14 ޖޫން 2018 - 13:04
ށ. ފޯކައިދޫގައި ބަނދަރު ހަދާފައި އޮތް ގޮތުން އެތަން ބޭނުންކުރެވޭ ވަރަށް ވުރެ ގަދަވުމުގެ ސަބަބުން އެތައް ގެއްލުމެއް ލިބެމުން ދާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
މީގެ 15 އަހަރު ކުރިން، 2003 ގައި އެ ބަނދަރު ހަދާފައިވާ ގޮތުންނާއި ހިލަ ޖަހާފައިވާ ބޭރު ތޮއްޓެއް ނެތުމުން، ބޭނުންނުކުރެވޭ ވަރަށް އެތަން ގަދަވެ އެވެ. ބައެއް ފަހަރަށް ރާޅުތައް ތޮށިގަނޑު މަތިން ރަށުތެރެއަށް ވެސް އަރަ އެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ އެ ރަށުގައި ބޮޑެތި އުޅަނދުފަހަރު ދުއްވާއިރު އެއިން އެއްވެސް އެއްޗެއް، އެންމެ ކުޑަވެގެން ލަފާފުރަން ވެސް، ބަނދަރު ބޭނުން ނުކުރެވޭ ކަމަށެވެ.
"ހުޅަނގު މޫސުމުގެ ނުވަ މަސް ދުވަހު މި ރަށުގެ އުޅަނދުތައް އަޅާފައި އޮންނާނީ އަނެއް ފަޅީގައި ރަށް ބޭރުގައި. ނޫނީ ކައިރި ކޮންމެވެސްް ރަށެއްގެ ބަނދަރުގައި. އަހަރުގެ ބޮޑު ބައެއްގައި ބަނދަރު އޮންނާނީ ހުހަށް" ރާޝިދު ވިދާޅުވި އެވެ.
ފޯކައިދޫގައި މާލެ ދަތުރު ކުރާ 100 ފޫޓުގެ ތިން ބޯޓު ދުއްވަ އެވެ. އޭގެ އިތުރުން ކަންނެއްޔަށް ނުކުންނަ 12 ވަރަކަށް ދޯންޏާ އެކު ބޮޑެތި 45 އުޅަނދު އެ ރަށުގައި އޮވެ އެވެ.
ރާޝިދު ވިދާޅުވި ގޮތުގައި ދޯނިފަހަރު މަހަށް ނުނިކުންނަ ދުވަސްވަރު ވެސް ގިނަ މަސްވެރިންނަށް ރަށަކު މަޑެއް ނުކުރެވެ އެވެ. އޭގެ ސަބަބަކީ އެ ދޯނިފަހަރު އަވަށްޓެރި މިލަންދު އާއި ފީވަކު ފަދަ ރަށްރަށުގެ ބަނދަރުގައި އަޅައި، އެ ބެލެހެއްޓުމުގެ މަސައްކަތުގައި އުޅެން ޖެހޭތީ އެވެ.
"ރޯދަ މަހު މަހަށް ނުދަނީ އަނބިދަރިން ކައިރީގައި ތިބެ، ޗުއްޓީ ހަދާލަން. އެކަމަކު ހާލަތު ހުރި ގޮތުން މަސްވެރިން ޖެހޭނީ ކައިރި ރަށްރަށުގައި އަޅާފައި އޮންނަ ދޯނިތައް ބަލަހައްޓަން، ޑިއުޓީ ބަހައިގެން ތިބެން،" ރާޝިދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ފޯކައިދޫ ބޭރުގައި، ބޯސާ ޖަހައިގެން ދޯނި ފަހަރު އަޅާފައި އޮންނައިރު އެ އުޅަނދުފަހަރަށް މީހުން އުފުލަނީ ކުދި ބޮއްކުރާ ފަދަ އެއްޗެހީގަ އެވެ. ބައެއް ފަހަރަށް ވަރަށް ހިތާމަވެި ހާދިސާ ވެސް ހިނގާފައި އެބަ ހުރި ކަމަށް ރާޝިދު ވިދާޅުވި އެވެ.
އެގޮތުން ރަށާ މާ ދުރުގައި އޮންނަ ބޯޓުފަހަރަށް ބޮއްކުރާގައި މީހުން އުފުލަނިކޮށް އެ ބަންޑުން ޖަހާލައި ކުޑަކުދިންނާއި އަންހެނުން ގެނބުން ފަދަ ހާދިސާތައް ހިނގާފައިވެ އެވެ. އެފަދަ ހާދިސާއެއްގައި މީހެއްގެ ފައި ބިނދި، އެ ފައި ބުރިކޮށްލަން ވެސް ޖެހުނެވެ.
އެމްޓީސީސީން ހެދި ފޯކައިދޫ ބަނދަރު ބޭނުންނުކުރެވޭ އެއް ސަބަބެއް ކަމަށް ކައުންސިލުން ދެކެނީ މާ ބޮޑަށް ހަނިވުމުގެ އިތުރުން ބަނދަރު ވެސް ކުޑަވުމެވެ. އަދި ހިލަ ޖަހައިގެން ބޭރު ތޮށި ހެދުމުގެ ބަދަލުގައި ސިމެންތި ގޯނިޖައްސައިގެން ތޮށި ހަދާފައިވުމާއި ބަނދަރުގެ މެދަށް ވާ ގޮތަށް ނެރު ކަނޑާފައިވުމަކީ ވެސް ބޮޑު މައްސަލައެއް ކަމަށް ކައުންސިލުން ބުނެ އެވެ.
"ބަނދަރު ހެދި އިރު ރައްޔިތުންނަކަށް މާ ބޮޑަށް ވާނުވާއެއް ނޭނގޭ. އެއީ ތަންކޮޅެއް ކުރީގެ ކެއް ކަމުން، ރައްޔިތުން ތިބީ ކޮންމެ ކަމަކަށް ވެސް ރުހިގެން،" ރާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޯކައިދޫގެ ބަނދަރު ބޭނުން ނުކުރެވި، ރައްޔިތުން އުފުލާ ތަކުލީފުތައް ސަރުކާރުގެ ސަމާލުކަމަށް ގެންނަން ވޭތުވެ ދިޔަ 12 ވަރަކަށް އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓުގައި އެތައް އަހަރަކު ހިމެނުމުގެ އިތުރުން ދެ ފަހަރެއްގެ މަތިން އެމްޓީސީސީއާ މަސައްކަތް ހަވާލު ވެސް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަން ސަރުކާރުގެ ސަމާލުކަމަށް ގެންނާކަށް އަލަކަށް އަޅުގަނޑުމެން ދެން ކުރާކަށް ކަމެއް ނޯންނާނެ. އެކަމަކު ރައްޔިތުން މި ދިރިއުޅެނީ ވަރަށް ހާލުގައި،" ރާޝިދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
14 June 2018
ރައީސް ނަޝީދުގެ ހެޔޮވެރިކަމުގައި ތިކަމަށް ފިޔަވަޅެއްނޭޅި އޮތުމަކީ ހައިރާންވާންޖެހޭކަމެއް....
ޕޮގުބާ
14 June 2018
ހާލެއްގަ ތިއުޅެނީ ވަރަށްހިތާމަކުރަން ރަގަޅުގޮތެއްމިންވަރު ކުރައްވާޑި امين
މާސްޓަރ
14 June 2018
މިހާރު ކޮންމެ އެއްޗެކޭ ކިޔަސް މިހެން ވާންޖެހުނީ ރަށުގަ ތިބި ނުފޫޒުގަދަމީހުން އެމީހުންބޭނުންވާ،ތަނުގައި ބަދަރު ހެދުމުން. ރާއްޖެތެރޭ ރައްރަށުގައި ވާގޮތަކީ ބާރުގަދަމީހުން ގޭދޮށުގައި ބަދަރު އޮންނަނަޖެހެނީ ބޭނުން ނުކުރެވުނަސް.
އާންމު
14 June 2018
ވަރަށްބޮޑު ތެދެއް....
ދެކޭމީހާކިޔާމީހާ
14 June 2018
ވަރަށްބޮޑުތެދެއް!
ދަންނަ މީހާ
14 June 2018
ތިހިރީ މާބޮޑަށް އެނގިފަ. . ސަރުކާރުން ސާވޭ ކޮށްފަ އެމީހުން އަޅަން ބޭނުންވާ ތަނެއްގަ އޭރުވެސް އަޅަނީ. . ރަށުގަ ހަމަ އެކަނި ބެނޑް ވެލާފަ އިންދިމާވީމާ ސަރުކާރުން އެކަން އެގޮތަށް ކުރީ. . އަހާބަލަ ރަށްރަށު މީހުންކައިރީބއެހެން ރަށް ރަށުގަ ވެސް ފަޅު ކޮނުނީ ރައްޔިތުން ބުނިތާނގަތޯ. . ސަރުކާރުން ސާވޭކޮށްފަ ފެނުން އެންމެ ރަނގަޅުތާތޯ
އަހްމަދު
14 June 2018
ތިތާނގަ ރަށު ހުރިހާ ރައްޔިތުންގެ އެއްޗިހި ދޮންނަން ރަނގަޅުވާނެ. ދޮންނަމެސިނެއްބެނުމެއްނުވާނެ.
މޫސުން
14 June 2018
ފޯކައިދޫގައި ބަނަދަރެއް ގިނަދުވަހުއޮތުމަކީ ވަރަށް ނާދިރުކަމެއް. ޖޯގްރަފީގޮތުން ބަލާއިރު ފޯކައިދޫއަކީ ދިވެހިން މިކިޔާ ފުޅޮއި ނޯންނަ ރަށެއް. ފޯކައިދޫ އުފެދިފައިވާގޮތުން އެރަށުގައި ފުޅޮއި ނޯވޭ. ފުޅޮއި އަކީ ރަށްރަށުގެ ކައިރީގައި އޮންނަ މަޑުއޮއިވަރު. ފުޅޮއި ނެތުމުގެސަބަބުން ކުޑަކޮށްވެސް ވައިބާރު ވެއްޖެނަމަ ރަށުކައިރި ވަރަށް ގަދަވެ ރާޅުބޮޑުވާނެ.
ޢިނަފިނޮޅު
14 June 2018
މުހައްމަދު ނަސީދު ވެރިކަމުގަ ކީއްވެތަ ބަދަރު ނެހެދީ، ފޯކައިދޫ މީހުންނަކީ ފުޓްބޯލަ ކުރިޢަރުވަން އުލޭބައެއް ރަށް ތަރަށްގީ ކުރަން ވިސްނާ ބައައް ނޫން ރަސާދު މެންނަށް ވިސްނެނީ އަބަދު ތިމަންނަމެންނަކީ އަތޮޅުގެ ފުޓުބޯލަ ކިންގް ހެދިގެން އަބަދު މިގޮތަށް ތިބެވިދާނޭ ހެޔޮނުވާނެ ރަސާދޫ ރަށް ތަރައްގީ ކޮންބަލަ ކާރި ތިބި ރަށްރަށް މިލަންދޫ ފުނަދޫ ރަށް ރަށް އެދަނީ ހަވާ ފަޓަސްބަރިއެއްހެން ކުރިޔަށް ތަރައްގީވެގެން .ރަސާދޫ ސަރުކާރާ ގުލިގެން ފޯކައިދޫ ތަރައްގީ ކޮންބަލަ ފުޓުބޯލަ ނުކުޅެ..... ވަރަށް ސަލާން
ރަޒީނާ
14 June 2018
"ބަނދަރު ހެދި އިރު ރައްޔިތުންނަކަށް މާ ބޮޑަށް ވާނުވާއެއް ނޭނގޭ. އެއީ ތަންކޮޅެއް ކުރީގެ ކެއް ކަމުން، ރައްޔިތުން ތިބީ ކޮންމެ ކަމަކަށް ވެސް ރުހިގެން،".... ނޫން . އޮޅުވާނުލާ...ތިހެންނެއް ނޫންވީކީ. ބޮޑާ ހާކާފައި އެތަނުގައި އަޅަން ރައްޔިތުން ހިފީ.
ބަސްމަދު
14 June 2018
ކަމާނާ އަށް ހާދަ ބޮޑަށޭ ދެން އެނގިފަ ތިހުރީ. . . . އެހެން ނަމަ މިހާރުވެސް ރައްޔިތުން ކިޔާތީ ފަޅު ފަސޭހަ ފަޅަކަށް ހަދައިފީސް ތާ 15 އަހަރޭ އެކިޔަނީ. . އެނމް ދުވަހެއް ދެދުވަހެއް ނޫން
މަލިިކުުއަލީ
14 June 2018
މަލިިކުގަވެސް ބަދަރެއް ނުުހަދާ. ޢެކަމު ވަރަށް ވަރުގަދަ ޖެޓީއެއް އޮވޭ ސީދާ ކަނޑަށް ވާގޮތަށް އަޅާފަ. އެހެންްމީހުން ކަންކުރާ ގޮތް ބަލާލުމަކީވެސް އޮންނަ ކަމެއް.
ޢަލިދީދީއައްޑޫސިޓީ
14 June 2018
ރާއްޖޭގެ ތިމާވެށި މިއޮތީ މާކުރީއްސުރެން ހަލާކުކޮށްފަ. ދެން އެއްވެސް ރަށެއްގެ އަތިރި މައްޗެއް މޫދެއް ސަލާމަތެއް ނުވާނެ. ރީއްޗެއް ނުވާނެ. އަދި މުސަތގުބަލުގަ ކޮންމެ ރަށެއްގަ އެއްރޕޯރޓެއް ނާޅާ ވެސް ފަރު ނުޖެއްސޭނެ. މިހާރު ކަނޑު ބަނދަރު. ދެން ހަދާނީ ވައިގެ ބަނދަރު. ނަސީބެއް ރޭލު ޓްރެކް އަޅާން ނޫޅޭ ކަން. މަލިކު ވެސް އަދި ކެރީބިއަންގަ އެހެރަ ކުދި ރަށްތައްވެސް އެއީ ނަމޫނާ.
ޖައްރާފު
14 June 2018
އަސްތާ! ތިޔޮތީ ހަމަ މުއިއްޒު ނެރެއް! މަހާޖައްރާފު ގެނެސްގެން ނެރުމައްޗަށް ވެލިއަޅަންވީނު، ދެން ރަގަޅު ހިސާބަކުން ކޮނެ ވަދެވޭގޮތަށް ހަދާލާނީ
މާސް
14 June 2018
މީ ކޮލަޓީ ދިރާސާ އަކަށްފަހު ހަދާފައި އޮތް ބަނދަރެއްކަން އެބަ އެނގޭ