ދިޖުލަތު ކޯރުގެ އައްސޭރިފަށުން އިރާގުގެ ކުޑަކުއްޖަކު ހިނގާލާފައި ދަނީ. ރޮއިޓާސް
09 ޖޫން 2018 - 13:02
އިރާގަށް ސާފު ބޯފެން ލިއްބައިދޭ އެންމެ މުހިންމު ވަސީލަތް ކަމަށްވާ ފުރާތު ކޯރާއި ދިޖުލަތު ކޯރުގެ ތެރެއިން ދިޖުލަތު ކޯރުގެ ފެންގަނޑު އާދަޔާ ޚިލާފަށް ހިނދެމުން ދާތީ، އިރާގު ފެނަށް ޖެހިދާނެ ކަމުގެ ބިރު ހީވާން ފަށައިފި އެވެ.
އިރާގުގައި ބޭނުންކުރާ ފެނުގެ ގާތްގަނޑަކަށް 70 ޕަސެންޓަކީ ފުރާތު ކޯރާއި ދިޖުލަތު ކޯރުގެ ފެނެވެ. މި ދެ ކޯރު ވެސް އިރާގާ ހަމައަށް އައިސްފައި އޮންނަނީ ތުރުކީ ވިލާތުގެ ތެރެއިން ލައިގެންނެވެ.
އެހެންކަމުން އިރާގަށް މިހާރު ކުރިމަތިވެފައިވާ ފެނުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ތުރުކީ ވިލާތުން މިހާރު ވަނީ ދިޖުލަތު ކޯރުގައި ހަދާފައިވާ ޑޭމް ވެސް، ފެން ބަންދު ނުވާނޭ ހެން ހުޅުވާލައިފަ އެވެ. ތުރުކީ ވިލާތަށް ބޭނުންވާ ކަރަންޓުގެ ވަކި މިންވަރެއް އުފައްދަނީ ދިޖުލަތު ކޯރުގައި ހަދާފައިވާ 22 ޑޭމްގެ ޒަރީއާއިންނެވެ.
އެ ޑޭމްތަކުގައި ގާއިމުކޮށްފައިވާ ޕްލާންޓަކުން ކަރަންޓު އުފައްދަނީ، ޑޭމްތަކުގައި ފެންގަނޑު ހިފެހެއްޓުމަށްފަހު، ކޮންޓްރޯލް ކޮށްގެން ފެންގަނޑު ދޫކުރުމުން އުފެދޭ އޮއިވަރުގެ ޒަރީއާ އިން ޖަނަރޭޓަރުތައް ހިންގައިގެންނެވެ.
އިރާގުގައި ހުންނަވާ ތުރުކީ ވިލާތުގެ ސަފީރު ފާތިހް ޔިލްދީޒް ވިދާޅުވި ގޮތުގައި، ޑޭމްތަކުގައި މިހާރު އެންމެ ފެން ތިއްކެއް ވެސް ނުހިފެހެއްޓޭނެ ގޮތަށް ޑޭމްތައް ވާނީ ހުޅުވާލައިފަ އެވެ. އަދި މިއީ އިރާގު ރައްޔިތުންނަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަން ހައްލު ކޮށްދިނުމަށްޓަކައި ތުރުކީ ވިލާތުން ވާ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިމާވެށި ދިރާސާކުރާ ތަޖުރިބާކާރުން ބުނާ ގޮތުގައި ވެއަތުވެ ދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި ދިޖުލަތު ކޯރުގެ ފެންގަނޑުން ގާތްގަނޑަކަށް 40 ޕަސެންޓް ވަނީ ހިނދިފަ އެވެ. މީގެ ކުރިން ދެތިން މީހުންގެ އިސްކޮޅު ހުންނަ ސަރަހައްދުތަކުގައި މިހާރު ހިނގާލާފައި ކޯރު ހުރަސްކޮށްލެވޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އިރާގަށް ބޭނުންވާ ސާފު ބޯފެނުގެ އިތުރުން، ކަރަންޓު އުފެއްދުމުގައި ވެސް ދިޖުލަތު ކޯރުގެ މުހިންމުކަން އިރާގަށް ވަރަށް ބޮޑެވެ. ފެންގަނޑު ހިނދެމުން ދާތީ ބައެއް ސަރަހައްދުތަކުގައި ޑޭމްތައް މަސައްކަތް ނުކުރާ ކަމަށް އިރާގު ސަރުކާރުން ބުނެ އެވެ.
އޭގެ އިތުރުން އިރާގުގެ ދަނޑުވެރިކަމުގައި ވެސް ދިޖުލަތު ކޯރުގެ ހިއްސާ ވަރަށް ބޮޑެވެ. ނަމަވެސް މި ދުވަސްވަރު ދަނޑުގޮވާން ކުރުމުގައި ވެސް ވަރަށް ބޮޑަށް ދަތިކަން ފޯރާފައިވާތީއާ އެކު، ދިޖުލަތު ކޯރުގެ ފެންގަނޑު ހިނދޭ މައްސަލަ އާއި ފެނުގެ މައްސަލަ ހައްލުކުރުމާ ބެހޭ ބަހުސްތައް އިރާގުގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު ވަނީ ފެށިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޥިސްނަވާ
10 June 2018
ވިސްނާ ފިކިރުކުރާ ބަޔަކު ޢިބްރަތް ޙާޞިލްކުރާނެ. މުއިމިނުންގެ ތަޤްވާވެރިކަން އިތުރުވާނެ ކަމެއް. ތަފްޞީލް ޝައިޚެއް ކުރެން އައްސަވާ.
ޑރ. މޯލްޑިވްސް
09 June 2018
ރަން ފަރުބަދަ ފާޅުވެފައެއްނޮ އެއޮތޯ؟ ތެލަކީ ބްލެކް ގޯލްޑޭ ؟ ފުރާތު ކޯރު ސަރަަހައްދުންނެއްނު އެންމެ ގިނައިން ތެޔޮ ނަަގަނީ؟ ނޭނގޭތަ އެކަމެއް؟
ފާސްނުވާ ޑރ
09 June 2018
ޑރ. މޯލްޑިވްސް.. ތެލާ ރަނާ އޮޅުވާނުލާ....
ޑރ. މޯލްޑިވްސް
10 June 2018
ތެލާ ރަނާ ވަކިކުރަން ނޭނގިގެން އަހަރެން ނޫޅެން. އެއް ޒަމާނެއްގައި ފައިސާގެ އަގު ކަނޑައަޅާފައި އޮންނަނީ ރަނުގެ މައްޗަށް. ނަމަވެސް މިހާރު ދުނިޔާގަ ފައިސާގެ އަގު ކަނޑައަޅާފައި އޮންނަނީ ތެލުގެ މައްޗަށް. އެއަށް ކިޔަނީ ޕެޓްރޯޑޮލަރު. އެހެންވެގެން އިލްވުވެރިން ތެލަށް މަޖާޒީ ގޮތުން ކިޔައިއުޅެނީ " ބްލެކް ގޯލްޑް" ގެ ނަމުން !
އާމިނަ
09 June 2018
ރަން ފަރުބަދަ ފާޅުވަނީ ތޯއްޗެ؟
ސޮރު
09 June 2018
ދައްޖާލު ފާޅުވާން ކައިރިވާ ކަމުގެ އަލާމާތެއްބާ.
ތުރުކީ
09 June 2018
އަދި ވެސް ހަގުރާމަ ކޮށް މީހުން މެރޭތޯ ބަލާށެވެ
އާދު
09 June 2018
މާތްﷲ އާ ރަސޫލާ އައް އީމާންވާބަޔަކައްމިކަމުންވެސް އިބުރަތެއްމިނަވަރުކަުރައްވާށި