އައިޖީއެމްއެޗްގެ މުވައްޒަފުންތަކެއް މަސައްކަތްކުރަނީ. އިތުރު ގަޑީގެ ފައިސާގެ ގޮތުގައި، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ފައިސާ ދިނީ ކުރި މަސައްކަތަށް ކަން ކަށަވަރުކުރެވެން ނެތް.
06 ޖޫން 2018 - 16:42
އައިޖީއެމްއެޗުގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު 96 މިލިއަން ރުފިޔާ ދިނީ ކުރި މަސައްކަތަކަށް ކަން ކަށަވަރު ކުރެވެން ނެތް ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ޚާއްސަ އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.
ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނާ ބެހޭ ގޮތުން ތައްޔާރުކުރި ޚާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އައިޖީއެމްއެޗުގެ ބައެއް މުވައްޒަފުން ރަސްމީ ގަޑީގެ އިތުރުން، ބައެއް ދުވަސް ދުވަހު 10 ގަޑިއިރުން 24 ގަޑިއިރާ ހަމައަށް މެދުކެނޑުމެއް ނެތި މަސައްކަތް ކޮށްފައިވާ ކަމަށް އިތުރު ގަޑީގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އިތުރު ގަޑީގައި ކުރާ މަސައްކަތުގެ ރެކޯޑް ބެލެހެއްޓުމުގެ ނިޒާމުގައި އެކަށީގެންވާ ކޮންޓްރޯލް ތަކެއް ނެތް ކަމަށެވެ. އެހެންވެ، އާއްމު މިންގަނޑުތަކާ ޚިލާފަށް އިތުރު ގަޑީގައި މަސައްކަތްކުރި ކަމަށް ރެކޯޑު ކޮށް، އެ ގަޑިތަކަށް ފައިސާ ދޫކޮށްފައި ވާއިރު އެއީ ހަގީގަތުގައި ވެސް އިތުރު ގަޑީގައި މުވައްޒަފުން ކޮށްފައިވާ މަސައްކަތްތަކަށް ވާ ފައިސާ ކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ.
ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލްގެ ބައެއް މުވައްޒަފުންނަށް ދޫކޮށްފައިވާ އިތުރު ގަޑީގެ ފައިސާގެ މައްސަލައާ ބެހޭ ގޮތުން ޚާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ މައްސަލަ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަކޮށް، އިސްލާހު ކުރަން ލަފާ ދީފައިވާނެ ކަމަށެވެ.
ޚާއްސަ އޮޑިޓް ރިޕޯޓުގައި ވާ ގޮތުން، އައިޖީއެމްއެޗުގެ ގިނަ އަދަދެއްގެ މުވައްޒަފުން 2015 ވަނަ އަހަރުގެ ކޮންމެ މަހަކު ވެސް، އެ މުވައްޒަފުންނަށް ލިބޭ އަސާސީ މުސާރަ އަށް ވުރެ ގިނައިން އިތުރު ގަޑީގެ ފައިސާ ނަގާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމައީ
07 June 2018
މިކޭ ބަޔަކާ ދިންބަޔަކުވެސް ތިބޭނެތަ ޒިންމާ ނުކުރުވޭތަ؟
ވާލުސޮރު
07 June 2018
އެހެންވިޔަސް 'ސޭވް ފަލަސްތީން' ނުވަތަ 'މަގޭ ދީނާ ގައުމާ ނުކުޅޭ' ކިޔާފާ ޓީޝާާޓެއް ލައިގެން ނިކުތީމާ އެވީ ޕިންކީން ދީންވެރިންނަށް. ދީނީ ކާޑު ކުޅެގެން ދިވެހިން ހައްދާލެވޭނެ ވަރަށް އީޒީކޮށް
އަލި
07 June 2018
އިތުރުގަޑިއަށް ލިމިޓެއް ނޯންނާތީ އެހެން އެވަނީ. 10000 ރުފިޔާ މުސާރައެއް ލިބޭ މީހަކު އިތުރުގަޑިއަށް އެބަނަގާ 20000 ވެސް. 24 ގަޑި އިރު ކަހަލަގޮތަކަށް ހުންނަނީ މަސައްކަތް ކޮށްފަ. ތިކަން ހައްލުކުރެވޭނީ އިތުރުގަޑި އަށް ހަފްތާއަކު ހޭދަކުރެވޭނެ މިންވަރެއް ކަނޑއެޅިގެން.
ޕޭޝަންޓް
07 June 2018
ދެން ކޮންމެ ނަރުހަކުވެސް ގަޑި ހަމަވީމަ އެމީހަކު ހަވާލުވެ ހުންނަ ބަލިމީހާ ދޫކޮއްލާފަދޭ. އޭރުން ރަނގަޅުވާނީ. ގިނަފަހަރަށް އިތުރު ގަޑީގެ ފާއިސާ ހަމައަށް ނުވެސް ދޭ ކަމަށްވަނީ. އަދި ގިނައިން އިތުރު ގަޑީގެ ފާއިސާ ހޯދަނީވެސް ރާއްޖޭންބޭރު މުވައްޒަފުން.
މުއިއްޒު
07 June 2018
މި ކިޔަނީ ރިކޯޑް ރަނގަޅަށް ބަލަހައްޓާފައި ނެތީމާ ކުރި މަސައްކަތްވެސް އެނގެން ނެތް ވާހަކަ
ރައްޔިތުމީހާ.
01 March 2019
ރެކޯޑު ލިޔަންޏާ ޖެހޭނީ ބަލިމީހުން ދޫކޮށްފައި ރެކޯޑު ލިޔަން ތިބެން. ޔަގީން ނުވަންޏަ ވާހަކަ ނުދައްކާނީ. ތަނުގެ މަސައްކަތް އޮތްވަރާ މުވައްޒަފުން ކުރާ މަސައްކަތާ މުސާރައިގެ މިންވަރު ބަލާފަ އިތުރު ގަޑީގެ ވާހަކަ ދެއްކީމަ ވާނީ.
އެޑްމުންޑޯ
06 June 2018
ތިގޮތަށް ގަވާއިދާއި ޚިލާފަށް ނުވަތަ މަކަރާއި އޮޅުވާލުމުން ނަގާފައިސާ އަބުރާ ނެގޭނެ އުސޫލެއް ނޯވޭތަ ، މިހެން މިބުނީ ނަޝީދުގެ ވެރިކަމުގައި ބައެއްސިއްޙީމަރުކަޒްތަކުގެ މެނޭޖަރުންނާއި ޑަކްޓަރުން ވިހިހާހުން އިތުރު ގަޑީގެ ފައިސާ ނަގާފައިވޭ ، ވިހިހާސް އޯޓީ ލިޔާނަމަ ރަސްމީ ގަޑިވެސް ހިމެނައިގެން 24 ގަޑިއިރު މަސައްކަތް ކުރިކަމަށް ލިޔެގެންނޫނީ އަދަދު ހަމަނުވޭ ،
ޒުވަރު
06 June 2018
އައިޖީއެމްއެޗަކީ އައިޓީގެ ގޮތުން ފޭލިވެފައި އޮތްތަނެއް!
އޭއެމް
06 June 2018
2014 އަދި 2015 ގެ އޮޑިޓްރިޕޯރޓް މިހާލަހުން ނެރެންޖެހުނީ ކީއްވެތޯ
ޙަސަނ
06 June 2018
މުސާރަ ކުޑަ އިންތިހާއަށް.. ދިރިއުޅެން ކުރަންޖެހޭ ޚަރަދުތައް ލައްކަ ބޮޑު.. އެހެންވީމާ ޚަރަދުތައް ފޫަަބައްދަަން ރުފިޔާ ހޯދެން އޮތް ގޮތަކުން ހޯދާނެ ދޯ!! ސަރުކާރު އިސްސަފުގަ އުޅޭ މީހުން ކާ ރުފިޔާއެއް ޒިޔަތުއަށް ނުފެނޭތަ؟
އާންމުން
06 June 2018
ޙޯދެން އޮތް ގޮތަކަށް ހޯދާފަ. މުސްލިމުންނޭ ކިޔައިގެން އުޅޭތީ މައްސަލައަކީ
ފަސަނ
06 June 2018
ޚަރަދުތައް ފޫބައްދަންވިއަސް އެމީހަކަށް ހައްގުނުވާ ފައިސާއެއް ހޯދައިގެން އޭގެން ވާނެ ރަގަޅެއް ނޯންނާނެ. ވަޒީފާ ނުވަތަ ވިޔަފާރީގައި ހަލާލުނުވާ ގޮތަކަށް ފައިސާ ހޯދާ މީހެއްގެ އަތުން ފައިސާ ފޭރިގަނެވިއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ ނުވަތަ އަލިފާނުގެ ހާދިސާއެއްގައި އަނދައިފިނަމަ ނުވަތަ އެ ޚަރަދުކުރަންނުވާ ބޭކާރުފަދަ ގޮތަކަށް މަޖްބޫރުން ޚަރަދުކުރަންޖެހިއްޖެނަމަ އެމީހާ ވިސްނާލާބާ އެ ފައިސާ ގެއްލެން ދިމާވީ ކީއްވެކަން؟ ތަރުކާރީއަށް ކެމިކަލް ޖަހާ މީހާ ވިސްނާބާ އެތަކެތި ކައިގެން ބަޔަކު ސަލާމަތްކުރައްވަން ނޫންބާއޭ ދަނޑުބިން ހަލާކުވީ؟ ނުވަތަ އޭނާ ނުއަގުގައި ގެއްލުންހުރި ތަކެތި ބަޔަކަށް ވިއްކާތީ ވީ ކަމެއްބާއޭ؟ ނޫނީ އޭނާގެ ދަނޑުބިންތަކަށް ކޯފާއެއް ލެއްވީބާއޭ؟ ޒަކާތް ނުދައްކާ މީހާއަށް ވިސްނޭބާ އަތުގައި ފައިސާ ހަރުނުލާ އަބަދު ޚަރަދުބޮޑުވެ ދެކޮޅުނުޖެހެނީ ކީއްވެކަން؟ ހައްގުނުވާ ފައިސާއިން ހޯދާ އަގުބޮޑު ތަކެތި ހަލާކުވުމުން ނުވަތަ އެ ފައިސާއިން ކެއިންބުއިމުން ކުރިމަތިވާ ބަލިތަކުން ލިބޭ އިބްރަތެއް ނޯންނަނީބާ؟
އަނދިރި އަނދިރި
06 June 2018
ސާބަހޭ އަދިވެސް ދައްކާ އެހެންމީހުންގެ ވާހަކަތަ