ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓުގައި ޖެހުނު ދެ ވެހިކަލް: އެ އެކްސިޑެންޓުގައި އަނިޔާ ލިބުނީ 22 އަހަރުގެ ޒުވާނަކަށް
24 ޖޫން 2018 - 23:03
ހުޅުމާލޭގައި މިއަދު ހަވީރު އެކްސިޑެންޓެއް ހިނގައި ޒުވާނަކު އަނިޔާ ވެއްޖެ އެވެ.
ނިރޮޅުމަގުގައި ސައިކަލަކާއި ވޭނެއް ޖެހިިގެން ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނީ، ސައިކަލް ދުއްވަން އިން 22 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.
އެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިިދާޅުވީ އެކްސިޑެންޓެއް ހިނގައިގެން މެންދުރު ފަހު 3:40 ހާއިރު ޒުވާނަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ރަނގަޅު ހާލަތުގައި އޮތް ޒުވާނާގެ އާއިލާއިން ބޭނުންވެގެން އޭނާ ފަހުން ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ، އެކަމަކު އޭނާއަށް ލިބުނު އަނިޔާތަކެއް އެ ހޮސްޕިޓަލުން ނުބުނެ އެވެ.
ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓުގައި ޖެހުނު ދެ ވެހިކަލް.
"މި ހޮސްޕިޓަލުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރު ސްޓޭބަލް ހާލަތުގައި އޮތީ. ނަމަވެސް އާއިލާއިން ބޭނުންވެގެން އެކޮޅަށް ފޮނުވާލީ،" އާސަންދަ ކުންުފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭގައި މިއަދު އެކްސިޑެންޓެއް ހިނގާފައި މިވަނީ، އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ހުޅުމާލޭގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަނިކޮށެވެ.
މިދިޔަ ރޯދަ މަހު އެކަނި ވެސް ހުޅުމާލޭގައި ނުރައްކާތެރި ތިން އެކްސިޑެންޓެއް ހިނގައި ހަ މީހަކަށް އަނިޔާ ލިބުނެވެ. އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީކޭކޭ
25 June 2018
ތިކަމާއެއްޗެއް ބުނުމައްވުރެ ރަނގަޅުވާނީ އެއްޗެއްނުބުނިއްޔާ! މިވަރައްވެސް އެއްޗެއް ބުނާކައްބޭނުމެއްނޫން!!
ޏަންރީން
25 June 2018
1 ލަކިން ލޭސަންސު ދޭތި އަދިވެކްސް
އިޙްސަ
25 June 2018
ނަމަނަމަ ޓުރީޓޮޕަށް ނުދާތި ބޭސްފަރުވާއަށް.
ފޮނިޓައްޕު ހަސަން.
25 June 2018
ޒުވާނުންގެ ސިޓީގައި ޒުވާނުން މިއުޅެނީ ހޭބޯ ނައަރައި. ޒުވާނުންނަށް ހެޔޮއެދިގެން ސަރުކާރުން ކަމެއްކޮށްދޭން ބޭނުނުން ނަމަ ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުން މަޖްބޫރުކަމަށް ގަވާއިދު ހަދާ ދެއްވާ.
ސާނި
25 June 2018
ކޮބާ ވޭން ދުއްވަން އިންމީހާ
އެޑްމުންޑޯ
25 June 2018
ދެން ބިލް ލިބުނީމާ ނޫސްތަކުގައި ޖަހާ އާއްމުންގެ އެހީތެރިކަމަށް އަވަހަށް އެދެން ތައްޔާރުވޭ
އަލިފް
25 June 2018
ބާރައް ދުއްވާ މީހުން ހުއްޓުވާކަށް ނުކެރޭނެއެވެ. ހުޅުމާލެ އަށް އަރާ ކޮންމެ މީހަކަށް ބާރައް ސައިކަލް ދުއްވާމީހުން ފެންނާނެއެވެ.
އަލީ ގާސިމް
25 June 2018
ނަސީބެއްތާ އެސޮރައް އޮކްސިޖަން ގުޅަން، ނޫނީ ބޭސް މަލަން އަޅަން ނުޖެހުނުކަން! ބޭސް މަލަން ކޮޅެއްވެސް އެޅޭނީ ތިތާގެ ސީއީއޯ ގެ ސިޓީ އެއްގައި، އިތުރު 2 ޑޮކްޓަރެއް ސޮއިކޮއް އަދި ކޯޓް އަމުރެއްގެ ދަށުން ވިއްޔާ!
ހުޅުމާލެ
25 June 2018
ވޭން ދެއްވަން އިނީ ޗައިނާ އަންހެނެއް.އޭނާގެ އަތުގަ ލައިސަންސް ެވެސްނެއް.ވޭން ސައިކްގަޛެހުނީ ނުގަވައިދުން ދުއްވީމަ.އެކަމް މިރޭވެސްއެ އަންހެނާ ދުށިން ވ ފްރީ ކޮއް ސެންޓްރަލް މޯލް އިން.ބްރިޖް އަޅާ މިހުންވީމަ އޯކޭ.ދިވެއްސެއް ވިއްޔާ ކޯޓައްވެސްދަމާނެ.
zuvaanaa
28 June 2018
ރަގަނޅުވާހަކައެއް
އަލީ!
25 June 2018
އެއްލަކިން ލައިސަންސްދިންފަހުން އެކްސިޓެންޓް ވާލެއްގިނަކަމަށް ފާހަގަކުރެވެއެވެ. ތާއިދު ހޯދަށް ކަންކަން ކުރަނީ ރައްޔިތުންނަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް!!
މީހަކު
25 June 2018
ތީހަމަ ތެދެއް!