ކެލާގައި ގާއިމު ކުރި ނަރުދަމާގެ ނިޒާމު، ރައީސް ޔާމީން މިއަދު އިފްތިތާހުކޮށް ދެއްވަނީ. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
18 ޖުލައި 2018 - 15:45
ތިމަން މަނިކުފާނަކީ ޗާޓުން ބޭރުން ކަންކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި ކުށްވެރިން ދޫކުރެވޭނެ ގޮތެއް ގާނޫނުގެ ހުދޫދުގެ ތެރޭގައި ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އާއި ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހއ. ކެލާ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުވި އިރު، ކުށްވެރިންތަކެއް ދޫ ނުކޮށްގެން ރައްޔިތުން އެކަމާ ކަންބޮޑުވެ، އެކަން މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައި ނުވާ ކަމަށެވެ. ރަށްރަށަށް ވަޑައިގަތީމަ، ރައްޔިތުން އެދެނީ، އެ މީހުންނަށް ބޭނުންވެފައި ހުރި ކަންކަން ފުރިހަމަ ކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމިން މިއަދު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއާ ވާހަކަ ދައްކަވަނީ. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
"އެއްވެސް ކަހަލަ ގިންތިއެއް، މިނެއް ނެތި ބަލައި ނުލާ ދޮރު ހުޅުވާފައި އެންމެން ދޫކޮށްލާ ވާހަކަ އަޅުގަނޑުމެންނާ ހަމައަށް ނާދޭ. އެ ތަންތަނުގައި ތިބި މީހުންނަކީ ކޮން ކަހަލަ ގިންތިއެއްގައި ތިބި ކުށްވެރިންތަކެއް ކަން ރައްޔިތުންނަށް އިހްސާސް ކުރެވޭ،" ރައީސް ވިދާޅުވި އެވެ.
"ގިންތިއެއް، މިންވަރެއް، ކުރި ކުށެއް ބަލާ ނުލާ ގޭޓެއްގެ ދޮރު ހުޅުވާލާފައި މިނިވަން ކުރުމަކުން އެއީ ރައްޔިތުން ބޭނުންވާ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،"
މީގެއިތުރުން ޑިމޮކްރަސީ ނެތް ވާހަކަ އާއި އިސްލާމް ދީން އޮވެގެން އެކަން ހިމާޔަތް ކުރުމަށް ކުރާ މަސައްކަތާ ދޭތެރޭގައި ހިތްހަމަނުޖެހިގެން ރައްޔިތުން ޝަކުވާ ކުރަމުން ނުދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، ރަށް ރަށުގައި ތިބީ އެންމެ ފިކުރެއްގެ މީހުން ނޫން ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ޔާމީން މިއަދު ހއ. ދިއްދޫގައި ވާހަކަފުޅު ދައްކަވަނީ. ދިއްދޫ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، އެމަނިކުފާނު ވަޑައިގެންނެވީ ކެލަ އަށް. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
"އިސްލާމް ދީނަށް ބާރުވެރި ކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ސުވާލު އުފެއްދި ރައްޔިތަކު ނެތް. ތައުލީމީ ނިޒާމު ގޯސްވެގެން އެ ވާހަކަ ދައްކާ ރައްޔިތުންނެއް ނެތް،" ކެލާގެ ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
އެކަމަކު، ރާއްޖޭގެ ސިއްހީ ނިޒާމުގައި އުނި ކަންކަން ހުރީމަ، ސިއްހީ ފަރުވާގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ ވާހަކަތައް ރައްޔިތުން ދައްކަމުން އަންނަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލެއް އަޅަމުން ދާތީ އެކަމާ އުފާ ކުރާ ރައްޔިތުން ތިބިއިރު، އެ ހޮސްޕިޓަލް އެޅި ގޮތާ މެދު ސުވާލު އުފައްދާ ތަނެއް އެމަނިކުފާނަށް ފެނިވަޑައެއް ނުގަންނަވަ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކަށް ކަމެއް ކޮށްދެނީ ވަކި ޝަރުތެއް ކޮށްދީގެން ނޫން ކަމަށެވެ. އެމަނިކުފާނު ކުރެއްވި ހިދުމަތް ރައްޔިތުން ބަލައިގަންނަ ނަމަ، އެވަރު ފުދޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި އުފެދިފައި އޮތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ސިޔާސީ މައްސަލަތައް ހައްލު ކުރުމަށް 12 ފަހަރެއްގެ މަތިން އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން މަޝްވަރާ އަށް ވަޑައިނުގަންނަވަނީ "ދައްކާނެ ވާހަކައެއް ނެތީމަ" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެންމެން މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުގައި އެއް އަމާޒަކަށެވެ. އެއީ ރައްޔިތުންނަށް ތަރައްގީ އާއި ހަމަޖެހުން ހޯދައި ދިނުމަށް ކަމަށާއި އެކަން ކުރެވޭނީ ސިޔާސީ އަމިއްލަ ވިސްނުން ދޫކޮށްލާފައި ގައުމުގެ ހައްގުގައި މަސައްކަތް ކުރަން ކެރިގެން ކަމަށާއި އެކަމުގެ ކެރުމާއި ފޯރުންތެރިކަން ހުންނަން ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނަމަ، ސިޔާސީ މައްސަލަތަކަށް ހައްލެއް ހޯދަން ޖެހޭ. އެކަމަށް އެ އޮތީ ދައުވަތު ދީފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ކަންކަން ހައްލު ކުރަން އަންނަން ވާނީ ޝަރުތުތަކެއް ކުރިމަތިކޮށްފައެއް ނޫނެވެ. ކުށްވެރިން ދޫކުރެވެން އޮތީ ގާނޫނުގެ ހުދޫދުގެ ތެރެއިން ކަމަށާއި ގާނޫނުގައި ނެތް ބާރެއް، އެމަނިކުފާނަށް ބޭނުން ނުކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން މިއަދު ކެލަޔަށް ވަޑައިގަތުމުން މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ. - ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
- މި އަހަރު ކެލާގައި މަލްޓިޕާޕަސް ހޯލެއް އަޅާނަން.
- މި އަހަރު ނިމުމުގެ ކުރިން ބީއެމްއެލްގެ އޭޓީއެމްއެއް ހުންނާނެ.
- މި ސަރުކާރު އައުމުގެ ކުރިން ކެލަ އަށް ހަރަދު ކުރީ އަށް މިލިއަން ރުފިޔާ.
- މި ސަރުކާރުން 105 މިލިއަން ރުފިޔާ ކެލަ އަށް ހަރަދު ކޮށްފި.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނު ޖަލަށް ލީ މީހަކު ރާއްޖެއަކު ނުހުންނާނެ އެވެ. އަދި ހުކުމުން ފިލައިގެން އުޅޭ މީހުން ދޫކޮށްލަން ގޮވައިލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ކުރެވޭނެ ގޮތެއް ހޯދަން މަޝްވަރާ އަށް އައުމަށް ރައީސް މިއަދު ވެސް އެދިވަޑައިގެންނެވި އެވެ.
ރައީސް މިއަދު ވެސް ވިދާޅުވީ މުޖުރިމުން ޖަލުގައި ތިބީ ގާނޫނާއި ޝަރީއަތުގެ ތެރެއިން ހުކުމް އައިސްގެން ކަމަށާއި ރާއްޖޭގައި ގިނައީ މައުސޫމް މީހުން ކަމަށްވާތީ، މުޖުރިމުން ހިމާޔަތް ކުރަން ޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
19 July 2018
ޗާޓުން ބޭރެއް ނުވޭ، ގާނޫނުން ބޭރުވީ، ގާނޫނު ނުދެމެހެޓުނު އަދުލް ގާއިމް ނުކުރެވުނެވެ.
ކަދުރޭ
19 July 2018
ގިނަދިވެހިންބޭނުންވަނީ މަކިނުފާނު ޗާޓުން އަވަހަށް ބޭރުވާން. 23ސެޕްޓެމްބަރުގެ ކުރިންވެސް ބޭރުކޮށްލަން ބޭނުންވާ ސަބަބުތައް ބައިވަރު.
ކާސިމްބެ
19 July 2018
ޗާޓެއް ނެތް މީހަކު ކިހިނެއް ބޭރުވަނީ
ހުއްބުލްވަތަން އަސްލު
19 July 2018
ހިޓިލަރުވެސް ޗާޓުން ބޭރުނުވާ ކަމަށް ތާރީޚް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވޭ، އެހެނަސް ހިޓިލަރަކީ ދުނިޔެ ނުދެކޭފަދަ އަނިޔާވެރި ވެރިއެއްކަމަށް ގިނަ މީހުން އިއްތިފާގުވޭ. ވެދުމާ ސަލާމް
އަލިފް ހ
19 July 2018
ރައީސްފުޅު ވިދާޅުވަނީ "ފަނޑިޔާރުން ވަގަކަށް ނުނަގާނަމޯ"! އެކަމަކު ނަގާނީ ފުރާޅުން ޓިނު ނަގައިގެންނޯ! "ޗާޓަކުން ބޭރެއް ނުވާނަމޯ"! ޗާޓު ކުރަހާނީ މަމެން ބޭނުންވާހާ ގޮތަކަށޯ! ޤާނޫނާ ޤަވާއިދުތަށް އޭރަކު އެކަމެއް ކޮށްލަން ބޭނުންވާހާގޮތަކަށް ފިލިޖަހާ ސުކުން ޖަހައިގެން. ވ ވާހަކަ
ތުއްތުނާ
19 July 2018
މަނިކުފާނު ޗާޓަކަށް ބޭނުން ތިކުރަނީ ގޫގަލް މެޕް ދޯ.......އެ ޗާޓުން ބޭރު ވައިރު ހުންނާނީ ދުނިޔެއިން ބޭރުވެފައި......... ދެން އަތްޖަހާ........
ޙުސޭން
19 July 2018
ޗާޓޭތޯ؟؟ މަނިކުފާނުގެ ވެރިކަމުގަ އެ ނުވެސް ނެތް.
އައިސް
19 July 2018
މީހަކު އަޅެ ހައިރާނެއް ނުވާނެދަ، ރޯމާދުވާލު ރައީސަކު ދައްކާ ވާހަކަ މިހިރީ.
މެވެރިކް ބިންލާދިން
18 July 2018
މަސްތުވާތަކެތި ބޭނުން ކުރާމީހުން ދޫކޮއްލެވޭ، ޗާޓަކުން ބޭރެއް ނުވާނަން، ސްޕްރިމް ކޯޓްފުރާޅުން ޓިނުނަގައިގެން ދެފަޑިޔާރުން ނަގާފިން، ޗާޓުން ބޭރުނުވެ، ޗާޓުމަތިން އެއޮތީ ނަގާފަ!
މަންސޫރު
18 July 2018
ޗާޓަކީ ރާއްޖެ. ބޭރުވާއިރަށް ވެރިކަން ގެއްލުނީ.