އިދިކޮޅު އިއްތިހާދުގެ ޖަލްސާ ކަވަރުކުރަމުން ދިޔަ ބޭރުގެ ދެ ނޫސްވެރިން، ފުލުހުން މިރޭ ގެންދަނީ.-- ފޮޓޯ: ޓުވިޓާ
28 ޖުލައި 2016 - 01:51
ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް އުޅޭ ބޭރުގެ ދެ ނޫސްވެރިއަކު، އިދިކޮޅު އިއްތިހާދުގެ އެއްވުމެއް ކަވަރުކުރަން ތިއްބާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ހަރަކާތްތެރިވި ދެ ބިދޭސީއަކު ވަނީ މައުލޫމާތު ސާފު ކުރުމަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުކޮށްފަ އެވެ. އެކަމަކު، އެ ދެ މީހުން ތިބީ ފުލުހުންގެ ބަންދުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ.
މަންޒަރު ދުށް ބައެއް މީހުން ކިޔައިދިން ގޮތުގައި އެ ދެ ނޫސްވެރިން ތިބީ އިދިކޮޅު އިއްތިހާދުން އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި ޖަލްސާ ކަވަރުކުރުމަށް، ހަރުގެއާ ދިމާލުން އާޓިފިޝަލް ބީޗުގެ ޕޭވްމަންޓު ކައިރީގަ އެވެ. ފުލުހުންގެ 15 ވަރަކަށް މީހުން އައިސް އެ ދެ މީހުން ގޮވައިގެން ދިޔައީ ކަމަށް ވެސް އެ ތަނުގައި އެ ވަގުތު ތިބި ބައެއް މީހުން ބުންޏެވެ.
"އަނެއް ގޮތަށް ހަމަނުޖެހުމެއް ނުހިނގާ. ސަރުކާރާއި ފުލުހުންނާ ދެކޮޅަށް ހަޅޭލެވި،" އެ ތަނުގައި ހުރި މީހަކު ކިޔައިދިނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ ނޫސްވެރިންނަކީ ޕޯލަންޑުގެ އަންހެނަކާއި އިޓަލީގެ ފިރިހެނެކެވެ. އެ މީހުންގެ އަތުގައި ޖަރުމަނުގައި ރަޖިސްޓްރީކޮށްފައިވާ ޖީއެންއެސް ޕްރެސް އެސޯސިއަޝުން ދޫކުރާ ބައިނަލްއަގުވާމީ ފާހެއް ކަމަށް ވާ، ޔޫރަޕިއަން ޖާނަލިސްޓްް ލެޖިޓިމޭޝަން އޮތް ކަމަށް ވެ އެވެ.
ފެބްރުއަރީ 7، 2012 ގައި ވެރިކަން ބަދަލުވުމަށް ފަހު ހިނގި ހަމަނުޖެހުންތައް ކަވަރުކުރަން ރާއްޖެ އައިސް އުޅެނިކޮށް ވެސް މި ދެ ނޫސްވެރިން ރާއްޖޭން ފޮނުވާލި ކަމަށް ވެ އެވެ. އެކަމަކު، ޓޫރިސްޓު ވިސާގައި އައިސް އުޅެނިކޮށް އެ ފަހަރު ފޮނުވާލީ ރާއްޖެ ނާދެވޭ ގޮތަކަށް ނޫނެވެ.
މިރޭ ހައްޔަރު ކުރި ދެ ނޫސްވެރިން މީގެ ކުރިން ރާއްޖެ އައި ފަހަރަކު، ކުރީގެ ރައީސް ނަޝީދާ އެކު ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ދެ ފިޔަވަޅު ފަހަތަށް ފޭސްބުކް
އާ ގާނޫނުލް އުގޫބާތުގެ 613 ވަނަ މާއްދާގައި ބުނާ ގޮތުން ދައުލަތުގެ ކަމާ ބެހޭ އިދާރާއަކުން ހޯދަން ޖެހޭ ހުއްދައެއް ހޯދައިގެން ނޫނީ ކުރުން ހުއްދަ ނޫން ކަމެއް އެ ފަރާތުގެ ހުއްދައަކާ ނުލާ ކުރުމަކީ ކުށެކެވެ. މީގެ އިތުުރުން، އިމިގެރޭޝަން ގާނޫނުގައިވާ ގޮތުން ވެސް ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ މީހުންނަށް ވަޒީފާ އަދާކުރުމާއި އާމްދަނީ ލިބޭނެ މަސައްކަތެއް ނުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންވަރު
29 July 2016
ކޮބާތަ ހުރިހާ މޫސުމަކަށްފެތޭ ޓެރަރިޒަމް ޤާނޫނު؟؟ ދޮން މީހުންނާ ކުޅޭކަށް ނުކެރޭދޯ! ޓެރަރިސްޓުންނޭ ކިޔާފަ ދައުވާކޮށްލަބަލަ! ކެކެކެ! ޕީޕީ އަށް ވެރިކަންކުރެވެނީ އޭގެ ބާރުގަ. އެ ނެތިއްޔާ ނެތް ބައެއް!
ލަޓިބެ
28 July 2016
ދެން ގާނޫނު އުގޫބާތުގެ 613 ވނަ މާއްދާގެ ދަށުން އެމީހުނަށް ފިޔަވަޅު ނޭޅީ ކީއްވެ؟
މާލޭބެއްޔާ
28 July 2016
ހަމައަސްލައްވެސް މިހާރު މި މީހުންގެ އަތް މައްޗަށް މިގައުމު ދޫކޮއްލައިގެން ތިބޭކަށް ނުވާނެ ނޫސްވެރިންނަށް ވެސް މިގައުމުގައި އުޅުމުގެ ހައްގެއްވެސް ނެތް ....ރާއްޖެއިން ފޮނުވާލާފައިވާ ބަޔެކޭ އެއީ ކިޔައިގެން ވެސް އެމީހުން ނަށް ކޮންމެވެސް ގޮތެއް ހަދާ ބިރުދެއްކޭތޯބަލާނެ....ނޫސްވެރިޔަކު މިގައުމުން ފޮނުވާލިވާހަކަ ދުވަހަކުވެސް އަޑުނާހަން ދެން ކޮންކަމެއްބާ މިއީ؟ ހެހެހެ ދެން ހުދުމުހުތާރު މީހުން ހަދާނީ ހަމަ އެހެން ކީއްކުރާނީ
އިހުސާންތެރިޔާ
28 July 2016
ފޮޓޯ ނެގުމާ ވީޑިޔޯ ކުރުމާ ނޫސްވެރިކަމާ މިއީ މުޅިން ތަފާތު ކަންކަން. ފޮޓޯ ނެގުމަކުން އެއަދި ނޫސްވެރިކަން ކުރަނީ ކަމަކަށް ނުވާނެ. އެހެންނޫންނަމަ ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކުވެސް ފޮޓޯ ނުނަގާތި މުޒާހަރާ ކުރާތަންތަން.
ހަސަން
28 July 2016
ދެން ކީއްކުރަން ކަރުގަ ބޮޑު އަކުރުން ޕްރެސް ޖަހާފަ އޮތް ކާޑެއް އަޅައިގެނ އުޅެނީ؟؟
މުހައްމަދު
28 July 2016
ކޮންމެ ގައުމެއްގައިވެސް ނޫސްވެރިކަން ކުރެވެނީ އެ ގައުމެއްގައި ހަދާފައިވާ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން. ބައިނަލްއަޤްވާމީ ވުމަކީ ޤައުމުތަކުގެ އިންތަކުގެ ތެރެއަށް ހިތުހުރިހައި ގޮތަކަށް ވަދެ ހިތުހުރިހައި ކަމެއް ކުރުމެއްނޫން. ބައިނަލްއަޤްވާމީ ވުމުގެ މާނައަކީ އެއް ޤައުމުން އަނެއް ޤައުމެއްގެ އިމުގެ ތެރެއަށް ވަނުމުގެ ކުރިން ހޯދަންޖެހޭ ހުއްދަތަކާއެކު ކުރަންޖެހޭ ކަންކަން ކުރުން. އަދި ތިހެން ދީފައި ހުންނަ ލިޔުންތަކުގެ މާނައަކީ އެ ބަޔަކު އެ ވަންނަ ޤައުމަކަށް އެބަޔަކީ އެފަދަ ކަމަކަށް ތަޞައްރަފު ފުދޭ އެފަދަ ހުއްދައެއް ދެވިދާނެ ބައެއްކަން އަންގައިދޭން ދީފައި އޮންނަ ލިޔުމެއް.
ޛުުހިރެހި
28 July 2016
ޑީޕޯރޓް ކޮއްލާ
މުހައްމދު
28 July 2016
އިޓަލީއަކަސް ޖަރުމަނަކަސް އެކަމަށް ހާއްސަ ވިސާ ނުނަގާއިސް ރާއްޖޭގެ ޤާނޫނަށް ގޮންޖަހާ މީހުން ހައްޔަރުކުރަންވީ. ތިޔަ ބުނާ ޤައުމުތަކުގައި ނިކަން ޓޫރިސްޓު ވިސާގައި ނޫސްވެރިކަން ކީއްކުރަން އެހެން ކަމެއްވެސް ކޮށްބަލަ. ތިޔަށްވަރު ހަގުނަ އިތުރަށް ކަންކަން ދިޔައީސް. ތިޔަ މީހުން ޑީޕޯޓްކޮށްލަން ފެނޭ.
ޖާނަލް
28 July 2016
ފުލުހުންގެ ހައްޔަރަކުއެއް ނޫން. ޝަހީދު ހުސެން އާދަމް ބިލްޑިންގްގެ 7ތަރީގެ ކޮޓަރިއެއްގައި ތިބީ.
ޒިޔާ
28 July 2016
އެ މީހުންގެ އަތުގައި ޖަރުމަނުގައި ރަޖިސްޓްރީކޮށްފައިވާ ޖީއެންއެސް ޕްރެސް އެސޯސިއަޝުން ދޫކުރާ ބައިނަލްއަގުވާމީ ފާހެއް ކަމަށް ވާ، ޔޫރަޕިއަން ޖާނަލިސްޓްް ލެޖިޓިމޭޝަން އޮތް ކަމަށް ވެ އެވެ. މިފާސް ރާއްޖެއިން ގަބޫލު ނުކުރަނީތޯ...
ޝަތުނާ
28 July 2016
ޚަބަރުވެސް ނުކިޔަނީތަ ނިމެންދެން.
ނާގާބިލު ފުލުހުން
28 July 2016
ފުލުހުން އެއްވެސް ހަތިޔާރެއް ނެތް ބަޔެއްގެ ގަޔަށް ބޮލަށް އަރާގަތްގޮތް ދައްކުވާދިނީ ފުލުހުންގެ ނާގާބިލުކަން... ދުނިޔޭގެ ކުރިމަތީގައި ފުލުހުންގެ އަގު ވެއްޓުން ތިޔައީ... ފުލުހުންނަށް ލިބޭ ކޯސް ސެމިނާރ، ތަމްރީނު އަދި ވަސީލަތްތައް ހުއްޓުމަކަށް ގެނުވާނޭ އަމަލުތަކެއް ތިޔައީ....!!! އިންޓަރޕޯލުން ދިވެހި ފުލުހުން ސަސަޕެންޑު ކުރުމަކީވެސް ދުރުގައިވާކަމެއް ނޫން...