މިދިޔަ އަހަރުގެ އޭ ލެވެލް އިން ރާއްޖޭން އެއް ވަނަ ހޯދި ދަރިވަރަކަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 ޖުލައި 2018 - 00:17
މިދިޔަ އަހަރު ބޭއްވި އޭ ލެވެލް އިމްތިހާނުގައި މުޅި ދުނިޔެ އިން އެއް ވަނަ ދިވެހި ހަ ދަރިވަރަކު ހޯދައިފި އެވެ.
އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވި އިމްތިހާނުން މުޅި ދުނިޔެ އިން އެއް ވަނަ ހަ ދަރިވަރަކު ހޯދިއިރު އެކިއެކި މާއްދާތަކުން ދިވެހި 45 ދަރިވަރަކު ވަނީ ދުނިޔޭގެ ގަދަ 10ގައި ހިމެނިފަ އެވެ.
ފަސް މާއްދާއިން އޭ ހޯދައިގެން މިދިޔަ އަހަރު 47 ދަރިވަރަކު ވަނީ އެއް ވަނަ ހޯދައިފަ އެވެ. އޭގެ ތެރެއިން ހަ ދަރިވަރަކު، ފަސް މާއްދާއިން އޭ ސްޓާ ހޯދާފައި ވެ އެވެ. މި ހަ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ދީފައި ވެ އެވެ.
އޭލެވެލް އިން ރަން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީން ދޭ އިނާމު ވެސް ވަނީ ހަވާލުކޮށްފަ އެވެ.
މިދިޔަ އަހަރުގެ މެއި/ޖޫން އަދި އޮކްޓޯބަރު/ނޮވެމްބަރު މަހުގައި ވެސް އޭ ލެވެލް އިމްތިހާނު ބާއްވާފައި ވެ އެވެ. އެގޮތުން މެއި މަހު ބޭއްވި އިމްތިހާނުން ފަސް މާއްދާއިން އޭ ހޯދައިގެން އެއް ވަނަ ލިބުނީ 44 ދަރިވަރުންނަށެވެ.
މިދިޔަ އަހަރުގެ އޭ ލެވެލްގައި ގައުމީ 10ގައި ހިމެނުނު ދަރިވަރުންތަކެއް، އެވޯޑާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ދެހާސްސޯޅަ ވަނަ އަހަރުގެ އިމްތިހާނުން ރާއްޖެއިން އެއް ވަނަ ހޯދީ 38 ދަރިވަރަކެވެ. އަދި 2015 ވަނަ އަހަރު އެ އަދަދު އުޅުނީ 28 ގަ އެވެ. އެހެންކަމުން ފާއިތުވި ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭ ލެވެލްގެ އެއް ވަނައިގައި އެންމެ ގިނަ ދަރިވަރުން ހިމެނިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ނޮވެމްބަރު ގަ އެވެ.
މިދިޔަ އަހަރުގެ ފަހު އިމްތިހާނުން 205 ދަރިވަރަކު ގައުމީ ގަދަ 10ގައި ހިމެނެނުއިރު، މިިދިޔަ އަހަރުގެ މެއި/ޖޫންގައި ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު އުޅުނީ 186ގަ އެވެ.
މިރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ އޭ ލެވެލް ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރަކީ، އޭ ލެވެލްގެ އެއް ވަނައިގައި އެންމެ ގިނަ ދަރިވަރުން ހިމެނުނު ފަހަރު ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ހައި އެޗީވާސް އެވޯޑު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުންތަކެއް: މިދިޔަ އަހަރު 205 ދަރިވަރުން ވަނީ ގައުމީ ގަދަ 10ގައި ހިމެނިފައި-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގެ އޭ ލެވެލް ގަދަ 10 ހޮވާފައިވަނީ ކުރީގައި ވެސް އޮންނަ އުސޫލަށެވެ. ނަމަވެސް ސްކޮލަޝިޕް ދީފައި ވަނީ އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުންނެވެ. އެއީ ފަސް މާއްދާއިން އޭ ހޯދާފައިވާ ދަރިވަރުންނަށް ހައި އެޗީވާސް ސްކޮލަޝިޕް އަދި ފަސް މާއްދާއިން އޭ ސްޓާ ހޯދާފައިވާ ދަރިވަރުންނަށް ރައީސްގެ ސްކޮލަޝިޕެވެ.
އޭޝިޔާގެ 11 ގައުމަކުން ކިޔެވޭ ހައި އެޗީވާސް ސްކޮލަޝިޕް 41 ދަރިވަރަކަށް ލިބިފައިވާއިރު ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކިޔެވޭ ރައީސްގެ ސްކޮލަޝިޕް މި އަހަރު ލިބިފައިވަނީ އެންމެ ހަ ދަރިވަރުންނެވެ. އެއީ ސީއެޗްއެސްއީގެ ހަ ދަރިވަރުން ކަމަށްވާ އަހުމަދު ބާސިލް ޝިޔާމް، އައިޝަތު ނާޒިޔާ ނިޔާޒު، އާމިނަތު އިބާނާ ޝާހިދު، ހުސެއިން ޝައްމާހު މުހައްމަދު، މަރިޔަމް އަޒްހާ އިބްރާހިމް އަދި މަރިޔަމް އިނާޝާ ޒިޔާދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދިންގެ ނަތީޖާ
10 July 2018
ކުދިންގެ ނަތީޖާ ރަނގަޅުވާނެތާ އެޗްއެސްސީ އިމްތިހާނާއެކު ކުދިން ހަދަނީ އެންމެ މާއްދާއެއް ނޫނީ ދެމާއްދާ. ބާކީ މާއްދާ ޖެނުއަރީގަ. ކުރިން ވެއްޖެޔާ އެޗްއެސްސީ ހަދަނީ ފަހު ސެޝަނުގަ، އެހެން މާއްދާތަކާ އެއްކޮށް.
ދުނިޔެ
10 July 2018
ދުނިޔެއޭ ކިޔާނެކަމެއް ނެތް. އޮކްޓޯބަރުގައި އޭލެވެލް ހަދާ އެހެން ޤައުމެއް މިދުނިޔެއަކު ނެތް. ވީމާ، ތިއީ ވަރލްޑް ޓޮޕްއެއް ނޫން. ރާއްޖޭގެ ޓޮޕް.
ޝަރީފު
10 July 2018
ރައީސްގެ ސްކޯލަރ ޝިޕް ލިބުނު ކުދިންގެ ތެރޭގަ ވިލާސްކޫލްގެ އެންމެ ކުއްޖެއްވެސް ނުހިމެނޭދޯ. ކީއްތަ މިކުރަނީ.
ހަސަންފުޅު
10 July 2018
ވަކި ސަރުކާރެއް ނުވަތަ ވަކި މިނިސްޓަރެއް ހުރެގެން އަންނަށް ބަދަލުތަކެއްނޫން ތިފެންނަނީ... އިލްމީ ދުނިޔެއޮތީ ވަރަށް ބޮޑަށް ހުޅުވިފައި އަދި ތައުލީމު ލިބިގަތުން ދުވަހެއް ދުވަހަކަށް ދަނީ ފަސޭހަވަމުން... ސްކޫލަކަށް ނުގޮސްވެސް މިހާރު އިލްމު އުގެނޭނެ އަދި ފްރީކޮށް އިންޓަރނެޓު ޒަރީއާއިން ލިބެންއެހުންނަށް ރިސޯސްތަކުން... ރިސޯސްތައް އެހުންނަނީ ބޭނުންވަރަކަށް ލިބެން އެހެންކަމުން މިހާރު ކުދިންނަށް އިލްމު އުގެނެން ފަސޭހަވުމުން އަންނަށް ކުރިއެރުން ތިފެންނަނީ... އެގްޒޭމްތަކަކީ މިހާރު އެހާ ޓަފް އެއްޗެއްނޫން ކިރިއާވެސް ކިޔަވާ މީހަކަށް ވިއްޔާ...
ޤާދިރު
10 July 2018
ބުނެދެވޭތޯ ތިއުޅެނީ ތަޢުލީމީ ގޮތުން ލިބެމުން އަންނަ ކުރިއެރުމަކީ މިސަރުކާރުން ކުރާ މަސައްކަތުން ލިބޭ ނަތީޖާއެއް ނޫންކަން ހާމަކުރަންދޯ؟ ސަރުކާރުން އެކަންކަމަށް މަގުފަހިކޮށް ނުދޭނަމަ މިހާރު އެނެރޭ ނަތީޖާ ނެރެވޭނެތޯ އަހާލަން ބޭނުން.
އަންކަލޯ
10 July 2018
ތީ އެމްޑީޕީ ސަރުކާރުގަ ބޮއްސުންލައިގެން ގޮއްސަ އޮތް ދާއިރާއެއް. ވަރަށްވެސް އުފާވެރި. ތައުލީމީ ގޮތުން ރާއްޖެއަށް ރީތިނަން ހޯދާ ކުދިންގެ އަގުވެސް އެމްޑީޕީ އަގު ވަޒަންނުކުރި.
ޤާދިރު
10 July 2018
ދަރިވަރުންނަށް މި ނަތީޖާ ހޯދައި ދިނުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ބަޔަކީ ޓީޗަރުން. އެކަމަކު ދަރިވަރުންނަށް މިލިބޭ އުފަލުގައި ބައިވެރިވެލުމުގެ ފުރުސަތެއް ވަރަށް މަދު ޓީޗަރަކަށް ނޫނީ ނުލިބޭ. އެ ވެސް ޢަމަލީގޮތުން ކިޔަވައި ނުދޭ، ލީޑިންގ ޓީޗަރުން. އެ އުފަލުގައި ބައިވެރި ވަނީ މާދުރުގައި ތިބޭ ބަޔަކު. މިކަމުން އެނގި ހާމަވަނީ ޓީޗަރުންނަކީ، މި މީހުންގެ ކުރިމަތީގައި އެއް ވެސް ބައެއްނޫންކަން.
ބްލޫމް
10 July 2018
ލީޑިންގ ޓީޗަރުންވެސް ހަމަ އަމަލީ ގޮތުން ކިޔަވައިދޭ.
އަމާ
10 July 2018
ދުނިޔެއިން މެޑަލް ޖަހާނެ މަޅޮު ކުދިން އަމާމެން ޓިއުޝަން ދީގެން. މި މީހުން ކުރާ ވަރަށް ވިޔާނުދާ ކަމެއް މެޑަލި ޖަހަން ކުދިން ތަފާތް ސަބްޖެކްތައް ނެގިޔަ ނުދިނުން. މިސްޓޭޖްގައި ކެރިއަރ އަށް ރަނަގަޅު ޑިސިޝަނެއް ނެގޭނެީ ވީހާވެސް ގިނަ މާއްދާތައް ފެނި ދެނިވި ވަރަކުން. އޭ ސްޓާރ ނުލިބުނަސް ފާސްވިޔަސް މަށަށް ހެޔޮ އެނގޭ އެއްޗެހި ގިނަވަނިކޮށް. ރޯފިލާލެއް ބޮޑުވާނެ.
ސުހާދު
10 July 2018
ތީ މައިންބަފައިން ޓިއުސަނަށް ކުރާ ހަރަދުގެ ނަތީޖާ ތީގެ ކުރިޑިޓް އެޑިއުކޭސަން އާ ސަރުކާރުން ނަގަން އުޅުއްވާނެ ކަމެއްނެތް.
ބޮލިއަޖާއިބު
10 July 2018
ކީއްވެތޯ މޮޅެތިކުދިން ރާއްޖޭގެ ޔުނިވަރސިޓީން ތައުލީމު ހާސިލްނުކުރަންވީ. ލަންކާ، އިންޑިޔާ، މެލޭސިޔާ، ޗައިނާ، ޔޫކޭ ފަދަ ޤައުމުތަކަށް އާންމު ދާއިރާތަކުން (ބިޒްނަސް، އެޗްއާރ، އެކައުންޓިންގ، އެޑިޔުކޭޝަން ފަދަ) ފަސްޓް ޑިގްރީ ހަދަން ފުރުޞަތު ދޭނެކަމެއްނެތް. މިޤައުމުތަކުން މިހާރުކުރާކަމަކީ ސެޓްފިކެޓްވިއްކުން. މޮޅެތިކުދިން ކިޔަވަން ރާއްޖޭގައިތިބެގެން ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖްތައް ކުރިޔަށް ދާނީ. ރާއްޖޭން ބޭރުން ފުރުޞަތުދޭންވީ، ސައިންސާއި ޓެކްނޮލޮޖީ އަދި މެޑިކަލް ދާއިރާގެ މަތީފެންވަރުގެ ކޯސްތަކަށް.
މަނިކް
10 July 2018
ހާދަހަރަދެއް މައިންބަފައިން ޓިއުސަނައް ހަރަދުކުރެޔޭ.