ރައީސް ޔާމީން ށ. ބިލެތްފަހީގައި: ސިޔާސީ ކަންކަން އިތުރަށް ގޯސްކުރަން ބަޔަކު މަސައްކަތްތަކެއް ކުރާ ކަމަށް ވިދާޅުވި. --ފޮޓޯ/ރައީސް އޮފީސް
02 ޖުލައި 2018 - 14:04
ގާނޫނާއި އުސޫލުތަކުން ބޭރުވެ ހިންގި ކުށްތަކެއްގެ ސަބަބުން، ބަންދުވާން ނުޖެހޭ ބަޔަކު ވެސް ބަންދު ކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅުގައި ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރަަން އެ އަތޮޅަށް ވަޑައިގެން ބިލެތްފަހީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިދިޔަ 15 އަހަރުގެ ތެރޭގައި ރާއްޖޭގައި އޮތީ މުޅިން ވެސް ސިޔާސީ ހަމަނުޖެހުން ކަމަށެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ހަނގާ ކުރުމާއި ހަމަޖެހުން ނަގައިލުމުގެ އަމަލުތަކެއް ހިންގަމުން ދިޔަ ކަމަށް ވިދާޅުވި އެވެ.
އެއާ އެކު، ސިޔާސީ ކަންކަން އިތުރަށް ގޯސް ކުރުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އެތެރެ އާއި ބޭރުގައި އަދި މަގުމަތީގައި ވެސް ގާނޫނާއި އުސޫލުތަކުން ބޭރު، އަމަލުތަކެއް ހިންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ އަމަލުތަކުގެ ތެރޭގައި ބައެއް އިއްޒަތްތެރިން ބަންދު ކުރަން ޖެހުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އުސޫލުތައް ދޫކޮށްލައި، އުސޫލުތަކަށް ގޮންޖަހާފައި ކުރި ކަންކަމުގެ ތެރޭގައި ވަރަށް ބޮޑެތި ތަކުލީފުތަކެއް އަޅުގަނޑުމެން އުފުލައިފި. އޭގެ ތެރޭގައި އެކިއެކި ކުށްތަކުގައި އިއްޒަތްތެރި ބޭފުޅުން ވެސް ބަންދުކުރަން ޖެހުނު. އެކަމަކު، އެ ބޭފުޅުން ވެސް ހައްޔަރުކޮށްފައި އެ ވަނީ، އެ ބޭފުޅުން ކުރެއްވި ކުށްތަކަކަށް ޝަރީއަތުގެ މަރުހަލާ ހިނގައި އެ ކަންކަން ސާބިތުވެގެން،" ރައީސް ވިދާޅުވި އެވެ.
ބަންދުގައި ތިބީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ދައުލަތުން އުފުލި ތުހުމަތުތަކާއި ޝަކުވާތަކަށް ޖަވާބުދާރީވެ، ކުށުން ބަރީއަ ނުވެވުނު ބޭފުޅުންނެވެ.
"އެހެންވީމާ އެހެރީ ކަންކަން ހިނގާފައި. ހިނގައިގެން މި ދެންނެވި ކަހަލަ އެއްގޮތަކަށް ވެސް ބަންދުވާން ނުޖެހޭ މީހުންތަކެއް ބަންދު ވެސް ވެއްޖެ. މީގެ އުނދަގޫ އަޅުގަނޑުމެންގެ މުޅި މުޖުތަމައުން ހިއްސާ ކުރޭ، މުޅި މުޖުތަމައު އެބަ އުފުލާ،" ރައީސް ވިދާޅުވި އެވެ.
ބައެއް އިއްޒަތްތެރިން ބަންދުކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއިރު، ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު މިނިވަންކުރަން ސުޕްރީމް ކޯޓުން މިދިޔަ ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން ދައުލަތުގެ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށް، ޝަރީއަތް ހިންގައި ހުކުމް އިއްވާފައިވެ އެވެ. އޭގެ ތެރޭގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް އަދި ރައީސް ޔާމީން އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލް ގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއް ހިމެނިވަޑައިގަންނަވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެތެރެ އާއި ބޭރުގައި ގާނޫނާ ޚިލާފު ކަންތައްތަކެއް ހިނގި ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަން، އިދިކޮޅު ފަރާތްތަކުން ވެއްދި އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލައާ ގުޅިގެން، މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އަށް ވެންނެވުން މަނާކުރި މައްސަލައިގައި ހަމަނުޖެހުންތަކެއް ހިނގި އެވެ. އެ ހަމަނުޖެހުންތަކުގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ މައްޗަށް ވަނީ އުފުލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާމަ
04 July 2018
މިހާރުހުރިހާކަމެއްވެސްރަގަޅު، މިހާރުހުރިހާކަމެއްވެސް ރަގަޅު ހަދާންވޭތޯ ފާޑުފާޑަށް އަޑުލައްވަމުން ރައީސް ނަޝީދައް ކުރެއްވިމަލާމާތް.. މަނުކުފާނުއެވެ ހުރިހާކަމެއްދަނީ ރަގަޅަކަށްނޫނެވެ. މަނިކުފާނުގެ އެއްމެއަރިސް ނިހާނަކީވެސް މަނިކުފާނަށް ހެޔޮއެދިގެން އުޅޭ މީހެއްނޫން އަދީބުއާއިގުޅިގެން ރޭވިރޭވުން ނާކާމިޔާބުވީމަ މަޑުންއެހުންނަނީ..
Thhhk
04 July 2018
ޢަވަހަށް ދޫކޮށްލާ .ދެރަކަކޭ އުތަ
އިންޞާފް
03 July 2018
މަނިކުފާނު ދަރަންޏަށް ލޯނުނަގައިގެން ކިތަންމެވަރަކަށް ރާއްޖެތަރައްޤީކުރިއަކަސް ދިވެހިން މިއަދު މަނިކުފާނު ބަލައެއްނުގަނޭ މަނިކުފާނަކަށް އާން ބަހެއް ނުބުނާނެ އެއަށްވުރެބޮޑަށް މަނިކުފާނުދެކެ މީހުން ރުޅިއައިސްފަހުރީ ނުޙައްގުން އެއްވެސް ކުށެއްނުކުރާމީހުން ޖަލަށްލާ ކިރިޔާވެސް ވެރިކަމާ ކައިރިވެދާނެހެން ހީވާމީހެއްނަމަ އެމީހަކު ހިފާހައްޔަރުކޮށް ނުޙައްގުން އަނިޔާދޭތީ ޚުދު އަޅުގަނޑަކީވެސް މަނިކުފާނު ވެރިކަމަށް ގެނައުމަށް ވޯޓްލީމީހެއް އެކަމަކު ދެނެއް މަނިކުފާނަކަށް ދުވަހަކުވެސް މަގޭވޯޓެއް މަގޭ އާއިލާގެ 15 ވޯޓެއް ނުލިބޭނެ އިންޝާ ﷲ ވަރަށް އަވަހަށް މަނިކުފާނު ވެރިކަމުން ދުރުކުރެވޭނެ އެއަށްފަހު ދެންވާގޮތެއް ވާނެ
ހެޔޮނުވާނެ
03 July 2018
އަޖައިބެއް އަޅެފަހެ ނުވާނެތަ؟ ކުށުން ބަރީއަވާން މަސައްކަތް ކުރަންޖެހެނީ ކުށެއް ސާބިތު ވީމަ. ކުށެއް ކުރިކަން، ހެއްކާއެކު ސާބިތު ކޮށްދިނުމަކީ ދައުވާ އުފުލާ ފަރާތުގެ ޒިންމާއެއް. ދައުވާ އުފުލާހިނދު އެއީ އެއްވެސް ކުށެއްންތް މީހެއް. ދެން ކީކުރަންތަ ބަރީއަވާން މަސައްކަތް ކުރަނީ؟ މިސާލަކަށް ބަލާ ސިޔާދު. އޭނާއަކީ ކުށެއްގެ ތުހުމަތުގައި ހުރިމީހެއް. އޭނާ ނުޖެހޭނެ ކުށުން ބަރީއަވާން މަސައްކަތް ކުރާކަށް. ދައުލަތުން ޖެހޭނީ އެ ކުށަކީ އޭނާ ކުރި ކުށެެއްކަން ސާބިތުކޮށްދޭން. ހައްޔަރު ކޮށްފައި އެ ހިރީ ގާނޫނާ ޚިލާފަށް. ވަރަށް ވާހަކަ...
މުހައްމަދު
03 July 2018
ތިޔަވަރުގެ ނުބައި ކަމެއް ހިނގިކަން އެނގި އެކަން ރަނގަޅު ނުކުރުމުގެ ނުބައިކަން ދެކޭނެ އެވެ. އިންޝާ ﷲ
ހަސަންމަނިކުފާނު
03 July 2018
ކުއްކުރީމާ އަދަބު އެއްމެނަށްވެސް ލިބެން ޖެހޭނެ!
އާދަނުބެ
03 July 2018
ޔާމީނަކީ މާސަފު މީހެއްނޫން. ސާފުނަމަ ގިނަ ބަޔަކު ގޯސް ވާހަކައެއް ނުދައްކާނެ. އެންމެ ބޮޑު ޙިޔާނާތް އެމް.އެމް.ޕީ.އާރު.ސީ ގެ ކަންތައްތައްތަކުގައިވެސް ވަނީ ބައިވެރިވެފަ. ވަރަށް ގިނަ ޖަރީމަތަކެއް ގެ ވާހަކަ ދައްކާއިރު ވަކި ހިސާބކުން ހުއްޓެންޖެހެނީ ތިޔަނަމާ ހެދި. ރަނގަޅު މީހެއްކމަށް ގަބޫލުކުރާ މީހަކު ގެ ވާހަކަ ގޯސްކޮށެއް ނުދައްކާނެ. މިކަން އިހްސާސްވާޏި ރިޔާސީ އިންތިޙަބު ނިމުނީމާ. ވ.ސަލާމް.
ބާލައާދަނު
03 July 2018
މަނިކުފާނު ތިޔަފާޑުގެ ވާހަކަ ދެއްކީމާ އަންނަނީ ހިނި. 2008ގެ އިންތިޚާބަށް ފަހު އޭރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހިންގި މުޒާހަރާތަކާ ހަމަނުޖެހުންތަކުގެ އަޑީގައި މަނިކުފާނުވެސް ހުންނެވީމު. އޭރުގެ ސަރުކާރު ވެއްޓމުން، އެމީހުން މަނިކުފާނުގެ ސަރުކާރަށް ރަތްދޫލައިގެ މަރުޙަބާކިޔާ ސަނާކިޔާ އާދެ ލައްބަ ކިޔަން ތިބޭނެކަމަށް ހީކުރުމަކީ މަނިކުފާނުގެ ވިސްނުމުގެ ކޮށިކަން. ސޮރީ. ވޯޓު ދެވޭކަށް ނެތް. ލޯނު (ދަރަނި ތަރައްގީ) ބޭނުމެއް ނޫން.
ކުޑަމަނިކު
03 July 2018
މިބޭފުޅާ ކިޔާނުކިޔާ އެއްޗެއް ނޭނގޭ!!
މުޙުއްމާ
03 July 2018
ތިވިދާޅުވީ ހަމަ ރަގަޅަށް. ބަންދުކުރަން ނުޖެހޭބަޔަކު ތިއުޅުއްވަނީ ބަންދުކޮށްގެން. ބަންދުކުރަން ޖެހޭ މީހުން ތިތިބީ އަދި ހަމަ ބާރުގަ. އިރާދުކުރެއްވިއްޔާ އަދި ބަންދުގަ ތިބެންޖެހޭ މީހުން ބަންދު ކުރެވޭނެ. ޙައްޤަށް ނަސްރު ލިބޭނެ.