10 ޖުލައި 2018 - 12:50
ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސިޔާސީ ދާއިރާއަށް އަލުން ނުކުންނެވިއިރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި ދެމިހުންނަވަން ނިންމެވުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޝަހީމް ރަނިން މޭޓަކަށް ހަމަޖެއްސުމުން އޭނާ ފުރަތަމަ ނިންމެވީ ޗާންސެލާ ކަމުން އިސްތިއުފާ ދެއްވައި ސިޔާސީ މަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށެވެ. ނަމަވެސް އިއްޔެ އަނެއްކާ އޭނާ ވަނީ ރައީސް ޔާމީންގެ ވެސް ލަފާފުޅު ކަމަށް ވިދާޅުވެ، އެމަގާމުން އިސްތިއުފާ ނުދެއްވާނެ ކަން ހާމަކުރައްވާފަ އެވެ.
އިސްތިއުފާ ދެއްވާނެ ކަމަށް ޝަހީމް ވިދާޅުވެ ލިޔުއްވި ސްޓޭޓަސް--
އެ ލަފައާ އެކު، ޔުނިވަސިޓީ ހިންގަން ވައިސް ޗާންސެލަރަކަށް ރައީސް ޔާމީން ހަމަޖެއްސެވީ އާއިޝަތު ހަލީލާ އަބްދުއްސައްތާރު، ހދ. ވައިކަރަދޫ، ބުލޫހައުސް، އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ގާނޫނު ބުނާ ގޮތުން ޔުނިވާސިޓީ ހިންގުމުގެ ޒިންމާ އުފުލަން ޖެހޭނީ ވައިސް ޗާންސެލަރެވެ. ނަމަވެސް ޝަހީމް ޗާންސެލަރުކަމާ ހަވާލުވެވަޑައިގެންފަހުން އެ ޔުނިވާސިޓީއަށް ވައިސް ޗާންސެލަރެއް އައްޔަނެއްނުކުރައްވަ އެވެ. އެހެންކަމުން ތަން ހިންގެވީ ޝަހީމެވެ.
އިސްލާމިކް ޔުނިވާސިޓީގެ ގާނޫނު ބުނާ ގޮތުން ޗާންސެލަރަކަށް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވާން ހުރަހެއް ނާޅަ އެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއްގައި ނުހުރެވޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.
ޝަހީމް އިއްޔެ ވިދާޅުވީ އޭނާ ވަރަށް އަވަހަށް ޕީޕީއެމާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
Chancellor ge magaamugai dhemi hure, siyaasee masakkaiy kuran huraheh neiy: Dr. Shaheem
The most trusted news source in the Maldives
Mihaaru
ޝަހީމް އިސްތިއުފާ ނުދެއްވަން ނިންމުން--
ޝަހީމަށް ފާޑުކިއުއްވާ ބައެއް ބޭފުޅުން ވިދާޅުވަނީ ޔުނިވާސިޓީއެއްގެ ޗާންސެލާއަކަށް ހުންނަވައިގެން ޝަހީމް ސިޔާސީ މަސައްކަތް ކުރެއްވުމަކީ ޕްރޮފެޝަނަލް ގޮތެއް ނޫން ކަމަށެވެ. އޭގެ ސަބަބުން އެތައް ޓީޗަރުންނަކަށާއި އެތައް ސަތޭކަ ދަރިވަރުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.
ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަމާއި އޭގެ ފަހުން ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުކަން ކުރައްވާފައިވާ މުސްތަފާ ލުތުފީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗާންސެލަރަކަށް ހުންނަވައިގެން ސިޔާސީ މަސައްކަތް ކުރެއްވުމަކީ މަތީ ތައުލީމަށް ހަޖޫ ޖެހުން ކަމަށެވެ. އަދި އެއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
މިހާތަނަށް ރާއްޖޭގެ ޔުނިވާސިޓީތަކުގެ ޗާންސެލަރުކަމާއި އިސް މަގާމުތައް ފުރުއްވާ ބޭފުޅުން އެ މަގާމުތަކުގައި ތިއްބަވައިގެން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެފައެއްނުވެ އެވެ.
އިސްތިއުފާ ދެއްވާނެ ކަމަށް ފުރަތަމަ ވިދާޅުވެ އެކަމަކު އޭގެ އެއް ދުވަސް ފަހުން ޗާންސެލަރުކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ޝަހީމް ވިދާޅުވުމުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ސުވާލުކުރެއްވީ، "ދެން މި މީހުންގެ ވާހަކަ ގަބޫލުކުރާނީ ކިހިނެއްތޯ؟" އެވެ.
"އަދި ރަނިން މޭޓަކަށް އެޕޮއިންޓް ކުރިތާ ދެ ދުވަސް ނުވޭ. ލާދީނީ މި ވަނީ މި ވާހަކަ ހަގީގަތަށް ބުނާ މީހާ" ކަމަށް ވެސް މަހުލޫފް ލިއުއްވި އެވެ.
• Iyye vidhaalhuvee IUM isthiufaa dheynekamah.
— 𝐀𝐡𝐦𝐞𝐝 𝐌𝐚𝐡𝐥𝐨𝐨𝐟 (@AhmedMahloof) July 9, 2018
• Miadhu vidhaalhuvee isthiufaa nudhevvaanekamah.
Dhen mimeehunge vaahaka qaboolu kuraanee kihinehtho ? Adhi Running mate akah appoint kurithaa 2 dhuvas nuvey.
Laadheenee mivanee mivaahaka hageegathah bunaameeha. pic.twitter.com/slDJZejUw9
ޝަހީމަށް ފާޑު ވިދާޅުވެ މަހްލޫފް ކުރެއްވި ޓްވީޓް--
ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވީ ގާނޫނުގައި ބުނެފައިވާ ޝަރުތު ގެއްލުމުން މަގާމު ވެސް ގެއްލޭނެ ކަމަށެވެ. އަދި ޝަހީމުގެ އެ ނިންމެވުމުން ޔަގީންވީ ގާނޫނަށް ވުރެ ރައީސް ޔާމީންގެ އެންގެވުން އިސްކުރައްވާނެ ކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
1. Magaamuga hunna meehehgaiga hurun laazim sharutheh univumun isthiufa nudheviyas magaamu gehleyne.
— Moosa Siraj 🎈 (@MoosesSiraj) July 9, 2018
2. Shaheem miadhu rayyathunah yageen kohdhevi kamake YAG angaifiya Shaheem ah gaanoonah vure YAG muhimmu vaane kan. pic.twitter.com/jZ30PHGDwe
ވަކީލް ޝިރާޖު ކުރެއްވި ޓްވީޓް---
ޗާންސެލަރުކަމުން އިސްތިއުފާ ނުދެއްވާނެކަން ހާމަކުރެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ އެ ނިންމެވުމުގައި ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވެސް އެގޮތަށް ލަފާ ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، ޗާންސެލަރު ކަމުގެ މަގާމުގައި ދެމިހުންނެވުމަކީ، މި އަހަރުގެ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އޮތް ހުރަހެއް ވެސް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނުބެ
11 July 2018
ގާނުނެއް ގަވައިދެއް އެބައޮތްތަ؟
ކުނި
11 July 2018
އެމްޑީޕީގެ ޖަލްސާއަކުން ފެނުނަސް ވަޒީފާއިން ވަކިރުރޭ އެކަމަކު މިމީހުންނަށް ވީމާ އޯކޭ މިއަށް އަދުލުއިންސާފު ކިޔަންމިޖެހެނީ ދެން މިހާރު މިއަށް އިސްލާމްދީންވެސް ކިޔަންޖެހިފަ މިއޮތީ
ޗާންސެލަރ
10 July 2018
ޝަހީމު އަށް ޑިމޮކްރެޓިކް ރީތި ހަމަތައް ކިޔަވާވިދާޅުވެފައި ނެތީތާ. ޢިސްލާމީ އަޚުލާޤީ ހަމަތަކުން ވިސްނިޔަސް މަތީ ތަޢުލީމު އުނގަންނައިދޭ މުވައްސަސާ އެއްގެ ޗާންސެލަރ އެއްގެ މަޤާމު ގައި މިހާރު ޝަހީމަކަށް ނުހުންނެވޭނެ.
މީނަ
10 July 2018
މިހިރި ގޮތެއްނެތް ލަދުކުޑަމީހާ،
ޥަސް
10 July 2018
ޢެހެންވީމަ ކެންޕޭން ދުވަސްވަރުގައިވެސް މީނައަށް މުޚާތަބު ކުރަންވާނީ ޗާންސެލާރ ކިޔައިގެން. ޜަނިން މޭޓަކީ މަޤާމެއް ނޫންމަށް ޕީޕީ ކުދިން އެބަބުނޭ.
ޚޮލި
10 July 2018
ރަނިންގމޭޓަކީ އިންތިޚާބުވުުމުގެ ކުރިން ވަޒީފާއެއް ނޫން. އިންތިޚާބުވީމާ ވަޒީފާ ލިބޭނީ. ދެން ކީއްވެގެން ޗާންސެލަރކަމުގައި ޝަހީމަށް މިހާރު ނުހުންނެވެންވީ؟
އަޖީތު
10 July 2018
ނުހުންނަންވީ ސިޔާސީ މަސައްކަތެއްގައި ފާޅުގައި އުޅޭތީ. ނުހުންނަންވީ އަމިއްލައަށް އިސްތިއުފާ ދޭނެ ކަމަށް ބުނެ އާންމުކުރި ބަހުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީ ހިފެހެއްޓުމަށް. ދައްކާ ވާހަކައާއި ކުރާ އަމަލާ ދިމާވާ މީހެއްކަން ސާބިތުކޮށްދިނުމަށް.
ޒިންކް
10 July 2018
ޕީޕީއެމް ކައުންސިލް އިން އެކަން ނިންމީމަ
ޛުހާ
10 July 2018
މިތާ މި ކޮމެންޓް ކުރާ މީހުންނަށް އެނގޭބާ ރަނިންގމޭޓަކީ ވަޒީފާއެއް ނޫންކަން.
ޒިންކް
10 July 2018
މަގާމެއް ނޫން އެއީ ރަންޒެއް. އެއީ ކަނޑުގައަޅާ ރޮނގެއް. ޔާމިން ވިދާޅުވި ކޮންމެއެއްޗެއް
އަންވަރު
11 July 2018
ރަނިންމޭޓުކަމުގެ މަގާމަކީ ގާނޫނު އަސާސީގަ ލިޔެފައޮތް ނައިބުރައީސް ކަމުގެ މަގާމަށް ކުރިމަތިލުން. ސިވިލް ސާރވިސް މުވައްޒަފުންވެސް ކައުންސިލަށް ކުރިމަތިލެވެނީ މަގާމުން ވަކިވުމަށްފަހު.
ޝައުކަތު
10 July 2018
ޝަހީމް އެ ނެގީ ކެރިއަރ މޫވްއެއް. ދީނަށް ނަސްރު ދެވޭނީވެސް ނުފޫޒު ހުރެގެން. އަދި މީގެ އިތުރުން ސައޫދީންވެސް ބޭނުންވޭ އިތުބާރު ހިފޭ، ދޮގާއި މަކަރާއި ހީލަތް ނަހަދާނެ މީހެއް ސަރުކާރުގައި ހުންނަން.
އަފި
10 July 2018
މިވަރު މީހުން ވީޕީ އައް.
ކިއްލިބާޝާ
10 July 2018
ޝަހީމު އެ ވެހޭތާ ފެންނަގަނީ.