31 ޖުލައި 2018 - 14:30
ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން ވަރަށް އަވަހަށް އޮޑިޓާ ޖެނެރަލް އަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނާގޮތުން ރައީސްގެ މަގާމުގައި ހުންނަ މީހަކު ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރި މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާނެއް އޮޑިޓާ ޖެނެރަލް އަށް ހުށަހަޅަންވާނެ އެވެ.
ޤާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ހާމަކުރަން އަންގާފައިވާ މުދަލާއި ފައިސާގެ މާލީ ބަޔާން ވޭތުވި 4 އަހަރު އޮޑިޓަރ ޖެނެރަލް އަށް ރައީސް ޔާމީން ހުށައަޅުއްވާފައެއްނުވޭ. pic.twitter.com/O2MFS5WpLe
— 𝐀𝐡𝐦𝐞𝐝 𝐌𝐚𝐡𝐥𝐨𝐨𝐟 (@AhmedMahloof) July 30, 2018
މަހުލޫފް ރޭ ކުރެއްވި ޓްވީޓް--
ތަރުޖަމާނު މިހެން ވިދާޅުވެފައި މި ވަނީ، ވޭތުވެދިޔަ ހަތަރު އަހަރު ރައީސް ޔާމީން މާލީ ބަޔާން އޮޑިޓާ ޖެނެރަލް އަށް ހުށަނާޅުއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ރޭ ވިދާޅުވެފައި އޮއްވަ އެވެ.
އެކަމާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުއާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އޮޑިޓާ ޖެނެރަލް އަށް މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށެވެ. އެކަމަކު ކޮންމެ އަހަރަކު މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމެއް މުއާޒު ވިދާޅެއްނުވެ އެވެ.
.. Maalee Bayaan hushahalhaane goiy islaahu kuravvai, Auditor General vany maalee bayaan hushahalhaane format eh Raees aa dhaadhi fahun hissaa kuravvaafa. E format aa eggothah maalee bayaan varah avahah hushahalhuvvaane kamuge furihama yageenkan Raees vany dhevvaafai" -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) July 31, 2018
2/2
މުއާޒު މިއަދު ކުރެއްވި ޓްވީޓް--
މާލީ ބަޔާން ހުށަހެޅުމުގެ އާ ފޯމެޓެއް އޮޑިޓާ ޖެނެރަލް ދާދިފަހުން ރައީސް ޔާމީން އާ ހިއްސާ ކުރައްވާފައިވާ ކަމަށާއި އެގޮތަށް ވަރަށް އަވަހަށް މާލީ ބަޔާން ހުށަހަޅުއްވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވީ ރައީސް ޔާމީން ވޭތުވެދިޔަ ހަތަރު އަހަރު މާލީ ބަޔާން ހުށަނޭޅުއްވި ސަބަބު ބަޔާންކޮށްދެއްވަން ޖެހޭ ކަމަށެވެ. އަދި އިންތިހާބުގެ ކުރިން ރައީސް ޔާމީންގެ މާލީ ބަޔާން އާންމުކޮށް ފެންނާނެހެން ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭގޮތުން ރައީސް ޔާމީންނަށް ވެސް އަންނަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެމަނިކުފާނުގެ ގެއަށާއި އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
falaku ain
01 August 2018
ކޮންމެހެން ރައްޔިތުންގެ ބޮލަށް ޗިޕްޖަހަން ތިއެއްޗެއް ހުށަހަޅާނެ ކަމެއްނެތް. ކޮބާ 1 މިލިއަންޑޮލަރ. އެވެސް ބަޔާނަށް އަރާނެ ނާރާނެބާ؟
ޥަސް
31 July 2018
އަވަހަށް މަޖިލީހުގެ ރައީސް ލައްވާ ސިޓިއެއް ފޮނުވާ މަޖިލީހުގެ މެއިންޓަނަންސް މަސެއްކަތެއް ކުރާތީ 2013 އިން ފެށިގެން މާލީ ބަޔާން ބަލައިގަތުން ވަގުތީގޮތުން މެދުކަނޑައިފައިވާ ކަމަށް. ޢޭރުން ތިމައްސަލަވެސް ގަޓްލުރި ގޮތަކަށް ހައްލުކުރެވުނީ.
1819
31 July 2018
ވެރިކަން ނިމުނީމަތަ؟
ބުމަކާލި
31 July 2018
ކޮބާހޭ ރައީސްގެ މާލީ ބަޔާން. އެންމެފަހުން މީތިވެސް ނުނެރެ ނެރުނުކަމަށް މިހެދީ. އިދިކޮޅުމީހުންގެ ޒިންމާދާރުކަމާއި ގައުމުދަވާލަމުން ދާއިރު ރައްޔަތުންނަށް ހާމަކޮށްދޭނެ ބަޔަކު ބޭނުންވާނެ.
ދާލު
31 July 2018
ރައްޔިތުން މިކަމަށްވެސް ވިސްނާނެ ވޯޓުދޭއިރު
ޢަބްދުﷲނާފިޒް
31 July 2018
އިދިކޮޅު ފަރާތްތަކުން އެކަނިތަ، ޚުދު އެމަނިކުފާނުވެސް ވިދާޅުވީ އެމަނިކުފާނުގެ ގެއަށްވަނީ ހަލާލު ނޫން ފައިސާކަމަށް، އަމިއްލަ އެކައުންޓަށް ޖަމާ ކުރި ފައިސާ ފަހުން އެވަނީ ހުދުކާފޫރަށް ވެފަ، ނުވާކަމަކަށް ހަދަން ކިތަންމެ ވަރަކަށް އުޅުނަސް ދެން އެކަން ނުހިގާ ކަމަކަށް ނުވާނެ ދެއްތޮ.
ނޫނޭ
31 July 2018
ނޫނޭ. ތީގަވެސް ގަޓް ގޮތަކަށްވާނީ އަވަހަށް މަސީހު ލައްވާ ޤާނޫނަށް އަކުރެއް އިތުރުކޮށްލުން. ވެރިކަމުގައި ޔާމީނު ކިޔާމީހަކު ހުރެއްޖެއްޔާ މާލީ ބަޔާން ހުށަހަޅަން ނުޖެހޭނެކަމަށް ލިޔޭ.
ކަލޭދޯ
31 July 2018
ދެން ބުނޭ ތިމަންނާމީ ގާނޫނާއި އެއްގޮތަށް ކަންކަން ކުރާ މީހެކޭ!
މޮހޮރު އުކާ ޒަކަރިއްޔާ
31 July 2018
މިހާތަނަށް ހުށަނާޅާ އޮތްވާ ފަޅާ އެރީ!
މަންސޫރު
31 July 2018
ނުކެރޭނެ ސައްޙަ ބަޔާނެއް ދައްކާކަށް. އެންމެ ޓްރާންސެކްޝެންއެއް ލީކްކޮއްލި ބޭންކު މުއައްޒިފަށް ވީގޮތް ހަނދާނެއް ނުނެތޭ.