ސްޓޯރު ބަންދުކުރާނެ ކަމަށް ބުނެ ވަނީ އިންޒާރުދީފަ އެވެ.
އެޕަލްގެ އަމަލުތަކަށް ފަހަކަށް އައިސް ބޮޑެތި ބަދަލުތައް ވަނީ ގެނެސްފަ އެވެ. ޗައިނާ އެޕް ސްޓޯރުން ވީޕީއެން އެޕްތައް ނެގުމަށް އެންގުމުން ވަނީ ތަބާވެފަ އެވެ. އަދި އެޕަލްގެ ކޯލްކިޓް ފްރޭމްވޯކް ބޭނުންހިފައި އުފައްދާ އެޕްލިކޭޝަންތައް މަނާކުރުމަށް ޗައިނާ އިން އެދުމުން އެކަން ވެސް ވަނީ ކޮށްފަ އެވެ.
ރަޝިޔާ އެޕް ސްޓޯރުން ޓެލެގްރާމް ނެގުމަށް އެ ގައުމުން އެދުނު އެދުމަށް އެޕަލް އަދި އެއްޗެއް ނުބުނެ އެވެ. އެކަމަކު ޓެލެގްރާމް އަށް ފޮނުވާ ހުރިހާ އަޕްޑޭޓެއް، ރަޝީގައި ޓެލެގްރާމް ބޭނުންކުރާ މީހުންނަށް މިހާރު ލިބޭ ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން112
03 June 2018
ނުލަފާ ވެރިކަންކުރާ ގައުމުތަކުން ބޭނުންވާނެ ސޯސަލް މީޑިއާ ބަންދުކުރަޏް! މިކަންކޮށްގެންވެސް ކިހާ ދުވަހަކު ވެރިކަން ކުރެވޭނެބާ!
ރީޒަން
03 June 2018
ޓެލެގްރާމަށް އަމިއްލަ ގައުމު ބޮޑު ބިރަކަށް ވެގެން މިދަނީ ޓެލެގްރާމް އިން ރަޝިއާގެ ގާނޫނު ތަކަށް ހުރުމަތް ތެރި ކޮށް ނުހިތުމުންނޭ މިގަައުމުގައި ވެސް ކުށްވެރިން ރިޔާސީ ކެންޑިޑޭޓުންނަށް ހެދޭނެއޭ އެމެން އަޑަށް ބާރުލާ ކަރުގެ ނާރުތައް ފުއްޕާފައި އެހެން ބުނި ނަމަވެސް އެކަން އެހެން ނުވާނެއޭ އެއޭ ޓެލެގްރާމް އަށް ވެސް ތިޔާ ވާ ގޮތަކީ އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ އިޓް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ..