ޚަބަރު / ރޯދަ މަސް 2018

ވިޔަފާރީގެ ވަގުތު ރޯދައިގެ ކުރިން އޮތްގޮތަށް ބަދަލުކޮށްފި

ބަޔަކު ވިޔަފާރި ކުރަނީ، މާދަމާއިން ފެށިގެން ފިހާރަތައް ރޭގަނޑު 10 ޖެހުމުން ބަންދުކުރަން ޖެހޭ؛ މިހާރު ފޮޓޯ

ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނާއި ފިހާރަތައް ބަންދުކުރާ ވަގުތާއި މުދާ އުފުލާ ވަގުތު ރޯދަ މަހާ ދިމާކޮށް އިތުރުކޮށްފައި އޮތުމަށް ފަހު، މާދަމާއިން ފެށިގެން ކުރިން އޮތް ގޮތަށް ވަގުތުތައް ބަދަލުކުރަން އިކޮނޮމިކް މިނިސްޓްރީން އަންގައިފި އެވެ.

ކުރިން އޮތް ގޮތަށް ބަދަލުކުރުމުން، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 10 ޖަހަންދެންނެވެ. އަދި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭނީ މެންދަމު 1 ޖަހަންދެންނެވެ.

ވިޔަފާރިކުރާ ވަގުތު ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް އިތުރުކޮށްދެ އެވެ.

ރޯދަ މަހު އަދި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓުމަށް އޮތީ ހުއްދަ ދީފަ އެވެ. އަދި ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަން ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ދިނެވެ.

ދުވާލު ވަގުތު މާލެތެރޭގައި މުދާ އުފުލުން މަނާކޮށްފައި އޮތް އޮތުމަށް ރޯދަ މަހު ދިން ލުއި ވެސް މާދަމާއިން ފެށިގެން ނިމުމަކަށް އަންނާނެ އެވެ.

ސަރުކާރުން މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު އަމަލު ކުރަން ފަށާފައިވާ އާންމު އުސޫލުގައިވާ ގޮތުން ނަމަ، މާލޭގައި މުދާ އުފުލުމުގެ ހުއްދަ ގަޑި އަކީ ހަވީރު 6:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އަށެވެ. ކައްކާ ގޭސް އުފުލުމުގެ ހުއްދަ ދީފައި އޮތީ ހެނދުނު 8:30 އިން ހެނދުނު 11:00 އަށެވެ. މާދަމާއިން ފެށިގެން އަމަލު ކުރަން ޖެހޭނީ މި އުސޫލަށެވެ.

ސްކޫލުތަކާއި ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއަށް ރޯދަ މަހު ގެނައި ބަދަލު ވެސް އަންނަ ހަފުތާއިން ފެށިގެން ކުރިން އޮތް ގޮތަށް ބަދަލުވާނެ އެވެ.

13 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 39%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާނުވަ

21 June 2018

މަގުތަށް މަތީ އަމާންކަން ގެއްލި ގޭންގުތަކުގެ އުދަގުލާހެދި ރޭނގަޑު ފިހާރަ ކެފޭތަށް ހުޅުވެންނެތީ. މުޖުތަމައުގެ ހާލަތު.

The name is already taken The name is available. Register?

ސޯފީ

21 June 2018

24ގަޑި އިރަށް ބަދަލުކޮށްލުމުން ފިހާރަތަކަށް މުދާއުފުލުމަށް ބަދަލުތަކެއްއައިސް މަގުތަކަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ

The name is already taken The name is available. Register?

ހަމަބުނެލީ

21 June 2018

ތިޔައީ ވެސް ޢުމަރު ނަޞީރު ނިއްމި ނިއްމުމެއް. ކިހާ ފައްކާ ކަމެއް.

The name is already taken The name is available. Register?

އަބްދުﷲ

21 June 2018

ފިހާރަތައް 11 ޖަހަންދެން ބަހައްޓަން ބޭނުން

The name is already taken The name is available. Register?

ޙްމް

21 June 2018

24 ގަޑި އިރު ކެފޭ ހުޅުވާފަ ބެހެއްޓިއްޔާ ކިހާ ރަނގަޅު. ހުރިހާ ބިޒީ ސިޓީ ތަކުގައި އޮންނަނީ އެހެން. މިސާލަކަށް ދަންވަރު ޑިއުޓީ ނިމޭ މީހުންނާ، ދަތުރު ފަތުރު ކުރާމީހުން ތިބޭނެ.

The name is already taken The name is available. Register?

24އަވާޒް

21 June 2018

ދަންވަރު ލިބޭނެ ކަސްޓަމަރުން ވަރަށް ބޮޑުތަން މަދުވިޔަސް ހަމަ ސްޓާފުންނަށް ބަރާބަރަށް މުސާރަ ދޭން ޖެހޭނެ އަދި ކަރަންޓް، ފެން ބިލް އެއްޗިހި ދައްކަން ޖެހޭނެ އަދި ތަން ހިންގަން ކުރާ އެހެން ހުރިހާ ހަރަދެއްވެސް މަސައްކަތެއްވެސް ކުރަން ޖެހޭނެ. ޕްރޮފިޓް މާޖިން ބޮޑުނުވެ ވޯކްލޯޑް ޑަބަލްވުން ކަހަލަ ކަމެއް. މާލޭގެ މަދުތަނެއް ނޫނީ ގިނަ ތަންތަނުން ދަންވަރު ހިނގާ ހަރަދު ކަނޑާފަ ވާނީ ގެއްލުން. ރާއްޖެއަކު އަދި 24 އަވާރސްގަ ގިނަ ބިޒްނަސްތައް ހިންގާހާ އާބާދީއެއް ނެތް.

The name is already taken The name is available. Register?

ސޭހެއިލޯ

21 June 2018

ވިޔަފާރީގެ ވަގުތު ރޯދައިގެ ކުރިން އޮތްގޮތަށް ބަދަލުކޮށްފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މާލޭގައި ހުރިއްޔާ ހުރި ހުރިހާ ވެހިކަލްސް ތައް ނިދަން ހުޅުމާލެ އަށް ދާ ގޮތަށް އެބަޖެހޭ ހަދަން ބްރިޖް ނިމުމުން އަދި އެމްޕީއެލް އަށް ދޭންވީއޭ ކުރިއަށް އޮތް 100 އަހަރު ދުވަހަށް މާލޭގައި ޓެކްސީ ދުއްވުމަށާއިއ ަދި ޕިކަޕް ދުއްވުމަށް އެމެންނަށް ސަބްސިޑައިޒް ކުރުމަށް ޓަކައި މާލޭގެ ކޮމާރޝަލް ހާބަރުގެ އުތުރުން 5 ކިލޯ މީޓަރު ދިގު އަދި 5 ކިލޯ މީޓަރު ފުޅާ ކޮށް ކަނޑު އެމީހުންނަށް ދޭނީ ހިލޭ 100 އަހަރަށް ދެން އެމެން އެމްޓީސީސީ މެދުވެރިކޮށް އެކަނޑު ހިއްކައިގެން އެތަނުގައި އިންޑަސްޓްރިއަލް ޕާރކް ހަދަން ބިން ތައް މާލޭގައި ހުރި އަމިއްލަ ކުންފުނި ތަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އެމެންނަށް ދައްކާ ގޮތަށް 100 އަހަރަށް ކުއްޔަށް ދިނީމާ އެއިރުން މާލެ ތެރޭގައި ދުއްވަން ޖެހޭ ޓެކްސީ ދުއްވަން ބޭނުންވާ ފައިސާ އެމެންނަށް މިބިން ތަކުގެ ކުލިން ލިބޭނެ ނޫންތޭ. ސޭ ހެއިލޯ ސޭ ހެއިލ ސޭ ހެއިލޯ ސޭ ހެއިލޯ އޯއް އޯއް އޯއް.

The name is already taken The name is available. Register?

ހޭރޭ

21 June 2018

ދެން މަމެން އުފާކޮށް ތިބެގަ!

The name is already taken The name is available. Register?

އިސްމާއިޅް އަބުދުﷲ

21 June 2018

11 ޖަހަންދެން ފިހާރަތަށް ހުޅުވުމުގެ ހުއްދަ އާއި ޖީއެސްޓީ ފަދަ ސުންޕާ އެއްޗެހި އުވާލަދެވޭވަރުގެ މީހަކު އަހަރެމެންގެ މި ގައުމަށް ބޭނުންވަނީ. ޖީއެސްޓީ ނެގުމުގެ މަސައްކަތުގަ މަޖިލީހުގަ އުޅުނު މީހުނާއި މިހާރު އެނެގުމުގަ އަވަދިނެތި އުޅޭމީހުން ދެން އަހަރުމެން ބަލައެއް ނުގަންނާނަން

The name is already taken The name is available. Register?

އަބުދުބެއްޔާ

21 June 2018

ކަލޯ ޖީއެސް ޓީ ނުނަގާ ސަރުކާރު ހިންގާނީ ކޮންމެމަހަކުވެސް އެމަހަކަށް ވާވަރަށް ރުފިޔާ ޗާޕް ކޮށްގެންތޯ

The name is already taken The name is available. Register?

އަލީ އަސްފާގު

21 June 2018

ދޮންކަލޯގެ އުމުރުން ކިހާވަރެއްތޯ. ޖީއެސްޓީ ނުނަގަ މީހުން ނުފެލާ ގައުމު ހިންގި ދުވަސް ހަނދާނެއް ނެތް ދޯ. ޖީއެސްޓީ ނުނެގިއަސް މި ގައުމުގަ ޓެކުސް ނަގައޭ، އެއީ ހަމަ ދައުލަތަށް ވަންނަފައިސާ އޭ

The name is already taken The name is available. Register?

ސަކީނާ

21 June 2018

އެކޮނޮމިކް މިނިސްޓަރަށް ދަންނަވާލަން 24 ގަޑިއިރު ފިހާރަ ކެފޭ ހުޅުވޭނެ އުއްމީދެއް ދެއްވާފަ ހަބަރެއް ވެލައްވާށޭ

The name is already taken The name is available. Register?

ސާފު

21 June 2018

ނިއުޔޯކްގައި އޮންނަނީ އެގޮތައްތަ. އެހެންވީރު ބަދަލުކޮށްލެވިދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454