ފާރިސް މައުމޫން: އެކި ތުހުމަތުތަކުގައި ބަންދުކޮށްގެން ގެންގުޅޭތާ އަހަރެއް ވެއްޖެ - ފޮޓޯ: މިހާރު
18 ޖުލައި 2018 - 10:04
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި ގެންގުޅޭތާ މިއަދު އަހަރެއް ވީ އިރު، އޭނާގެ އިސްލާހީ މަސައްކަތް ހަމަ ކުރިއަށް ދާ ކަމަށް، އިދިކޮޅު ޕާޓީތަކުން ރޭ ބުނެފި އެވެ.
ފާރިސްގެ މައްޗަށް ދެ ދައުވާއެއް މިހާރު ކުރެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާ އާއި މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ކުރާ ޓެރަރިޒަމްގެ ދައުވާ އެވެ. އޭގެ އިތުރުން އޭނާގެ މައްޗަށް އުފުލި ޝަހްސު އޮޅުވައިލުމުގެ ދައުވާ ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އެ ހުކުމް އައި އިރު ފާރިސް ބަންދުގައި ހުންނަވާތާ އެއަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނީ ފާރިސް ހައްޔަރުކުރީ އިސްލާހީ މަސައްކަތަށް ހުރަސް އަޅަން ކަމަށެވެ. ފާރިސް ނުކުންނެވީ ސަރުކާރުން ހިންގަމުން ދިޔަ ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ހުއްޓުވަން ކަމަށާއި އެ އަޑުތައް ކަނޑުވާލުމުގައި ސަރުކާރުގެ މަގްސަދު ހާސިލް ނުވި ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިސްލާހީ މަސައްކަތުގެ ފޮނިމީރު ކަމުގެ ރަހަ ދިވެހިން ދެކެން ފާނެ ކަމަށެވެ.
އިސްލާހީ މަސައްކަތުގައި ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި މެމްބަރުންނަކީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި އިދިކޮޅު 12 މެމްބަރުން ކަމަށާއި އެ ދުވަހު އިސްލާހީ މަސައްކަތްތައް ނުފެށި ނަމަ މިއަދު ރާއްޖެ އޮތް ހާލަތު ދެނެގަންނަން އުނދަގޫ ވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"އިސްލާހީ މަސައްކަތުގެ އެއް މޭސްތިރި ކަމުގައިވާ ފާރިސް އިސްވެ ހުންނަވައިގެން ފެއްޓެވި މަސައްކަތްތަކުގެ ނަތީޖާ ނުކުންނަ ދުވަސް މިއަދު މިވަނީ ފެންނަ ހިސާބުގަ އެވެ،" ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ ގުޅިގެން ރިޔާސީ އިންތިހާބަށް ނުކުންނަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ރަނިން މޭޓު ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ހޮވަން ހުރިހާ ރައްޔިތުން އަތުކުރި އޮޅާލަން ގޮވާލައިފަ އެވެ. އަދި ކުރިމަތީގައި އޮތް ބޮޑެތި އެތައް ހުރަސްތަކާ އެކު ވެސް މަސައްކަތް ކާމިޔާބު ކުރަން އިތުރު ހިތްވަރެއްލާން ބަޔާނުގައި އެދުނެވެ.
"ފާރިސް އެ ހުންނެވީ އެ ހިތްވަރުގަ އެވެ. އާއިލާއާ ދުރުގައި ހާއްސަކޮށް، ދަރިފުޅާ ދުރުގައި ހުންނަން ޖެހުނު ނަމަވެސް، މިއަދު ވެސް އޭނާގެ ވިސްނުމާއި ފިކުރު ހިންގަވަނީ ދިވެހިންނަށް ޖެހިފައިވާ މުސީބާތުން ދިވެހިން ސަލާމަތްކޮށް ދިނުމަށެވެ. އެ އަޒުމުގައި ފާރިސް އެވަޑައިގަންނަވަނީ ކުރިއަށެވެ. އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހުމެއް ނެތެވެ،" ބަޔާނުގައިވެ އެވެ.
ފާރިސްގެ އިތުރުން ކުރީގެ ރައީސް މައުމޫން ވެސް ހުންނެވީ ޖަލުގައި ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫރު
18 July 2018
ކުށެް ސާބިތނުވާ މީހުން ޖަލުގައި ބައިތިއްބައިގެން އަނިޔާ ދާއިރު މާދަމާ ތިބާ ހަމަ އެޖަލުގެ ކުޑަ ގޮޅިއަށް ދާން ޖެހިދާނެކަމާމެދު ވިސްނާާލީމުތޯ. ނުހައްގު އަނިޔާ މީސްތަކުންނަށް ދިނުމަކީ އޭގެ ނަތިޖާ ދުނިޔެމަތީވެސް ދައްކަވާފާނެކަމެއްކަން ހަނދުމަފުޅުކޮށް އަރުވަން. ވަރަށް ސަލާމް.
ިިހަޖަމް
18 July 2018
މ.ޑ.ޕ ދަފުތަރުގަައިވާ އެއްވެސް މީހަކަށް ވޯޓު ނުލެވޭގޮތް ހަދާބަލަ، ހެޔޮނުވާނެ!!!!
ވޯޓުފޮށި
18 July 2018
އިރާދަކުރެއްވިއްޔާﷲ މިފހަރު ވޯޓުންމިކަން ނިންމާނަން
ކޫލް
18 July 2018
ޖަލުގެ މީހުން ގެ މައިގަޑު މަސައްކަތަކީ ގޮޅިދޮވުން .
ހޮޓްކިންގ
18 July 2018
ޖަލުގެ ގައިދީން ކަމުގައިވާ ވަކި ބަޔަކުގެ ސިޔާސީ މަަސައްކަތް ކުރިއަށް ގެންދެވުމާއި ސޯސަލް މީޑިއާގައި ހުއްޓުމެއްނެތި އެމީހުންގެ ކޮމެންޓްތައް ހާމަ ވަމުން ދިއުމަކީ ވެގެންވާނެ ގޮތެއްނޫން. އެއީ ޖަލުގައި ތިބި އެހެން ގައިދީންނާމެދު ތަފާތު ކުރުމެއް. އެހެން ގައިދީންވެސް ބޭނުންވާނެ އެމީހުންނަށް ޖަލުގައި ދިމާވާ އެކި ކަންކަން ހާމަކުރަން. އަދި އެމީހުންގެ މައުސޫމްކަން ހާމަކޮށްދޭން.
ފުންއަސަރު
18 July 2018
ވަރަަށް މޭކަރައިފި ދޯ؟ ޖަލުގައިވެސް ތަފާތު މީހުން ތިބޭނެ. ބައެއް ނަބިއްޔުން ވެސް ޖަލުގައި ތިއްބަވަން ޖެހުނު. ދުނިޔެ މީ އެކަހަލަ އެއްޗެއް.
123654
18 July 2018
ބިން ވިއްކަން ވޯޓުލީ ކީއްވެ؟ އެކަން ފިޔަވާ ދެން ހުރި ކަންތައް ރަގަޅު. މިކަމުން ސަލާމަތްވާއިރު އެކަން ރަގަޅު ކޮށްލާނެކަމަށް ހީކުރަން.
78910
18 July 2018
123456 ރަގަޅަށް މައުލޫމާތު ސާފުކޮށްފަ ކޮމެންޓް ކުރަންވެއްޖެ އެއްނު. ފާރިސް ބިން ވިއްކުމުގެ އިސްލާހަށް ވޯޓެއް ނުލާ. މަޖިލިސް ވެބްސައިޓު ބަލާބަލަ.
އާދަނު
18 July 2018
ފަނޑިޔާރުންނަށް ވަރަށް ސަލާމެވެ، ކައްޕި ބުނާ ގޮތަށް ހަދާތި
މަރޭމިތުރާ
18 July 2018
އަދުލާއި އިންސާފު ނެތިއްޖެ މިތާ! ރަހުމާއި އަގަލެއްނެތް ވެރިޔަކު މިތާ!
މަޖޫރީ
18 July 2018
ޖަލަށްލައި ހައްޔަރުކޮށް، އަނދަގޮނޑި ޖަހައި، މަލާމާތާއި ފުރައްސާރަކޮށް، އާއިލާއަށް ނުކުސާންކޮށް، ތުއްތު ކުދިންނަށް އަނިޔާކޮށް، އަނބިން ހުވަފަތްކޮށް، މައިންބަފައިން ރޮއްވާ ހެދައިގެން މިސަރުކާރަށް ހޯދުނު މޮޅެއް ދައްކަވާށެވެ. މިހަރަ މިހިރަ އަނިޔާއަކީ މައްކާގެ މުޝްރިކުންވެސް ހައްޤުގެ މައްޗަށް ބާތިލުގެނެސް ގަންނަން އަޖުމަ ބެލިކަންތަކެވެ. އަދި ސަރުކާރުން ވިސްނުމެއްނެތި ކުރާ މިފަދަ ކަންތައް ތަކުގެ ނަތީޖާއަކަށްވާނ ވެރިންގެ އަގުވެއްޓި އެމީހަކަށް ރައްޔިތުން ބަދު ދުޢާ ކުރުމެވެ. ދުނިޔޭގެ ތަޖިރިބާ ދައްކާ ގޮތުން މިފަދަ ވެރިންގެ ނިމުންހިތިވެފަ ދިރިތިބީންނަށް އިބުރަތަކަށް ވާނެއެވެ.
ބައިރޯ
18 July 2018
ހަގުރާމަ ވެރިއަކު މަރާލެވިދާނެ އެކަމަކު އޭނާގެ މަގުސަދެއް މަރާނުލެވޭނެ