ރިޕޯޓް / ރިޔާސީ އިންތިޚާބު 2018

ހަމަހަމަ ފުރުސަތެއް ނެތް ކެމްޕެއިންއަކަށް!

އެމްޑީޕީން ދާދި ފަހުން ބޭއްވި ހަރަކާތަކަށް ފުލުހުން ހުރަސް އަޅަނީ: އިދިކޮޅު ހަރަކާތަށް ފުރުސަތު ލިބޭނެ މިންވަރަކާ މެދު އޮތީ ސުވާލު އުފެދިފައި

ކުޑަ މިސާލެކެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތަނެއް މާލެއިން ނުދިނުމުން ކޮންގްރެސް ބޭއްވީ އއ. އުކުޅަހުގަ އެވެ. ކޮންގްރެސްގައި ބައިވެރިވާން އެމްޑީޕީގެ މެމްބަރުން ރަސްމީ ފާލަން ކައިރިން ފުރަން އުޅުމުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ "ގްރީން ޒޯން" ގައި ސިޔާސީ ހަރަކާތެއް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އެހެންކަމުން ޖުމްހޫރީ މައިދާން ކައިރިން ފުރަން ސިޔާސީ ވީ އެވެ. އެކަމަކު އޭގެ ދެ ތިން ދުވަސް ފަހުން ފެނުނީ ވެރިކަންކުރާ ޕީޕީއެމްގެ ކެމްޕެއިން ޓީމްތައް އެ ސަރަހައްދުން ފުރިތަނެވެ. ޖުމްހޫރީ މައިދާނުގައި ތިބެ ފޮޓޯތައް ނަގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ފުރާކަން ސޯޝަލް މީޑިއާގައި އާންމުކޮށްލި އެވެ. ވަކި ޕާޓީއެއްގެ މީހުންނަށް ޖުމްހޫރީ މައިދާން ސަރަހައްދުގެ ބަނދަރު ބޭނުންކުރަން ފުރުސަތު ދެނީ ކީއްވެގެންތޯ ކުރި ސުވާލަށް ފުލުހުންގެ ތަރުޖަމާން ޖަވާބެއް ނުދެއްވަ އެވެ.

ރިޔާސީ އިންތިހާބަށް އިދިކޮޅު އިއްތިހާދުން ވެސް މިހާރު ވަނީ ކެމްޕެއިން ފަށައިފަ އެވެ. ކެމްޕެއިންކުރުމުގެ ހައްގު ހަމަހަމަކަމާ އެކު ދޭން ރާއްޖޭގެ ގާނޫނުތައް ބުނެ އެވެ. އެކަމަކު ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގައި ރައީސް ޔާމީންގެ ކެމްޕޭން ޓީމުތައް އުޅެނީ ހުރަހެއް ވެސް ނެތި، މާ ކުރީގަ އެވެ.

އެމްޑީޕީން ޕޯސްޓަރެއް ހިއްޕަން އުޅުމުން، ފުލުހުން އެކަމަށް ހުރަސްއަޅަނީ -- ފޮޓޯ: އެމްޑީޕީ

އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދޭތާ ހަތަރު އަހަރު!

ކުރިން ހުއްދައެއް ނެގުމެއް ނެތި އެއްވުންތައް ބޭއްވުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި އޮތަސް މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ހޯމް މިނިސްޓްރީން 2016 ގައި ކަނޑައެޅި އެވެ. އެކަމަކު އެތަން ވެސް އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއް ނުވަތަ އެއްވުމެއް ބާއްވާކަށް ހައުސިން މިނިސްޓްރީން ދުލެއް ނުކުރެ އެވެ. އަބަދުވެސް ސަރުކާރުންނާއި ފުލުހުން ބުނަނީ އިދިކޮޅު ފަރާތްތަކުން ގާނޫނާ ހިލާފު އަމަލެއް ހިންގަން އުޅޭ ކަމަށެވެ.

ނަމަވެސް ސަރުކާރު ނިސްބަތްވާ ޕީޕީއެމަށް ހުރިހާ ވަސީލަތެއް ވެސް ބަރާބަރަށް ލިބެ އެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމުން ފެށިގެން ގޮސް ސަރުކާރުގެ މުވައްޒަފުންނާއި ތަކެއްޗާއި ތަންތަނާ ވެސް އެކުގަ އެވެ.

ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި، އަދި ފަހުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު އަމީތު ވިދާޅުވީ ޕީޕީއެމުން ދައުލަތުގެ ބިންތަކުގައި ޖަގަހަ ހަދައިގެން ސިޔާސީ ހަރަކާތްތައް އެ ޕާޓީން ބޭނުން ގޮތަކަށް ހިންގުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

އެކަމަކު "ކުނޫޒުގެ ތެރެއަށް ފުލުހުން ވަދެ ކިތައް ދުވަހުގައިތޯ ޕެޕާ ސްޕްރޭ ޖެހީ؟ އެމްޑީޕީ ޖަގަހައަށް ވަދެ އެތަނުގައި ހުރި ތަކެއްޗަކަށް ފުލުހުން ވަނީ ގެއްލުންދީފައި. އެކަމަކު ޕީޕީއެމްގެ ހަރަކާތްތައް ކުރިއަށް އެގެންދަނީ ހައުސިން މިނިސްޓްރީގެ މުވައްޒަފުން ނެރެގެން،" އަމީތު ވިދާޅުވި އެވެ.

"ބައްލަވާ ދައުލަތުގެ ބިންތަކުގައި ރައީސް ޔާމީންގެ ކެމްޕެއިން ޖަގަހަ އެ ހިންގަވަނީ؟ ވެސްޓް ޕާކާއި ކުރީގެ ވަގުތީ [ފުރުގާން] މިސްކިތް ހުރި ބިމުގައި ހެދި ޖަގަހަ [ރުމާލު ދޭއް] ބައްލަވާ. ހޮޓާ ހިންގަން މީހަކަށް ދީފައި އޭނާގެ އަތުން ނަގައިގެން ޖަގަހަ އެ ހިންގަނީ."

ދެން ވެސް ފުރުސަތެއް ނުދޭނެ!

މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ނުދެނީ ޓްރެފިކަށް ދަތިވެ މާލޭގެ އަމާންކަމަށް ބުރުލެއް އަރާފާނެތީ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެއީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތެއް ހިންގަން އުޅޭ ނަމަ އެވެ. ޕީޕީއެމްގެ ޖަލްސާތައް ބާއްވަން މަގުތައް ބަންދުކޮށްދެ އެވެ. ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން ހަރަކާތްތެރިވެ އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބޫ ދޮރުން ދޮރަށް ވަޑައިގެން ކެމްޕޭންކުރައްވަނީ: ކެމްޕެއިން ފުރުސަތު އޮތީ ކިހާ ވަރަކަށް ބާ؟ --ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވެފައިވަނީ އިންތިހާބު ބޯމަތިވެ، ސަރުކާރުން ފޯރިއާ އެކު ކެމްޕޭން ކުރި ނަމަވެސް އެމްޑީޕީއަށް އެ ފުރުސަތު ނެތް ކަމަށެވެ. އަދި އެކަން ކުރަން، އެ ޕާޓީގެ ހަރުގޭގެ ޕޭވްމަންޓާ ހަމައަށް ވެސް ބޭރަށް ނުނިކުމެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަގުމައްޗަށް ނިކުތަސް ޓްރެފިކަށް އުނދަގޫވޭ. ނޫނީ ކޮންމެވެސް ގާނޫނަކާ އެބަ ހިލާފުވޭ. ޖަލްސާއެއް ބޭއްވިޔަސް، އެހެން ކަމެއް ކުރިޔަސް ކުރަން މި ޖެހެނީ މި ހަރުގޭގެ ހަތަރު ފާރުން އެތެރޭގައި،" ނިޔާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެމްޕޭނަށް ރައީސް ޔާމީނާ އެއްފަދަ ފުރުސަތުތަކެއް ލިބޭނެ ކަމާ މެދު ޝައްކެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު މިދިއަ ހަތަރު އަހަރު ލިބިފައިނުވާ އިރު ދެންވެސް އެފުރުސަތު ލިބޭނެ ކަމަށް ގަބޫލްނުކުރައްވާ ކަމަށެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން އިދިކޮޅުން ވެސް ކެމްޕެއިންތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯޓަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫން. ކެމްޕެއިންގެ ހަރަކާތްތައް ކުރެވުނު ހުރިހާ ގޮތަކުން ކުރިއަށް ގެންގޮސް އިންތިހާބު ކާމިޔާބު ކުރާނަން،" މަހުލޫފް ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ ފުލުހުންނާއި ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އިދިކޮޅު ހަރަކާތަށް އަޅަމުން ދާ ހުރަސްތަކަށް ބަލާއިރު މި ސަރުކާރު އޮވެގެން މިނިވަން، އިންސާފުވެރި އިންތިހާބެއް ނުލިބޭނެ ކަމަށެވެ.

މީޑިއާތަކަށް ބިރެއް!

ދައުލަތުގެ މީޑިއާ ޕީއެސްއެމަކީ ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ޕީއެސްއެމްގެ ޗެނަލްތަކުން މުޅިން ވެސް ގެނެސްދެނީ ސަރުކާރުގެ ހަބަރުތަކާއި ޕީޕީއެމްގެ ހަބަރުތަކެވެ. ޕީޕީއެމުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ލައިވްކޮށް ގެނެސްދެ އެވެ. ވަކި ފަރާތަކަށް ނުޖެހި ހަމަހަމަ ފުރުސަތެއް ދޭން ގާނޫނުން ލާޒިމު ކުރި ނަމަވެސް ޕީއެސްއެމްގެ އަމަލްތައް ހުރީ ތަފާތުކޮށެވެ.

އެކަމަކު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ހަމަހަމަ ފުރުސަތެއް އިދިކޮޅު ހަރަކާތަށް ވެސް ދެމުން އަންނަ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުން އިލެކްޝަންސް އިން އިއުލާންކުރުމާ އެކު ހުރިހާ ކެންޑިޑޭޓުންނަށް ވެސް އެ ފުރުސަތެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ސަރުކާރުން ހެދި ގާނޫނުގެ ސަބަބުން މީޑިއާތަކަށް ވަރަށް ބޮޑު ބިރެއް ވަނީ ކުރިމަތިވެފަ އެވެ. ވާނުވާއެއް ނޭނގި އަމިއްލަ ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެ އެވެ. ކަން އެގޮތަށް އޮއްވާ ދާދި ފަހުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުގެ ސަބަބުން ވެސް އަމިއްލަ މީޑިއާތަކަށް ވަނީ ހުރަސްއެޅިފަ އެވެ. އެ އިސްލާހުގައި ބުނަނީ ވަކި ކެންޑިޑޭޓަކަށް ޓީވީތަކުން އިތުރަށް ވަގުތު ނުވިއްކޭނެ ކަމަށެވެ.

އަމިއްލަ މީޑިއާތަކުގެ އިސް ވެރިން ބުނާ ގޮތުގައި ހަމަހަމައަށް ވަގުތު ވިއްކަން އެންގޭނީ ދައުލަތުން ހަރަދު ކުރާ މީޑިއާތަކަށެވެ . ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ވިޔަފާރި ކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ދީފައިވާ އިރު، ވިޔަފާރި އުސޫލުން ދޭ ހިދުމަތެއް ހިލޭ ދޭން ގާނޫނަކުން ލާޒިމް ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ އެ އިސްލާހަކީ ބައެއްގެ މުދާ ފޭރެން ނުވަތަ ހިލޭ ހޯދަން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނަނީ ފުރުސަތު ދޭނެ ކަމަށް

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ފުލުހުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެކަމަކު ފުލުހުން އެ ވާހަކަ ގަބޫލެއް ނުކުރެ އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ވޯޓް ލާން މާލޭގައި ބެހެއްޓި ވޯޓު ފޮށިތަކެއް ފުލުހުން ގެންދަނީ --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ފުލުހުންގެ ފަރާތުން ވެސް ލިބޭނެ ކަމަށެވެ. އެކަމަކު އެ ފުރުސަތު ދޭނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން ކަމަށާއި ގާނޫނުގެ ތެރެއިން ކަންކަން ކުރިއަށް ދާ ނަމަ، ފުލުހުން އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނާ ހިލާފު ނުވެ، އޮންނަ ހުދޫދުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މިންގަނޑުގެ ތެރެއިން ކަންކަން ކުރިއަށްދާ ކަމުގައިވާ ނަމަ، ފުލުހުންގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެމުން ދާނެ،" ނަވާޒް ވިދާޅުވި އެވެ.

އެކަމަކު ގާނޫނާ ހިލާފޭ ބުނެ ފުލުހުން ނުކުމެ ކޮންމެ ހަރަކާތެއް ވެސް ހުއްޓުވާފާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި ހަމަހަމަ ފުރުސަތެއް ލިބޭނެކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެންނަ ކަމަށް ވެސް އިދިކޮޅު ހަރަކާތުން ބުނަނީ ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ.

51 ކޮމެންޓް, 117 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 4%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާރިޔާ

17 July 2018

އެންމެންނައްފުރުސަރުދީގެންނުވާނެ

The name is already taken The name is available. Register?

ހަބޭސް222

12 July 2018

އެމްޑީޕީ ގޯސްވެގެން ވެރިކަމަށް އައި ބަޔަކު އެމްޑީޕީ އަށް ވުރެ ރަނގަޅުވާން ޖެހޭ! އެތަނެއް ނުފެނުނު! ވޯޓެއް މިފަހަރަކު ނލިބޭނެ!

The name is already taken The name is available. Register?

ާއައްލޯ

08 July 2018

މަބުނީ ތި ސޭޙު އަލީ ޒާހިރާ ސަމީރާ ޝަހީމައް މިވާހަކަ ކޮންމެސް މިހަކު ކިޔާދީބަލަ. ސަރުކާރުން މިކުރަނީ އިސްލާމްދީނުގައި ކިހާ ބާރުއަޅާ ކަމެެެއްތޯ.

The name is already taken The name is available. Register?

ބޫމް

08 July 2018

ފުލުހުން އެބުނާ ގާނޫނު ނުކުންނާނީ އަދުރޭ ނުވަތަ ނިހާނުގެ އަގައިންނެވެ. ޤާނޫނު އަސާސީގައެއް ނޯންނާނެއެވެ. ނަމަވެސް ފުލުހުން ޢަމަލުކުރާނެއެވެ. ޕީޕީއެމް އަށް ކަމުނުދާ ކޮންމެ ޙަރަކާތެއް ޤާނޫނާޚިލާފުވާނެއެވެ. ކަމެއް ގާނޫނަށް ފެތޭތޯ ނުވަތަ ގާނޫނާ ޚިލާފުތޯ ބެލުމުގައި ފުލުހުން ގެންގުޅޭ މިންގަޑަކީ އެއީއެވެ.

The name is already taken The name is available. Register?

ބޯ ހަލާކު

08 July 2018

ހަމަ އެއްކަމެއް! ތަފާތީ ނަން! އާޓިޝަލް ބީޗަށް ކުރީގައި 2009 ހިސާބުގައި އޭރުގެ އިދިކޮޅު ފަރާތްތައް ހަމަ އެއްވީ، އޭރު މުނިސިޕަލްޓީ ގައި ގެންގުޅޭ އުސް ފަރުބަދަކަހަލަ ހައެއްކަ ލޮރީ ފޮނުވާފައި އެހެރަ އަޅުވާ އަޑުބާރު ބަރުގޮނު ހަދާ އެބަހުރި ހެއްޔެވެ؟ ދަރުބާރުގެ އޭރުގެ ސިޓީކައުންސިލުން އިދިކޮޅު ހަރަކާތަކަށް ނުދީ ބާއްވަ ބާއްވާފައިއޮއްވާ އެތަނުގެ ތަޅު ހަލާކުކޮށްލައިގެން ސަރުކާރުން އެތަނަށް ވަންނަންޖެހުނުކަން ހަދާން އެބަހުރި ހެއްޔެވެ؟ އަމީނީ މަގަށް އޮތް ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ބިން، އުސްފަސްގަޑު، އަޑިޕާކު ހިސާރުކޮށްގެން އުޅުނު ހަދާންއެބަހުރިހެއްޔެވެ؟ މަޖީދީމަގު އޭރުގެ ސިޓީކައުންސިލާ އެތާގެ ގޯތި ޖަގަހަޖަހައިގެން އުޅުނު ހަދާއެބަހުރިހެއްޔެވެ؟ ރާއްޖެތެރޭގައި އިދިކޮޅު ހަރަކާތެއް ހިންގަފާނެތީ ޤާނޫނީ ކައުންސެލަރުގެ މައްޗަށް، އެމްޑީޕީ ނަގުލީ ކައުންސެލަރުންނާ "ގައުމީ އިދާރާ" ތަކުގެ ޖެއްސުންތައް ހަދާން އެބަހުރި ހެއްޔެވެ؟ މަދުތަ؟

The name is already taken The name is available. Register?

ޚހގގހ

09 July 2018

ސޯ ވޮޓް ބްރޯ؟؟؟ތީގެތެރޭގަވެސްނެތޭ ބައިތުލްމާލުން ބިލިއަނުން ފައިސާ ގެއްލިފައެއް. ނޫނީ ނުހައްގުން މީހަކު ޖަލަށްލާފައެއް.

The name is already taken The name is available. Register?

ނަސީރާ

08 July 2018

ހެޔޮނުވާނެ. ޤައުމު ހޭލަބަލަ. މުއައްސަސާތަކުގެ ވެރިން ޤައުމަށާއި ރައްޔިތުންނަށް ޣައްދާރު ނުވެބަލަ. ޙައްޤަށް މަސައްކަތްކޮށްދީބަލަ.

The name is already taken The name is available. Register?

އާދަނު

09 July 2018

މަވެސް އުޅެނީ މާލޭގަ. ކުރިން ކުރާހެން މުޒާހަރާ ކުރަން މިހާރު ފުރުޞަތު ނުދޭތީ ބޮލަށް ވަރަށް ފަޞޭހަ. އާއްމު ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ފަޞޭހަ.

The name is already taken The name is available. Register?

މުރާސިލް

08 July 2018

އިންތިޚާބުގައި ހަމަހަމަ ފުރުސަތު ލިބޭނެއެވެ. އެކަމަކު ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ހިތަށް އެރިހާ އެއްޗެއް ހަދާ މިޤައުމުގައި ހަމަ ނުޖެހުން ހިންގާކަށް ފުރުޞަތެއް ނުދެވޭނެއެވެ. އެކަމެއް ނުކުރެވޭނެއެވެ. އެންމެ ފުރަތަމަވެސް އިންތިޚާބަށޭ ކިޔާފައި ހިއްޕަން ފެށީ ފިލައިގެން އުޅޭ ޓެރެރިސްޓެއްގެ ފޮޓޯތަކެވެ. އެހެންވީމާ ހަމަހަމަ ފުރުޞަތުގެ ވާހަދެއްކޭކަށް ނެތެއް ނޫންހެއްޔެވެ؟

The name is already taken The name is available. Register?

އަބްދުއްލާ

08 July 2018

ދަވްލަތުގެ ބަޖެޓުން ފައިސާދީގެން ގެންގުޅޭ ބަޔަކު އިދިކޮޅު ވާކަށް ނުޖެހޭނެ . ސަރުކާރުން ކުރާކަންކަން ގޯސްނަމަ އެ ކުރާކަމެއްގެ ރަނގަޅުގޮތާ އެމީހުން އެބުނާގޮތަށް އެކަމެއްކުރީމަ ލިބޭނެ ފައިދާ އާ މިކަންކަން ލިއުމުން ސަރުކާރަށް އަންގަބަލަ . މި އިދިކޮޅޭ ކިޔާމީހުން ދަވްލަށް ފުރައްސަރަކުރަނީ މުޒާހަރާއިންނާ ޕޯޑިއަމުން މިކަންކަން ޖެހޭނީ ހުއްޓުވަން ވީމާ އެއްވެސް ފުރުސަތެއް ދީގެންނުވާނެ

The name is already taken The name is available. Register?

‫މަސްލަހަތު

09 July 2018

ކިޔައިދީ ވިސްނައިދޭން ސަރުކާރަކީ ޅަކުއްޖެއްތަ

The name is already taken The name is available. Register?

އަހުލާފު

08 July 2018

ﷲ ތައާލާ ގެ ކުޅަދުން ވަންތަކަން ތި ހުރިހާ ކަމަކަށްވުރެ މަތިވެރި އެވެ، އެކަލާންގެ ވަނީ ހައްގަށް ނަސްރު ދެއްވާނެ ކަން އަނގަވާފައެވެ، އަނިޔާވެރިވުމާއި މީސްމީހުންގެ މުދާ ނުހައްގުން އަތުލުމާއި ހިތުހުރި ގޮތަކަށް ހުކުމްތައް ނެރުން އެކަލާންގެ ވަނީ ނަހީ ކުރއްވާފައެވެ،

The name is already taken The name is available. Register?

އެހެންތޭ

08 July 2018

ކޮންމެހެން ފުރުސަތު ނެތީސް އިދިކޮޅު ފަރާތް ތަކުން ޖެހޭތޭ ރިޔާސީ އިންތިޚާބުގައި ބައިވެރިވާން. ޏުޖެހޭނެއޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454