ޚިޔާލު / އޮޅުންބޮޅުން

އޮޅުންބޮޅުން: ރައީސް ކަމުގެ މުއްދަތު ދިގުކުރުން

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީންގެ ދެކަނބަލުންނާއި ސަރުކާރާއި ޕީޕީއެމްގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: މިހާރު

އަހުމަދު އަބްދުﷲ

24 ޖުލައި 2018 - 08:06

25 comments

ރައީސް މައުމޫނުގެ 30 އަހަރު ދުވަހުގެ ވެރިކަމުގައި ވެސް ސިޔާސީ ވިސްނުންތެރިންނާއި ސިޔާސީ ކަންކަމަށް ޝަޢުޤުވެރިވި މީހުންގެ އެންމެ ބޮޑު އެއް މައްސަލައަކަށް ވެފައި އޮތީ ރިޔާސީ ދައުރުގެ މައްސަލަ އެވެ. ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކަށް، އެ މަޤާމުގައި ހުރެވޭނީ ކިތައް ދައުރަށްތޯ އެވެ. ދައުރެއްގައި ހިމެނެން ވާނީ ކިތައް އަހަރުތޯ އެވެ. ގިނަ މަޝްވަރާތަކަކަށް ފަހު، ގިނަ ފަރާތްތަކަށް ފެނުނީ ވިދިވިދިގެން ފަސް އަހަރު ދުވަހުގެ ދެ ދައުރު އޮތުމަށެވެ. ނޫ ޤާނޫނުއަސާސީ (މިހާރު އަމަލު ކުރަމުންދާ ޤާނޫނުއަސާސީގެ ކުރީގެ ޤާނޫނުއަސާސީ) ވުޖޫދަށް ގެނެވުނުއިރު ވެސް މި މައްސަލަ ނުކުތެވެ. އެހެން ނަމަވެސް އެ އިރު ގިނަ ދިވެހިންގެ ސިޔާސީ ތަޞައްރަފް ދުނިޔޭގެ ޑެމޮކްރަސީތަކުގެ އެ އިރުގެ ޒަމާނީ ދުވެއްޔާ އެއް ހަމައަކަށް ގޮސްފައި ނުވުމާ އެކު ޒަމާނަށް އަންނަ ބަދަލާ އެކު ވިސްނުމަށް އަތުވެދާނެ ބަދަލަކާ މެދު މާ ބޮޑު ސަމާލުކަމެއް ދެވިފައެއް ނުވެ އެވެ.

ރައީސް މައުމޫނުގެ ވެރިކަމާ ހިތްހަމަނުޖެހޭ މީހުން ބުނަމުން ދަނީ އެއީ ވެރިކަމުގެ ޚުދުމުޚްތާރު އަހަރުތަކެއް ކަމުގަ އެވެ. އެ އިރު ފަނޑިޔާރުން އިސްކުރުމާއި ވަކިކުރުމާއި ސަރުކާރުގެ ވަޒީފާތައް ދިނުން ވެސް އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އެކަމަކު، އެއީ އެ އިރު އަމަލުކުރި ޤާނޫނުއަސާސީންނާއި ޤާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައި އޮތް ބާރެކެވެ. އެއީ ޚުދުމުޚުތާރު ބާރެއްގެ ގޮތުގައި ބެލެވުނަސް އަދި އެ ބާރުގެ ބޭނުން ކުރެވިފައި އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށް ބެލެވުނަސް، އެ ބާރު އޮތީ ޤާނޫނުން އެ ޒަމާނުގައި ރައީސުލްޖުމްހޫރިއްޔާ އަށް ދީފަ އެވެ. މި ފަދަ އިމެއް ނެތް ގޮތަށް ދީފައި އޮންނަ ބާރެއް ދިގު މުއްދަތަކަށް ދެމިއޮންނަ ގޮތަށް އޮތުމުން، އެ ކަމުގެ ނާޖާއިޒް ފައިދާ ނެގޭ ހިސާބުގައި ތިބި، އެ ފައިދާ ނަގަން ބޭނުންވާ ބަޔަކަށް ނާޖާއިޒް ފައިދާ ނެގުމުގެ ފުރުޞަތު ވެސް އޮވެދާނެ އެވެ. މި ހުރިހާ ކަމަކަށް ބެލުމަށް ފަހު، ފާއިތުވި ޒަމާނުގެ ތަޖުރިބާގެ އަލީގައި ޤާނޫނުއަސާސީ އިޞްލާޙް ކުރި މަޖިލީހުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އަންނަ މީހަކަށް ފަސް އަހަރު ދުވަހުގެ ދެ ދައުރުގެ މުއްދަތެއް ކަނޑައެޅުމަށެވެ.

އެމެރިކާގައި އޮންނަނީ ހަތަރު އަހަރު ދުވަހުގެ ދެ ދައުރެވެ. ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙް ކުރިއިރު، އެ މަޖިލީހުން ނިންމާފައި އޮތީ ރައީސަކަށް ހުންނަ މީހަކު ވެރިކަމުގައި ވިދިވިދިގެން ފަސް އަހަރު ދުވަހުގެ ދެ ދައުރު، އެހެން ގޮތަކަށް ދަންނަވާ ނަމަ 10 އަހަރު ހޭދަކުރާއިރު އެ މީހަކު ވެރިކަމަށް އައުމަށް ކޮށްފައި އޮންނަ ވަޢުދުނާމާ އޮންނާނީ ފުއްދައިފަ އެވެ. ބައެއް ވަޢުދުތަކަކީ، އެ ވަޢުދެއް ފުއްދަން ފެށުމުން ވެސް އެ ކަމުގެ ނަތީޖާ އަހަރުތަކެއް ފަހުން ފެންނާނެ ކަންތަކެވެ. މިސާލަކަށް ދަންނަވާ ނަމަ ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ޑަކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނަކީ ދިވެހިން ކަމުގައި ހެދުމެވެ. މި ފަދަ މަޝްރޫޢުތައް ކާމިޔާބު ކުރުމަށް ގިނަ އަހަރުތަކެއް ނަގާފާނެ އެވެ. އެހެން ނަމަވެސް، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަރުދަނާ ބިންގަލެއް އެޅިފައި އޮވެއްޖެ ނަމަ ވެރިކަން ބަދަލު ވިޔަސް، އެ ކަމުގައި ގެންގުޅޭ ސިޔާސަތު ބަދަލު ނުވާ ނަމަ އެ ފަދަ މަސައްކަތްތައް މަޑުޖެހުމަށް ހުރަހެއް ނުއޮންނާނެ އެވެ. މިހެން ވުމާ އެކު، ރައީސުލްޖުމްހޫރިއްޔާ އަކަށް ހޮވިފައިވާ މީހަކު ދެ ދައުރުގައި އެ މަޤާމު އަދާކުރުމަށް ފަހު، އޭނާ ފަށާފައި އޮތް މަސައްކަތްތައް ނިންމުމަށް ކަމަށް ބުނެ އިތުރު ދައުރަކަށް ފުރުޞަތު ދިނުމުގެ ބޭނުމެއް ނެތެވެ. ސިޔާސަތު ރާވާނީ ވެސް ފަންނީ މީހުންނެވެ. ހިންގާނީ ވެސް އެ މީހުންނެވެ. މިހެން ވުމާ އެކު އެންމެ އިސްކޮށް ހުންނަނީ ކިތަންމެ ކުޅަދާނަ މީހަކަށް ވިޔަސް އޭނާ މަޤާމުން ދުރުވުމުން، އޭނާ ހިންގަމުން ދިޔަ މަސައްކަތަށް ލޮޅުމެއް ނުއަރާނެ ކަން ދުނިޔޭގެ ބައެއް ކުންފުނިތަކުގެ އެންމެ އިސް މީހުން ބަދަލުވުމުން އަޅުގަނޑުމެންނަށް ފެނިފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހެއްގެ ދައުރު ފަސް އަހަރު ދުވަހުގެ ދެ ދައުރަށް ވުރެ ދިގު ކުރުމަށް ވާހަކަ ދައްކާ މީހުންނަކީ ރައްޔިތުންނަށް އިޚްލާޞްތެރި މީހުންނެއް ނޫނެވެ. ޑެމޮކްރަސީ އަށް ތާއީދު ކުރާ މީހުންނެއް ވެސް ނޫނެވެ. އެ ފަދަ މީހުންނަކީ އެ ފަދަ ނިންމުމަކުން ތިމާ އަށް ލިބިދާނެ ފައިދާއަކާ މެދު ވިސްނާ މީހުންނެވެ. އަދި ޒުވާނުން ކުރިއަށް ގެންދަން ބޭނުންވާ މީހުންނެއް ނޫނެވެ. ޒުވާނުންނަށް ޤައުމުގައި އޮންނަ ފުރުޞަތު ހަނިކުރުމަށް މަސައްކަތް ކުރާ މީހުންނެވެ. ތިމާގެ އަމިއްލަ އެދުމަށެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ކުޅަދާނަ ބައިވަރު މީހުން އެބަތިއްބެވެ. ކިޔަވައިގެން ވެސް އެބަ ތިއްބެވެ. ނުކިޔަވައި ވެސް އެބަ ތިއްބެވެ. "ވަކަރަށް ޖަހާ ނުލާ ހުރި ބައިވަރު މޮޅު ލަކުޑި" ރާއްޖޭ ގައި އެބަހުއްޓެވެ. އެ މީހުންގެ ކުޅަދާނަކަން ދައްކައި ލެވޭނެ ފުރުޞަތު ރާއްޖެ އިން ނުލިބުމުން އެހެން ދިމަދިމާ އަށް ހިޖުރަ ކުރާ މީހުން ވެސް މަދެއް ނޫނެވެ. އެ ތަންތަނުގައި ވެސް އެ މީހުންގެ މަސައްކަތުގައި ކާމިޔާބު ވަމުން އަންނަ ކަމުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ލިބެ އެވެ.

ޒުވާނުންނަށް ފުރުޞަތު ދިނުމަށް މިި ސަރުކާރުން ވަރަށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދެ އެވެ. ޒުވާނުންނަށް ފުރުޞަތު ދިނުމުގެ ބޭނުމުގައި ކަމަށް ބުނެ، ޤާނޫނުއަސާސީގައި ވަކި މަޤާމެއް ދިނުމަށް ބުނާ އުމުރު ހަމަނުވާ މީހަކު އެ މަޤާމަށް ގެނައުމަށް ޤާނޫނުއަސާސީ އަށް އިޞްލާޙެއް ގެނަ އެވެ. އެއްލަކިން ލައިސަންސް ދީގެން ރަނގަޅު ފެންވަރަށް އިންޖީނުލީ އެއްޗެތި ދުއްވަން ނުދަންނަ ބަޔަކު މަގުމައްޗަށް ނެރުނެވެ. މިހާރު ވާހަކަ ދައްކަނީ ގަވައިދާ ޚިލާފަށް ޕާކް ކޮށްގެން ޓިކެޓް ލިބިފައި ތިބި މީހުންގެ ޖޫރިމާނާ މަޢާފްކުރާ ވާހަކަ އެވެ. ކުށަށް މަޢާފް ކުރުމަކީ ސަރުކާރުން ކޮށްދޭ ކަމެކެވެ. މި ފަދަ މަޢާފުގެ ނިޔަތާ މެދު މައްސަލަ ނުކުންނަނީ މުހިއްމު އިންތިޚާބެއް ބޯމަތި ވެފައި އޮއްވައި މިފަދަ ކަންތައް ކުރުމުންނެވެ.

މި ހުރިހާ ކަމެއް ސަރުކާރުން ޒުވާނުންނަށް ކޮށްދޭ އިރު، ވެރިކަން ކުރާ ޕާޓީގެ ތާޅަފިލިތަކުން ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދެ ދައުރަށް ވުރެ އިތުރު ކުރަން މި ގޮވަނީ ކީއްވެގެން ބާވަ އެވެ؟ އަދި ރިޔާސީ ދައުރު ފަސް އަހަރުން ހަތް އަހަރަށް ބަދަލު ކުރުމަށް ވާހަކަ ދައްކަނީ ކީއްވެ ބާވަ އެވެ؟ ވެރިކަން ކުރާ ޕާޓީ އަށް ފަހުން ލިބުނު މެގަފޯނަކުން ގޮވާލަނީ ވަކި ބޭފުޅަކު ރައީސް ކަމުގައި ބަހައްޓާ ނަމަ، އެ މަޤާމުގެ މުއްދަތު، 20 އަހަރުން 30 އަހަރަށް ވެސް ދައްމާލާށެވެ. (މަށަށް ލިބޭ ފައިދާ އާއި ޢިނާޔަތްތައް ހުއްޓެންދެން) ރިޔާސީ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ނުވަތަ ދިގު ކުރުމަށް އެންމެ ދުރަށް އަޑު ފޮނުވައިދޭ ދެ މެގަފޯނަކީ ޒުވާނުންނަށް ފުރުޞަތު ދިނުމަށް ގޮވާލައި ކުރީގެ ނައިބް ރައީސް އަދީބް އެންމެ ގިނައިން ބޭނުން ކުރެއްވި އެންމެ އަޑު ބާރު ދެ މެގަފޯނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކު ފަސް އަހަރު ދުވަހުގެ ދެ ދައުރު ވެރިކަން ކުރުމުން ފުދެ އެވެ. މާ ބޮޑަށް ވެސް ފުދެ އެވެ. އަޅުގަނޑުމެންގެ ތެރޭގައި ރައީސް ކަން ބޭނުން ވެގެން ރަނގަޅަށް ހަމަ ނިދި ނުނިދިގެން އުޅޭ، ބައިވަރު، ޤާބިލް، ޢިލްމީ ޒުވާނުން އެބަ ތިއްބެވެ. އެ މީހުންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ ހުރަހަކަށް ތާޅަފިލިތަކާއި މެގަފޯނުތައް ވިޔަ ދީގެން ނުވާނެ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރަކީ އަޅުގަނޑުމެންގެ ނިންމުންތަކުގެ އަހަރެވެ. ނިންމަން ވާނީ ރަނގަޅަށް ވިސްނާފަ އެވެ. ރައްޔިތުންނަށް އިޚްލާޞްތެރިންނަކީ ކޮބައިތޯ ބަލައިފަ އެވެ.

ނިންމާލަމުން، ދާދި ފަހުން ސަރުކާރުގެ އިސް ވެރިއަކު އިންތިޚާބީ ތަޤްރީރެއްގައި ވިދާޅުވި ބަސްފުޅެއް ދަންނަވާލާނަމެވެ. "މި ސަރުކާރުން ޚިލާފްވީ ޑެމޮކްރަސީގެ ކޮން އުޞޫލަކާތޯ އެވެ؟" ސުބްޙާނަﷲ!

25 ކޮމެންޓް, 69 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަތީބު

24 July 2018

ކިޔަވައިގެން ތިބޭ މީހުންނަ ވުރެ ނިކިޔަވާ ތިބޭ މީހުން ވެރިކަން ކުރާނީ އުރިހާ ގައުމެއްގަވެސް. ޢެެއީ ނުކިޔަވާ ތިބޭ މީހުން ދޮގު ހަދަން މޮޅީމަ.އ.އާބާދީގެ ބޮޑު ބައި އޮންނާނީ ނުކިޔަވާ އެމީހުންނާ ގުޅޭ ނީވެސް އެމީހުން ވައްތަރު ނިކިޔަވާ ފޮނި ކަޑާ މީހުން. މީ ވަކި ބަޔަކާ ދިމާލަ ބުނާ ވާހަކައެއްނޫން. ޜާއްޖެއައް ހާއްސަކަމެއް ނޫން އުރިހާ ގައުމެއްގަވެސް ކަން ހިގަމުން އަންނަ ގޮއި. ކިޔަވައިގެން ހުރި މީހުން ސިޔާސީ ޕޯޑިއަމް ތަކުގާ ވާހަކަ ދައްކާނަމަ އެކަކުވެސް ނުދާނެ އެތަނަކަ. ޢެއީ ފޫހި ވާހަކަ ތަކަކަ ވާތީ. މިހާރު މާ މަޖަލެއްނެ. ސަނާ ކިޔާނިމުނީ ދެން އައިޖަހާ. މީހެއްގެ ނުބައިވާ ހަކަ ދައްކާ ނިމުނީ.. ބަކަބަކަ ހީގަނެފާ އައި ޖަހާ. މީމިކަން އަބަދުވެސް އޮންނާނި ގޮތަކީ.

The name is already taken The name is available. Register?

މަޖިލިސް

24 July 2018

ކަތީބު ތިބުނީ ސަތޭކައިގެ ވާހަކައެއް. ގަބުޅިކަތީބެއްނޫން ތާ...

The name is already taken The name is available. Register?

ރާބޮޑޭ

24 July 2018

" ވެރިކަން ކުރާ ޕާޓީ އަށް ފަހުން ލިބުނު މެގަފޯނަކުން ގޮވާލަނީ " ރިޕޯޓާ ގުޅޭ ވަރަށް މުނާސަބު ޢިބާރާތެއް

The name is already taken The name is available. Register?

ކިއްލިބާޝާ

24 July 2018

ސުބްޙާނަﷲ!

The name is already taken The name is available. Register?

ވެރިޔާ

24 July 2018

އެއްވެސްބޭފުޅަކު ހީފުޅުކުރައްވާގެން ނުވާނެ، މި ރާއްޖޭގައި ވެރިކަން ކުރެވޭ ފަދަ ގާބިލުކަމެއް ހުރީ ނުވަތަ ހުންނާނީ ވަކި މީހެއްގެ ކަމަށް، އެހެންވީ އިރު ކީއްކުރަންތޯ ކޮންމެ އަހަރަކު އެތަށް ދިވެހި ދަރިންނަކަށް ދައުލަތުގެ ހަރަދުގައި ކިޔަވައިދީ މިހަދަނީ، މިގައުމުގަ އެބަތިބި ތިކަން ކޮށްލެވޭވަރުގެ އެތައްމީހުނެއް. އެހެންވީމާ ދައުރު ދިގުކުރުމަކީ އެއްގޮތަކައްވެސް ކުރަން ފެންނަ ކަމެއްނޫން

The name is already taken The name is available. Register?

އަބްދުއްލާ

24 July 2018

5 އަހަރުގެ ދެ ދަވްރަކީ ރަނގަޚު އަދަދެއް ، އެކަމަކު 2008 ގަ ދިވެހިންގެނައީކީ ރަނގަޅު ބަދަލެއްނޫން.ކަން 2009 ން 2012 އާހަމަޔަށް ގައުމަށް ދިމާވި ކަންކަމުން އެގޭ .5 އަހަރުގެ ދެދަވްރުން މީހާ ބަދަލު ވިޔަސް ޕާޓީ ވެރިކަމެއްގަ ގައުމަުގެ ތަރައްގީއަށް ގިންގުނަ ކަންކަން ކޮށްދޭޕާޓީގެ ބޭފުޅަކު އެޕާޓީގެ 3 ވަނަ ދަްއުރަށްވެސް އިންތިހާބު ކޮށްދިނުމަކީ ތަރައްގީ މެދުނުކެނޑި ގެންދިއުމަށްލިބޭބާރެއް. އެކަން 2008 ގަ ލިބުނު ތަޖްރިބާއިން ޔަގީންވޭ

The name is already taken The name is available. Register?

އަހުމަދު ސަލީމް

24 July 2018

ގާނޫނު އަސާސީ އިސްލާހުކޮށްފައި ދެއްތޮ ތިޔަ ކަންތައް ކުރެވޭނީ... ރައްޔިތުން ހޮވާފަ ތިބި މެންބަރުން ބޭނުމިއްޔާ ތިޔަ ކަންތައްވެސް ކޮށްފާނެ! މިހާރު މި ހިނގާ ސަރުކާރުން ވަރަށް ބައިވަރު ފައިސާ މީސްމީހުން އެބަ ހޯދާ! އެމީހުން ސްޕޮންސަރ ކޮށްފައި ތިބި މެންބަރުން ގިނައީ.... ދެން އެހެންވީމާ ވާނީ ދެން އެމީހުން ބޭނުން ގޮތެއްތާ! ރައްޔިތުން އެމީހުންގެ މެންބަރުން ހޮވާއިރު ފުންކޮށް ވިސްނާފައި ހޮވަން ޖެހޭނީ އެހެންނޫނީ މިކަހަލަ ކަންކަން ވަރަށް ފަސޭހައިން މީހުން ކޮށްލާނެ....

The name is already taken The name is available. Register?

އައްބާސް

24 July 2018

ނޫނެ... ކެނެރީގެ ނަޝިދު ނޫން މީހަކު ވެރިކަމަށް އައިސްގެން ނުވާނެ...... ދޯ ރީނދޫ ކުދިންނޭ

The name is already taken The name is available. Register?

ބައްބާސް

24 July 2018

ނޫނެ، ޔާމީނު ނޫންމީހަކު ވެރިކަމެއް އައިސްގެންނުވާނެ...ދޯ ޕިންކު ކުދިންނޭ

The name is already taken The name is available. Register?

އައްބާސް

24 July 2018

ނޫނެ... ކެނެރީގެ ނަޝިދު ނޫން މީހަކު ވެރިކަމަށް އައިސްގެން ނުވާނެ...... ދޯ ރީނދޫ ކުދިންނޭ

The name is already taken The name is available. Register?

ބައްބާސް

24 July 2018

ނޫނެ... ކެނެރީގެ ނަޝިދު ނޫން މީހަކު ވެރިކަމަށް އައިސްގެން ނުވާނެ...... ދޯ ރީނދޫ ކުދިންނޭ

The name is already taken The name is available. Register?

ކަޅުބެ

24 July 2018

ރަގަޅު ރިޕޯޓެއް. ވެރިކަމުގެ ފަޅިއަށް އަބަދުވެސް ފެންނާނީ އެފަޅިންކުރާ ކަންތައް ރަގަޅުކަމަށް އަނެއްފަޅިން އަބަދުވެސް ކުރާނީ ގޯސްކަންކަމޭ. މިއީ މިގައުމުގައި ވަރަށް ގަދައަށް ދެވިހިފާފައިވާކަމެއް.

The name is already taken The name is available. Register?

ރައުސީ

24 July 2018

ވެރިކަން މަހަކުމީހަކަށް ލިބޭގޮތަށްހަދަންވީ ،، އެމުސާރަ ކޮންމެމީހަކަށްވެސް ލިބެންޖެހޭނެ އަދި ބޭނުންވެސްވާނެ .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454