އދ. ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޖެންކޯ މިދިޔަ ހަފްތާގައި ރައީސް ޔާމީނާ ބައްދަލު ކުރައްވަނީ: ރިޔާސީ އިންތިހާބުގައި ބައިވެރިވާނެތޯ ބަލަން އދ. އިން ވަނީ މިދިޔަ އަހަރު ރާއްޖޭގެ އެސެސްމެންޓެއް ހަދައިފަ -- ފޮޓޯ / ރައީސް އޮފީސް
16 އޯގަސްޓް 2018 - 08:59
ކުރީގެ ރިޔާސީ އިންތިހާބުތަކުގައި އިލެކްޝަންސް ކޮމިޝަނަށް އެކި ގޮތްގޮތުން އެހީވި ނަމަވެސް އަންނަ މަހު ބާއްވާ އިންތިހާބުގެ އެއްވެސް ކަމެއްގައި އދ. އިން ބައިވެރިނުވާ ކަމަށް ބުނެފި އެވެ.
އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެސިޑެންޓް ކޯޑިނޭޓާގެ އޮފީހުގެ ފަރާތުން ވާހަކަ ދެއްކެވި އައިމިނަތު ހުދާ "މިހާރު" އަށް ވިދާޅުވީ އިންތިހާބު އޮބްޒާވް ކުރުމުގައި ނުވަތަ އެކި ގޮތްގޮތުން އިންތިހާބަށް އެހީ ފޯރުކޮށްދިނުން ފަދަ އެއްވެސް ކަމެއްގައި އދ. އިން މިފަހަރު ބައިވެރި ނުވާނެ ކަމަށެވެ.
"އދ. ގެ ސެކިއުރިޓީ ކައުންސިލުން ނިންމަން ޖެހޭ މިފަދަ ކަންކަމުގައި ބައިވެރިވާ ނަމަ. [ރިޔާސީ އިންތިހާބާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވާން] ސެކިއުރިޓީ ކައުންސިލުން ފާސްކޮށްފައެއް ނެތް،" ހުދާ ވިދާޅުވި އެވެ.
އަންނަ ސެޕްޓެމްބަރު، 23ގައި، ބާއްވާ ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއްގައި ބައިވެރިނުވާން އދ. އިން ނިންމި އިރު، އދ. ގެ ޕޮލިޓިކަލް އެފެއާސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިރޯސްލާވް ޖެންކާ ވަނީ މިދިޔަ ހަފްތާގައި ރާއްޖެ ވަޑައިގެން، ރައީސް އަބްދުﷲ ޔާމީންގެ އިތުރުން އިދިކޮޅު ފަރާތްތަކާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު އދ. އިން ބުނެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ޔާމީން އަދި އެމަނިކުފާނުގެ ކެބިނެޓް މެންބަރުންނާ އެކު "ހަރުދަނާ މަޝްވަރާތަކެއް" ކުރެއްވި ކަމަށެވެ.
In #Maldives, @UN_DPA Assistant Secretary-General Jenča had constructive conversation w/ President Abdulla Yameen Abdul Gayoom&cabinet members&exchanged views w/ Joint Opposition presidential candidate Ibrahim Solih&running mate Faisal Naseem on upcoming Presidential Elections. pic.twitter.com/MowrXwIJfg
— UN Political Affairs (@UN_DPA) August 10, 2018
ޖެންކާ އާއި ރައީސް ޔާމީންގެ ބައްދަލު ކުރެއްވުމަށް ފަހު ރައީސް އޮފީހުން ބުނެފައި ވަނީ "މިނިވަން އަދި އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވެދިނުމަށް ތައްޔާރަށް ކަމަށް" އދ. އިން ބުނެފައިވާ ކަމަށެވެ.
އދ. އިން ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހުރި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ މީގެ އަހަރެއްހާ ދުވަސް ކުރިން އދ. ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓުން ރާއްޖޭއާ ބެހޭ އެސެސްމަންޓެއް ހަދާފައިވާ ކަމަށާއި އިންތިހާބުގައި ބައިވެރިނުވުމުގެ ވިސްނުން އައީ އެ ހިސާބުން ކަމަށެވެ. އެގޮތުން އދ. އިން އެއްބާރުލުން ދޭން ޖެހޭ ފަދަ "މާހައުލެއް ރާއްޖޭގައި ނެތް" ކަމަށް އެ އެސެސްމަންޓުން ދެއްކި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ އދ. އިން އިންތިހާބު މޮނީޓާ ކުރުން ފަދަ ކަންކަން ކުރުމުގެ ކުރިން އެ ޖަމިއްޔާއިން ހަދަން ޖެހޭ އެސެސްމަންޓެއް. މި އެސެސްމެންޓް ހެދުމަށް ފަހު އެ މީހުން ނިންމީ އދ. އިން އިންތިހާބަށް އެއްބާރުލުންދޭނެ ފަދަ މާހައުލެއް ރާއްޖޭގައި ނެތް ކަމަށް،" އޭނާ ބުންޏެވެ.
މީގެ ކުރިން 2013 ގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި އދ. އިން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. އެގޮތުން ވޯޓުލާ މީހުން ހޭލުންތެރިކުރުމުގެ ގައުމީ މަޝްރޫއަކާއި ޓްރެއިނަރުން ޓްރެއިން ކުރުމުގެ ޕްރޮގްރާމަކާއި ޒުވާނުންނަށް ހާއްސަކޮށް ވެސް ޕްރޮގްރާމްތަކެއް، އިލެކްޝަންސް ކޮމިޝަނާ ގުޅިގެން ހިންގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
16 August 2018
ދިވެހިގައުމު ކުރިޔަށް ގޮސްފައިވާ މިންވަރަށް ބަލާފައި އެއްވެސްކަމެއްގާ އދ ން އެހީތެރިވެދޭނެ ނުޖެހޭކަމަށް އެބޭފުޅުން ދެކިލައްވާ . ދިވެހި ގައުމު ވޭިވެދިޔަ 7 އަހަރު ތެރޭ ވަނީ ދުނިޔޭގަ ތަރައްގީ ވަމުންދާގައުމު ތަކުގެ ލިސްޓުގެ ޓޮޕަށް އަރާފަ. އެހެންވީމަ ފޯރު ކޮށްދޭންޖެހޭ އެހީތަކެއްނެތޭ އެބުނަނީ ދައުލްތުގެ އާމްދަނީ މިވަނީ ވޭތިވެދިޔަ 7 އަހަރު މަތިވެ އެޭގެކުރިޔާ އަޅާ ބަލާ އިރު ޑަބަލް މަތިވެފަ. ވީއިރު އދ ން ދައްކަން އޮތީ ކޮންވާހަކައެއް . އިދިކޮޅުން އަބަދުވެސް ދައްކާ ވާހަކަޔަކީ ނަސީދު މިނިވަންކުރާވާހަކަ . އެހެން ކަމެއްގޯސްވެގެނެއް ނޫޅޭ އެހެންވީމަ އެމީހުނަ އެގެނީ އިދިކޮޅޭ މިކިޔާ މީހުންނަކީ ހަމަޖެހޭ ބަޔަކު ނޫންކަން ވީމާ އެމީހުންމިހާރު ދޫކޮށްލީ ބައިބާއީ
ރާނގޮޑިރާޖާ
16 August 2018
އދ އަކީ ބަސްނުވިކޭ އޮޑިއެއްގެ ދިރުބާކޮޅަށް އަރާތިބޭ ބައެއްނޫން. އދ ދިން ލަފަޔާ އެއްގޮތަށް އަމަލުނުކޮށްފިއްޔާ އަޅާނީ ދަތިކުރުމުގެ ފިޔަވަޅު.
ބޮސް
17 August 2018
އިޒްރޭލޯ ކޮއްކޯ؟
ބޭބެ
16 August 2018
މީގެ ބޭނުމަކީ އިންތިޚާބުގެ ނަތީޖާއިން ޔާމީންއަށް ކާމިޔާބު ލިބިއްޖެނަމަ އދ.އިން އެނަތީޖާ ގަބޫލުނުކުރުން.
ރިޔާޒު ރަސީދު
16 August 2018
އަހަރުމެން ބޭނުމެއް ނޫން ތިޔަ އދ ގެ އެހީތެރިކަމެއް އެއްވެސް ކަމެއްގައި. އެށްވުރެން ފުދިފަ މިތިބީ
83އ1
16 August 2018
ތަރުޖާމަކަށް ކިހާވަރެއްތަ އދ އިން މުސާރައަށް ދެނީ?
އިންތިޚާބު
16 August 2018
އދ އިން ހަދާ އެސެސްމަންޓްތަކަކީ އެ ހެދި އެއްޗަކާއި ފެނުނު އެއްޗެއްގެ ވާހަކަ ޢާމުކުރާ އެސެސްމަންޓްތަކެއް. ބޭރުގެ ގިނަ ޢަދަދެއްގެ އޮބްޒާވަރުން ބައިވެރިވާ 23 ސެޕްޓެމްބަރުގެ އިލެކްޝަންގައި އދ. އިން ބައިވެރިނުވަނީ އެފަރާތަށް އިތުރުބާރުހުރިގޮތެއްގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެކަމުގެ ޔަޤީންކަން އޮތުމުންކަމަށް ބެލެވޭ.
ރަސްގެދަރި
16 August 2018
މާނައަކީ ދިވެހިރާއްޖެއަކު އދ އިން ވަދެގަންނަވަރުގެ ނުރައްކާތެރި ކަންތައް ތަކެއް ނެތޭ. އެއަށްވުރެ ދިވެރާއްޖޭގެ މީހުން ކަންކުރާ ގޮތް މާފުރިހަމައޭ. ކޮންމެހެން ނެޓިވް ވިސްނުމެއް ގެންނާކަށެއް ނުޖެހޭ. އދ މީހުން ފޮނުވައިގެންމީހުން ތަމްރީނު ނުކުރިއަސް ދިވެހަންނަށް ކުރެވޭނޭ.
ހަސަންފުޅު
16 August 2018
މޑޕ ތިޔަބުނާ ޑިމޮކްރެޓިކް ވެށި ކަލޭމެން ހޮވިއްޖެއްޔާ އޮތްތޯ ނޫނީ ކިޔާނީ އެހެން ލަަވައެއްތޯ މަބަލާނަން! މުޒާހަރާތައް ހުއްޓުވައިގެން ނުވާނެ އެދުވަހަކުން! ޤާނޫނު އަސާސީއާ އެއްގޮތަށް ފުރިހަމައަށް މަގުތަކުގައި ދެއިރު ދެދަޅައަށް ބޭހެއް ކާހެން މުޒާހަރާ ކުރާމީހުންނާ މެދު ބަސްމަގު ބަދަލުވެގެން ނުވާނެ!ނުވާނެ!
އުމަރުބެ
16 August 2018
އދ. އިން އެކަން އެހެން ނިންމީ އިންތިހާބަށްފަރު ރައީސް ޔާމީނު ކުރައްވަފާނެ ކަމަކަށް ވިސްނާފައެވެ. އެއިރުން ހަމަނުޖެހުމެއް ހިންގާއިރު އދ. އޮބްޒާވަރުން ރާއްޖެއިން ނުފުރި ތިބެދާނެތީ އެމީހުންގެ ރައްކާތެރިކަމާއި ސަލާމަތައްޓައި އެފަދަ ކަމެއްގައި ބައިވެރި ނުވީއެވެ. އެހެންކަމުން އޭގެއިން ދައްކައިދެނީ ހުރިހައި ދިވެހިންވެސް މިތިބީ ބިރުވެރިކަމެއްގެ ތެރޭގައިކަން
ދަސްވާރު
17 August 2018
ކީކޭތަ އަޅެފަހެ ތި ކިޔަނީ!
ރިޔާސް އެދުރޭ
16 August 2018
ކޮން އަލިފުދާލެއް ހެއްޠެވެ؟ އަވަހަށް ތިތަނުން ވަކިވާންވީއެވެ.