ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަކަށް ފާރިސް ލޯންޗުން ފައިބައިވަޑައިގަންނަވަނީ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކެއްގެ ޝަރީއަތް ކޯޓުގައި ދަނީ ހިނގަމުން.--މިހާރު ފޮޓޯ/ހުސައިން ވަހީދު
02 އޯގަސްޓް 2018 - 13:31
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ޑީލެއް ހެއްދެވުމުގެ ވިސްނެވުމެއް ނެތް ކަމަށް އޭނާގެ ވަކީލް، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަދި ބޮޑުބޭބޭފުޅު އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރެއްވި ފާރިސް އަށް ދެ ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާ އާއި މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ކުރާ ޓެރަރިޒަމްގެ ދައުވާ އެވެ.
އޭނާގެ މައްޗަށް ކުރިން އުފުލި ޝަހްސު އޮޅުވައިލުމުގެ ދައުވާ ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އެކަމަކު އެ ހުކުމް އައި އިރު ފާރިސް ޖަލަށް ލާފައި ހުންނަތާ އެ އަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
Just met my client MP @afarismaumoon. I've seen and met Ironman triathlon and marathon finishers, who I thought were the strongest ppl. But this man, is something else! Faced with injustice from his own uncle for over a year, and still steadfast in his reform work! Unbelievable!
— Hussain Shameem (@HuShameem) August 1, 2018
ޝަމީމް އިއްޔެ ކުރެއްވި ޓުވީޓު.
މާފުށީ ޖަލުގައި ފާރިސްއާ އިއްޔެ ބައްދަލުކުރެއްވުމަށް ފަހު، ޝަމީމް ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ ފާރިސްއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. އެގޮތުން އިންސާނުންގެ ތެރެއިން އެންމެ ހިތްވަރުގަދަ ބަޔަކީ އަޔަންމެންގެ ރޭސްތަކާއި މެރަތަން ރޭސް ޖަހާ މީހުން ކަމަށް ކުރިން ދެކެވަޑައިގަތަސް ފާރިސް އެ މީހުންނާ ވެސް މުޅިން ތަފާތު ކަމަށެވެ.
"ބޮޑުބޭބެގެ ފަރާތުން ބޭއިންސާފާ ކުރިމަތިލިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް އޭނާ [ފާރިސް] އަދިވެސް ހުންނެވީ އިސްލާހީ މަސައްކަތުގައި ސާބިތުވެ އެވެ! ގަބޫލުކުރަން ވެސް ދައްޗެވެ!" ޝަމީމްގެ ޓްވީޓްގައި ލިއުއްވި އެވެ.
ވަކީލު ހުސެއިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި. - ފޮޓޯ: މިހާރު
އެ ޓުވީޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން "މިހާރު" އަށް ޝަމީމް ވިދާޅުވީ ފާރިސް ހުންނެވީ އެއްވެސް ވަރަކަށް ފަސް ޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި އިސްލާހީ މަސައްކަތުގައި ކުރިއަށް ވަޑައިގަތުމުގެ ރޫހު އަދިވެސް ފާރިސްގެ ކިބައިގައި އެބަ ހުރި ކަމަށް ވިދާޅުވި އެވެ.
"ވަރަށް ގަދަކޮށް ފާރިސް ހުރީ. ބިރެއް ވެސް ނުގަނޭ. ފޫހިވެފައެއް ނޫން ހުރީ. އިސްލާހީ މަސައްކަތް ކުރިއަށް ގެންގޮސް މިކަން ނިންމަން ޖެހޭ ކަމަށް ބުނީ. މާޔޫސް ވެސް ނުވޭ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފާރިސްއާ ބައްދަލުނުވާތާ ހަތަރު މަސް ކޮށްފައި، އިއްޔެ ބައްދަލުވި އިރު، ފާރިސްގެ އަޒުމް ވަރަށް ވަރުގަދަ އެވެ.
"އެހެން މީހަކު ޖަލަށް ލައިފި ނަމަ، ފޫހިވެގެން އުޅޭނީ. ބުނާނެ މިކަމާ ނޫޅެވުނު ނަމަ ރަނގަޅޭ. ގޭގައި އޮތް ނަމަ، ޖަލުގައި އޮންނާކަށް ނުޖެހޭނެއޭ، އެކަމަކު ފާރިސްގެ އެ ވިސްނުން ނެތް،" ޝަމީމް ވިދާޅުވި އެވެ.
"ބައެއް މީހުން ޖަލަށް ލީމާ، މާޔޫސްވެގެން ވެސް އުޅޭނެ. އެކަމަކު ފާރިސް އެމީހުންނާ ތަފާތު."
ޝަމީމް ވިދާޅުވީ ފާރިސް ރިޝްވަތު ނުދެއްވާ ކަމަށް ހެކިވެރިޔާ ހެކިބަސް ދީފައި އޮއްވާ އޭނާ ޖަލުގައި ގެންގުޅޭތީ ތަފާތުކުރުން ގެންގުޅޭ މިންވަރު ސާފުވާ ކަމަށެވެ.
ފާރިސްގެ އިތުރުން ބައްޕާޕުޅު މައުމޫން ވެސް ހުންނެވީ ޖަލުގަ އެވެ. ފުލުހުންނަށް ފޯނު ނުދެއްވި ކަމުގެ ކުށް ސާބިތުވެ އެމަނިކުފާނު ވަނީ ދޮޅު އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލައިފަ އެވެ. އޭގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސޭނުބޭ
03 August 2018
މާކަގިނަދުވަހެއް ނެތް. އިންޝާﷲ މިނިމެނީ. ވޯޓްކަރުދާސްކޮޅު ނުލިބިގެން ކެތްމަދުވެފަ
ތުއްތޭ
02 August 2018
ޝަމީމް ތިވިދާޅުވަނީ ސަރުކާރާ ދެކޮޅަށް ތިމީހުން ބުނެގެން ބުނެގެން ހަޅުތާލު ކުރުވާމީހުން ޖަލުގަ ތާށިވީމަ އެމީހުންނަށް އަލާނުލާ ޖަލުގަހޭދަކުރާ ދުވަސް ތަކުގަ އެމީހުން ބުނެޔޭ ތިމީހުން ބުނެގެން ކަންކަން ނޮކޮށް ގޭގަތިބޭނަމަ ޖަލުގަ ތިބޭކަށް ނުޖެހުނު ވާހަކަ.އޭގެ މާނަޔަކީ ތިމަިހުން އެމީހުންނަށް ދިން އަނިޔާއެކޭ ރީތިކޮށް އެބުނެވެނީ.ޝަމީމް ކޮބާތޯ ތިބޭފުޅުންގެ ލަދުފުޅު.ތީބޭފުޅުންނަކީ ނިކަމެތި ރައްޔިތުން ނަށް އަނިޔާދޭ ބައެއް ކަމަށް އަމިއްލަޔަށް ތިއިއުތިރާފް ތިވަނީ.
ޓޮމް
02 August 2018
މައި ހީރޯ ފާރިޝް
އަބުހަރީ
02 August 2018
ތިމީހުންގެ ގޮތެއް ނޭންގޭނެ. ގާސިމްވެސް ހަދަންއުޅޭ އެއްޗެއް އެއްގޮތަކަށް ނޭންގޭ.
ބޭބޭ
02 August 2018
ފާރިޝް އާ ތިމީސް މީހުންގެ ވަސްވެސް މިހާރު ހިގައްޖެ!!! މައުމޫނަށް ކުރި ގަދަރާ ތާއީދާ އޭނާގެ ވަސްވެސް ފިލައިފި!! މައުމޫނު ކުރިންލީ ހުވަނދުގެ ވަސް ވަރަށް ރަގަނޅަށް ހުރި!! ނަމަވެސް މައުމޫނު މިދޭތެރެއަކުން ގޮތް ރީނދޫ ވެގެން ޖެހި ފާޑެއްގެ ކަޅު ސެންޓެއްގެ ސަބަބުން އޭނާގެ ވަސް ފިލައިފި!! އާއިލާގެ ވަހަށްވެސް ވަނީ އޭގެ އަސަރުކޮށްފަ!! މައުމޫނު ކުރިން ހުރިގޮތަށް ހުވަނދު ލައިގެން ދޮށީ އުމުރު ހެޔޮގޮތުގައި ހޭދަކޮށްލަން ހުރި ނަމައޭ ހިތައްއަރާ!!!
ރަދީފް
02 August 2018
ބޭބޭ މަހަށް އިނގޭ ތޯ.މަހަށް ދޭބަލަ.
ބޭބެ
02 August 2018
ފާރިޝް އާ ޑީލް ހަދަން ނޫޅޭ ސަރުކާރުގެ ހިންގާ ޕާޓީން!! ޚާއިނުންނާ ޑީލް ހެދުމެއް ނެތް!!
ރަދީފް
02 August 2018
އެކްސްކިއުޒް މީ ބްރަދާ.ހާއިނުން އަސްލު ތިބީ ކޮންތާކުކަން މަނިކްފާނަށް ވަރަށް ރަނގަޅަށް ފެނިގެންދާނެ ޖާހް އަދި މަންސަބް ދޫކޮށް އަސްލަށް ރުޖޫޢަވެއްޖެނަމަ.އެކަން ކުރެވޭނެތަ؟؟ ލަދު ކޮބާ؟؟
ބޭބެގެ ބޮޑުބޭބެ
02 August 2018
ބޭބެގެ ވިސްނުންކޮށިކަމާއެވެ. ބޭބެގެވިސްނުން ބޭބެއަށް.
ބޭބެގެ ބޮޑުބޭބެގެ ބޭބެ
02 August 2018
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ކިޔަން މާ ދުވަހެއް ނެތް!