ދ. ކުޑަހުވަދޫ
08 ޖޫން 2018 - 13:41
ދ. ކުޑަހުވަދޫގައި ބިދޭސީއަކަށް ރޭ ހަމަލާ ދިނުމުގެ ސަބަބުން ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.
ދ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ހުސައިން ޝާކިރު "މިހާރު" އަށް މިއަދު ވިދާޅުވީ ދެ ބިދޭސީންގެ ދެމެދު ހިނގި މާރާމާރީގައި ޒަހަމްވި ފިރިހެން މީހާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ މީހާގެ ހާލު ސީރިއަސްވުމުން ރޭ ފަތިހު ލޯންޗެއްގައި މާލެ ފޮނުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަންވަރު ދޭއް ޖަހަން އުޅެނިކޮށް އަޅުގަނޑަށް ރިޕޯޓު ލިބިފައި ވަނީ. ޒަހަމްވި މީހާގެ ބޮލަށާއި ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާ ލިބިފައި ވަނީ،" ޝާކިރު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ދެ ބިދޭސީންގެ ދެމެދު މާރާމަރީ ހިނގީ، އެ މީހުން ދިރިއުޅޭ ކޮޓަރި ތެރޭގަ އެވެ. އޭނާ އަށް މިހާރު މާލެ ގެނެސް، އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
"ބެލެވޭ ގޮތުގައި ދަގަނޑު ބުރިއަކުން ޖެހުމުން ބިދޭސީ މީހާ ޒަހަމްވީ،" ޝާކިރު ވިދާޅުވި އެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
08 June 2018
ކައުންސިލް އިންތިހާބުން ފެއިލްވި ޝާކިރު މިހާރު އެއީ ކުޑަހުވަދޫ ހޮސްޕިޓަލް މެނޭޖަރުތަ؟ ކީކޭދެން ބުނާނީ....
މަރޭމިތުރާ
08 June 2018
މާރާމާރީ ހިންގާ ބޭރުމީހުން ޑީޕޯޓްކުރަން ފެންނަކަމެއް!..........މާރާމޭރީ އެކުރިކަންތައްބަލާ ނިޔާ އިއްވަން ޖެހޭނެކަމެއް!
ފޮނިކަލޯ
08 June 2018
މިހާރު މި ބަންގްލަދޭޝް މީހުން ވެސް ވަރައް ކުރީގައުޅެނީ މި މީހުން ހީކުރަނީ މީ މީހުން ހީކުރާގޮތިގައި މިވެރިން މިހާރު މިއުޅެނީ އެމީހުންގެ އަމިއްލަ ވަޒަނުގައި ކަމައް އެއްގޮތަކައްވެސް ބޭރު ގައުމެކޭ ހިތަކައްނާރާ... ކިހާދެރަކަމެއް އަނިޔާ ލިބުނު މީހާއަށް އަވަސް ޝިފާ މިންވަރު ކުރައްވާން ދެއެވެ.