ލޯން ސްކީމްތައް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ. ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
05 އޯގަސްޓް 2018 - 21:13
ޒުވާނުންނަށް ޚާއްސަ ކޮށްގެން 80 މިލިއަން ރުފިޔާ އަށް ވުރެ ފައިސާ ދޫކުރާ ފައިނޭންސް ސްކީމެއް، އިކޮނޮމިކް މިނިސްޓްރީން މިއަދު ތައާރަފުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިފުތިތާހުކޮށް ދެއްވި އެ ދެ ސްކީމަކީ "ފަސޭހަ މަދަދު ފޭސް 2" އާއި "އިނޮވޭޓިވް ފައިނޭންސް" ސްކީމެވެ.
މި ދެ ސްކީމް ކުރިއަށް ގެންދަނީ އިސްލާމިކް ފައިނޭންސްގެ އުސޫލުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އެހީއާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ގޮތްޕާއި އިސްލާމިކް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ.
"ފަސޭހަ މަދަދު ފޭސް 2" އަކީ 74 މިލިއަނަށް ވުރެ ބޮޑު ފަންޑަކާ އެކު ހިންގާ ސްކީމެކެވެ. މި ސްކީމް، ތަފާތު ހަ ދާއިރާ އަކަށް ހާއްސަ ކޮށްފައިވާއިރު، އޭގެ ތެރޭގައި ގަރާޖު އަދި މެކޭނިކަލް ވޯކްޝޮޕްތަކާއި ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތު ކުރުމާއި ކޮންސްޓްރަކްޝަން ބްލޮކްސް އުފެއްދުން ފަދަ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެ އެވެ.
"އިނޮވޭޓިވް ފައިނޭންސް" ސްކީމް ޚާއްސަ ކޮށްފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ މީޑިއާ ހައުސްތަކަށް ބޭނުންވާ ތަފާތު އުފެއްދުންތަކާއި ސާމާނު ހޯދުމަށެވެ. މިއީ، ހަތް މިލިއަން ރުފިޔާގެ ސްކީމެކެވެ.
#HappeningNow
— Economy & Trade (@EconDevMv) August 5, 2018
Launching Ceremony of Faseyha Madhadhu and Innovative Financing Scheme. #SMEDevelopmentProgram pic.twitter.com/rN68BCtgAM
އިކޮނޮމިކް މިނިސްޓްރީގެ ޓްވީޓެއް.
އިކޮނޮމިކް މިނިސްޓްރީން ބުނީ އުމުރުން 18 އަހަރުން މަތީ ކޮންމެ މީހަކަށް ވެސް އެ ސްކީމްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ފައިސާ ދޫކުރާ ގޮތަށް ހަމަޖައްސާފައި ވަނީ، ހުށަހަޅާ ޕްރޮޕޯސަލްތައް އެކަމަށް ޚާއްސަ ކޮމެޓީއަކުން އިވެލުއޭޓް ކުރުމަށް ފަހު އެވެ.
ދެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެ އަށް އެދުމުގެ ފޯމު ވެސް އެ މުއްދަތުގެ ނިޔަލަށް ބަލައިގަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓުރެޕް
06 August 2018
މިދިޔަ ފަހަރު ގެޓްސެޓް ލޯނުދިންއިރުވެސް ޕޕމ އޮފީހައް 10% އެޅަންޏާ ހަމަޖެހޭ ފަސޭހައިން!!! ޢަހަރެން ފޯރމު ލީމަ ބުނިއެތި!!! ތި ބޮޑު ޓުރެޕެއް!!! ނުޖެހޭތި ނަމަނަމަ!!!!
މަރިޔަމް ޝިފްނާ
06 August 2018
މިދެން ކިހިނެތް ވެގެން އުޅޭ ބައެއްތަ އަޅެ... ޒުވާނުންނަށް ލޯނު ދީގެން ނުވޭ.... ނުދީފިއްުޔާ އެވާހަކަ ވެސް ދައްކާ. ރަނގަޅު އެއްގޮތް ވެސް ނެތް...
އަހުމަދު ޔަޒީދު
06 August 2018
މިފަދަ ލޯން ސްކީމް ތަކާއި އެކު ޒުވާނުން ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުސަތު އިތުރު ވެގެންދާނެއެވެ. ޒުވާނުން ބާރުވެރިކުރުވާ ، ހަރުދަނާ ބައެއްގެ ގޮތުގައި މުޖުތަމައު ތެރޭގައި އުޅުމަށް ހުޅުވާލެވޭ މިފަދަ ފުރުސަތު ތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ހުރިހާ ޒުވާނުންނަށް ގޮވާލަމެވެ.
ދައްތި
06 August 2018
ހާދަ ލިމިޓެޑް ދާއިރާތަކަކަށް މިއޮތީ ފަސޭހަ މަދަދު ދީފައި. އެހެން ކަމެއް ކުރަން އުޅޭމީހަކަށް މީގެއިން އެއްޗެއް ނެތެއްނު. މިކަހަލަ ކަންކަން ލިމިޓްކުރުން އެއީ ވަރަށް ދެރަ ކަމެއް.
ރަދީފް
06 August 2018
ހެހެހެހެެ.ސްކީމް ތަކުން ލޯން ވެސް ހޯދުމަށް ޒުވާނުންނަށް ނަސޭހަތްތެރިވަން.ނަމަވެސް ވޯޓުން ނޫނެކޭ ބުނާނެ ހިތްވަރު ހުންނާނެކަމަށް އުއްމީދުކުރަން.ޕީއެސްއެމްގެ ވެރިން މިވެރިކަން ދަމަހައްޓަން ގަތަމުންދާ ޗޭނުން އެއް ބޮޅު މިވެސް.ވ.ވެދުން . #ރޯނުއެދުރުއެމްޑީ
ސޯބު
06 August 2018
އެއް ސްކީމެއްގެ ދަށުން ދެ ލޯނުދެނީތޯ ނޫނީ ދެ ސްކީމެއްގެ ދަށުން ލޯނު ދެނީތޯ. ސުރުހީ ހަމަ އެއިނީ ރަގަޅައްތޯ.
އަނގަ އޮތީތީ އަލީ
06 August 2018
މި ދެ ސްކީމްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ޓްރޭޑް މިނިސްޓްރީ ސައިޓަކުން، ބީއެމްއެލް ސައިޓަކު ނެއް؟؟؟ މީ ސިއްރު ސްކީމެއްތަ؟
ވަހީދުބޭބެ
06 August 2018
ކޮންމެ ގޮތެއްހަދާފަވެސް ވެރިކަން "ފޭރި" ގަތުމަށް ފޫގަޅާލާފައި ދޮއްތޯ ..!! ބަލަގަ މިއަދުތަ، ތިޔަ ސްކްކީމްތަކެއް، ބުރުޖު ކައިވެނިތައް، "އަންލިމިޓެޑް ފުލެޓް" ތަކުގެ ސްކީމްތަކާ، އަދި އެނޫންވެސް ނުވާވަރުން ކަންތައްތައް އިޢުލާންކުރަންވީ ..!!؟؟ ކޮބާ ފާއިތުވެދިޔަ 4 އަހަރާ، 08 މަސް ..؟ ކޮންކަމެއް ކޮށްދެވުނީ ... ރައްޔަތުންގެ ލޮލުގައި އަނދުން އެޅުވުމަށް "ސްޕޯރޓްސް އެރީނާ" އެކޭ ކިޔާފަ، އެއްލައްކަ ރުފިޔާއިން ފުޓްސަލް ދަނޑެއް ރަށެއްގައި އަލާފަ، އޭގެއިން ނަގާ ކަޓް ޖީބަށް ... ވާވާ މިއީވާ ސަރުކާރެއް .. އެބަހުރި ލައްކަ ހޮލީވުޑްގެ އެކަހަލަ ފިލްމްތަކާ، މިކަހަލ؛ަ ފިލްމްތައް ބަލާލާފަ ... ކިތައްމެ ސްކީމެއް އިޢުލާންކޮށް، ބުނބޯ ހައްދަން މަސައްކަތްކުރިޔަސް އިތުރުވާނެ ވޯޓެއް ނެތް ... މިހާރު އިންޝާﷲ ކަލާނގެ އަޒަލުފުޅުފުޅުގައި، ތިޔަ އަނިޔާވެރިންގެ ސިއްކަ އޮންނާނީ ޖެހިފައި ... ވައްﷲ އަޢުލަމް .. އަބަދުވެސް ޙައްޤަށް ނަސްރު ލިބޭނެ.
ދަތްނެތްކުއްޖާ
06 August 2018
މާތްކަލާނކޯ! ކުދިންނޭ ނަމަނަމަ ތިޔަ ލޯނު ނުނެގުން ބުއްދިވެރި. އެހެން ދޫކުރާ ކުދި ކުދި ލޯނުން ތިޔަ ކުދިން ނަށް ކުރެވޭނީ ކޮންކަމެއްތޯ. ތިޔަ ލޯނު ނަގައިގެން އެ ލޯނުން އެއްވެސް ކަމެއް ނުކުރެވި ތިޔަ ކުދިން ޖެހޭނީ ދަމެއްގައި. ދުވަސް ގަޑަކަށް ފަހު ތިޔަ ކުދިން ފަހަތުން ބެންކް ދުވަން ފަށާނެ. އޭރުން މަންޒަރެއް ރީއްޗެއް ނުވާނެ. ދެ ދުވަހުން އެއްދުވަހު ކޯޓަށް ދަމަން ފަށާނެ. އެވެރިން މިހާރު އެ މަސައްކަތް ކުރަނީ ވޯޓު ހޯދުމަށް. ނަމަ ނަމަ ފިސާރި ހޭ އަރާތިބޭތި.
މޮޔަ ސޮރު
06 August 2018
އެކޮއެ އަދި ކުޑަތަންކޮޅެއް އަވަސް!