ހިޔާލު ފާޅުކުރުމަށް ހުރަސްއަޅާ ބިލަށް މަޖިލީހުގައި ބަހުސް ކުރާއިރު ނޫސްވެރިންތަކެއް މަޖިލިސް އިދާރާ ކައިރީގައި އިހުތިޖާޖު ކުރަނީ. އަބުރުގެ ބިލަށް ހިޔާލު ފޮނުވުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައި.-- ފޮޓޯ: ހުސެން ޝަޔާހު
02 އޯގަސްޓް 2016 - 16:09
އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމެޓީން އާންމުކޮށް މިއަދު ހުޅުވާލައިފި އެވެ.
މަޖިލީހުގެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ ބިލަށް ހިޔާލު ހުށަހަޅަން ވާނީ ބިލުގެ މާއްދާ އޮތް ގޮތާއި، މާއްދާއަށް ހުށަހަޅާ އިސްލާހާއި، އިސްލާހު ހުށަހަޅަން ނިންމި ސަބަބު އެނގޭ ގޮތަށް ކަމަށެވެ.
އަބުރުގެ ބިލުގެ މަޖިލީހުގެ ސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
މި ބިލަށް ހުށަހަޅަން ބޭނުންވާ އިސްލާހުތައް މި މަހުގެ 15 ވަނަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް ހުށަހަޅަން އިއުލާނުގައި ބުންޏެވެ.
އަބުރުގެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީގައި މެމްބަރުންތަކެއް. މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައި. - މުހައްމަދު ޝަރުހާން/ މިހާރު
ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮތް ބިލު ދިރާސާ ކުރާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ވިދާޅުވީ އާންމުން ފޮނުވާ ހިޔާލު ބިނާކުރުވަނިވި އެއްޗަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ތާކުންތާކު ނުޖެހޭ ހިޔާލުތައް ބަލައިގަނެ ދިރާސާކުރަން ވެއްޖެ ނަމަ، ކޮމެޓީ މަސައްކަތަށް އެތައް ދުވަހެއް ހޭދަކުރަން ޖެހި، ކަނޑައަޅާފައިވާ މުއްދަތަށް ބިލް ނިންމާނުލެވިދާނެތީ މެމްބަރުން ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.
މެމްބަރުން ވިދާޅުވީ ސިޔާސީ ޕާޓީތަކަށާއި ޖަމިއްޔާތަކަށް ވެސް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަބުރުގެ ބިލުގެ މަސައްކަތް ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީން ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ ބޮޑެތި މީޑިއާތައް، މީޑިއާ ކައުންސިލް، ބްރޯޑްކާސްޓިން ކޮމިޝަން، އިސްލާމިކް ޔުނިވާސިޓީ، ފިގުހު އެކަޑަމީ، ނެޝަނަލް ޔުނިވާސިޓީ، ފިލްމު އެސޯސިއޭޝަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)، ލޯޔަރުން ހިމެނޭ ޖަމިއްޔާއެއް އޮތް ނަމަ އެ ޖަމިއްޔާއެއް، ފުލުހުން، އެމްއެންޑީއެފް، ބަންޑާރަ ނައިބު އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ވެސް ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފަ އެވެ.
ހިޔާލު ފާޅުކުރުމަށް ހުރަސްއަޅާ ބިލަށް މަޖިލީހުގައި ބަހުސް ކުރާއިރު ނޫސްވެރިންތަކެއް މަޖިލިސް އިދާރާ ކައިރީގައި އިހުތިޖާޖު ކުރަނީ.-- ފޮޓޯ: ހުސެން ޝަޔާހު
ހިޔާލު ފާޅުކުރުމުގެ ހައްގު ހަނިކުރަން މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލު މި މަހުގެ 25ގެ ކުރިން ދިރާސާކޮށް ނިންމައި ރިޕޯޓު ތަޅުމަށް ފޮނުވަން ވެސް ކޮމެޓީން ނިންމި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލަށް އިއްޔެ ބަހުސް ކުރެއްވި ގިނަ މެމްބަރުން މި ބިލު އޮތް ގޮތަށް ފާސްކުރަން ދެކޮޅު ހެއްދެވި އެވެ. އެގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ބިލު ފާސްކުރަން އުޅެނީ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް ހުއްޓުވުމަށެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުން ހުއްޓުވަން ކުރަން އުޅޭ ކަމެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. ބިލުގައި އަބުރާ ބެހުމަކީ، ޖޫރިމަނާ ނުދައްކައިފި ނަމަ، ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތޮންބެ
03 August 2016
ތިޔަ ބިލް ފާސްވެގެންދާނީ ސަރުކާރުން ބޭނުންވާ ގޮތަށެވެ. ކިތަންމެ ބަޔަކު އެއްކޮށްގެން ކިތަންމެ ގިނަ ރައްޔިތުންގެ ކިތަންމެ ބިނާކުރަނިވި ރަނގަޅު ޚިޔާލެއް ރައްޔިތުން ހުށަހެޅިޔަސް އެއިން އެއްވެސް ޚިޔާލަކަށްވެސް ތިޔަ ބިލް ހުށަހެޅިފަރާތުން އިހުތިރާމެއްނުކުރާނެއެވެ. އެއީ ތިޔަ ބިލްއަކީ ވަރަށް ހީލަތްތެރިގޮތެއްގާ "ވަކި ބަޔަކަށް އަމާޒުކުރެވިގެން" ފަރުމާކުރެވިފަވާ ބިލަކަށްވާތީއެވެ. މިއީ ދޮގެއް ނޫންކަން ތިޔަ ބިލް ފާސް ވެއްޖެނަމަ އެކަން ސާބިތުވެގެންދާނެއެވެ.
ޙަސަންދީ
03 August 2016
ތިޔަބިލް ވުޖޫދުން ފޮހެލަންވީ
އަލީ
03 August 2016
ތީކީ ކޮންމެހެން އޮންނަންޖެހޭ ބިލެއްނޫން. މިހުރިހާ ދުވަހަކުވެސް ތިޔަ ބިލާ ނުލައި ދިވެހީން ދިވެހިންގެ ގޮތުގައި މިއުލުނީ، އެހެންވީމަ ނުޖެހޭ ތިޔަ ބިލު ވުޖޫދައް ގެންނާކަށްވެސް.
ހަސަން ޝާހިދު، އައްޑޫ ސިޓީ، މީދޫ
03 August 2016
އަބުރުގެ ބިލަށް ހުށަހަޅާ ހިޔާލު: އަންނަނިވި ބައިގައި ހިމެނޭ ބޭފުޅުންނާއި ގުޅޭ ގޮތުން ރައްޔިތުން ފާޅުކުރާ ޝުޢޫރަކުން އެބޭފުޅުންގެ އަބުރާއިބެހުނީ ކަމަށް ނުބެލެވޭނެއެވެ: 1. ރައްޔިތުންގެ އަތުން ވޯޓު ހޯދައި/ގަނެގެން ވިޔަސް މަގާމްތަކަށް އިންތިޚާބުވާ މީހުން. 2. އިންތިޚާބުވި ޕާޓީ ބަދަލުކުރާ މީހުން 3. ސަރުކާރުން އުފައްދަވާ ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން. 4. ސަރުކާރުގެ ކުންފުނިތަކުން އުފައްދަވާ ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން. 5. ރައްޔިތުންގެ މަޖުލީހުން އައްޔަންކުރާ އެކި އެކި މުވައްސަސާތަކުގައި ތިއްބަވާ ބޭފުޅުން އެމީހެއްގެ އަބުރު ރައްކާކުރުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއެކެވެ.
ައައްޑޫ ތަކުރު
03 August 2016
ތިޔަ އީމެއިލަކަށް އީމޭލެއް ނުފޮނުވޭ. ދެން ކިހިނެއް މިކަންކުރާނީ؟
އައްދު
03 August 2016
ތިޔަ ބިލާމެދު ހުށަހަޅަން އޮތް ޚިޔާލަކީ ތިޔަބިލް އަނބުރާ ގެންދެވުމެވެ.
އަނަސް
03 August 2016
ތި ބިލް ފާސްނުވެގެން ފަޔަށް ހިނިއަރައިގެން އުޅޭ ނިހާނުމެން ފަދަ ބޭފުޅުންގެ ލޮލަށް ތި އިލޮށިގަނޑު ހެރޭނެ ދުވަހެއް މާލަހެއްނުވެ އަންނާނެ! ހޭއަރާ ހޭއަރާ
މެންޓަލިސްޓް
02 August 2016
ސުވާލަކީ ވައްކަންކޮއްގެން ހުންނަމީހާއަށް ހުކުމްކުރުމުގެ ބާރުދެވިދާނެތޯ ؟ އެކަހަލަކަމެށްތީ އަބުރުގެއްލިފައި އޮތް ، ކަރަޕްޝަނާޢި ފަސާދައިން ފުރިގެންވާ މަޖިލިސް އަކުން ކޮން އަބުރާ ބެހުމުގެ ބިލެއްފާސްކުރެވޭނީ ،،
ލިޓިލް
02 August 2016
"މެންޓަލިސްޓް" އެއް ފަހަރު ނަމަވެސް އެބަޖެހޭ އަމިއްލަ އެދުން އެއްފަރާތް ކުރުމަށް ފަހު ކަލެކްޓިވިލީ އުސޫލުން އެންމެންގެ ހައްގުގައި ނަމަވެސް ބައޯސް ގޮތް ތައް ދޫކުރަން ދަސް ކުރަން. ޔޫއާރ އަ ޕްރިޓީ ލިޓިލް މައިންޑް.
ކްލެވެލޭންޑް
02 August 2016
ޚިޔާލު ފާޅުކުރުމާއި ބެހޭ ބިލް ގައި ރަޖިސްޓްރީ ކޮށްގެން ރާއްޖޭގައި ހިންގާ ނޫސް ތަކަށް އެނޫސް ތަކުގެ ނޫސްވެރިންނާއި އެކު ޖޮއިންޓް ޑިސްކަޝަންސް ބާއްވާ މަޖްލީހުގެ ކޮމެޓީ އާއި ނޫސްވެރިންނާއި އެކު އާދެވޭ ކޮމަން ގްރައުންޑަކަށް އާދެވި އެގޮތަށް އެއްބަސްވެ އެއުސޫލުން ރަޖިސްޓަރޑް ނޫސް ތަކަށް ވީ އެންމެ ބޮޑު މިނަށް ޖެހޭނެ މިނިވަން ކަމުގެ ފުރުސަތު ދެއްވަން އެނޫސް ވެރިންނަށް މިނިވަން ކަމާއި އެކު ނޫސް ތަކުގައި ޚަބަރު ތަކާއި އަދި ރިޕޯރޓްސް ތަކާއި އަދި ދިރާސާ ކޮށްގެން ގައުމުގެ ސޯޝަލް ކަންކަމާއި އަދި އިކޮނޮމިކް ކަން ކަން ނޫހުގައި ލިޔުމަށްޓަކައި. އެފަދަ ނޫސްވެރިން ކުރާ ޖޫރީމަނާގެ އަދަދު ވަރަށް ބޮޑު ތަން ދަށް ކޮށްބާއްވަންވީ އެވެ. މިސާލަކަށް 10 ރުފިޔާ އިން ޖޫރީމަނާ ކުރުން ހަމަ ރަނގަޅު އެވެ. އެކަން އެގޮތަށް ކޮށްގެން ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސް ތަކުން ނުނިކުންނާނެ ގޯސް އެއްވެސް ނަތީޖާ އެއް. މީގައި ގޯސް މިވަނީ އެއީ ސޯޝަލް މީޑިއާ އެވެ. ސޯޝަލް މީޑިއާ ވެސް އިންޓަރނޭޝަނަލް ސްޓޭންޑަރޑް ބުނާ ގޮތުން ނަމަ އެބޭނުން ކުރެވޭނީ ހަމަ އެކަނި ސޯޝަލް ކަންކަމަށް. އެކަމަކު އައިއެސް ވެސް މިހާރު އެމީހުންގެ ޕްރޮޕޭ ފަތުރަން ސޯޝަލް މީޑިއާ ބޭނުން ކުރަން ފެށުމުން ޔޫއެސް ސެނެޓް ގައި ސޯޝަލް މީޑިއާ ސްޓްރީމް ލައިން ކުރުމާއި މެދު ދަނީ ބަހުސް ކުރެވެމުންނެވެ. ރާއްޖޭގައި ވެސް ސޯޝަލް މީޑިއާ އެބަޖެހޭ ވަކި އިންތަކެއް ކަނޑައަޅާ އިންތަކުގެ ތެރެއަށް ވައްދަން. އެއިރުން ރާއްޖެ އަކީ އެއީ ބިއުޓިފުލް ލިވިންގް އެއް މޭކް ކުރެވޭނެ ގައުމެއް ކަމަށް ހެދޭނީ.
ލަދުވެތި
02 August 2016
ހިއުމަން ރައިޓްސް ގެ ބަހެއް މުހިއްމެއް ނޫން، މިވަގުތައް އެއީ މުޅިން ބޭކާރު ބައެއް، ދިވެހި ތާރީހު ދެކޭނެ އެންމެ ނާގާބިލް ހިއުމަންރައިޓްސް މެމްބަރުން މިވަގުތު އެތިބީ. ހުސް ވަޒީފާގެ ބިރުގައި، ލަދުވެތި، އެމީހުނަށް ހަމައެކަނި ޖަވާބުދާރީ ވެވުނު ކަމަކީ ބަޖެޓުން ބޭރުން އެމީހުންކުރި ލޯންޗު ދަތުރަކާބެހޭ ގޮތުން،