ޚަބަރު / ލޭބާ ރިލޭޝަން އޮތޯރިޓީ

ރީ-ރަޖިސްޓްރީ ކުރަން ހިތްވަރު ދެން: ލޭބާ ރިލޭޝަންސް

ރީ-ރެޖިސްޓްރޭޝަންގެ މަސައްކަތް ވެލާނާގޭ ބިލްޑިންގް ކައިރީގައި ކުރިއަށް ގެންދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަންނަ މަހުގެ 23 ގައި ބާއްބާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރަން، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން އުޅުމަކީ ހިތްވަރުދޭ ކަމެއް ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޯ) އިން އިއްޔެ ބުނެފި އެވެ.

އެއްވެސް މުވައްޒަފަކަށް ނުފޫޒު ފޯރުވައިގެން ސިޔާސީ މަސައްކަތް ކުރުވާ ނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީއާ ހަވާލާދީ "މިހާރު" ގައި އިއްޔެ ޖެހި ހަބަރަކާ ގުޅޭ ގޮތުން އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހަބަރަކީ އެ އޮތޯރިޓީން ދިން މައުލޫމާތު އޮޅޭ ގޮތަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ.

އެ އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު، އަލީ ޝަރީފްއާ ހަވާލާދީ "މިހާރު"ގައި އިއްޔެ އެންމެ ފުރަތަމަ ޝާއިއުކުރި ޚަބަރުގައި ބުނެފައި އޮތީ ސިވިލް ސާވިސް އާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ލައްވައި މަޖުބޫރުން ސިޔާސީ މަސައްކަތް ކުރުވާ ނަމަ އެކަމެއް ހުށަހެޅުމުން އެކަން ހައްލުކޮށްދޭނެ ކަމަށެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރުވާ ނަމަ އެ މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށް ވެސް އިންފޮމޭޝަން އޮފިސަރު ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެންނަށް މައްސަލަ ހުށަހެޅުމުން އެކަން ބަލާނެ. ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާނަމަ ފިޔަވަޅު އަޅައި އެކަން ހައްލުކޮށްދޭނަން،" އަލީ ވިދާޅުވި އެވެ.

Muvahzafun lavvaa siyaasee masakkaiy kuruvaanama fiyavalhu alhaanan: Labour Relations

Muvahzafun lavvaa siyaasee masakkaiy kuruvaanama fiyavalhu alhaanan: Labour Relations

The most trusted news source in the Maldives

Mihaaru

ސިޔާސީ މަސައްކަތް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނުން--

އެއީ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ޒިންމާ ގާނޫނުން މަތިކުރާ ލޭބާ ރިލޭޝަން އޮތޯރިޓީގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނަމަވެސް އިންފޮމޭޝަން އޮފިސަރާ ހަވާލާދީ ޝާއިއުކުރި ޚަބަރުގައި ހުރީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ އިއްޔެ ހަވީރު އެ އޮތޯރިޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ "އިންތިހާބުތަކުގައި ރީ-ރަޖިސްޓްރީ ކުރުމަކީ ވޯޓު ލާން ވީހާ ގިނަ ބަޔަކު ނިކުތުމަށް ދެވޭ ހިތްވަރަކަށް ވާތީ، ރީރެޖިސްޓްރީ ކުރަންޖެހޭ ފަރާތްތައް ރީރެޖިސްޓްރީ ވުމަށް އެހީތެރިވުމާއި ރީރެޖިސްޓްރީ ކުރުުގައި ކުންފުނިތަކުންނާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ނިކުމެ މަސައްކަތް ކުރުމަކީ މި އޮތޯރިޓީން ވެސް ހިތްވަރު ދޭ" ކަމެއް ކަމަށެވެ.

"މިހާރު" ގައި ޝާއިއު ކުރި ޚަބަރުގައި ލިޔެފައި ވަނީ މުވައްޒަފުން ލައްވައި ރީ ރަޖިސްޓްރީ ކުރުވުމާ ގުޅޭ ގޮތަކުން ނޫނެވެ. ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ސަރުކާރު ކުންފުނިތަކާއި ދައުލަތުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން ޕީޕީއެމްގެ ކެމްޕެއިންގައި ބައިވެރިކުރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ މައްސަލައާ ގުޅޭ ގޮތުންނެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުން އެއްވެސް މުވައްޒަފެއް ލައްވައި މަޖުބޫރުން ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި މީހަކަށް ފައިދާއެއް ހޯދުމުގެ ގޮތުން ކަމެއް ކުރުވުމަކީ ގާނޫނާ ހިލާފު ކަމެކެވެ.

8 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

falaku ain

01 August 2018

މިހާރުވެސް މާލޭގައި ތިބި ބައެއް މީހުން އެމީހުން ނުވެސް ދަންނަ ރަށްރަށުގާ ރަޖިސްޓްރީކޮށްފިކަމަށް މައުލޫމާތު ލިބެނީ. ދަފްތަރުގައި ޖެއްސިމީހުންވެސް އެހެން ރަށްރަށުގައި ޖައްސައިފިކަމުގައިވަނީ.

The name is already taken The name is available. Register?

ހޫނުފެން

01 August 2018

އިންފޮމޭޝަން އޮފިސަރު، އަލީ ޝަރީފް ހޫނުފެނަށް ނުލާތި. އެއީ އެސޮރަށް އޮޅިގެން (ތެދަށް) ދެވުނު މަޢުލޫމާތެއް. ދޮގަށް ދޭ މަޢުލޫމާތަށް ބަޔާން މި ނެރެނީ. ބުނެގެން ނުވާނެ އެއްޗެއް އެސޮރަށް ތިޔައޮތީ ބުނެވިފަ. ނާފިޒު ކުރެން އަހާވެސް ނުލާ ދޯ އެ ވާހަކަތައް އެދެއްކީ. މި ދުވަސް ވަރު ވަރަށް ވިސްނަން ޖެހޭ ކަމެއް އިނގޭ ތީ. ކެމްޕޭނަށް އަސަރު ކުރާ ކަހަލަ ކުޑަ އެއްޗެއް ބުނެލިޔަސް ބްލެކްލިސްޓަށް އަރާނެ. މުޅި ސިވިލް ސަރވިސް އާ ސަރުކާރުގެ މުދަލާ ފައިސާ ބޭނުން ކޮށްގެން ( ޤާނޫނާ ޤަވާޢިދާ ޚިލާފަށް) ކުރަން އަދުރޭމެން ހުއްދަ ކޮށްފަ އޮތް ކެމްޕޭނަކަށް އެއްވެސް ކުއްޖަކު ހުރަސް އެޅޭ ވާހަކައެއް ބުނެގެން ކަމަކު ނުދާނެ.

The name is already taken The name is available. Register?

މަރީ

01 August 2018

ރީރެޖިސްޓްރީކުރަން މަޖުބޫރުކުރަނީ ސިވިލްސާވަންޓުން ނާއި ކުންފުނުތކުގެމީހުން އެމީހާ އުޅޭ އޮފީސް މެދުވަރިކޮށް. އަމިއްލައަށް ރީރެޖިސްޓްރީކުރާނަމަ ވަޒީފާގެބިރުދައްކަ. މިއީ ހަގީގަތް

The name is already taken The name is available. Register?

ނދމސ

01 August 2018

ތިވަރުގެ ބަޔަކަށް ވޯޓެއްނުދޭނަން، ތިފާޑަށް އުޅޭތީވެސް މަގޭ ވޯޓް ދޭނީ ސަރުކާރުން މިހާރު ނިކުންނަމީހަކާ ދެކޮޅަށް. ހެޔޮ ކޮންމެމީހަކަށްވިޔަސް.

The name is already taken The name is available. Register?

އާދަނު

01 August 2018

ރާއްޖޭގަ ކިތަށް އިންތިހާބު ބާއްވައިފި؟ ތިފާޑަކަށް ނޫޅެ.

The name is already taken The name is available. Register?

ޒިންކް

01 August 2018

ލޭބާރ އޮތޯރިޓީއަށް ދަންނަވަމެވެ. މަޖުބޫރު ހާލަތުގައި ތިބި އެކަން ނޭޭނގޭ ބަޔަކަށް އެހެން ބަޔަކު މަޖުބޫރު ހާލަތުގަައި ތިބިކަމެއް ނޭނގޭނެ އެވެ.

The name is already taken The name is available. Register?

ތުއްތުނާ

01 August 2018

އެހީވުމެއްނޫން .........އަސްލު ބޭނުމަކީ ވޯޓުން ވައްކަން ކުރުން........ މީގެކުރިން ވެސް އިންތިހާބު ތަކެއް ބާއްވާފައި ވަނީ......ތިކަމެއް ނުދެކެން.......

The name is already taken The name is available. Register?

ހަބޭސް222

01 August 2018

ރީ ރަޖިސްޓީ ކުރުމަށް އެންމެންނަށް ވެސް ހިތްވަރުދެން އެކަމަކު ވަކި ތަނަކަށް ގެންގޮސް ސްކްރީނު ކުރާކަށް ތާޢީދެއް ނުކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454