ބިދޭސީންތަކެއް މަސައްކަތް ކުރަނީ: އުފަންވި ގައުމަށް ނުވަތަ ކުލައަށް ބަލައި ނަސްލީ ތަފާތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ހެދުމަށް މަޖިލީހަށް ވަނީ ބިލް ހުށަހަޅާފައި --- ފޮޓޯ/މިހާރު
04 ޖުލައި 2018 - 19:57
ނަސްލީ ތަފާތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި ކަނޑައަޅައި، އެ ކުށަށް ބޮޑު އަދަބު ދެވޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ ޕީޕީއެމްގެ އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލް ގައި ގާނޫނުލް އުގޫބާތަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައި ވެ އެވެ. އެގޮތުން، އަދަބުތައް ބޮޑު ކުރުމާއި އިތުރު ކުށްތަކެއް ގާނޫނުލް އުގޫބާތުގައި ހިމެނުމަށް ވެސް އެ ބިލްގައި އިސްލާހު ހުށަހަޅާފައިވެ އެވެ. އަލަށް އެ ގާނޫނުގައި ހިމެނުމަށް ހުށަހަޅާ ކުށްތަކުގެ ތެރޭގައި ނަސްލީ ތަފާތު ކުރުން ވެސް ހިމެނެ އެވެ.
އެ ބިލްގައި އިސްލާހު ހުށަހަޅާފައި ވަނީ މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަކަށް ނުވަތަ ކުލައަށް ބަލައި، މީހަކަށް ހަމަލާ ދިނުން ނުވަތަ ހަމަލާ ދިނުމަށް މަސައްކަތް ކުރުން ނުވަތަ އެފަދަ މީހަކާ މެދު ތަފާތު ކުރުމަށް ގޮވައިލުން ނުވަތަ ހިތްވަރު ދިނުމަކީ ކުށެއްގެ ގޮތުގައި ހިމެނުމަށެވެ. އަދި އެފަދަ މީހަކާ މެދު ތަފާތު ކުރުމަށް ގޮވާލައި ނުވަތަ ހިތްވަރު ދޭ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް އުފެއްދުމާއި ޚަރަދު ކުރުމާއި ބައިވެރިވުމަކީ ވެސް ކުށެއްގެ ގޮތުގައި ހިމެނުމަށް އެ ބިލްގައި ހިމަނާފައިވެ އެވެ.
ބިލްގައިވާ ގޮތުން، ނަސްލީ ތަފާތު ކުރުމުގެ ގޮތުން މީހަކަށް ދޭ ހަމަލާއެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ، ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އެންމެ މަތީ ދަރަޖަ ކަމަށްވާ ޖިނާޔަތުގެ އެއް ވަނަ ދަރަޖައިގެ އަދަބު އެ މީހަކަށް ދެވޭނެ އެވެ. އެއީ ގާނޫނުލް އުގޫބާތު މިހާރު އޮތްގޮތުން ނަމަ، އަސާސީ މިންގަނޑުން 10 އަހަރުގެ ޖަލު ހުކުމެކެވެ.
ނަސްލީ ތަފާތު ކުރުމުގެ އަމަލެއް ހިންގީ ކިޑްނެޕް ކޮށްގެން ނުވަތަ ޖިންސީ އަނިޔާއެއް ދީގެން ނުވަތަ ފުރާނައަށް ގެއްލުމެއް ދޭނެ ކަމުގެ ބިރުދައްކައިގެން ކަމަށްވާ ނަމަ، އަސާސީ މިންގަނޑުން އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ. އެ ނޫން ހާލަތްތަކުގައި ނަސްލީ ތަފާތު ކުރުމުގެ އަމަލެއް ހިންގާ ނަމަ، އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވޭ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ބަލާމީހާ
05 July 2018
ފެންނަމުންދާ މަންޒަރުތަކުން މިކަހަލަ ކޮންމެ ޤާނޫނެއް އޭގެބޭނުން ނަހަމަގޮތުގައި މާނަކޮށް މީހުންގެ މައްޗަށް ދައުވާކޮށް ހަދަނީ ދިވެހި ދައުތު މުއައްސަސާތަކުން (.) މިހެންވެ ނަސްލީ ތަފާތުކުރުން މިއީ ޕާޓީ ނިޒާމުގެ މައްސަލަކަމަށް ހަދައިގެން ދަޢުވާކުރުންވެސް ވަރަށް ކައިރި (.) މިކަހަލަ ވަރަށް ކުޑަކުޑަކަމެއް ވަރަށް ކައިރިން ފެނިގެންދިޔައީ ފާރިޝް މައުމޫނުގެ މައްޗަށް ކުރާ ޝަޚްޞު އޮޅުވާލުމުގެ ދަޢުވާ (.) ޙަޤީޤަތުގައި ދިވެއްސަކު ދެކެން ބޭނުންނުވަޒާތުގެ ހީހީވެސް ހަލާކުވާ ވަރުގެ ކަމެއްގެ މައްޗަށް މިއަދު އެދަޢުވާކުރަނީ (.) ފާރިޝް އަކީ އެތަން އުފައްދަން އުޅުނުއެބަނީ (.) ދާޢުވަކުރަނީ ތަން ލޮލުން ނެދެކޭމީހަކު (.)
ޑޯން
05 July 2018
މިހާރުވެސް ދިވެހިންނަށް ވެރެއް ބަންގާލިންގެބާރުގަދަ މި ގައުމުގަ...
ވަހީދު
05 July 2018
ތީ ވަރަށް ދެރަކޮށް ދިމާވާ ކަމެއް . ގާނޫނުތަށް މަތިމައްތަށް ހަދެމަކީ ހައްލެއް ނޫން. އެންމެ ފުރަތަމަ މި ކުޑަކުޑަ ގައުމުގެ އެޑަލްޓް އާބާދީއާ އެއްހަމަ ކުރަމުން އަންނަ ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބަންގާޅީންގެ މައްސަލަ ހައްލު ނުކޮށް ތިކަން ކުރުމަށް ދިވެއްސެއްގެ ހައިސިއްޔަތުން ދެކޮޅުހަދަން. އެމީހުންވެސް ރާއްޖޭގެ ގާނޫނާ އެއްގޮތަށް އުޅޭނަމަ އޯކޭ. ގަވާއިދާ ހިލާފަށް ތިބެ ނުކުރާކަށް ކުށެއް ނެތް. އަދި އެކަމާ ކޮންސާންކުރާ މުވައްސަސާއެއް ނެތް. ޓެކްސް ވެސް ތައާރަފްކުރި. އެކަން އެބަ ވޭތަ. 30 މީހުން އަރާ ގާނޫންތަށް ތިފާސްކުރަނީ.
ނާސު
05 July 2018
މާނައަކީ މި ގައުމަށް މަސައްކަތު އަންނަ ބޭރު މީހާ އަށް ވެސް ދިވެހިންގެ މޫނަށް ސިގިރޭޓް ދުން ބުރުވަމުން ހަމަޖެހިލައިގެން ހިނގާލެވޭނެއޭ.
ނިފޫ
05 July 2018
ގިނަބަޔަށް މިހަބަރު ތިލަ ވިހެނެއް ހިޔެއްނުވޭ. މިއީ ރޭސިސްމް ނައްތާލާ ބިލްއެއް. ކޮންމެ ބަޔަކު ކުރިޔަސް ރަނގަޅު ކަމެއް ނަމް ބަލައިގަންނަންޖެހޭ. ހުރިހާ ދިވެހިންނަކީ އެއް ނަސްލެއް، އެހެން ކަމުން މި އަދަބުތައް ދެ ދިވެހިންގެ ތެރެއަކަށް ނުހިނގާނެ. ތަރައްގީވެފައިވާ ހުރިހާ ގައުމެއްގައިވެސް މިފަދަ ގާނޫނެއް އޮވޭ، ހާއްސަކޮށް ކަޅު މީހުންނަށް ދޮންމީހުން ދޭ ހަމަލާތަކުން ރައްކައުތެރި ކުރުމަށް. ގިނަ ދިވެހިން އަދިވެސް މިކަންކަމަށް ހޭލުންތެރި ނުވާކަން މިހަބަރަށް ލިބުނު ރިއެކްޝަނުން ފެނޭ.
ޝިފާގު
04 July 2018
އޭގެމާނައަކީ މީހެއްގެ ފިކުރަށްބަލާ، ހަމަލާދިނުން ނުވަތަ ދިނުމަށް މަސައްކަތްކުރުން އެންމެ ރަގަޅޭތަ؟
މުހައްމަދު ޝީން
04 July 2018
ތިޔައީ ވަރަށް ރަނގަޅު ކަމެއް. ދާދި ފަހުން އިހަވަންދޫ ކައުންސިލުން ބަންގްލަދޭޝް މަސައްކަތްތެރިން ޑިސްކްރިމިނޭޓްކުރި ކުރުމާ، މިދިޔަ ރޯދަ މަހު ދިވެއްސަކު ބަންގްލަދޭޝް މުސްލިމަކަށް ނަސްލީ ގޮތުން އެއްޗެހި ބުނެފައިވޭ. މިއީ އަހަރުމެން މުސްލިމުން އުޅެންވީ ގޮތެއް ނޫން.
މަންސޫރު
04 July 2018
ތިޔަ ކަންތައް އެންމެ ބޮޑީ ރިސޯޓުތަކުގައި. ކެރޭނެބާ އެވެރިންނަށް އަދަބުދޭން؟ އަނެއްކާ އަނެއް ސަރުކާރު ވައްޓާލަން ފައިސާ އުކަންފެށުމާއި ގާތީ. އިންކަމް ޓެކްސްއޭ ބުނީމައިވެސް ސަރުކާރެއް ވައްޓާލައިފި.
ޔުނައިޓެޑް އައްޑޫ
04 July 2018
ތިޔަ އިސްލާހު އަމާޒުވާ ގްރޫޕްތަކަކީ: ބޮޑު ތިލަދުންމަތި ފޭސްބުކް ޕޭޖް، ތިލަދުންމަތީ ޕާޓީ ޕޭޖް، ރާއްޖެތެރޭ މީހުންގެ ޕާޓީ ޕޭޖް އަދި ޔުނައިޓެޑް ސުވާދީވް ރެޕަބްލިކްގެ ފޭސް ބުކް ޕޭޖާއި އެޕޭޖްތައް ހިންގާ ފަރާތްތަކެވެ. ކިތަންމެ ގާނޫނެއް ފާސްކޮށް އަހަރެމެންނާއި ދެކޮޅަށް ދަތިކުރިޔަސް މިރާއްޖޭގައި ގިނައީ އަހަރެމެންނެވެ. ތިޔަ އަނިޔާވެރިކަން އަހަރެމެން ހުއްޓުވާނަމެވެ.
ރާބޮޑޭ
04 July 2018
އިބްރާހިމާ ކޮންމޮޔައެއް ތިޔަގޮވަނީ ތިކަންހުއްޓާލާފަ ކުރިއަށް އޮތް 15 އަހަރަށް ޔާމީނަށް ވެރިކަންހޯދަދޭން އުޅެގަ !