ޚަބަރު / ރައްޔިތުންގެ މަޖިލިސް

އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ، 11 މެމްބަރުންގެ ކޮމެޓީއަކަށް ފޮނުވައިފި

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު. ސަރުކާރުގެ ފަރާތުން އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޖައުފަރު. - ފޮޓޯ: މަޖިލިސް

އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެ ބިލު ދިރާސާ ކުރުމަށް 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް މިއަދު ފޮނުވައިފި އެވެ.

މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮތް ބިލު ބަލައިގަތުމަށް ފާސްވީ 38 މެމްބަރުންގެ ވޯޓުންނެވެ. ބިލު ފާސް ކުރަން ނުފެންނަ ކަމަށް 28 މެމްބަރުން ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކު އިންނެވި އެވެ.

މީގެ އިތުރުން މި ބިލު 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް ހުށަހެޅުމަށާއި ކޮމެޓީގައި ތިއްބަވާ މެމްބަރުން ކަނޑައެޅުމަށްޓަކައި މިއަދު ވޯޓަށް އަހައި މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކުރި އެވެ. ވަގުތީ ކޮމެޓީއަށް 11 މެމްބަރުން އައްޔަން ކުރަން ފާސްވީ 41 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލު ދިރާސާ ކުރުމަށް ފޮނުވި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު އަދި ބިލު ހުށަހެޅުއްވި ޖައުފަރު ދާއޫދު، ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ހަލީލް، ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފް، ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލް އުސްމާން، ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފަރިޔާޒް އިސްމާއިލް، މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހުމަދު ދީދީ، ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މޫސާ ނިޒާރު، ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު، މައްޗަންގޯޅި ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ސިނާން، ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އިލްހާމް އަހުމަދު، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަބުރުގެ ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން މި ބިލު އޮތް ގޮތަށް ފާސް ކުރަން ދެކޮޅު ހެއްދެވި އެވެ. އެގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ބިލު ފާސްކުރަން އުޅެނީ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް ހުއްޓުވުމަށެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުން ހުއްޓުވުމަށް ކުރަން އުޅޭ ކަމެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވި ގޮތުގައި މި ބިލަކީ ކޮންމެހެން އޮންނަން ޖެހޭ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބިލަށް ބަދަލުތަކެއް ގެންނަނަމަ، ކޮމެޓީ މަރުހަލާގައި ބިނާކުރުވަނިވި ހިޔާލުތައް ހުށަހެޅުމަށް އެ މެމްބަރުން ގޮވާލެއްވި އެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ 19 ގައުމަކުން މީގެ އެތައް އަހަރުތަކެއް ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ ރާއްޖޭން ކުރަން މިއުޅެނީ އާ ކަމެއް ނޫން ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ޖައުފަރު ދާއޫދޫ ހުށަހަޅުއްވާފައިވާ އެ ބިލް އޮތްގޮތުން ނޫސްވެރިކަމަށް ހުރަސް އެޅޭ ކަމަށް ބުނެ ގިނަ ނޫސްވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ބޭރުގެ ބައެއް ޖަމާއަތްތަކުން ވެސް ވަނީ އެ ބިލް އޮތްގޮތަށް ފާސް ނުކުރަން ގޮވާލައިފަ އެވެ.

5 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަމާރު މެމްބަރު

01 August 2016

ޕީޕީމެމްބަރުން އަބުރަކާގެން އެއުޅޭ ސަބަބު އަސްމާއްތަގެ ވާހަކައިން އެއޮތީ އެނގެން. ގައިމު ކަންތައްތަކެއް ހިނގައިފި. ތިމާދައްކާ ވާހަކަޔަށް ތިމާ ޒިންމާ ނަގަން ނުކެރެނީ ތިމެމްބަރުންނަށް. ގައިމު އަމިއްލަޔަށް ބުނީ ތިމަންނައޭ ހުރިހާ ފައިސާއެއް ބަހަންދިޔައީ. ދެން މިހާރު ކޮން ބިރެއް.

The name is already taken The name is available. Register?

ވައްކަންނުކުރާ ރައްޔިތެއް

01 August 2016

މަޖިލިސް އުވާލާ! (އެއްވެސް އަބުރުވެރިއެއްގެ އަބުރަށް އަރައިނުގަނެވޭ ކަމަށް ހީކުރަން) ވަރަށް ސަލާމް.

The name is already taken The name is available. Register?

މާލޭބެއްޔާ

01 August 2016

އެއްވެސް ހާލެއްގައި އަސްލު އަބުރުގެ ބިލަކީ ކުރިޔައް އޮތްޖީލުތަކަށް ރައްކާތރިކަން ދޭން އެލަވާލާފައިވާ ބިލެއް ނޫން އެބިލުގެ ބޭނުން ވަރަށް ސަފު އެބިލުގެ ބޭނުމަކީ މިސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ސަރުކާރުގެ މަންދޫބުން ގެ ހިމަޔަތައް ހަދާ ބިލެއްކަން ހަމަ ކަށަވަރު މިވެރިން މީހުންގެ އަނބިންގެ ގާތައް ވަދެ އޮންނަވާހަކަޔާ އަދި މިވެރިން ގެސްޓް ހައުސްތަކުން ހިލޭއަންހެނުން ގޮވައިގެން އުޅެނިކޮއްނެރޭ ވާހަކަ އާއި މިފަދައެހެންވެސް ވާހަކަތައް ނޫހުގެ ޒަރިއްޔާއިންނާއި ކުރެހުމާއި ޓީވީގެ ޒަރިއްޔާއިން އެއްވެސް ފަރާތަކަށް ފޯރުކޮއްދިނަ ނުދިނުމަށް ނޫސްވެރިންނަށް ބުރުދައްކާ ބާރުކަނޑުވާލުމަށް ހުށައަޅާފައިވާ ބިލެއަކަން ހަމަ ޔަގީން. މި ބިލް ފާސްކުރުމަށް ފަހު އެންމެ ފުރަތަމަވެސް މިވެރިން މިވެރިންގެ ރިސްވަތާއި ފަސާދައިގެ ވާހަކަ ދައްކާ ފަރާތް ތަކާއިމެދު ދައުވާ އުފުލާނެކަން ކަށަވަރު،،،،މިވެރިން ކުރާ ވައްކަމުގެ ވާހަކަ ދެއްކިޔަސް ވެސް ހަމަ އަބުރުގެ ދައުވާ ކުރާނެ ބަލާތި އެންމެ ފުރަތަމަވެސް ދައުވާއެއްކޯޓެއްގައި އުފުލިއަޔާ އުފުލާނީ މީން ބޭފުޅެއް މިކަމަކީ ރުފިޔާ ލިބޭލެއްމަދުވެގެން އިތުރަށް ފައިސާހޯދުމަށް ހަދާފައިވާ ބިލެއް

The name is already taken The name is available. Register?

ނޯޗޮއިސް

01 August 2016

އަބުރުގެ ބިލް ބަލައިގަނެ ކޮމެޓީ އަކަށް ފޮނުވި ކަން އިޓް ގިވްސް އަސް އަ ހެޕީ އެން ޖޯއިފުލް ގިވިންގް. ދެން ވެސް ތިޔާ ބިލް ނުދަންމާ އެމްއެމްސީއިން ދިން ކޮމެންޓް ކޮޅު އިންކޯރޕަރޭޓް ކުރުމަށް ފަހު ސޯޝަލް މީޑިއާގައި ސިޔާސީ ކަންކަމަށް ކޮމެންޓް ކުރާނަމަ އެފަދަ މީޑިއާ އެއް އެމްއެމްސީ ގައި ރަޖިސްޓްރީ ކޮށް ގެން ނޫން ގޮތަކަށް ނޫނީ ސިޔާސީ ޓްވީޓް އެއް ވެސް އަދި ކުރީގައި ރައީސް ކަން ކުރެއްވި ބޭފުޅެއްގެ ސެކްރެޓޭރިއެޓް ނަމުގައި ޓްވިޓަރެއްް ވެސް ނެހެދޭނެ އުސޫލުން އަބުރާއި ބެހޭ ބިލް ފައިން ޓިއުން ކުރުމުން ދެން މިރާއްޖެ ބެޓަރ ކަންޓްރީ އަކަށް ބަދަލުވެގެން ދާނެއެވެ. މިރާއްޖެ ބެޓަރ ކަންޓްރީ އަކަށް ހެދޭނީ ޕީޕީއެމްގެ އޮރިޖިނަލް ޕިންކީ މެމްބަރުންނާއި އަދި އެމްޑީއޭގެ އޮރެންޖް މެމްބަރުންނާއި އަދި ޖޭޕީގެ އޮރިޖިނަލް ރެޑް މެމްބަރުން ކުރާ ބުރަ މަސައްކަތަކުންނެވެ. އަބުރާއި ބެހޭ ބިލް ޖެހޭނެ މިހަފްތާ ތެރޭގައި ފާސްވާން މާ ބޮޑު ބަދަލު ތަކެއް ނުގެނެސް. މީގައި މިނޫން އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއެވެ. މިކަން މިމަގުން ހިނގަން ޖެހޭނެއެވެ. އެނިމުނީ އެވެ.

The name is already taken The name is available. Register?

ޕިންކީސް

01 August 2016

އަބުރާއި ބެހޭ ބިލް އިން ސްޓްރީމް ލައިން ކޮށްދެއްވަންވީ ސޯޝަލް މީޑިއާގައި ޕޮލިޓިކަލް ޑާރޓީ ގޭމް ނުޖެއްސޭނެ ގޮތް. އެނިމުނީ އެވެ. އެގޮތުން އިދިކޮޅު ރަންރީނދޫގެ ޓްވިޓަރު މެން ބޭނުންވީމާ މިސަރުކާރަށް ވަގަށް ގޮވާ އަދި ސަރުކާރުގެ ގްރެވިޓީ ދަށް ކުރަން ވެގެން ސަރުކާރު އެރެސްޓް ކުރަންވީ އޭ ކިޔާ މިފަދަ ހާރޓް ބްރޭކިންގް ޓްވީޓް ކުރާ ނަމަ އެފަދަ ފަރާތް ތައް ޖެހޭނެ ނީލް ޑައުން ކުރަން ގާނޫނުގެ ކުރިމަތީގައި. އެކަން ކުރެވެނި ކޮށް މަމެން ޕިންކީސް ތަކަށް ނިމުނީ އެވެ. ސަބަބަކީ ރަޖިސްޓްރީ ކޮށްފައިވާ ނޫސް ތަކުގައި ނުލިޔާނެ ގާނޫނާއި ޚިލާފު ވާހަކަ އެއް އަދި ކޮމެންޓެއް ވެސް ޝާއިއު ނުކުރާނެއެވެ. ދެން އެހެން ނޫނަސް "މިހާރު" އޮން ލައިނުން ވެސް ޕިންކް ކުދިން ކުރާ ދިހަ ކޮމެންޓް އިން އެއް ކޮމެންޓް ވިއްޔާ ޕަބްލިޝް ކުރާނީ. މިހާރު އޮންލައިން ގެންގުޅޭ ދޮން ދަރިން ނަކީ އެއީ ޕިންކް ކުދިންތޯއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454