ހަލީލް ނޫސްވެރިންގެ ބައްދަލުވުމެއްގައި: އިދިކޮޅު އިއްތިހާދުން ހޯމަ ދުވަހު މުޒާހަރާ ކުރީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައި ބިރުދައްކަން ކަމަށް ވިދާޅުވި -- ފައިލް / މިހާރު ފޮޓޯ
24 ޖުލައި 2018 - 11:42
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނުން ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން ދާ ކަމަށް ޕީޕީއެމްގެ ސެކްރެޓްރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން ކުރިމަތީގައި އިއްޔެ އިދިކޮޅުގެ ފަރާތްތަކުން މުޒާހަރާ ކުރުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ހަލީލް ވިދާޅުވީ މުޒާހަރާގެ ބޭނުމަކީ ކޮމިޝަނުގެ މެންބަރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވުން ކަމަށެވެ.
"މިފަދަ އަމަލުތައް އިދިކޮޅު ފަރާތްތަކުން ހުއްޓާލައި ގައުމުގެ ހަމަޖެހުމާއި އަމާންކަމަށް ލޯބި ކުރަން ޖެހޭ. އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދޭން ޖެހޭ،" ހަލީލް ލިއުއްވި އެވެ.
Riyaasee inthikhaabah nufoozu foaruvumuge beynumuga adhi election commission ge memberunnai muvazzafunnah birudhakkaigen ecommissionge minivankan nagaalumuge beynumuga indhikolhufaraithakun EC kurimathee miadhu kuri muzaaharaa harukashikoh kuvverikuran. 1/2
— Dr. Abdulla Khaleel 🌐 (@abkhaleel) July 23, 2018
މީގެ އިތުރުން އޭނާ ވަނީ އެމްޑީޕީގެ ޖަގަހަތަކަށް ގޮސް ރީ-ރެޖިސްޓްރީ ކުރާ ބައެއް މީހުންގެ ފޯމުތައް ކޮމިޝަނާ ހަވާލުނުކުރާ ގޮތަށް އެ ޕާޓީން ނިންމާފައިވާ ކަމަށް، އެހެން ޓްވީޓެއްގައި ވިދާޅުވެފަ އެވެ.
"އެމްޑީޕީގެ އޮފީހުން ބެކްގްރައުންޑް ޗެކްކޮށް، އެމްޑީޕީއަށް ވޯޓު ނުލިބޭ ނަމަ އިލެކްޝަންސް ކޮމިޝަނަށް ފޯމު ނުވައްދާނެ ކަމުގެ މައުލޫމާތު ލިބޭ،" ހަލީލް ލިއުއްވި އެވެ.
"ދިވެހި ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގު މިގޮތަށް ހައިޖެކް ކޮށްގެން ނުވާނެ!"
Samaaluvelavvaa!
— Dr. Abdulla Khaleel 🌐 (@abkhaleel) July 23, 2018
Reregisteration form MDP in furumah fahu, MDP ge office in e beyfulhunge background check koh, MDP ah vote nulibey nama EC ah form nuvahdhaane kamuge mauloomaath libey!
Dhivehi rayyithunnah libifavaa votelumuge haqqu migothah hijack kohgen nuvaane!
ހަލީލް ކުރެއްވި ޓްވީޓް
ހަލީލްގެ މި ވާހަކަތައް މިއައީ ސަރުކާރުން ބޭނުންވާ މެމްބަރުންތަކެއް އިލެކްޝަންސް ކޮމިޝަނަށް ލައިގެން، ވޯޓު އޮޅުވާލަން މަސައްކަތްކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނިކޮށެވެ. ޕީޕީއެމުން ކުރިއަށް ގެންދާ ރީ-ރެޖިސްޓްރޭޝަންގެ ކަންކަމާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި ބޭނުންކުރާތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ފާޑު ވެސް ކިޔަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިތު
24 July 2018
މިހާރު ވަޒީފާ އަށް އިންޓަރވިއު ކުރިފަހުން މަހެއް ވަނީ..އަދިވެސް ޖަވާބެއް ނުދެ..އިދިކޮޅު ޕާޓީ ރަޖިސްޓްރީގަ އިނީމަތޯޗެ..ވަޒީފާ އެއް ދިނަސް މި ބަލަނީ ސިޔާސީ ކުލަޔައް..ކޮންމެ ސަރުކާރެއް އޮތަސް ކަންވާނީ މިހެން..
ޔާމީނުގެ އެކުވެރިޔާ
24 July 2018
ދިވެހި ރައްޔިތުންނަށް ހަޤީޤަތެއް އޮޅިގެނެއް ނޫޅޭ... އިންތިޚާބަށް ނުފޫޒު ފޯރިވިނަމަވެސް ޔަޤީން ވަނީ ޔާމީނުއަށް ވޯޓުދޭނީ ހަމަ މަދު މީހެއްކަން...
ގުރައިދޫ ސެންޓަރު
24 July 2018
އިންތިޚާބެއްގަ ބަަޔަކު ބަލިވަންޏާ މިފަހަރު އިދިކޮޅު ބަލިވެ ސަރުކާރު މީތި ވިންކުރާނެ. އިދިކޮޅުން މަރަށްތެޅޭތަން މިފެންނަނީ.
ބެރެބެދި އައްޔަ
24 July 2018
ޑޮކްޓަރ! ޕްލީޒް ހަޖަމް!
މުޙުއްމާ
24 July 2018
ޚަލީުމެން "ކިޔަވައިގެން" ތިބި މީހުން ދެން ތިކަހަލަ ކޮސް ވާހަކަދެއްކީމަ ހަމަ އަގުވެއްޓުން ނުން އެހެން ކަމެއް ނުވާނެ. ތި ވާހަކަ ޤަބޫލު ކުރާނެ ބަޔަކު މި ދުނިޔެއަކުވެސް މިހާރު ނުއުޅޭ.
ޒުއްބަ
24 July 2018
ހައުސިންގ މިނިސްޓްރީ އިން ފުރި ފޯމް ތަކަށްވީ ގޮތް ހަލީލަށް އެނގޭތަ؟
ކޭފޯ
24 July 2018
ހަމަބުނެވޭނީ ތި ހީވަނީ ހަސަނަށް ހީވާގޮތަށެވެ.
އިބުރާހިމްބެ
24 July 2018
ދެބައި މީހުންވެސް ގޯސް، ވޯޓު ދިނުމުގެ ބޭނުމެއްނެތް
އަމައްޔާއި
24 July 2018
އިދިކޮޅު ފަރާތްތަކުން އިންތިޚާބަށް ނުފޫޒު ފޯރުވަނީއެއް ނޫން.. އިދިކޮޅުން ކުރަމުންދާ ކަމަކީ އިލެކްޝަން ކޮމިޝަން ތެރެއަށް ވަދެ މޫ ހަރުލާފައިވާ ޕީޕީއެމްގެ ނުފޫޒު މުލުން ލުހެލަނީ. މަ މިހެން ބުނީމަ މަ ދެކެ ރުޅި އަންނާނީކީ ނޫން..
falaku ain
24 July 2018
އަންނާނަން. ކީއްކުރެވޭނީ އައްޔާ.
އެމްސް
24 July 2018
ގައިމު އިލެކްޝަން ކަމިޝަރަކަށް ހުރީ އިދިކޮޅު މީހެއް ނޫން